Dhivehi Muslimun.

Description
#OneUmmah
We recommend to visit

Professional rekter | Pronouns: rekt/degen | Founder of X DAO

Twitter: https://twitter.com/rektfencer

Last updated 1 year ago

Admin : @k_l_a_n

Last updated 11 months, 3 weeks ago

Betorspin Official Telegram Group

Betorspin Giriş : https://cutt.ly/deoKNC0g

Last updated 1 year, 4 months ago

11 months, 3 weeks ago
Heyokon thiya bunee

Heyokon thiya bunee

11 months, 3 weeks ago

ﷲ ތަޢާލާއަށް ނުކިޔަމަންތެރިވުމުގެ ޢަމަލެއް ކުރުމަށް ހިނގާފައިދާ ކޮންމެ މީހަކީ ފަހެ ޝައިޠާނާގެ ލަޝްކަރުގައިވާ މީހެކެވެ. އަދި އެއިލާހަށް ނުކިޔަމަންތެރިވުމުގެ ޢަމަލެއް ކުރުމަށް ސަވާރުވެގެންދާ ކޮންމެ މީހަކީ ފަހެ ޝައިޠާނާގެ ސަވާރަވުމުގެ ތެރެއިންވާ މީހެކެވެ. ސަލަފުން ވިދާޅުވެފައިވަނީ މިފަދައިންނެވެ. އެއީ އިބްނު އަބީ ޙާތިމް، އިބްނު ޢައްބާސްގެ އަރިހުން ޛިކުރު ކުރައްވާފައިވާ ފަދައިންނެވެ: އޭނާގެ ލަޝްކަރަކީ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވުމަށް ހިނގާފައިދާ ކޮންމެ މީހެކެވެ.” [إغاثة اللهفان]

https://t.me/IslamDheenah

11 months, 3 weeks ago

މިއުޅެނީ ލަވައާއި މިއުޒިކް އަޑު ނޭހިގެން ހެއްޔެވެ ؟

101 ދީނީ ތާކިހާ އަޅާއިގެން ތިބި ޢިލްމުވެރިންގެ ފުރިހަމަ ތާއީދާއި އެއްބާރުލުމާއެކު ގެނައި ދީނީ ސަރުކާރުން އެ ގެންދަނީ ވަޅުޖެހިފައިވާ މުންކަރާތްތަށް އަލުން އެކަންތައްތައް ދިރުވާ އާލާކުރުމަށް ފޫގަޅާތަނެވެ. ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށެވެ. لا حول ولا قوة الا بالله، الله المستعان

މިއީ ކޮންފަދަ ބޮޑު މުޞީބާތެއް ހެއްޔެވެ ؟ ސަރުކާރަށް މަދަހަ ސަނާ ކިޔާ ޢިލްމުވެރިން ތަށް ކޮބާ ހެއްޔެވެ ؟ ޚާއްޞަކޮށް ޑިމޮކްރަސީ އިންތިހާބުގައި ވޯޓު ލުމަށް ފަތުވާ ދެއްވާއި ސޮއިކޮށް ޕެޓިޝަން ހެދި ދީނީ ޢިލްމުވެރިންތަށް ކޮބާ ހެއްޔެވެ ؟

ޖިންނީންގެ ތެރެއިންނާ އިންސީންގެ ތެރޭގާ ޝައިތާނުން ވާކަން ބަޔާން ކުރައްވާ ﷲ سبحانه و تعالى ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.

مِنَ ٱلْجِنَّةِ وَٱلنَّاسِ

މާނައީ:- ޖިންނީންގެ ތެރެއިންނާއި، މީސްތަކުންގެ ތެރެއިންވާ شيطان ންނެވެ. 114:7

މިފެންނަނީ އިންސީންގެ ތެރޭގައިވާ ޝައިތާނުން މުސްލިމުން މަގުފުރެއްދުމަށް ތެޅޭތަނެވެ. މިފަދަ އެންމެހާ މުންކަރާތްތަކަކުން ބަރީއަވެގެން ތިބުމަށް މިފުރުޞަތުގައި ތިޔަ އަޚުންނާއި އުޚްތުންނަށް ހަނދާން ކޮއްދީ ނަޞޭޙަތް ތެރިވެ ވަޞިއްޔަތް ކުރަމެވެ. މިފަދަ ޝައިތާނުންގެ ކިބައިން އަޅަމެންނާއި އަޅަމެންގެ ދަރިން އަދި އެންމެހައި މުސްލިމު އަޚުންނާއި އުޚުތުން ރައްކާތެރި ކުރައްވާށިއެވެ. އާމީން

⚠️ބަޔަކު އޮޅުވާލަން އުޅުނަސް މިއުޒިކް ޙަރާމްކަމުގެ ދަލީލު ވަނީ ކީރިތި ޤުރުއާނުގައި...

🔻ލުޤުމާން ސޫރަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّـهِ…﴾ [سورة لقمان ٦]

މާނައީ: “ﷲ ގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އަދި މަލާމާތުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ފައިދާއެއްނެތް ވާހަކަ ގަންނަ މީހުންވެސް، މީސްތަކުންގެ ތެރެއިން ވެއެވެ…”

މިއުންމަތުގެ ޢިލްމުވެރިޔާ، އިބްނު ޢައްބާސް رضي الله عنهما ވިދާޅުވެފައިވެއެވެ.

“އެއީ ލަވަކިޔުމެވެ.”

އަދި މުޖާހިދު رحمه الله ވިދާޅުވެފައިވެއެވެ.

“اللهو އަކީ ބެރެވެ.”

[تفسير الطبري 21 / 40]

އަދި އަލްޙަސަނުލް ބަޞަރީ رحمه الله ވިދާޅުވެފައިވެއެވެ.

“މިއާޔަތް ބާވައިލެއްވުނީ ލަވަކިޔުމާއި މިއުޒިކުގެ އާލާތްތަކާ ބެހޭގޮތުންނެވެ.” [تفسير ابن كثير 3 / 451]

އަދި އައްސަޢުދީ رحمه الله ވިދާޅުވެފައިވެއެވެ.

“ފަހެ މީގެ ތެރެއަށް ހުރިހާ ޙަރާމް ވާހަކަތަކެއް ވަދެއެވެ. އަދި ހުރިހާ ދޮގު ވާހަކަތަކާއި، ބާޠިލު ވާހަކަތަކާއި، އަދި ކުފުރާއި ނުކިޔަމަންތެރިކަމަށް މަގުފަހިކޮށްދޭ ވާހަކަތަކުގެ ތެރެއިން ހުރިހާ ދެކޮޅު ނުޖެހޭ ވާހަކަތަކެވެ. އަދި ޙައްޤާއި ދެކޮޅަށް، ޙައްޤުގޮތް ބަލިކޮށްލުމުގެ ގޮތުން ދައްކާ ވާހަކަތަކެވެ. އަދި ޣީބަ ބުނުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި، މަލާމާތްކުރުމާއި، ޒުވާބުކުރުމެވެ. އަދި ލަވަކިޔުމާއި ޝައިޠާނާގެ ދުންމާރިތަކެވެ. އަދި ދީނާއި ދުނިޔޭގައި އޭގެން ފައިދާއެއް ނުކުރާ މިއުޒިކުގެ އާލާތްތަކެވެ.” [تفسير السعدي 6 / 150]

އިބްނުލްޤައްޔިމް رحمه الله ވިދާޅުވެފައިވެއެވެ.

“اللهو އަކީ ލަވަކިޔުން ކަމަށް ޞަޙާބީންނާއި ތާބިޢީން ކުރައްވާފައިވާ ތަފްސީރު ފުދިގެންވެއެވެ. ފަހެ އިބްނު ޢައްބާސްއާއި އިބްނު މަސްޢޫދުގެ އަރިހުން މިކަން ޞައްޙަ މަގުން އައިސްފައިވެއެވެ. އަބުއްޞަޙްބާ ވިދާޅުވެފައިވެއެވެ. އަންނަނިވި އާޔަތާއި ބެހޭގޮތުން ތިމަންކަލޭގެފާނު އިބްނު މަސްޢޫދާއި ސުވާލުކުރެއްވީމެވެ. ﴿وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ…﴾ [سورة لقمان ٦] ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. “އެއިލާހު ފިޔަވާ ޙައްޤުވެގެން އަޅުކަންވެވޭ ފަރާތެއްނުވާ ﷲ ގަންދީ ބުނަމެވެ. އެއީ ލަވަކިޔުމެވެ.” -އެކަލޭގެފާނު ތިން ފަހަރު މި ބަސްފުޅު ތަކުރާރުކުރެއްވިއެވެ.- އަދި އިބްނު ޢުމަރު رضي الله عنهماގެ އަރިހުންވެސް އެއީ ހަމަކަށަވަރުން ލަވަކިޔުންކަމަށް ޞައްޙަ ގޮތުގައި އައިސްފައިވެއެވެ…” [إغاثة اللهفان 1 / 258]

🔻 އަދި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُم بِصَوْتِكَ…﴾ [سورة الإسراء ٦٤]

މާނައީ: ““އަދި އެއުރެންގެ ތެރެއިން، ކަލޭގެޔަށް ކުޅަދާނަވީ ބަޔަކު، ކަލޭގެ އަޑުން ހެއްލުންތެރިކުރުވާށެވެ.”.”

މުޖާހިދު رحمه اللهގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

” ““އެއުރެންގެ ތެރެއިން ކަލޭގެއަށް ކުޅަދާނަވީ ބަޔަކު ކަލޭގެ އަޑުން ދުރުކުރުވާށެވެ.” ވިދާޅުވިއެވެ. “(މިއާޔަތުގައި) އޭނާގެ އަޑަކީ ލަވަކިޔުމާއި ބާޠިލު ވާހަކަތަކެވެ.”.”

އިބްނުލްޤައްޔިމް رحمه الله ވިދާޅުވިއެވެ.

“… ފަހެ ﷲ ތަޢާލާއަށް ކިޔަމަންތެރިވުން ނޫން ގޮތެއްގައި ވާހަކަ ދައްކާ ކޮންމެ މީހަކު ނުވަތަ ފުމެގެން އަޑު ނެރޭ އާލާތްތައް ނުވަތަ ފުމޭ އޮނު (flute) ނުވަތަ ޙަރާމް ވައްތަރުތަކުގެ ތާރަ ނުވަތަ ބެރު އެއީ ފަހެ ޝައިޠާނާގެ އަޑެވެ.

1 year, 1 month ago
1 year, 1 month ago

!!

1 year, 1 month ago

ކާފިރުންނަށް “ކްރިސްމަސް” ގައި ތަހުނިޔާ ނުވަތަ އެނޫނަސް އެބައިމީހުންގެ ދީނީ ޢީދެއްގައި ތަހުނިޔާ ކިޔުމަކީ ޢިލްމުވެރިންގެ އިއްތިފާޤުން ޙަރާމްކަމެކެވެ. ދުރުހެލިވޭ !!

#ShirkNukurey
#ban_christmas

1 year, 2 months ago

އެޗުޓީއެސް އިސްވެ އޮވެ "އިދިކޮޅު ހަނގުރާމަވެރިން" ބައްޝާރު އައްސަދު ސަރުކާރާ ދެކޮޅަށް ކުރާ ހަނގުރާމަޔަށް ހުޅަނގު މީޑިއާތަކުން ދަނީ މަރުހަބާކިޔަމުން. މީގެ ސިއްރަކީ ކޮބައި؟

  1. ކުރީންވެސް ބުނި ފަދައިން އިސްލާމީ ޝަރީޢަތް ގާއިމްނުކުރިއެއް ކަމަކު އައްސަދުގެ އަނިޔާވެރި ވެރިކަމަށްވުރެ އިދިކޮޅު ހަނގުރާމަވެރީންގެ ވެރިކަމެއް މުސްލިމުންނަށް ހެޔޮވާނެ.

  2. އިދިކޮޅު ހަނގުރާމަވެރި ޖަމާޢަތްތަކުގެ ފަހަތުގައި ވަނީ ތުރުކީ-ނޭޓޯ، އެމެރިކާ، އަދި ޢަރަބި ވެރީން.

  3. އައްސަދުގެ ވެރިކަމަކީ އީރާނާއި ރަޝިޔާއަށް ވަފާތެރި ވެރިކަމެއް. އެމެރިކާއިން ބޭނުންވަނީ ސޫރިޔާގައި އެކާފަރުންގެ މަސްލަޙަތުތައް ޙިމާޔަތްކުރާނެ ޕަޕެޓު ވެރިކަމެއް. މިހެންވެ 2011 އިން ފެށިގެން އެމެރިކާއިން ދަނީ އިދިކޮޅު ހަނގުރާމަވެރީންނަށް އައްސަދުގެ ވެރިކަމާ ދެކޮޅަށް ވާގިވެރިވަމުން.

  4. ހަނގުރާމަ ލީޑުކުރާ ޖަމާޢަތް އެޗުޓީއެސް އަކީ އެމެރިކާއިން ޓެރަރިސްޓު ޖަމާޢަތެއްކަމަށް ކަނޑައަޅާފައިވާ ޖަމާޢަތެއް. އަދި އޭގެ ލީޑަރު، ޖައުލާނީގެ ބޮލުގައި 5 މިލިއަންޑޮލަރުގެ އިނާމެއްވެސް ވަނީ އަޅުވާފައި.

  5. އެޗުޓީއެސްގެ ތާރީޚަށް ބަލާއިރު އެމީހުންގެ އަސްލަކީ ޢިރާގު. އިސްލާމިކް ސްޓޭޓު ޚިލާފަތެއްކަމަށް ޢީއުލާނުކުރިމުގެ ކުރިން، އިސްލާމިކް ސްޓޭޓު އިން ޢިރާޤު ދައުރު ސޫރިޔާގެ ހަނގުރާމަ ފެށުނުއިރު، އައިއެސް އިން ޖަބަހަތުއް ނުޞްރާގެ ނަމުގައި ސޫރިޔާގެ މުސްލިމުންގެ ދިފާޢުގައި ހަނގުރާމަކުރުމަށް ފޮނުވި ލަޝްކަރުގެ ލީޑަރަކީ ޖައުލާނީ. ޖައުލާނީ 3 އަހަރުތެރޭ ކާންދިން އަތުގައި ދަތްއަޅާ އަލްޤައިދާ އާއި އައިއެސް އާ ދެމެދު އޮތް ހަމަނުޖެހުމުގެ ފައިދާ ނަގާ އަލްޤައިދާ ބޭނުންކޮށް އައިއެސް އަށް ޚިޔާނާތްތެރިވެފައި. އަދި ދެއަހަރުތެރޭ ޖަބަހަފަތުހުއްޝާމުގެ ނަމުން ޖަމާޢަތް ރީބްރޭންޑުކޮށް، އަދި އެޔަށްފަހު އެޗުޓީއެސް (ޙަޔާތުއް ތަޙްރީރު އައްޝާމް) ގެ ނަމަށް ބަދަލުކޮށް އަލްޤައިދާއަށްވެސް ޚިޔާނަތްތެރިވެފައި. އެޗުޓީއެސް ވެގެންދިޔައީ ތުރުކީ-ނޭޓޯގެ ޕްރޮކްސީއަކަށް އަދި އެވެންގެ މަސްލަޙަތު ސޫރިޔާގައި ޤާއިމްކުރި. މީގެ ތެރޭ ކުރީން އަސްތާނާ އާއި ސޮއްޗީ ގައި ވެވުނު އެއްބަސްވުންތަކުގެ މައްޗަށް އިދިކޮޅު އަތުގައި އޮތް ބިންތައް އައްސަދަށް ވިއްކާލާ އިދުލީބަށް ހުރިހާ ހަނގުރާމަވެރީން ބަސްތަކުގައި ވަނީ ފަހަތަށް ޖެހިފައި.

- އެޗުޓީއެސްއަށް ޖަމާޢަތް ރީބްރޭންޑު ކުރުމަށްފަހު ޖައުލާނީ ދިޔައީ ހުޅަނގު ރުއްސޭތޯ ގަދައަޅާ މަސައްކަތްކުރަމުން. މީގެ ތެރޭ އޭނާ ޓްރަމްޕަށް ލިޔުނު ސިޓީގައި އިސްލާމިކް ސްޓޭޓާ އެންމެ ގަދައަށް ހަނގުރާމަކުރާ ބަޔަކީ ތިމަންނަމެންކަމާއި ހުޅަނގު މަސްލަޙަތާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަޤީންކަންދީ، ޓެރަރިސްޓު ލިސްޓުން އުނިކުރުމަށް އާދޭސްކުރި. އަދި ތުނބުޅިކުރުކޮށް، ކޯޓުފަޓުލޫނުލާ، ހުޅަނގު މީޑިއާތަކަށް އަރާ އިންޓަވިއުތައްވެސް ދީ އަޑިއަޑީން އެމެރިކާ ސަރުކާރަށް އެޕްރޯޗު ޖަހާ އެމެރިކާއާ ގުޅުން ގާއިމްކުރުމަށް މަސައްކަތްކުރި.

  1. އައިއެސް އިން ޢިރާޤާއި ސޫރިޔާގެ ބޮޑުބަޔެއް ކޮންޓްރޯލުކުރިއިރު 80 ޤައުމުގެ މައްޗަށް އެކުލެވޭ ޢާލަމީ ކޯލިޝަނެއް ހަދާ، ބޮންއެޅުމުގެ ކެމްޕޭނެއް ފަށާ އައިއެސްގެ ބާރުގެ ދަށުގައިވާ ބިންތައް އަތުލާފައިވާއިރު، އެމެރިކާއިން އެޗުޓީއެސް އާއި އިދިކޮޅުން ހަނގުރާމަވެރީން އައްސަދާ ދެކޮޅަށް ކުރާ ހަނގުރާމައަށް ތާޢީދުކުރޭ އަދި މިއަދާ ހަމައަށްވެސް ޖައުލާނީގެ ޖަމާޢަތާ ދެކޮޅަށް އެއްވެސް ކަމެއް އެމެރިކާއިން ނުކޮށް، އަދި ހުޅަނގު މީޑިއާތަކުން ޖައުލާނީއަށް ޕީއާރު ޖައްސާއިދެމުންދާއިރު ހާމަވަނީ އެމެރިކާގެ ރުހުން ޖައުލާނީއަށް ކޮންމެސް ލެެވެލްއަކު އޮތްކަން.

  2. ޖައުލާނީ ވަނީ އިސްލާމީ ޝަރީޢަތާ ޚިލާފު ޑިމޮކުރެސީ ފަދަ ވެެރިކަމެއް ސިފަކޮށް ސޫރިޔާގައި ތަންފީޒުކުރާނެކަމާއި އެމެރިކާ އާއި ރަޝިޔާއާއި ހުޅަނގު ހިމެނޭހެން ވަށައިގެންވާ ހުރިހާ އިސްލާމްދީނާ މުސްލިމުންނާ ޢަދާވަތްތެރި ވެރިކަންތަކާ ގުޅުންގާއިމްކުރުމަށް ހުށައަޅާފައި.

1 year, 2 months ago
Dhivehi Muslimun.
1 year, 2 months ago
Dhivehi Muslimun.
1 year, 2 months ago
— Reports that the leader of …

— Reports that the leader of the HTS Abu Mohammed al-Julani was killed in a syrian airstrike.

So far unconfirmed, no HTS source mentions his fate.

©

We recommend to visit

Professional rekter | Pronouns: rekt/degen | Founder of X DAO

Twitter: https://twitter.com/rektfencer

Last updated 1 year ago

Admin : @k_l_a_n

Last updated 11 months, 3 weeks ago

Betorspin Official Telegram Group

Betorspin Giriş : https://cutt.ly/deoKNC0g

Last updated 1 year, 4 months ago