ތައުޙީދަށް ފަހު ނަމާދެވެ.

Description
ﷲ ތިބާއަށް ރަޙްމަތްލައްވާށިއެވެ ! ދަންނާށެވެ ! ނަމާދާއި ރޯދައިގެ ފަރުޟުކަން ދެނެގަތުމުގެ ކުރިން لَا إِلَٰهَ إِلَّا ٱللَّٰهُ އަށް ހެކިވުމުގެ މާނަ ދެނެގަތުން ފަރުޟުވެގެންވެއެވެ !
We recommend to visit

Сᴨᴇциᴀᴧьнᴏ дᴧя ᴛᴇбя🍦

Связь: @lemonkom

By ? https://t.me/+U5g4pzESdwXtqvep ?

PUBG 安装包 & OBB 下载
PUBG Apk & Obb Download
网盘链接 https://www.123pan.cn/s/NXxbVv-FaNQ.html
Chat | 交流群 @PubgApkObbChat
Owner | 群主 @Katak6

1 year, 6 months ago

#thawheedhafahu_namaadhey

🕌 މީގެ 5 ވަރަކަށް ދުވަސްކުރިން ، އެއްރޭ ޢިޝާ ނަމާދުން ފޭބިތަނާ މީހަކު : ކުޑަކުދިންނަށް ނަމާދުގައި ނިދޭވާހަކަ ބުނުމަށްފަހު ބުންޏެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް ނަމާދު ކުރުކުރެއްވިނޫން ހެއްޔެވެ؟

އެބުނިއެއްޗަކަށް ރައްދެއް ނުދެމެވެ. އެކަމަކު ހިނިތުންވެލީމެވެ.ހިތަށްއެރިއެވެ .

ފުރަތަމަ ރަކްޢަތުގައި އަހަރެން ކިޔެވީ ސޫރަތުއް ޝަމްސް އެވެ . އެއީ 7 ފޮޅުވަތެވެ . އަދި 2 ވަނަ ރަކްޢަތުގަައި ކިޔެވީ ސޫރަތުލް ހުމަޒާ އެވެ . އެއީ 4 ފޮޅުވަތެވެ. ދެ ރަކްޢަތް އެއްކޮށް ޖުމްލަ 11 ފޮޅުވަތެވެ. މިވަރުން އަދި ޞަފްޙާއެއްވެސް ހަމަނުވެއެވެ. މިވަރުވެސް ހަމަ ދިގީ ހެއްޔެވެ؟

[ އަހުމަދު ޙަލީމް ]

Join:-https://t.me/Namaadh

1 year, 6 months ago
1 year, 6 months ago

#thawheedhafahu_namaadhey

Rajjey ge rasheh ga vaguthee gothun miskithuge imaamukan kuravaa imaameh ge bas 💔

[ Mihaaru miskih mivanee, ahannaa havaalu kurevifa, aharen isve hure Fathis namaadhu jamaathuga, Enme meehaku Govaigen koffee meve.
.............
Ey muslim alhuthakunney,,
Gaafilu kamuge nidhin heylaa sheve.

Nidhaafa othumahvure, Thimaa Allaah ah adhaakuranjehey haqqu, maaboduvegen vey, ]

Join:-https://t.me/Namaadh

1 year, 8 months ago
1 year, 8 months ago
1 year, 8 months ago
1 year, 11 months ago

#thawheedhafahu_namaadhey

ނަމާދުގައި ހެދޭ ކުށްތައް މި ސިލްސިލާގައި މިހާތަނަށް ކުރެވިފައިވާ ޕޯސްޓުތައް ވަކިވަކިން ބަލާލުމަށް ބޭނުންވާ ބޭފުޅުން ތިރީގައި އެވާ ލިންކަށް ފިއްތަވާލެއްވުމުން ފެނިވަޑައިގަންނަވާނެ.

Post01. Post02. Post03 Post04. Post05. Post06 Post07. Post08. Post09 Post10. Post11. Post12

Join:-https://t.me/Namaadh

1 year, 11 months ago
1 year, 11 months ago

#thawheedhafahu_namaadhey

*? ނަމާދު އެޅުމުގެ ނުރައްކާ !*

އެއްފަހަރު ﷲ ގެ ރަސޫލާ (ﷺ) މާތްވެގެންވާ ސަޙާބީންގެ ކައިރިއަށް ވަޑައިގެން ޙަދީޘްފުޅުކުރެއްވިއެވެ:" ﷲ ތަޢާލާ ވަޙީ ކުރައްވަނީ ކީކޭކަން ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ؟ އެހިނދު ސަޙާބީން އެކަން އެންމެ މޮޅަށް އެނގިވަޑައިގަންނަވާނީ ﷲ އަށާއި އެކަލާނގެ ރަސޫލާއަށޭ ދެންނެވުމުން ޙަދީޘްފުޅުކުރެއްވިއެވެ: "އެކަލާނގެ ވަޙީކުރައްވަނީ ތިމަން ﷲ ގެ ޢިއްޒަތާއި މަތިވެރިކަން ގަންދެއްވައި ވަޙީކުރައްވަމެވެ، ނަމާދު އެއަށް ކަނޑައެޅިފައިވާ ވަގުތުގައި ކުރާ ކޮންމެ މީހަކު ސުވަރުގެ ވައްދަވާ ހުށީމެވެ، އޭގެ ވަގުތު ނޫން އެހެން ވަގުތުތަކުގައި ކުރާނަމަ އެމީހަކަށް ތިމަން ﷲ އެދިވޮޑިގެންފިނަމަ ރަޙްމް ކުރައްވާ ހުށީމެވެ، ނޫންނަމަ ޢަޒާބް ދެއްވާހުށީމެވެ".

މިޙަދީޘުން ދޭހަވާގޮތުގައި ނަމާދުގެ ވަގުތަށް ފަރުވާތެރި ނުވެ ޢުޒުރެއްނެތި ނަމާދުކުރުން ލަސްކޮށްގެން ނުވާނެއެވެ. ލަސްކޮށްފިކަމުގައިވާނަމަ އެމީހާ އެވަނީ ވަރަށް ނުރައްކާތެރި ފައްތަރެއްގައެވެ.
_

{މި ޙަދީޘް ބައެއް ޢިލްމުވެރިން ޙަސަން ކުރެއެވެ، އެހެނަސް ޝައިޚް އަލްބާނީ ޟަޢީފްކުރައްވައެވެ.}

ލިޔުން ނެގުނީ: ފަޟީލަތުއްޝައިޚް އަބޫ ޢަބްދުއްރަޙްމާން ( ޤުރުއާނާއި ސުންނަތުގެ މީޒާނުގައި ނަމާދު )

~ ދަތުރުވެރިޔާ ~

Join:-https://t.me/Namaadh

2 years, 2 months ago

ޞަޙީޙު މުސްލިމްގައި (رواه مسلم: 440) އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ޘާބިތުވެގެންވާ
ރިވާޔަތްވެއެވެ. ވިދާޅުވިއެވެ: ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:

މާނައީ: "ފިރިހެނުންގެ ސަފުތަކުން އެންމެ ހެޔޮވެގެންވަނީ އެންމެ ކުރީ ސަފެވެ. އަދި އެންމެ ނުބައިވެގެންވަނީ ފަހަތު ސަފެވެ. އަދި އަންހެނުންގެ ސަފުތަކުން އެންމެ ހެޔޮވެގެންވަނީ އެންމެ ފަހަތު ސަފެވެ. އަދި އެންމެ ނުބައިވެގެންވަނީ ކުރީ ސަފެވެ."

މިއީ ނަމާދުކުރުމުގެ ޙާލަތުގައި އަދި އަޅުކަމުގެ މަޤާމުގައިއެވެ. ދެންފަހެ އެނޫން ތަނެއްގައި ކަންތައްވާނީ ކޮންފަދައަކުންހެއްޔެވެ!؟ އަދި ނަމާދުކުރާއިރުގައި ފިރިހެނުން ތިބެނީ އަންހެނުންނަށް ފުރަގަސްދީގެންނެވެ. އެއާއިއެކުވެސް ވަނުމާއި ނިކުތުމުގައި (ދެމިގެންނުވާ) ވަޤުތީ ބައްދަލުވުމެއް ހިނގާތީވެ މިޞިފަ ޙައްޤުވީއެވެ. އެހެންކަމަށްވާނަމަ ދެން އެއްތަންވެ ޖަމަޢަވެ، މަޖްލިސްކޮށް ބައްދަލުކޮށް ހެދުންވާނަމަ ކަންތައްވާނީ ކިހިނަކުންހެއްޔެވެ!؟ އަދި ކިއެއްތަ، އެފަދައިން ކަންތައްވަނީ އަޅުކަމުގެ މަޤާމެއްގައި ނޫންނަމަ އަދި ކޮންފަދަހެއްޔެވެ!؟

ــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــــ
މަޞްދަރު: ހިލޭ އަންހެނުންނާއި ފިރިހެނުން ގައިގޯޅިވެ މަސްހުނިވުން

@LaILahaILLallah

We recommend to visit

Сᴨᴇциᴀᴧьнᴏ дᴧя ᴛᴇбя🍦

Связь: @lemonkom

By ? https://t.me/+U5g4pzESdwXtqvep ?

PUBG 安装包 & OBB 下载
PUBG Apk & Obb Download
网盘链接 https://www.123pan.cn/s/NXxbVv-FaNQ.html
Chat | 交流群 @PubgApkObbChat
Owner | 群主 @Katak6