➧Нᴇᴨᴏʙᴛᴏᴩиʍый ᴋᴏнᴛᴇнᴛ 🧨
➧Мᴇдᴧᴇннᴏ нᴏ уʙᴇᴩᴇннᴏ 🔥
➧Тᴏᴨᴏʙыᴇ ᴋᴀᴩᴛинᴋи 🔝
➧Оᴛ дуɯи, дуɯᴇʙнᴏ, ʙ дуɯу 🖤
➧Бᴏʍбᴏʙыᴇ ᴛᴩᴇᴋи 💣
➧Цᴇᴧь:200к💰
Rek: @Rek_gold
Last updated 5 months, 3 weeks ago
ᴍᴇɴɢᴇᴍᴜᴋᴀᴋᴀɴ ɴᴏᴛᴀ sᴘᴍ ᴋssᴍ
Last updated 10 months, 1 week ago
ރަމަޟާންމަހުގެ މާތްކަން ލިބިގަތުމަށްޓަކައި ކުރިޔާލައި ހެޔޮކަމަށް ނިޔަތްގަތުން މުހިންމު
ނަމާދަށް ފަރުވާކުޑަ ކުރެވޭނަމަ ހިތަށް ފަރުވާކުރާށެވެ.
ދިވެހިރާއްޖޭގައި މަދަރުސާތައް ތަރުބަވީ މުއައްސަސާތަކަށް ބަދަލުކުރަން ޖެހޭ
ދެއަންބަށް މީހަކާ އިނުމަކީ މީހެއްގެ ޙައްޤަކަށް އަރައިގަތުމެއް ނޫނެވެ. އަދި އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާ ޝަރްޢުކުރައްވާފައިވާ، ހުއްދަކުރައްވާފައިވާ، ފިރިމީހާއަށް ލިބިގެންވާ ޙައްޤެއް ފިރިމީހާ ބޭނުން ކުރުމެވެ. އަދި ދެ އަންބަށް ކައިވެނި ކުރުމަކީ ދޮށީ އަނބީގެ ދިރިއުޅުން ހަލާކުކޮށްލުމެއްވެސް ނޫނެވެ. އަދި ދިރިއުޅުމުގެ ތެރެއަށް ވަދެގަތުމެއްވެސް ނޫނެވެ. އަދި އެއީ ދޮށީ އަންބަށް އަނިޔާވެރިވުމެއްވެސް ނޫނެވެ. މާތް ﷲ ގެ ޝަރީޢަތުގައި އަނިޔާވެރިކަމެއް ޝަރްޢުކުރައްވާފައެއް ނުވެއެވެ. އެއިލާހީ އަނިޔާވެރިވެވޮޑިގަންނަވާ އިލާހެއް ނޫނެވެ.
ދެ އަނބީން ތިބޭ މީހަކު، އޭނާގެ ދެ އަނބިންގެ މެދުގައި ޢަދުލުވެރިވާން ޖެހޭނެއެވެ. ދެ އަނބީން ހަމަކުރުން އޭނާއަށް ހުއްދަވަނީވެސް ޢަދުލުވެރިވުމުގެ ޝަރްޠުފުރިހަމަވާނަމައެވެ. އެހެންކަމުން، އެއް އަނބި ރުޅި އައިސްދާނެތީ އަނެއް އަނބި ކައިރިއަށް ނުގޮސް، ރޭނުކޮށް، އެއް އަނބި ރުޅި އައިސްދާނެތީ އަނެއް އަންބަށް ޚަރަދު ނުކޮށް، ނުވަތަ އަދާކުރަންޖެހޭ ޙައްޤުތައް އަދާނުކޮށް ހުންނަނަމަ، އެ ޙާލަތުގައި ފިރިމީހާ ފާފަވެރިވާނެއެވެ.
ކައިވެނީގެ އިސްމީހާއަކީ ފިރިމީހާއެވެ. ފިރިމީހާގެ މައްޗަށް ބަސްކިޔައި ފިރިމީހާއަށް އަމުރުކޮށް، ފިރިމީހާ ޢަދުލުވެރިވުމުން ބޭރުވުމަށް އަމުރުކޮށް، އަނެއް އަނބިމީހާގެ ޙައްޤުތައް ދަމައިގަތުމުގެ ޙައްޤު އެއްވެސް އަންބަކަށް ލިބިގެންނުވެއެވެ. އެއްވެސް އަންބަކު އެގޮތަށް ކަންތައްކުރާނަމަ އެމީހަކު ފާފަވެރިވާނެއެވެ. ދެ އަނބީންނަށްވެސް ވަނީ ފިރިމީހާއަށް ހެޔޮކަންކަމުގައި ކިޔަމަންތެރިވެ، ދެއަނބީންގެ މެދުގައި ޢަދުލުވެރިވުމުގެ ފުރުޞަތު ފިރިމީހާއަށް ދިނުމެވެ.
✍️الشيخ محمد شافع
#SheikhShafiuQA
ޙާލަތު ބަދަލުވެއެވެ. މާދަމާ ކަންކަން ރަނގަޅުވާނޭކަމަށް އުންމީދުކޮށް ހިތްވަރުކުރާށެވެ.
މުނާފިޤުންގެ ޙިޖާބު
ޙިޖާބުވުމުގައި ޒީނަތްތެރިކަން ފާޅުކުރުމަކީ ނިފާޤުކަމުގެ ތެރެއިންވާ ކަމެކެވެ. އެކަން ދަލީލުން ޘާބިތު ވެއެވެ. އެއީ ޢަމަލީ ނިފާޤުގެ ވައްތަރެކެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރެއިންވާ އެންމެ ރަނގަޅު އަންހެނުންނަކީ ބޮޑަށް ލޯބިވާ، ގިނައިން ދަރީން ވިހާ، ފިރީން ރުއްސާ ފިރީން ބުނާގޮތް ހަދާ، ފިރީންނަށް އެހީތެރިވާ އަންހެނުންނެވެ. އެއީ އެކަންކަން ކުރުމާއެކު އެކަނބަލުން ﷲ އަށް ބިރުވެތިވާނަމައެވެ. އަދި ތިޔަބައިމީހުންގެ ތެރެއިންވާ އެންމެ ނުބައި އަންހެނުންނަކީ ޒީނަތްތެރިކަން ފާޅުކުރާ (ޙިޖާބުވާންވީ ގޮތަށް ޙިޖާބުނުވާ) އަދި ބޮޑާ އަންހެނުންނެވެ. އެއީ މުނާފިޤުންނެވެ. އެކަނބަލުންގެ ތެރެއިން ސުވަރުގެ ނުވަންނާނެއެވެ. ފައި ހުދުކާޅު ފަދައިން މެނުވީއެވެ." (ޔަޢުނީ އެކަނބަލުންގެ ތެރެއިން ކަނބަލަކު ސުވަރުގެ ވަނުމަކީ ފައިހުދުކާޅެއް ފެނުންފަދަ ނާދިރު ކަމެކެވެ.)
✍️الشيخ محمد شافع
#SheikhShafiuQA
މާޒީގައި ކަމެއް ގޯސްކޮށް ހިނގާފައި އޮތުމަކީ އެކަމާމެދު ނައްސިކޮށް ވިސްނާ މުޅި ކުރިމަގު ޚަރާބުކޮށްލަންޖެހޭ ކަމެއްނޫނެވެ.
➧Нᴇᴨᴏʙᴛᴏᴩиʍый ᴋᴏнᴛᴇнᴛ 🧨
➧Мᴇдᴧᴇннᴏ нᴏ уʙᴇᴩᴇннᴏ 🔥
➧Тᴏᴨᴏʙыᴇ ᴋᴀᴩᴛинᴋи 🔝
➧Оᴛ дуɯи, дуɯᴇʙнᴏ, ʙ дуɯу 🖤
➧Бᴏʍбᴏʙыᴇ ᴛᴩᴇᴋи 💣
➧Цᴇᴧь:200к💰
Rek: @Rek_gold
Last updated 5 months, 3 weeks ago
ᴍᴇɴɢᴇᴍᴜᴋᴀᴋᴀɴ ɴᴏᴛᴀ sᴘᴍ ᴋssᴍ
Last updated 10 months, 1 week ago