Infinite Entertainment, Zero Cost: Get Your Free Books, Music, and Videos Today!

Tazkirat Nufoos

Description
وَذَكِّرْ فَإِنَّ ٱلذِّكْرَىٰ تَنفَعُ ٱلْمُؤْمِنِينَ

އަދި ހަނދާންކޮށްދެއްވާ ހައްދަވާށެވެ. ފަހެ ހަނދާންކޮށްދީ ހެދުމަކީ مؤمن ންނަށް منفع ކުރާނޭ ކަމެކެވެ.

الذاريات: ٥٥
Advertising
We recommend to visit

ᴍᴇɴɢᴇᴍᴜᴋᴀᴋᴀɴ ɴᴏᴛᴀ sᴘᴍ ᴋssᴍ

Last updated 1 month ago

Profilingiz uchun ajoyib niklar olami🥰

Nik yasash xizmati bepul💸

Murojaat uchun:👇👇👇
https://t.me/+XXvO-UVUd4QzYjUy
https://t.me/+XXvO-UVUd4QzYjUy

Last updated 21 hours ago

ᴘᴀʏᴏᴜᴛ ʟᴏɢꜱ ꜰʀᴏᴍ @Gamifyr_ContestBot

Last updated 3 months, 1 week ago

1 month, 1 week ago
1 month, 1 week ago
1 month, 1 week ago

••

كثرة الصلاة على النبي ﷺآية على حبه وكلما ازداد القلب حبًا للنبي ﷺ اجتهد في التخلق بأخلاقه والتأسي بأفعاله قال تعالى: {وَإِن تُطِيعُوهُ تَهْتَدُوا}.

ނަބިއްޔާ ﷺ މައްޗަށް ސަލަވާތް ގިނަކުރުމަކީ އެކަލޭގެފާނުގެ މައްޗަށް އޮތް ލޯބީގެ އަލާމާތެކެވެ. އަދި ހަމަ އެފަދައިން އެކަލޭގެފާނުގެ އަޚްލާޤު ދިރުވަން އަދި އެކަލޭގެފާނު އުޅުއްވިގޮތަށް އުޅެން ގަދައަޅައިފި ނަމަ ހިތުގައި ނަބިއްޔާ ﷺގެ މައްޗަށް އޮތް ލޯބި އިތުރުވެގެންދާނެއެވެ. ﷲ تعالى ވަޙީކުރެއްވިއެވެ: {وَإِن تُطِيعُوهُ تَهْتَدُوا} (މާނައީ: އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންތެރިވެއްޖެއްޔާ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭހުއްޓެވެ.) [އައް ނޫރު: 54]

އައްޝައިޚް ސުލައިމާނު ބިން އަލްޢަލްވާން (ނެގިފައިވަނީ)

••┈┈┈┈┈┈┈┈┈┈┈••
#Salawat #Nabiyya
@Tazkirat_Nufoos

1 month, 1 week ago

ވިތުރީގައި ކިޔަވާނީ ކޮން ސޫރަތެއް؟

❞ އުބައްޔު ބިން ކަޢްބު رضي الله عنه ކިބައިން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ ﷺ ތިން ރަކުޢަތުން ވިތުރި ކުރައްވަވާ ކަމުގައިވިއެވެ. އެކަލޭގެފާނު ފުރަތަަމަ ރަކުޢަތުގައި (سَبِّحِ اسْمَ رَبِّكَ الْأَعْلَىٰ)، ދެވަނަ ރަކުޢަތުގައި (قُلْ يَٰأَيُّهَا الْكَٰفِرُوْنَ) އަދި ތިންވަނަ ރަކުޢަތުގައި (قُلْ هُوَ ﷲُ أَحَدٌ) ކިޔަވާ ވިދާޅުވާ ކަމުގައިވިއެވެ. އަދި ރުކޫޢުގެ ކުރިން ޤުނޫތު ކިޔުއްވައެވެ. ދެން އެކަލޭގެފާނު (ނަމާދު) ނިމުމާއިއެކު ތިންފަހަރަށް (سُبْحَانَ الْمَلِكِ الْقُدُّوْسِ) ކިޔަވާ ވިދާޅުވެއެވެ. އަދި އޭގެ ފަހު ފަހަރުގައި ދަމާލައްވައެވެ. ރިވާކުރެއްވީ އަބޫ ދާވޫދު އަދި އައްނަސާއީ - އަދި މިލަފްޡަކީ އެކަލޭގެފާނުގެއެވެ -. އަދި އޭގެ އިސްނާދު ރަނގަޅެވެ. ❝

އައްޝައިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު حفظه ﷲ (ބަސްކޮޅު)

#Witr #Tahajjud

@Tazkirat_Nufoos

Telegram

درر الشيخ السعد

•• [ مايقرأُ في الوتر ] عن أبي بن كعب رضي الله عنه، أن رسول اللهﷺ كان يوتر بثلاث ركعات، كان يقرأ في الأولى بـ (سبح اسم ربك الأعلى)، وفي الثانية بـ (قل يأيها الكفرون)، وفي الثالثة بـ (قل هو الله أحد)، ويقنت قبل الركوع، فإذا فرغ قال عند فراغه: (سبحان الملك…

1 month, 1 week ago

❞ ނަބިއްޔު ﷺ ޙަދީޘްކުރެއްވިއެވެ.
«لاَ تَقُومُ السَّاعَةُ حَتَّى يُقْبَضَ الْعِلْمُ، وَتَكْثُرَ الزَّلاَزِلُ، وَيَتَقَارَبَ الزَّمَانُ، وَتَظْهَرَ الْفِتَنُ، وَيَكْثُرَ الْهَرْجُ ـ وَهْوَ الْقَتْلُ الْقَتْلُ ـ حَتَّى يَكْثُرَ فِيكُمُ الْمَالُ فَيَفِيضُ»
”ޢިލްމު ނެންގެވި، ބިންހެލުންތައް ގިނަގުނަވެ، ވަޤުތު އަވަސްވެ، ފިތުނަ ފާޅުވެ، ހަރަޖް އިތުރުވެ — އަދި އެއީ ޤަތުލާއި ލޭއޮހުރުމޭ — އަދި ކަލޭމެންގެ ތެރޭ މުދައު ގިނަވެ އުތުރިއެރުމާއި ހަމަޔަށް، ޤިޔާމަތް ވުން ނުވެއެވެ.“ ⁽¹⁾

”يتقارب الزمان“ ވަޤުތުއަވަސް ވުމޭ (ލަފްޒީ ގޮތުން: ޒަމާން ކައިރިވުމޭ) އޮތް ޤަޥްލާއިމެދު ދަންނައެ،

އޭގެ މާނައިގައި ގިނަ ޤަޥްލުތަކެއް ވެއެވެ. އޭގެ ތެރޭގައި: ބުނެވެއެވެ: ބަރަކާތް ގެއްލިދެޔޭ އެވެ. އެހެންކަމުން ރެޔާއި ދުވާލު އަވަސް އަވަހަށް ފާއިތުވެއެވެ. އަދި ހަފްތާތަކާއި މަސްތަކާއި އަހަރުތައްވެސް މެއެވެ.

ވީމާ ހެޔޮހޯދުމަށް (ތާއަބަދު) ހުޝިޔާރުވެ ތިބޭށެވެ. ❝

— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު

-------------------
[1] އަބޫ ހުރައިރާ ގެ އަރިހުން، އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙު 1036 ގައި.

1 month, 2 weeks ago

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله تعالى އާއި ސުވާލުވެވުނެވެ:

އިސްތިޚާރާގެ ދުޢާ ކުރަން ޖެހޭނީ ނަމާދުގައި ހެއްޔެވެ؟ ނޫނީ ސަލާމަށްފަހުގައި ހެއްޔެވެ؟

ފަހެ އެކަލޭގެފާނު ޖަވާބުދެއްވިއެވެ:

އިސްތިޚާރާ ނަމާދު ނުވަތަ އެނޫން ނަމާދެއް ކަމުގައި ވިޔަސް، ސަލާމްދިނުމުގެ ކުރިން އަދި އޭގެ ފަހުން ވެސް ދުޢާ ކުރުން ހުއްދަވެގެން ވެއެވެ. އެހެނަސް، ސަލާމްދިނުމުގެ ކުރިން ދުޢާކުރުން މޮޅުއިތުރުވެގެންވެއެވެ. އެހެނީ ނަބިއްޔާ ﷺ ގެ ގިނަ ދުޢާތައް ވީ ސަލާމްދިނުމުގެ ކުރީންނެވެ. އަދި ސަލާމްދިނުމުގެ ކުރިން ނަމާދުކުރާ މީހާ އޭގެން (ނަމާދުން) ވީއްލިގެން ނުދެއެވެ. ފަހެ މިގޮތް މާ ހެޔޮވެގެންވެއެވެ. އަދި މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ ތަޢާލާއެވެ.

الفتاوى الكبرى: 225 - / 141 - مسألة: في دعاء الإستخارة هل يدعو به في الصلاة؟ أم بعد السلام؟

#Salātul_Isthikhārah

@Tazkirat_Nufoos

1 month, 2 weeks ago

1445 އަހަރުގެ ރަމަޟާންމަހު އަޅުގަނޑުމެން ގެނެސްދިން ހުރިހާ ކުއިޒްތަކުގެ ލިންކުތައް:

(1) ފުރަތަމަ ފޮތް، (2) ދެވަނަ ފޮތް، (3) ތިންވަނަ ފޮތް،
(4) ހަތަރުވަނަ ފޮތް، (5) ފަސްވަނަ ފޮތް، (6) ހަވަނަ ފޮތް، (7) ހަތްވަނަ ފޮތް، (8) އަށްވަނަ ފޮތް، (9) ނުވަވަނަ ފޮތް، (10) ދިހަވަނަ ފޮތް، (11) އެގާރަވަނަ ފޮތް، (12) ބާރަވަނަ ފޮތް، (13) ތޭރަވަނަ ފޮތް، (14) ސާދަވަނަ ފޮތް، (15) ފަނަރަވަނަ ފޮތް، (16) ސޯޅަވަނަ ފޮތް، (17) ސަތާރަވަނަ ފޮތް، (18) އަށާރަވަނަ ފޮތް، (19) ނަވާރަވަނަ ފޮތް، (20) ވިހިވަނަ ފޮތް، (21) އެކާވީސްވަނަ ފޮތް، (22) ބާވީސްވަނަ ފޮތް، (23) ތޭވީސްވަނަ ފޮތް، (24) ސައުވީސްވަނަ ފޮތް، (25) ފަންސަވީސްވަނަ ފޮތް، (26) ސައްބީސްވަނަ ފޮތް، (27) ސަތާވީސްވަނަ ފޮތް، (28) އަށާވީސްވަނަ ފޮތް، (29) ނަވާވީސްވަނަ ފޮތް، (30) ތިރީސްވަނަ ފޮތް

@Tazkirat_Nufoos

Telegram

Tazkirat Nufoos

***🎲*** Quiz 'ތަޛްކިރަތުއް ނުފޫސްގެ 1445 އަހަރުގެ "ޤުރުއާން ކުއިޒް"' މި ކުއިޒް ހާައްޞަ ކުރެވިފައިވަނީ ކީރިތި ޤުރުއާންގެ ފުރަތަމަ ފޮތުންނެވެ. ***🖊*** 10 questions · ***⏱*** 30 sec

1 month, 2 weeks ago

އަޅުގަނޑުމެންނާއި ކޮންޓެކްޓު ކުރަން ބޭނުންވާނަމަ ނުވަތަ އަޅުގަނޑުމެންގެ ޕޯސްޓެއްގައި ކުށެއް ފާހަގަވެއްޖެ ނަމަ ނުވަތަ އަޅުގަނޑުމެންނަށް ޚިޔާލެއް ދޭން ބޭނުންވާނަމަ އަޅުގަނޑުމެންގެ ބޮޓަށް މެސެޖު ކޮށްލައްވާ!

جزاكم الله خيرا

@Tazkirat_Nufoos_Bot

1 month, 3 weeks ago
3 months, 3 weeks ago

ޝަޢުބާން މަހު ރޯދަ ހިފުން

ރަމަޟާން މަހުގެ ކުރިއަށް އޮތް މަހުގައި ވިހާވެސް ގިނަ ދުވަސްތަކެއްގައި ތިބާ ރޯދަހިފުން:

  • އެއީ ސުންނަތެއް
  • ރަމަޟާން މަހަށްވާ ނަވައްފިލް އެއް (އެއީ ނަމާދަށް ނަވައްފިލް ވާ ފަދައިން)
  • ރަމަޟާން މަހަށް ވާ ތައްޔާރީއެއް

- އައް ޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله)

ނެގިފައިވަނީ
@Tazkirat_Nufoos

We recommend to visit

ᴍᴇɴɢᴇᴍᴜᴋᴀᴋᴀɴ ɴᴏᴛᴀ sᴘᴍ ᴋssᴍ

Last updated 1 month ago

Profilingiz uchun ajoyib niklar olami🥰

Nik yasash xizmati bepul💸

Murojaat uchun:👇👇👇
https://t.me/+XXvO-UVUd4QzYjUy
https://t.me/+XXvO-UVUd4QzYjUy

Last updated 21 hours ago

ᴘᴀʏᴏᴜᴛ ʟᴏɢꜱ ꜰʀᴏᴍ @Gamifyr_ContestBot

Last updated 3 months, 1 week ago