Tazkirat Nufoos

Description
وَذَكِّرْ فَإِنَّ ٱلذِّكْرَىٰ تَنفَعُ ٱلْمُؤْمِنِينَ

އަދި ހަނދާންކޮށްދެއްވާ ހައްދަވާށެވެ. ފަހެ ހަނދާންކޮށްދީ ހެދުމަކީ مؤمن ންނަށް منفع ކުރާނޭ ކަމެކެވެ.

الذاريات: ٥٥
We recommend to visit

➧Нᴇᴨᴏʙᴛᴏᴩиʍый ᴋᴏнᴛᴇнᴛ 🧨
➧Мᴇдᴧᴇннᴏ нᴏ уʙᴇᴩᴇннᴏ 🔥
➧Тᴏᴨᴏʙыᴇ ᴋᴀᴩᴛинᴋи 🔝
➧Оᴛ дуɯи, дуɯᴇʙнᴏ, ʙ дуɯу 🖤
➧Бᴏʍбᴏʙыᴇ ᴛᴩᴇᴋи 💣
➧Цᴇᴧь:200к💰

Rek: @Rek_gold

Last updated 1 year ago

ᴍᴇɴɢᴇᴍᴜᴋᴀᴋᴀɴ ɴᴏᴛᴀ sᴘᴍ ᴋssᴍ

Last updated 1 year, 4 months ago

Profilingiz uchun ajoyib niklar olami?

Nik yasash xizmati bepul?

Murojaat uchun:???
https://t.me/+XXvO-UVUd4QzYjUy
https://t.me/+XXvO-UVUd4QzYjUy

Last updated 1 year, 1 month ago

12 months ago
12 months ago
••

••
އެމީހެއްގެ ފާފަތަކުން ތައުބާނުވެ ހުއްޓައި މަރުވާ މީހާގެ ޙުކުމް

❞ ބޮޑެތި ފާފަތަކުން އެއްކިބާވެގެންވާ ޙާލު، ކުދި ފާފަތަކަށް އަރައިގަނެވޭ މީހާ، ﷲ ތަޢާލާ އެމީހެއްގެ ކުދި ފާފަތައް ފުއްސަވާދެއްވާނެތެވެ. އަދި އެއިލާހު އެމީހަކަށް އެކަމުގެ ޢުޤޫބާތް ނުދެއްވަވާނެތެވެ. އެއިލާހު ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ: ﴿إِن تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنكُمْ سَيِّئَاتِكُمْ وَنُدْخِلْكُم مُّدْخَلًا كَرِيمًا﴾ - [النِّسَاء:٣١]

މާނައީ: "ތިޔަބައިމީހުންނަށް އެ ކަންކަން ނަހީކުރައްވާފައިވާ ބޮޑެތި ފާފަތަކުން ތިޔަބައިމީހުން ދުރުހެލިވެ ތިބޭނަމަ، ތިޔަބައިމީހުންގެ ކުދިކުދި ފާފަތައް ތިޔަބައިމީހުންގެ ކިބައިން، ތިމަން އިލާހު ފުއްސަވާ ހުށީމެވެ. އަދި މާތްވެގެންވާ ތަނަކަށް، (އެބަހީ: ސުވަރުގެއަށް) ތިމަން އިލާހު، ތިޔަބައިމީހުން ވައްދަވާހުށީމެވެ."

އަދި އެކަމަށް އެއިލާހު ގިނަގުނަ ސަބަބުތައް ލައްވަވާފައިވެއެވެ:

އޭގެތެރެއިން: ޞާލިޙު ޢަމަލުތައް؛ ފަރުޟު ފަސް ނަމާދާއި، އެއް ހުކުރުނަމާދުން އަނެއް ހުކުރުނާމަދަށާއި، އެއް ރަމަޟާންމަހުން އަނެއް ރަމަޟާންމަހަށާއި، މަބްރޫރު ޙައްޖާއި (ޤަބޫލުވެވިގެންވާ ރަނގަޅު ޙައްޖެއް)، އަދި މިނޫންވެސް ޞާލިޙު ޢަމަލުތަކުގެ ތެރެއިންވާ ކަންކަމެވެ. އަދި ﷲ ތަޢާލާގެ އިރާދަފުޅާއި އޯގާތެރިކަމުން، ފާފަވެރިޔާގެ ފާފަތައް ފުއްސަވަފާނެއެވެ. އެއީ އަޅާ މިއިންކަމެއް ނުކޮށްފިނަމަވެސް މެއެވެ. ﷲ ތައާލާގެ ރަޙްމަތާއި މެދު ނިޔާ ކަނޑައެޅިފައިވާ ގޮތަކީ މިއީއެވެ. އެއީ އެއިލާހުގެ ފަޟުލަވަންތަވެރިކަމުގެ ތަނަވަސްކަމާއި، އެއިލާހުގެ ކޯފާއަށްވުރެ ރަޙްމަތް އިސްވެގެންވާކަމެވެ. ❝

- އަލްމަޣްރިބިއްޔަތު ފީ ޝަރަޙިލް ޢަޤީދަތިލް ޤައިރަވާނިއްޔަތި (ޞ.193)

~ އައްޝައިޚް ޢަބްދުލް ޢަޒީޒް އައް-ޠަރީފީ (ބަސްކޮޅު)

#Tawba #Death
••┈┈┈┈┈┈┈┈┈┈┈••
@Tazkirat_Nufoos

12 months ago

ﷲ ތަޢާލާ އެކަލޭގެފާނަށްޓަކައި ކަނޑު ދެފަޅިކޮށްދެއްވާނެ ކަމެއް މޫސާ عليه السلام އަކަށް އެނގިވަޑައި ނުގަންނަވައެވެ. އެކަލޭގެފާނަށް ހަމައެކަނި އެނގިވަޑައިގަންނެވީ ﷲ ތަޢާލާ އެކަލޭގެފާނު ދޫކޮށްނުލައްވާނެ ކަމެވެ.

މުޞީބާތްތަކުގެ ވަޤުތުގައި ތިބާގެ ހިތަށް ބުނާށެވެ. "ތިބާގެ ރައްބަކީ ހަމަ މޫސާ عليه السلام ގެ ވެސް ރައްބެވެ."

#Tawakkul #Yageen
@Tazkirat_Nufoos

1 year, 2 months ago
1 year, 2 months ago

••

تفضيل الصلاة على النبي ﷺ في الجمعة يبدأ من غروب الشمس ليلة الجمعة وينتهي بغروبها ليلة السبت، والصلاة عليه ﷺ في نهار الجمعة أفضل من ليلها.

ހުކުރު ދުވަހު ނަބިއްޔާ ﷺ މައްޗަށް ޞަލަވާތް ކިޔުން އެދެވިގެންވަނީ، ހުކުރު ވިލޭރޭ ގެ އިރު އޮއްސުމުން ފެށިގެން ހޮނިހިރު ދުވަހުގެ އިރު އޮއްސުމުގެ ނިޔަލަށެވެ. އަދި އެކަލޭގެފާނު ﷺ ގެ މައްޗަށް ހުކުރު ދުވަހުގެ ދުވާލު ޞަލަވާތް ކިޔުން އެދުވަހުގެ ރޭގަނޑަށް ވުރެއް ހެޔޮވެގެންވެއެވެ.

- އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އައްޠަރީފީ (ބަސްކޮޅު)
#Friday #Salawat
@Tazkirat_Nufoos

1 year, 2 months ago

••

كثرة الصلاة على النبي ﷺآية على حبه وكلما ازداد القلب حبًا للنبي ﷺ اجتهد في التخلق بأخلاقه والتأسي بأفعاله قال تعالى: {وَإِن تُطِيعُوهُ تَهْتَدُوا}.

ނަބިއްޔާ ﷺ މައްޗަށް ސަލަވާތް ގިނަކުރުމަކީ އެކަލޭގެފާނުގެ މައްޗަށް އޮތް ލޯބީގެ އަލާމާތެކެވެ. އަދި ހަމަ އެފަދައިން އެކަލޭގެފާނުގެ އަޚްލާޤު ދިރުވަން އަދި އެކަލޭގެފާނު އުޅުއްވިގޮތަށް އުޅެން ގަދައަޅައިފި ނަމަ ހިތުގައި ނަބިއްޔާ ﷺގެ މައްޗަށް އޮތް ލޯބި އިތުރުވެގެންދާނެއެވެ. ﷲ تعالى ވަޙީކުރެއްވިއެވެ: {وَإِن تُطِيعُوهُ تَهْتَدُوا} (މާނައީ: އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންތެރިވެއްޖެއްޔާ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭހުއްޓެވެ.) [އައް ނޫރު: 54]

އައްޝައިޚް ސުލައިމާނު ބިން އަލްޢަލްވާން (ނެގިފައިވަނީ)

••┈┈┈┈┈┈┈┈┈┈┈••
#Salawat #Nabiyya
@Tazkirat_Nufoos

1 year, 2 months ago
1 year, 2 months ago
1 year, 2 months ago
1 year, 2 months ago

ސޫރިޔާގެ ޙާލަތާ ބެހޭގޮތުން ޝެެއިޚް އަޙްމަދު މޫސާ ޖިބްރީލްގެ ވަރަށް މުހިންމު ވާހަކަކޮޅެއް. ޙައްޤު އެނގި އޭގެ މަތީ ޘާބިތުވާން އެދޭ މީހަކުނަމަ ކިޔާލަން މުހިންމު. ތަރުޖަމާކޮށްފައިވާ ކުޑަ ޚުލާޞާއެއް:

  1. ކޮންމެ މުސްލިމެއްވެސް ޠާޣޫތެއްގެ ވެރިކަން ވެއްޓި ނިމުމަކަށް އައުމުން އުފާކުރާނެ، އެވަރިހަމަ އެ ޠާޣޫތުގެ ބަދަލުގައި ދެން އިސްވަނީ އެހެން ޠާޣޫތެއް ކަމުގައިވިޔަސް

  2. އިބްނު ކަޘީރު ވިދާޅުވެފައިވޭ ﷲ ތަޢާލާ އަނިޔާވެރި ވެރިކަންތައް އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް ގަދަކުރައްވައި، ހަލާކުގެތެރެއަށް ވައްޓަވާލައްވާ، އެވެންގެ އަނިޔާވެރިކަމަށް ބަދަލު ހިއްޕަވާ

  3. މި އުފާވެރިކަމުގެ މައިގަނޑު ސަބަބަކީ އަނިޔާ ލިބެމުންދާ މުސްލިމުންގެ އަނިޔާތަކަށް ނިމުމެއް އައިސް ވަކީން ޚާއްޞަކޮށް އަޞީރުވެފައިވާ މުސްލިމު އަންހެނުންނާއި ކުޑަކުދީން މިނިވަންވެ އެމީހުން ގެތަކަށް އެނބުރީ ރުޖޫޢަވެ ނިގުޅައިގަނެފައިވާ ޙައްޤުތައް ލިބުން. އެހެނަސް އެންމެ ފުން އުފަލެއް ލިބޭނީ މިނީވަންކޮށްފައިވާ ބިންތަކުގައި ﷲ ގެ ޝަރީޢަތް ޤާއިމްވެގެން.

  4. ރަށަކުން ޢަދުއްވުން ފަހަތަށް ޖެހުން ނުވަތަ އެރަށުގައި ވެރިކަން ކުރަމުން ދިޔަ ޠާޣޫތެއްގެ ވެރިކަން ވެއްޓުމަކީ އެބިމުގައި ތަންފީޛުކުރަމުން ދިޔަ ވަޟައީ ޤާނޫނުތައް ނައްތާލައި، ﷲ ގެ ޝަރީޢަތް ޤާއިމްނުވަނީސް ޝަރުޢީގޮތުން އެތަން "މިނިވަންވުން" ކަމުގައި ނުބެލެވޭނެ

  5. ﷲ ގެ ސާފު ޝަރީޢަތް ތަންފީޒު ނުކުރާ ބާވެފައިވާ ޠާޢޫތެއް ޒީނަތްތެރި ކޮށްފައިވާ އެހެން ޠާޣޫތަކާށް ބަދަލުކުރުމަކީ "މިނިވަންކަން" އަދި "މިނިވަންވުން" ކަމުގައި ނުބެލެވޭނެ. އެއީ އަލުން (ވަޟަޢީ ޤާނުނުތަކުގެ ޝިރުކުގެ މައްޗަށް) އަނިޔާވެރިކަން ޢިއާދަވެ، އެހެން ޠާޣޫތެއް އައްޔަނުކުރުން ފަދަ ކަމެއް.

  6. "މިނިވަންކަން" ނަމުގައި ބިންތައް ހިފުމުގައި ނެތިދާނެ ދުނިޔަވީ ފައިދާތަކެއް ލިބުނަސް ﷲ ގެ ޝަރީޢަތް ޤާއިމްކުރުމަށް ބިންތައް މިނިވަންކުރުމަކީ އޭގެ ސަބަބުން އުޑާއި ބިމެށްވުރެ ތަނަވަސްވެގެންވާ ޖަންނަތް ލިބޭނެ ލަނޑުދަނޑިއަކީ

https://x.com/sh_Ahmad_Jibril/status/1865665738293326326?t=

We recommend to visit

➧Нᴇᴨᴏʙᴛᴏᴩиʍый ᴋᴏнᴛᴇнᴛ 🧨
➧Мᴇдᴧᴇннᴏ нᴏ уʙᴇᴩᴇннᴏ 🔥
➧Тᴏᴨᴏʙыᴇ ᴋᴀᴩᴛинᴋи 🔝
➧Оᴛ дуɯи, дуɯᴇʙнᴏ, ʙ дуɯу 🖤
➧Бᴏʍбᴏʙыᴇ ᴛᴩᴇᴋи 💣
➧Цᴇᴧь:200к💰

Rek: @Rek_gold

Last updated 1 year ago

ᴍᴇɴɢᴇᴍᴜᴋᴀᴋᴀɴ ɴᴏᴛᴀ sᴘᴍ ᴋssᴍ

Last updated 1 year, 4 months ago

Profilingiz uchun ajoyib niklar olami?

Nik yasash xizmati bepul?

Murojaat uchun:???
https://t.me/+XXvO-UVUd4QzYjUy
https://t.me/+XXvO-UVUd4QzYjUy

Last updated 1 year, 1 month ago