لَا إِلَٰهَ إِلَّا ٱللَّٰهُ

Description
We recommend to visit

شخصیتتو اینجا بشناس👇😎

Last updated 1 year ago

تعرفه ← @megifff

Last updated 2 years, 3 months ago

<<Buy Ads>> https://telega.io/c/Love_shayari_hd_status

✨ Join Fast ?100k Dream ?

Last updated 2 years, 1 month ago

1 year, 12 months ago

❞ ބާޠިލު ބަހެއް ނުބުނުން ޝަރުޠަކަށް ބަލައި، ޙަޢްޤު ބަސް ބުނުމުން ހަނުހުރެއްޖެ ޢިލްމުވެރިޔަކަށް ތަޢުރީފުކުރުމީ، އެންމެ ނުބައިކަން ބޮޑު އެއް ދަނޑިވަޅެވެ. އެހެނީ ބަސްބުނުމަށް ޒަރޫރު ޙާލަތުގައި، ޢިލްމުވެރިޔެއްގެ ހަނުހުރުމަކީ ހަމަ ބަހެއް ބުނުމެވެ. އޭގެ މާނައީ ރުހުމެވެ.❝ —އައްޠަރީފީ

~ ގަލަންދާނު

1 year, 12 months ago

ޝެއިޚް ޢަބްދުލް ޙަފީޡް رحمه ﷲ:

"ޢިލްމަކީ ކަނޑެއްފަދަ އެއްޗެކެވެ. އެއަށް މީހާ ފައިބާއިރު އޭގެފުންކަމެއް ނޭގެއެވެ. ތިލަ އެއްޗެކެވެ. އެހެނަސް އޭގެ ތެރެއަށް މީހާ ވަންނަވަރަކަށް އޭގެފުންކަން އެނގިގެންދެއެވެ." (އެބަހީ: ތިމާއަށް ނޭގޭ މިންވަރެވެ.)

( މަޞްދަރު )

@LaILahaILLallahQ

1 year, 12 months ago

❞ ފާފަ ފުއްސެވުމުގެ ވަސީލަތް ތަކުގެ ތެރޭގައި: ތަޥްބާ ވެއެވެ. އެއީ އޭނާ އަރައިގަތް ފާފަ ނޫނީ ދޫކުޅަ ވާޖިބާއިމެދު، ފުއްސެވުން އެދި ﷲ އަށް އެނބުރިގަނެ (އިނާބާވެ) އެއިލާހަށް ރުޖޫޢަވުމެވެ.

އެއަށް ތިން ޝަރުޠެއް ވެއެވެ:
• ދެރަވުމާއި
• އެފާފައިން ވީއްލިގަތުމާއި
• އެއަށް އަނބުރައި ނުދިޔުމަށް ޢަޒުމު ކުޅައުމެވެ.

އަދި އެކަމަކީ މަޚްލޫޤެއްގެ ޙައްގު އޭގައި އެކުލެވޭ ކަމެއް ނަމަ، އެޙައްޤެއް އަނބުރައި ދިނުމެވެ. ނުވަތަ އެނާފުށުން ހިތްހަލާލު ހޯދުމެވެ. ❝

— ޝެއިޚް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)

~ ގަލަންދާނު

2 years ago
2 years ago
2 years ago


މިހެންކަމުން މި ލޯބިވެރިންގެ ޢީދު (ވެލެންޓައިންސް ޑޭ) ގެ ޙަފުލާ އާއިމެދު އަހަރެމެން ބުނަނީ، އެއީ ޖާހިލިއްޔަތުގެ ޢީދެއް ކަމެވެ. އަދި ނަޞާރާއިންގެ ބަޔެއް މާތް މީހުންގެ ހަނދާނުގައި ވާ ޢީދެއްކަމެވެ. އަދި އެކަން ފެށިފައިވަނީ ޖާހިލިއްޔަތުގައި މީލާދީން 300 ވަނަ އަހަރުގައި ކަމެވެ.

އަދި އެވެރިންގެ ބަޔަކު ބުނާގޮތުން މި މުނާސަބަތަކީ، އެޒަމާނުގެ ރަސްކަލެއް ކައިވެނިކުރުން މަނައުކުރުމުން މިބުނެވުނު މާތް މީހާ ސިއްރުގައި ކައިވެނިކޮށްދިނުން ކުރިޔަށް ގެންދިޔައީތީއެވެ. (ދެން އޭނާ މަރާލެވުނީއެވެ.) ދެން އެދުވަސް ފާހަގަކޮށް މިމީހާ މީސްތަކުންނަށް ކަމެއް ކޮށްދިނީތީ މަތިވެރި ކުޅައީއެވެ. އަދި މިނޫން ގޮތެއްގައި މިވާހަކަ ވިޔަސް، އަހަރެމެން ބުނަނީ މިކަމަށް ހާޖަތް ޖެހުމަށްވުރެ އަހަރެމެންގެ އިސްލާމީ ޝަރީޢަތް މުއްސަނދިވެ ފުދިގެންވާ ކަމެވެ. އެބައި އިތުރުކުޅައުމަށް ފަހެ ޝަރީޢަތުން ލޯބީގެ ބާބު ވިރިދިޔައީހެއްޔެވެ؟ ލޯތްބަށް ހިތްވަރު ދެއްވައި އެތަކެއް ޙަދީޘެއް ވެއެވެ. އަނަސް ބުނު މާލިކުގެ ޙަދީޘުގައި ނަބިއްޔު ﷺ އަރިހުން، ޙަދީޘް ކުރެއްވިޔޭ: «ﻣﺎ ﺗﺤﺎب رﺟﻼن ﻓﻲ اﷲ ﻗﻂ، إﻻ ﻛﺎن أﻓﻀﻠﻬﻤﺎ أﺷﺪﻫﻤﺎ ﺣﺒﺎ ﻟﺼﺎﺣﺒﻪ.» (ﷲ އަށްޓަކައި ދެމީހަކު ލޯތްބެއް ދުވަހަކުވެސް ނުވެތޭ، އެހެނަސް އޭގެ ތެރެއިން އެންމެ މޮޅުއިތުރު މީހަކީ އޭނާގެ އެކުވެރިޔާއަށް ލޯބީގައި އެންމެވަރުގަދަ މީހާ ކަމުގައި ވާގޮތުގައި މެނުވީއެވެ.)

މާނައީ، މީހަކު އޭނާގެ އެކުވެރިޔާއަށް ލޯބި އިތުރުވާ ކޮންމެ ހިނދަކު، ﷲ سبحانه وتعالى ޙަޟުރަތުގައި އޭނާ މޮޅުއިތުރުވެދެއެވެ.

ހަމައެފަދައިން ނަބިއްޔު ﷺ ވަނީ މީސްތަކުން މެދުގައި ލޯބިފެތުރުމަށްވެސް ބާރުއަޅުއްވާފައެވެ. އަދި މީހަކު އަނެކާއަށް ލޯބިކުރާކަން އެންގުމަށްވެސް މެއެވެ. އޭގައި ލިޔުމުން ނޫނީ ދިމާވެގެންވިޔަސް ނޫނީ އެފަދަ އެނޫން ގޮތަކުންވިޔަސް އެކަން ހާމަކުރުމުގައި ތަފާތެއްނެތެވެ. މިކަންވެސް ތަފާތު ޙަދީޘް ތަކަކުން ނަބިއްޔު ﷺ އަރިހުން ވާރިދުވެފައިވެއެވެ. އަލްމިޤްދާދު ބުނު މަޢްދީ ކަރިބް އަރިހުން، މުސްނަދުގައިވާފަދައިން ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ «إِذَا أَحَبَّ أَحَدُكُمْ أَخَاهُ فَلْيُعْلِمْهُ» (ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަޚާދެކެ ލޯބިވާނަމަ، ފަހެ އޭނާއަށް އެކަން އަންގާހުށިކަމެވެ.) —އެބަހީ އޭނާއަށް ތިބާ ލޯބިވާކަން އަންގާށޭ އެވެ. ކީއްވެހެއްޔެވެ؟ އެހެނީ މިކަމުގެ ސަބަބުން ގުޅުން ބަދަހިކުރުވައެވެ. އަދިފަހަރެއްގައި އޭނާގެ ހިތުގައި ކޮންމެވެސް ނުތަނަވަސްކަމެއް ތިބާއާއިމެދު އޮވެދާނެއެވެ. އަދި މިކަން ހާމަކުރުމުން ހެވަށް ވެދެއެވެ.

މިހެންކަމުން އަހަރެމެން ބުނަނީ، ލޯތްބާއި ގުޅުންބަދަހި ކުރުމާއި ގުޅިފައިވާ ކަންތައް ޝަރީޢަތުންވަނީ އެކަން އާލާކުރުމަށް ހިތްވަރުދީފައެވެ.

ވީމާ ޝަރީޢަތެއް ލޯބީގެ ދޮރުތަކެއް ބަންދެއް ނުކުރެތެވެ. ބަންދު ކޮށްފައިވަނީ (ކާފަރުންނާއި) އެއްގޮތް ވުމުގެ ދޮރުތަކެވެ. އެހެނީ ކޮޕީކޮށް އެއްގޮތް ވުމުގެ ބާބު، ލޯތްބާއި، ލިބާހާއި ބަހުރުވަޔާއި އަޅުކަމާއި އެނޫން ތަކެތީގައިވެސް ހޭކިދެއެވެ. އަދި އޭގައި ޖިންސިއްޔަތާއި އެއާއި ގުޅުން ހުރި މައްސަލަތައް އެކުލެވެއެވެ. އެއީ ޢީދުތަކުގައި ނޫނީ ލޯބީގައި ނޫނީ އެނޫން ގޮތްތަކުންވެސް (ހައްދުތަކެއްގެ ތެރޭ) މަނައުކަންކަމެވެ. ❝

— ޢަބްދުލް ޢަޒީޒް އައްޠަރީފީ
~ ގަލަންދާން

2 years ago

ޝައިޚް ސުލައިމާން އަލްޢަލްވާން فك الله أسره ވިދާޅުވެފައި ވެއެވެ.
ހިތްތަކާއި އޭގެ ބަލިމަޑުކަމުގެ އެންމެ ބޮޑު ނަޖިހަކީ ތަޣޫތާއި އެމީހުންގެ އެހީތެރިންނަށް ލޯބިވާއިރު، ބައެއް ޞަޙާބީންނާއި، ދީނުގެ ޢިލްމުވެރިންނާއި، އިސްލާޙީ މީހުންނާއި، الله ގެ މަގުގައި ތިބި މުޖާހިދުންނަށް ނަފްރަތުކުރުމެވެ.

( މަޞްދަރު )

@LaILahaILLallahQ

2 years ago

#حديث_ضعيف

އިސްރާ އާއި މިޢުރާޖު ގެ ރެޔަކީ 27 ރަޖަބު ކަމުގެ މައްޗަށް، ޞައްޙަ އެއްވެސް ޚަބަރެއް ނުވެއެވެ.

— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)

~ ގަލަންދާން

2 years ago

އަލް-އައްލާމާ ޝެއިޚް ނާސިރު އަލް-ފަހުދް فك الله أسره-

- ސައުދީގެ ޢިލްމުވެރިންނެވެ.

- ޙަދީޘް ޢިލްމާއި، ޢަޤީދާއާއި، ފިޤުހާއި، ތާރީޚާއި ހަސަބާއި ނަޞަބު ދެނެގަތުމުގެ ޢިލްމުގެ އަރައިހުރި ޢިލްމުވެރިއެއް.

- ޤުރްޢާނާއި ތަފްޞީރު ހިތުދަސް

- 9 ޙަދީޘް ފޮތް ސަނަދު ތަކާއެކު ހިތުދަސް

- ޢަޤީދާއާއި ފިޤުހާ ގުޅޭ އަސާސީ 20 އަތައްފޮތެއް ހިތުދަސް

- 85 އެތައް ލިޔުމެއް އެކި މައްސަލަތަކާ ގުޅިގެން ލިޔުއްވާފައިވޭ

- ޙައްޤު ބަޔާންކޮށްދިނުމުގެ ސަބަބުން ސަޢޫދީ ޖަލުގައި އަނިޔާ ލިބިލިބި ހުންނަތާ 17 އަހަރު.

2 years ago

(އަލް ޙައުލް ކޭމްޕު)ގައި ތިބި އަހަރުމެންގެ ޤަދަރުވެރި އުޚްތުންނާއި ޅަދަރީން އަދި (ޣައްޒާ)ގައި ތިބި އަހަރުމެންގެ އަޚުންނާއި އުޚްތުން، އަހަރުމެންގެ ދެލޯ ފަދައެވެ. އެއްލޮލުން ކަރުނަ އަޅަމުންދާއިރު އަނެއް ލޮލުންވެސް އެފަދައެވެ. އެއް ލޮލުގައި ވޭންއަޅާނަމަ މުޅި ހަށިގަނޑުގައި ވޭންއަޅައެވެ. އަހަރުމެންނީ އެއް އުއްމަތެކެވެ. އެއް ހަށިގަނޑެކެވެ.

މުސްލިމުން މަރާ، އަނިޔާ ކުރެވެމުންދާއިރު، ތިބާ އެބައެއްގެ ޙައްޤުގައި ވަކާލާތުކޮށް އަޑުއުފުލާ ހޭލުންތެރިކުރުމުގައި، ވަކި ބަޔަކު ޚިޔާރުކޮށްފައި އަނެއްބަޔަކު ދޫކޮށް ނުލާށެވެ.

ދާދިފަހުން ޕީކޭކޭ ޓެރަރިސްޓުން، ކޭންޕުތަކުގައި ތިބި
އަހަރުމެންގެ އުޚްތުންނާއި ޅަދަރީންނާއި ދެކޮޅަށް ކުރަމުންދިޔަ ކެމްޕެއިން އިތުރަށް ވަރުގަދަކުރިއެވެ. އަދި ބަޑިޖަހައި އަނިޔާތައް ދެމުންދިޔައެވެ.

ކޭންޕުތަކުގައިތިބެ އެފަދަ ދަތި އުނދަގޫ ޙާލަތެއް ތަޙައްމަލް ކުރަމުން ދިޔަނަމަވެސް، އަހަރެންނަށް އެ އުޚްތުންގެ ފަރާތުން ލިބުނު ހިތްވިރިގެންދާފަދަ،  ހިތްވަރުގެ ދިގު ސިޓީ މަތިން އަހަރެން ދުވަހަކުވެސް  ހަނދާނެއް ނުނެތޭނެއެވެ.

ޔާ ﷲ. ޕީކޭކޭ މީހުންނާއި، އެމީހުންގެ ފަހަތުގައި ތިބި މީހުންނާއި، އަހަރުމެންގެ އަގުހުރި މުތްތަކާއި ކުދި ސިންގާތަކަށް ގެއްލުންދޭ ކޮންމެ މީހަކުމެ ބަލިކުރައްވަވާފާނދޭވެ.

ޔާ ﷲ.  އަހަރުމެންގެ ޤަދަރުވެރި އުޚްތުންނާއި އެކަނބަލުންގެ ޅަދަރީން އެކުއެކީ، ލަހައްޓަވާފާނދޭވެ. އަދި އެބައިމީހުންނަށް ކެތްތެރިކަމާއި ހިތަވަރު ދެއްވާފާނދޭވެ. އަދި ޢިއްޒަތާއިއެކު ތަޥްޙީދުގެ މަތީގައި ޘާބިތުވެގެންވާ ޙާލު އެބައިމީހުން މިނިވަންކުރައްވާނދޭވެ.

|އައްޝައިޚް އަޙްމަދު މޫސާ ޖިބްރީލް
19 ރަޖަބު، 1445

މަޞްދަރު

X (formerly Twitter)

Shaykh Ahmad Musā Jibrīl (@sh_Ahmad_Jibril) on X

Our noble sisters and children in [Al Hol camp] and [Gaza] are like two eyes, when one eye tears the other follows suit. When either eye is sore the whole body aches. We are one Ummah, one body. Don't be selective in what cause you stand for or raise awareness…

We recommend to visit

شخصیتتو اینجا بشناس👇😎

Last updated 1 year ago

تعرفه ← @megifff

Last updated 2 years, 3 months ago

<<Buy Ads>> https://telega.io/c/Love_shayari_hd_status

✨ Join Fast ?100k Dream ?

Last updated 2 years, 1 month ago