Infinite Entertainment, Zero Cost: Get Your Free Books, Music, and Videos Today!

KHIDHUMAIY خدمة ޚިދުމަތް 

Description
Advertising
We recommend to visit

Voulezj 🍓18+ 💦

Last updated 1 month, 1 week ago

➪ ɜдᴇᴄь ʙы ᴄʍᴏжᴇᴛᴇ нᴀйᴛи ʍᴀᴛᴇᴩиᴀᴧ ᴄ чᴏнᴦуᴋᴏʍ.
➪ ᴨᴏдᴨиɯиᴄь,ᴄᴏᴧныɯᴋᴏ.

Last updated 1 month, 2 weeks ago

3 weeks, 2 days ago
އަހަރުމެންނަށް ވަރަށްވެސް ގިނައިން އަޑު އިވޭ މަދަހެއް …

އަހަރުމެންނަށް ވަރަށްވެސް ގިނައިން އަޑު އިވޭ މަދަހެއް ދޯ މިއީ؟ އެކަމަކު މި މަދަހައިގައި ބުނާއެއްޗަކަށް ނިކަން ފުންކޮށް ވިސްނާލަބަލަ !

މިއީ ޣައްޒާގެ ކޮންމެ ދުވަހެއްގެވެސް ޙާލަތެވެ. އެއްވެސް ކުށެއްނެތް ތުއްތު ކުދިން އަނިޔާވެރިކޮށް ޝަހީދު ކޮށްލަނީއެވެ. އަންހެނުންގެ އިތްފަތްތެރިކަން ފޭރެނީއެވެ. މުޅި އުމުރުގައި ނުހަނު ބުރަ މަސައްކަތުން އިމާރާތް ކޮށްފައިވާ ގެދޮރާއި އަގުބޮޑެތި މުދާތައް ހިނދުކޮޅެއްގެ ތެރޭގައި ސުންނާފަތި ކޮށްލަނީއެވެ. ހާދަހާ ހިތަށް އަޞަރު ކުރެއެވެ. އެހީތެރިވެދޭން ކިތަންމެހާވެސް ބޭނުމެވެ. ހިތަށް އަރައެވެ. މިކަންތައް ދެން ނިމޭނީ ކޮންދުވަހަކުން ބާއެވެ.

ފުރާނައަކަށް ފަހު ފުރާނަައެކެވެ. ހޮސްޕިޓަލް ތަކުން އަބަދާއި އަބަދު އިވެނީ ރުއިމާއި ކެކުޅުމުގެ އަޑެވެ. މުޅި ބިން ފުރިފައި ވަނީ އިންސާނުންގެ ލޭކޯރުތަކުންނެވެ.

ޔާ ﷲ. ޣައްޒާގެ އަހުލުވެރިން ރައްކާތެރި ކޮށްދެއްވާ ޔަހޫދީންގެ އަނިޔާވެރިކަމުން އެއުރެން ރައްކާތެރި ކޮށްދެއްވާނދޭވެ.

3 weeks, 3 days ago
KHIDHUMAIY خدمة ޚިދުމަތް
3 weeks, 6 days ago

🌟🙏 A Heartfelt Thank You to the Heroes of Humanity! 🙏🌟

We are overwhelmed with gratitude as we extend our deepest appreciation to the incredible students, teachers, administration, PTA and parents of Imaduddin Schools. Your unwavering support and selfless contribution have illuminated the lives of our Gazan brothers and sisters in the most beautiful way possible.

Through your generosity and kindness, you have not only provided essential aid but also delivered a ray of hope and joy to the innocent children enduring unimaginable hardships in Gaza. Your noble act of distributing gifts has touched countless hearts and brought smiles to the faces of those who need it most.

May Allah, the Most Merciful, shower His blessings upon the students, staff, PTA and parents of Imaduddin Schools, and may He accept this virtuous deed as a testament to our collective commitment to serve humanity.

Together, let us strive to make the world a better place, one act of kindness at a time. 🌍❤️

Imaduddin school Official

🇲🇻❤️🇵🇸
#KhidhumaiyOrg #Ufalaaeku #ImaduddinSchool #HopeForGaza #SaveGaza

1 month ago
އެކި ގޮތްގޮތުން ޣާއްޒާގެ ރައްޔިތުންނަށް އެހީތެރިވެ ދެއްވަމުންދާ …

އެކި ގޮތްގޮތުން ޣާއްޒާގެ ރައްޔިތުންނަށް އެހީތެރިވެ ދެއްވަމުންދާ ހުރިހާ ފަރާތްތަކަށް ﷲ ތަޢާލާ ހެޔޮޖަޒާ ދެއްވާ ތިޔަ ދީލަތި އެހީތެރިންގެ ކިބައިން މި ހެޔޮ ޢަމަލުތައް ޤަބޫލުކުރައްވާށި ! އާމީން

1 month ago
އެކި ގޮތްގޮތުން ޣާއްޒާގެ ރައްޔިތުންނަށް އެހީތެރިވެ ދެއްވަމުންދާ …

އެކި ގޮތްގޮތުން ޣާއްޒާގެ ރައްޔިތުންނަށް އެހީތެރިވެ ދެއްވަމުންދާ ހުރިހާ ފަރާތްތަކަށް ﷲ ތަޢާލާ ހެޔޮޖަޒާ ދެއްވާ ތިޔަ ދީލަތި އެހީތެރިންގެ ކިބައިން މި ހެޔޮ ޢަމަލުތައް ޤަބޫލުކުރައްވާށި ! އާމީން

1 month ago

އަފްޣާނިސްތާންގައި ﷲގެ ރަޙްމަތާއިއެކު 30 ދުވަހުގެ ރޯދަވީއްލުން ދިވެހި ރައްޔިތުންގެ ލޯތްބާއިއެކު ފޯރުކޮށްދެވިއްޖެ الحمد لله.

1 month, 1 week ago
މާތް الله ގެ އިރާދަފުޅުން ތިޔަ ލޮބުވެތި …

މާތް الله  ގެ އިރާދަފުޅުން ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންގެ އެހީތެރިކަމާއި އެކު  ބަންގްލަދޭޝް އަދި ތަންޒޭނިޔާގައި އެޅުމަށް ހަމަޖެހިފައިވާ ޖުމުލަ 5 މިސްކިތަށް ބޭނުންވާ 2,217,000 ރުފިޔާ ވަނީ ހަމަވެފައެވެ

1 month, 1 week ago

ފެނުން އަލިފާން ނިއްވާލާ ފަދައިން ޞަދަޤާތުގެ ސަބަބުން އެމީހެއްގެ ފާފަތަށް ފުހެލައެވެ.

މިމަތިވެރި ރޭތަކުގައި ﷲގެ މަގުގައި ގިނައިން ހޭދަ ކުރައްވަވާ ! އޭގެ ސަބަބުން ތިޔަބޭފުޅުންގެ ދަރަޖަ އެތައް ގުނައަކަށް އިތުރު ވެދެެއެވެ. އަދި ލައިލަތުލް ޤަދްރި ވިލޭރޭ ތިޔަބޭފުޅުން ހޭދަ ކުރައްވަވާ އެއްޗެއް 1000 މައްސަރާއި އެއްފަދައެވެ.

ﷲ ގެމަގުގައި ތިމާމެންގެ މުދާ ހޭދަކުރާމީހުންގެ މިސާލަކީ، އިންދި އޮށްޓަރެއްގެ މިސާލެވެ. އެއޮށުން ހަތްކުރާގަނޑު ނުކުމެ ކޮންމެ ކުރާގަނޑަކު ސަތޭކައޮށްވާ މުޑުވަކެއް އިންދި މީހެއްގެ މިސާލެވެ. އޭނާ އިންދި އެންމެ އޮށަކުން ހަތްސަތޭކައޮށް ލިބުނީއެވެ. ﷲ ގެ މަގުގައި ހޭދަކުރާމީހާވެސް އޭނާ ހޭދަކުރާ ކުޑައެތިކޮޅުގެ ސަވާބާއި އާއި ދަރުމަ އެހާގިނަކޮށްލައްވައެވެ. އަދި އޭނާގެ އިޚްލާސްތެރިކަން ހުރިވަރަކުން މިއަށްވުރެވެސް އިތުރުކޮށްދެއްވައެވެ. އެކަލާނގެ އެދިވޮޑިގަންނަވާވަރަކަށް އިތުރުކޮށްދެއްވައެވެ. އަދި ﷲ އީ ދެއްވުން ތަނަވަސްވެވޮޑިގެންވާ އަދި ދެއްވަންވީ ފަރާތެއްވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. (ބަޤަރާ 261)

ޚިދުމަތް ޖަމިއްޔާގެ ފަރާތުން މި ރަމަޟާންމަހު ބަންގްލަދޭޝް އަދި ތެންޒޭނިޔާގައި 4 މިސްކިތެއް ބިނާކޮށް 1 މިސްކިތުގެ ފިނިޝިންގް މަސައްކަތް ނިންމުމަށް ވަނީ ހަމަޖައްސާފައެވެ.

މިސްކިތްތަށް އިމާރާތް ކުރަން ނިންމާފައިވަނީ އެތަނުގެ އަހުލުވެރިން މިސްކިތަކަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ އެހެންނަމަވެސް މާލީ ގޮތުން ތަނަވަސްކަން ނެތުމުގެ ސަބަބުން އިމާރާތް ނުކުރެވިފައިވާ ޞަރަހައްދުތަށް ބަލާ ދިރާސާ ކުރުމަށްފަހުގައެވެ.

ވަކި އަދަދެއް ނެތެވެ. ކިތަންމެ ކުޑަ އަދަދެއްވިޔަސް ހަމަޑޮނޭޓް ކޮށްލެވިދާނެއެވެ. ތިރީގައި މިވާ ލިންކްއިން މިސްކިތްތަކާއި ބެހޭގޮތުން ހެދިފައިވާ ޕްރޮޕޯސަލް ތިޔަބޭފުޅުންނަށް ޑައުންލޯޑް ކޮށްލެވޭނެއެވެ.

https://khidhumaiy.org/publications/2

އެހީތެރިވެދެއްވުމަށް 👇
ޚިދުމަތް - ބީއެމްއެލް އިސްލާމިކް
(ޞަދަޤަ ޖާރިޔާ އެކައުންޓް ނަމްބަރު)
ރުފިޔާ - 7770000141496

ނޯޓް : ޞަދަޤަ ޖާރިޔާގައި ގޮތުގައި ހިންގޭ އެއްވެސް ފަންޑަކުން ޚިދުމަތް ޖަމިއްޔާގެ ފަރާތުން އިދާރީ ހިންގުމަށް އެއްވެސް ޚަރަދެއް ނެގުމަށް ހަމަޖެހިފައެއް ނުވެއެވެ. މި ފަންޑުން ލިބިގެންދާ ހުރިހާ ފައިސާއެއް ޚަރަދުވެގެން ދާނީ މިސްކިތުގެ ބޭނުންތަކަށެވެ.

1 month, 1 week ago

އިމާދުއްދީން ސްކޫލްގެ ދަރިވަރުންނާއި ޕީޓީއޭގެ ފަރާތުން ޣައްޒާގެ އެމަރޖެންސީ ފަންޑަށް ހަވާލުކުރާ ފައިސާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން...

ދިޔަދެއްކެވީ ވަރަށްވެސް ރިވެތި ނަމޫނާއެކެވެ. ކުދިންނަށް ތިޔަ ދަސްކޮށްދެވީ އަޅުގަނޑުމެންގެ އުންމަތަކީ އެއް ހަށިގަނޑެއްގެ މިސާލެއްކަމެވެ. އަޅުގަނޑުމެންގެ ގައިގެ ގުނަވަނެެއްގައި ރިހޭ ނަމަ މުޅި ހަށިގަނޑު އެ ވޭނުގައި ނުނިދާ ހޭލާ ހުރެއެވެ. މިއަދު ޣައްޒާގެ ރައްޔިތުން އެ ޙާލުގައި ދިރިއުޅެމުން ދާއިރު އެ ރައްޔިތުންނަށް އެހީތެރިވުމަށާއި ގިނަގިނައިން ހެޔޮދުޢާ ކޮށްދިނުމަށް އަޅުގަނޑުމެންގެ ކުދިންނަށް ހަނދާންކޮށްދޭން ޖެހެއެވެ.

މި ހަރަކާތުގައި އިމާދުއްދީން ސްކޫލްގެ ހިންގުންތެރި މުދަރިއްސުންނާއި ޕީޓީއޭގެ ފަރާތުން ވަނީ 105,710 ރުފިޔާ މި ފަންޑަށް ހަވާލު ކޮށްދެއްވާފައެވެ.

ޚިދުމަތް ޖަމިއްޔާގެ ފަރާތުން ތިޔަބޭފުޅުން ތިޔަ ދެއްވި އެހީ އަމާނާތްތެރި ކަމާއިއެކު ޣައްޒާގެ ލޮބުވެތި ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެވެ.

އަޅުގަނޑުމެންގެ މަސައްކަތް ﷲގެ ރަޙްމަތާއިއެކު މިހާރުވެސް ފުޅާކޮށް ކޮންމެ ދުވަހަކުވެސް ޣައްޒާގެ 3 ޞަރަހައްދެއްގައި (ބަދިގޭގައި) ކެއްކުމަށްފަހު އިފްތާރް ދަނީ ބެހެމުންނެވެ.

ތިޔަބޭފުޅުން ތިކުރައްވާ ހޭދައަކީ ވަރަށްވެސް ބޮޑު އެހީތެރިކަމެކެވެ. ފަލަސްޠީނުގެ ރައްޔިތުން ދަނީ އުފަލާއިއެކު އެކަން ފާހަގަ ކުރަމުންނެވެ.

ފަހުދިހައެއްގެ މިމަތިވެރި ރޭތަކުގައި ގިނަގިނައިން ޣައްޒާގެ އަހުލުވެރިންނަށް ހެޔޮދުޢާ ކޮށްދެއްވަވާ !  ތިޔަބޭފުޅުން ތިކުރައްވާ ހޭދަ ﷲ ތަޢާލާ ޤަބޫލުކުރައްވަވާ އެކަމުގެ އަޖުރު އެތައް ގުނަަައަކަށް އިތުރު ކޮށްދެއްވާށި !

1 month, 2 weeks ago

ލޮލަށް ނުފެނުނަސް އަޅުގަނޑަށްވެސް މި ރައްޔިތުން ދިރިއުޅެމުންދާ ޙާލު އިޙްސާސްކުރެވެއެވެ. އަޅުގަނޑުމެން ކުޑައިރުވެސް ގޭގައި ކަރަންޓް ނެތަސް މީރު ކާއެއްޗެހި ކައި އުޅޭ ހަދާންވެއެވެ.

މިއީވެސް އަޅުގަނޑުމެންފަދަ އިންސާނުންނެވެ. ބަނޑުހައިވެސް ވާނެތާއެވެ. އަޅެ ހިތަށް އަޞަރުވެސް ކުރާނެއެއް ނޫންތޯ ؟ އެކަމަކު ﷲގެ ޤަދަރަށް އީމާންވެ ކެތްތެރިވެ ހެޔޮކަންކަން ކުރުމުގައި ޘާބިތުވެ ތިބެއެވެ.

މި ރައްޔިތުންނަށް ކިތަންމެ ކުޑަނަމަވެސް އެހީތެެރިކަމެއްގެ އަތެއް ދިއްކޮށްލަމާތޯއެވެ.

ނަބިއްޔާ ﷺ ޢަލައިހި ވަސައްލަމް މި މައްސަރުގައި ދީލަތިވުމުގައި، ޖެހޭ ވައިރޯޅިއަކަށްވުރެވެސް ހަލުވިކަން ބޮޑެވެ.

އެހެންކަމުން ފަހު 10ގެ މިމަތިވެރި ރޭތަކުގައި އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންނަށް ގިނަގިނައިން ހެޔޮދުޢާކޮށްދީ އެހީތެެރިވަމާތޯ !

އެހީތެރިވެދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ ދެއްވާފައިވާ އެކައުންޓް ނަމްބަރަށް ޖަމާކޮށްލަދެއްވުމަށްފަހު އިފްތާރް ދޭން ބޭނުންވާ ގައުމު ޖެހުމަށްފަހު ވައިބަރ (7353339) ކޮށްލަދެއްވާ !
ބީއެމްއެލް އިސްލާމިކް - ޚިދުމަތް
އެކައުންޓް ނަމްބަރު (ރުފިޔާ) - 7770000129943
އެކައުންޓް ނަމްބަރު (ޑޮލަރު) - 7770000129944

We recommend to visit

Voulezj 🍓18+ 💦

Last updated 1 month, 1 week ago

➪ ɜдᴇᴄь ʙы ᴄʍᴏжᴇᴛᴇ нᴀйᴛи ʍᴀᴛᴇᴩиᴀᴧ ᴄ чᴏнᴦуᴋᴏʍ.
➪ ᴨᴏдᴨиɯиᴄь,ᴄᴏᴧныɯᴋᴏ.

Last updated 1 month, 2 weeks ago