Dive into the Ultimate Free Library: Your One-Stop Hub for Entertainment!

Galandhaanu Roadha

Description
Roadha aai behey liyunthah
Advertising
We recommend to visit

𝙿𝚈𝚃𝙷𝙾𝙽 𝙲𝙾𝙳𝙴𝚂
𝚃𝙴𝙻𝙴𝙶𝚁𝙰𝙼 𝙱𝙾𝚃𝚂 𝙸𝙽 𝙿𝚈𝚃𝙷𝙾𝙽

𝙱𝚈: @DEV_BEN 𐂂︎

Last updated 1 month ago

Last updated 2 years, 1 month ago

𝐈𝐁𝐍 𝐁𝐄𝐍𝐆𝐇♪𝐙𝐈

𝐁𝐈𝐑𝐓𝐇𝐒 2••?
.
« آل͜ــ๋͜ـم͜ــ๋͜ـآل͜ــ๋͜ـڪ͜ــ๋͜ـه𖤍شَيـטּ 𝑆𝒉𝑒𝑛 ⋮🫀

Last updated 1 month, 3 weeks ago

1 month, 3 weeks ago
~ ގަލަންދާނު

~ ގަލަންދާނު

2 months ago

#حديث_ضعيف

ރަމަޟާން މަހުގެ ފުރަތަމަ ބައިގައި ވަނީ ރަޙުމަތޭ މެދުގައިވަނީ ފާފަފުއްސެވުމޭ އަދި ފަހުބައިގައިވަނީ ނަރަކައިން މިންޖުކުރެއްވުމޭ — ނަންގަނެވުނު ޙަދީޘް ގެ ދަރަޖަ އަކީ ކޮބައިހެއްޔެވެ؟

އިބްނު ޖުދްޢާން އަރިހުން ސަޢީދު ބުނު މުޞައްޔަބު އަރިހުން ސަލްމާން އަލްފާރިސީ އަރިހުން ރިވާވެފައިވާ ޙަދީޘް (ރަޟާން މަހު) އޭގެ ފުރަތަމަ ބައިގައިވަނީ ރަޙުމަތޭ، މެދުގައިވަނީ ފާފުއްސެވުމޭ ފަހުބައިގައިވަނީ ނަރަކައިން މިންޖުކުރެއްވުމޭ، އަދި މިއީ ދިގު ޙަދީޘެކެވެ. އަދި މީގައި މިބަޔާންވެވުނު ކަންކަން ހިމެނެއެވެ. މި ޙަދީޘް ޞައްޙައެއް ނޫނެވެ. އަދި މިނޫން މަގަކުންވެސް މިރިވާޔަތް އައިސްފައިވެއެވެ. އެޔެއްވެސް ޞައްޙައެއް ނޫނެވެ. އަދި އަހަރެން ޛިކިރުކުރި މަގު: އިބްނު ޖުދުޢާން — ޢަލީ ބިން ޒައިދު ބުނު ޖުދްޢާން، ސަޢީދު ބުނު މުޞައްޔިބު އަރިހުން، ސަލްމާން އަރިހުން — މިއީ (މިދެ ސަނަދުންކުރެ) ވަރުގަދަ ސަނަދެވެ. އަދި އިބްނު ޖުދުޢާން ގެ ފަރާތުން އޭނާ އެކަނި ގެނެސްފައިވާ ރިވާޔަތް ބަލައިގަތުމެއް ނުވެއެވެ. އަދި (މީގެ އިތުރުން) ސަޢީދު ބުނު މުޞައްޔިބު ސަލްމާން އަރިހުން (ބައްދަލުވެ) އަޑުއެއްސެވިކަން ޘާބިތެއްނޫނެވެ. އަދި މިނަފީ ވަރުގަދަވާ އެއްޗެއް އައިސްފައިވެއެވެ. އެއީ ސަލްމާން ދިރި އުޅުއްވީ ޢިރާޤުގައި ކަމެވެ. އަދި އަވަހާރަވީވެސް އެތާގައެވެ. އަދި ސަޢީދު ދިރުއުޅުއްވީ މަދީނާގައެވެ. މިހެންކަމުން މިރިވާޔަތް ޞައްޙައެއް ނޫނެވެ. މިސަބަށްޓަކައި އަބޫ ޙާތިމް މިއީ މުންކަރު ރިވާޔަތެއް ކަމަށް ވިދާޅުވިއެވެ. އަދި އިބްނު ޚުޒައިމާ ރިވާ ކުރެއްވި އިރު މީގެ ޞައްޙަކަމާއިމެދު ޝައްކުކުރެއްވިއެވެ."

—އައްޝެއިޚް އަލްމުޙައްދިޘް ޢަބްދުﷲ އައްސަޢްދު(މަސްދަރު)

~ ގަލަންދާނު

2 months ago
2 months ago

ހަތަރުވަނަ ރައުޔު

އެއީ އެމީހެއް އެހުރި ތަނަކަށް އެޚަބަރާއިގެން އަތުވެއްޖެނަމަ، އެ ޘާބިޠު ޚަބަރުގެނައި ގައުމަށް އެޚަބަރު ފޯރި ތަނެއްގެ އެންމެން ތަބައުވުން ވާޖިބުކަމެވެ. މި ރައުޔު ފުރަތަމަ ރައުޔުއާއި އެއްގޮތެވެ. އަދި ޙަޤީޤަތުގައި މިއީ އޭގެ ބަޔެކެވެ. އެހެނަސް ޢިލްމުވެރިން މިއީ ވަކި މިނިވަން ރައުޔެއް ގޮތުގައި ގެންނަވައެވެ.

ޚުލާޞާ:

(އަޙްމަދު މޫސާ ޖިބްރީލް) ވިދާޅުވިއެވެ: "މިފަދަ އިޚްތިލާފުތަކަކީ ހަމަ އެކަނި (ބައިބައި ވުން ނުވާ) ދެބަސްވުންތަކެވެ. ދެކޮޅަށްވެސް ބަރެވެ. ފުރަތަމަ ދެ ރައުޔު އިދިކޮޅަށް ވާއިރު އޭގެ ކޮންމެ އެއްޗެއް ފަހަތުގައިވެސް ބޮޑެތި ޢިލްމީ ފަރުބަދަތައްވެއެވެ. އާދައިގެ ބޭކަލުންނެއް ނޫނެވެ. އަދި ބައެއް ޞަޙާބީންވެސް އެވެ. އެހެނަސް އަހަރެން ބޮޑަށް ބުރަވަނީ ފުރަތަމަ ރައުޔަށެވެ. އެއީ ޙާލަތުމައްޗަށް ފެތޭ އަދި ދަލީލު އޭގައި އެކުލެވޭ ރައުޔެކެވެ. (އެއީ ނައްޞުތަކުގެ ޢާންމު އަމުރެވެ.)"

ނޯޓް: އަދި މިއީ ތިން އިމާމުންގެ ވެސް ރައުޔެވެ. ޝާފިޢީން ފިޔަވައެވެ. (ތަފްޞީލް)

ފައިދާއެއް: ޝެއިޚުލް އިސްލާމް، މިލިޔުމުގައި ނިޞްބަތްވެވުނު ރައުޔު އާއި މަޖުމޫޢު އަލްފަތާވާ ގެ 25 ވަނަ ޖުޒުޢުގައި ދެބަސްވެ ލެއްވިއެވެ. އަދި ހަނދުގެ ޚަބަރު ފޯރުމާއި މެދު ވިދާޅުވިއެވެ:

އެހެންކަމުން ޚުލާޞާއަކީ: އެމީހަކަށް ހަނދު ފެނުނުކަމުގެ (ޚަބަރު) ފޯރައިފިމީހާ، އެއީ އެފެނުމުގެ ޙަބަރާއި އެކު ރޯދަ ހިފޭނޭ ވަޤުތެއް އޮވެމެ، ނުވަތަ ފިޠުރު ކުރުމުގެ، ނުވަތަ އުޟުޙިޔާ ކަތިލުމިގެ ވަޤުތު - އެހެންވެއްޖެނަމަ ވާޖިބުވެގެންވަނީ އެއްވެސް ޝައްކެއް ނެތް ގޮތުގެ މަތިން އޭގައި ހިފުމެވެ. އަދި (ޝަރުޢީ) ނައްޞު ތަކާއި ސަލަފުން އަރިހުން އައިސްފައިވާ އަޘަރުތައް ދަލީލުކޮށްދެނީ މިކަމިގެ މައްޗަށެވެ.

އަދި މިކަން (ވާޖިބުވުން ވަނީ)، ވަކި ދުރުމިނަކަށް ނޫނީ ވަކި (ހިސާބެއް ގާތުގައިވާ) ރަށް ތަކަކަށް ކަމަށް، ހަނިކޮށްލުން، މީގެ މައްޗަށް ވާ ބަހަކީ: މިއީ ބުއްދި އާއި ޝަރީޢަތާއިވެސް ޚިލާފުކަމެކެވެ.

އަދި ވަޤުތު ފާއިތު ވުމަށް ފަހުގައި މެނުވީ އޭނާ އަށް އެޚަބަރު ނައިސްފި މީހާ، (ޚާއްޞަކޮށް) އެކަންކަމެއް އަލުން ޤަޟާއު ނުކުރެވޭފަދަ ކަމެއް، މިސާލަކަށް ޢީދު ޢަމަލުތައް ނޫނީ އުޟުޙިޔާކަތިލުންތައް، ހަމަކަށަވަރުން މިކަމުގައި އޭނާގެ މައްޗަށް ގެއްލުން ނުވެއެވެ. މީގެ މައްޗަށް އިބްނު ޢަބްދުލް ބައްރު އިޖުމާޢު ނެރުއްވިއެވެ.

އަދި އެމުއްދަތުގެ ތެރޭ ޚަބަރު ފޯރައިފިނަމަ (މިސާލަކަށް ރޯދަޔަށް ހަނދު ފެނިއްޖެކަން ރޯދައިގެ ދުވަހު އެނގިއްޖެނަމަ) މީގެ ސަބަބުން އޭނާ އެކަން ޤަޟާޢު ކުރުމަށް އޮތް ވާޖިބަށް އަސަރެއް ކުރާނެހެއްޔެވެ؟ އަދި އޭގެ މައްޗަށް ބިނާކޮށް ފިޠިރު ކުރުން ވެސް ވަނީ އެހެން ހުކުމްތައް ފަދައެވެ. މިސާލަކަަސް ދަރަންޏެއް ދިނުމާއި އެއަދާކުރަންޖެހޭ ވަޤުތާއި ވަޤުތު ފާއިތުވުންކަހަލައެވެ. އަދި ޤަޟާއު ކުރުން، އަހަރެންނަށް ބޮޑަށް ފާޅުވަނީ އެކަން ވާޖިބެއް ނޫންކަމެވެ. އަދި ފިޠުރު ކުރުން، މީގެ މައްޗަށް ދެބަސްވުމެއް ވެއެވެ. (25 / 111)

3/3

(މިލިޔުމުގައި ގެނެވުނު އައްޝެއިޚް އަޙްމަދު މޫސާ ޖިބްރީލް حفظه الله ގެ ބަސްކޮޅުވަނީ، ޚުލާޞާކުރެވިއެވެ.)

~ ގަލަންދާރު

almoslim.net

مطالع هلال شهر رمضان و توحيد الصيام بين الشعوب الإسلامية | موقع المسلم

في كل سنة، ومع استهلال هلال شهر رمضان المبارك، تتجه الأسماع والأنظار من كل فرد من أفراد الأمة إلى وقت إعلان دخول شهر الصوم؛ كلٌ في بلده؛ ومع ذلك هم يترقبون مطلع الهلال في الدول المجاورة إليهم، ويأتي الحديث بين أوساطهم عن تلك الدول: هل وافقونا في الرؤية؟ لماذا…

2 months ago

=
ހަތަރުވަނަ ދަލީލް، މިއީ މިދަލީލުތަކުގެ ތެރެއިން އެންމެ ވަރުގަދަ ދަލީލެވެ:

"ކުރައިބް ވިދާޅުވިއެވެ. ހާރިޘްގެ ދަރިކަނބަލުން އުއްމުލްފަޟްލް، ޝާމްގައި ހުންނެވި އެކަމަނާގެ ދަރިކަލުން މުއާވިޔަތުގެ އަރިހަށް އަހަރެން ފޮނުވިއެވެ. އަހަރެން އެފަދައިން ކަން ކޮށްދެއްވުމަށް ޝާމް ކަރަޔަށް ދިޔައީމެވެ. ރަމަޟާން މަސް ފެށުނު އިރުވެސް އަހަރެން ހުރީ ޝާމްގައެވެ. ރަމަޟާން މަހުގެ ޙިލާލް ހަނދު ފެނުނީ ޝާމްގައި ހުއްޓާ، ހުކުރު ދުވަހެއްގައެވެ. ދެން އަހަރެން މަދީނާއަށް އެނބުރި ދިޔައީ ރަމަޟާން މަހުގެ ފަހުކޮޅެވެ.

އަބްދުالله އިބްން އައްބާސް އަހަރެން ކުރެން، ރަމަޟާން މަހުގެ ހިލާލް ހަނދާ ބެހޭގޮތުން ސުވާލު ކުރެއްވިއެވެ. އަހަރެން ދެންނެވީމެވެ: އަހަރެމެންނަށް ޝާމްގައި ހަނދު ފެނުނީ ހުކުރު ދުވަހުގެ ރޭގައެވެ. އިބްން އައްބާސް އެއްސެވިއެވެ. ތިބާގެ ހަމަލޮލަށް ހަނދު ދުށީމުހެއްޔެވެ؟ ދެންނެވީމެވެ. އާދޭހެވެ. އެހެން ރައްޔިތުންނަށް ވެސް ހަނދު ފެނުނެވެ. އޭގެ އަނެއް ދުވަހު އަހަރެމެން އެންމެން ރޯދަ ހިފީމުއެވެ. މުއާވިޔަތު ވެސް ރޯދަ ހިއްޕެވިއެވެ.

އިބްން އައްބާސް ވިދާޅުވިއެވެ. އެކަމަކު އަހަރެމެންނަށް (މަދީނާއަށް) ހިލާލް ހަނދު ފެނުނީ ހޮނިހިރު ދުވަހުގެ ރޭއެވެ. އެހެންކަމުން އަހަރެމެން ޝައްވާލް މަހުގެ ހަނދު ފެނުމަށް ދާންދެން، ރަމަޟަން މަހުގެ 30 ރޯދަ ފުރިހަމަކުރާ ހުށީމެވެ. އަހަރެން ސުވާލު ކުރީމެވެ. މުއާވިޔަތަށް ޝާމްގައި ހަނދު ފެނިވަޑައިގަތުމުން އެއާ އެއްގޮތަށް ޢަމަލު ނުކުރެވޭނެތޯއެވެ.

އިބްން އައްބާސް ވިދާޅުވިއެވެ. ނޫނެކެވެ. އެހެނެއް ނުހެދޭނެއެވެ. މިއީ މާތް الله ގެ ރަސޫލާ އަހަރެމެންނަށް އަންގަވާފައިވާ ގޮތެވެ."

އެހެންކަމުން އިބްނު ޢައްބާސް ގެ އިޖުތިހާދަކީ، ޝާމްއަށް ވަކި ހަނދެއް ކަމެވެ. އަދި މަދީނާއަށް ވަކި އެއްޗެއްކަމެވެ.

މިއަށްވާ ރައްދު:

އިބްން އައްބާސް ފަހުން މިވިދާޅުވި ބަސްފުޅު: "މިއީ މާތް الله ގެ ރަސޫލާ އަހަރެމެންނަށް އަންގަވާފައިވާ ގޮތެވެ."

އައްޝައުކާނީ އަދި އެނޫން ބޭފުޅުން ވިދާޅުވަނީ - އަދި އަހަރެންނަށް (އަޙްމަދު މޫސާ ޖިބްރީލްއަށް) ވަރަށްވަރުގަދަކަމަށް ފެންނަނީ، އިބްނު ޢައްބާސް މިތާގައި އެ ނިޞްބަތް ކުރައްވަނީ، މިޙަދީޘް އަށްކަމެވެ:

‏ لاَ تَصُومُوا حَتَّى تَرَوُا الْهِلاَلَ وَلاَ تُفْطِرُوا حَتَّى تَرَوْهُ 
ހަނދު ތިޔަބައިމީހުންނަށް ފެނުމަށް ދާންދެން ރޯދަ ނުހިފާށެވެ. އަދި އެތިޔަބައި ހުންނަށް ފެނިއްޖައުމަށް ދާންދެން ރޯދަ ނުކަޑާށެވެ. (އެބަހީ: ރޯދަމަސް ނިންމައި ނުލާށެވެ.)

އަދި އެހެނަސް އެކަލޭގެފާނުގެ ބަސްފުޅުގެ މުރާދަކީ ކޮންމެ ޤައުމެއް ވަކި ހަނދަކަށް ބެލުމަށް އިތުރުއެކަލޭގެފާނު އަމުރު ކުރެއްވީއެކޭ ނޫނެވެ. އެހެންކަމުން މިއީ އެޙަދީޘް ގެ މައްޗަށް އިބްނު ޢައްބާސް ގެ އަމިއްލަ އިޖުތުހާދެކެވެ.

ތިންވަނަ ރައުޔަކީ

ޚަލީފާ އަމުރު ކުރައްވައިފިނަމަ އެގޮތަށް ތަބައުވުމެވެ. އަދި މިއީ ވަރަށް ގިނަ ކަންކަމުގައި ރަނގަޅު ރައުޔެކެވެ. އެހެނީ މުސްލިމުންގެ ޚަލީފާއަށް ކަންކަން ނިންމުމުގެ ބާރުތަކެއްވެއެވެ. އެއީ އެކަންކަމެއްގައި މުސްލިމުން އޭނާއަށް ކިޔަމަންތެރިކަން އަދާއުކުރަން ޖެހޭ ކަންކަމެވެ. އަދި މިމައްސަލާގައި ބާރުދޭ ޙަދީޘްއެއް ވެއެވެ:

الصوم يوم يصوم الناس والفطر يوم يفطر الناس
މީސްތަކުން ރޯދަ ހިފާ ދުވަހު ރޯދަ ހިފާށެވެ. އަދި އެވެރިން ފިޠުރު ކުރާ ދުވަހު ފިޠުރު ކުރާށެވެ.

(ނޯޓް: އަދި މީގެ ޝަރަހައިގައި ޢިލްމުވެރިން ތަފާތުމާނަ ގެންނަވައެވެ. އަދި މިއީ އުއްމަތާއި އެކުގައި ވުމަށްވާ އެންގެވުމެވެ. ބުނެވެއެވެ: މަސައްކަތްކޮށްފައި ދެން ހަނދު ނުފެނިގެން މީސްތަކުން 30 ހަމަ ކުރުމަށްފަހު، ފަހުން 29 ކަން އެނގުނަސް، އެ ރޯދަޔާއި ފިޠުރު ވަނީ ޤަބޫލުވެވިގެންނެވެ. ހަމައެފަދައިން މިއީ ޙައްޖުގައި ކަމެވެ. ދުވަސް މީހުންނަށް އޮޅުނަސް އެ އިޔާދަ ކުރުމެއް ނެތެވެ. ބުނެވެއެވެ: ވިލާގަނޑެއް އޮވެ ހަނދު ނުފެންނަނަމަ، ހަނދު އަސްލު ފެނިފައި ހުރެދާނެތީ، ދެން އަންނަ ޝައްކުގެ ރޯދަޔަށް ނުހުންނާށޭއެވެ. އެހެނަސް މީސްތަކުން ފަށާދުވަހު ފަށާށެވެ. ބުނެވެއެވެ: ފަލަކީ ޢިލްމު ދަނެ ހަނދު ފެންނާނެކަމަށް ނިންމާ މީހާ ރޯދަހިފުން އޭނާގެ އަމިއްލަ ނަފްސަށް ހުއްދައޭ ދެކޭ މީހުންނަށް ވާ ރައްދެކެވެ. އައްޝައިބާނީ ވިދާޅުވިއެވެ: މިއީ އަމިއްލަޔަށް ހަނދުފެނިއްޖެ މީހާ، އެހެނަސް މީސްތަކުންނާއި އެކު އޭނާ ރޯދަހިފައި ހައްޖުވުމެވެ. އަމިއްލަޔަށް ޔަޤީންވިގޮތާ ޙިލާފަށެވެ އަދި އަޠާޢުއާއި އަލްޙަސަން އަރިހުން މިބީދާއިން ރިވާތަކެއް ވާކަމަށެވެ. އެހެނަސް ޖުމްހޫރުން މިއާއި ދެކޮޅުވިއެވެ. އޭނާގެ މައްޗަށްވަނީ އަމިއްލަ ނަފްސަށް އެޙުކުމް ވާޖިބުކުޅައުމެވެ. އަނޫން ބޭފުޅުން ވިދާޅުވެތެވެ: އެއީ ނަބިއްޔާގެ ހިދާޔަތުގެ މަތީވުމެވެ. ބަޔަކު ފަލަކީ ހިސާބުން ހަދައި އެޔަށް މީސްތަކުން އެއްވިޔަސް، ނޫނީ އެނޫން ގޮތަކުންވެސް ބިދުއަވެރިކޮށް އެކަންކުރިޔަސް، މިޙަދީޘްގައި މިބުނާ މީސްތަކުނަކީ އެ ނަބިއްޔުގެ ސުންނަތުގެ މަތީ ރޯދައާއި ފިޠުރު ކުރާ މީހުންވެ. އެބަޔަކާއެކު ވާންޖެހޭ މީހުންނަކީއެއީއެވެ.)
 2/3

2 months ago

📚 ޚުލާޞާ: ދުނިޔޭގެ އެއްވެސް ތަނަކަށް ހަނދު ފެނިއްޖެ ނަމަ، އޭގެ މައްޗަށް ޢަމަލު ކުރަން ޖޭގޮތާއިމެދު ޢިލްމުވެރިންގެ ދެބަސްވުން

އަލްޙައްޖާވީ "ޒާދުލް މުސްތަޤްނިޢު" ގެ އޯޑިއޯ ޝަރަހައެއްގައި، ޝެއިޚް އަޙްމަދު މޫސާ ޖިބްރީލް ވިދާޅުވިއެވެ:

"ލިޔުންތެރިޔާ ވިދާޅުވިއެވެ: "ރަށަކަށް ފެނިއްޖެނަމަ، އެންމެހާ މީސްތަކުންގެ މައްޗަށް ރޯދަ ފަރުޟުވެއްޖެއެވެ."

އެބަހީ: ޤައުމަކުން ހަނދު ފެނިގެން ރަމަޟާން އިޢުލާން ކޮށްފިނަމަ، މުޅި ދުނިޔެ އެއަށް ތަބަޢަވާން ޖެހޭނެއެވެ.

މިނުކުތާގައި ޚިލާފެއް ނެތް ޢިލްމިވެރިން ތެރޭ އެއްބަސްވެވޭ މިނަވަރަކީ: ޤައުމަކަށް ހަނދު ފެނި ޘާބިތުވެއްޖެނަމަ، އިޖުމާޢުގެ މަތިން މުޅި އެޤައުމުގެ ނޫނީ އެހިސާބުގަނޑު މީހުން ރޯދަހިފަން ޖެހޭނެއެވެ. ވަކިވަކި ފަރުދަކަށް އަމިއްލަ ނަފްސަށް އެ ފެންނާކަށް ނުޖެއެވެ. އެހެނީ ﷲ ވަޙީ ކުރައްވަނީ:

فَمَن شَهِدَ مِنكُمُ ٱلشَّهْرَ فَلْيَصُمْهُۖ
ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ!

"އެމަހަށް ހެކިވެއްޖެ" މީހާއެވެ. (އެއާއި ބައްދަލުވެއްޖެ މީހާއެވެ.) އަދި އަމިއްލަމީހާއަށް ހަނދު ފެނުން الله سُبحانه وتعالىލާޒިމެއް ނުކުރައްވައެވެ."

އިތުބާރުވެވިގެންވާ ގޮތެއްގައި އިތުބާރު ހުރި ބަޔަކު ހެކިވެއްޖެނަމަ، އެޤައުމެއްގައި އުޅޭ (އެންމެހާ) މީސްތަކުންގެ މައްޗަށް ރަމަޟާން މަހުގެ ރޯދަ ވާޖިބުވެގެންވާ ކަމުގެ މައްޗަށް ޢިލްމުވެރިންގެ އިޖުމާޢުވެއެވެ. އަދި އެތަނަކާއި ގާތްކޮށްވާ ސަރަހައްދުތަކާއި ގާތުގައިވާ ޤައުމުތައްވެސް ހިފަންޖެހޭނޭ ކަމާއި މެދުގައި އިޖުމާޢުއަކާއި ގާތަށް ބަސްވެއެވެ.

މިއީ ޚިލާފެއް ނެތް ކަންކަމެވެ. މިކަމުގައި ޚިލާފުވަނީ، އެހެން އެންމެހާ ޤައުމެއް، ހަނދު ޘާބިތުވި ޤައުމަށް އެކަމުގައި ތަބައުވާންޖެހޭނެތޯ އާއިމެދުގައެވެ.

މިކަމުގައި 4 ރައުޔެއް ވެއެވެ:

ފުރަތަމަ ރައުޔަކީ
(ޒާދް އަލް މުސްތަޤްނީގެ) މުއައްލަފު ދެކިލައްވާ ރައުޔެވެ. އެއްވެސް އިސްތިސްނާއެއް ނެތި މުޅި ދުނިޔޭގެ އެންމެހާ ޤައުމެއް އެއަށް ތަބައުވާން ޖެހޭ ކަމެވެ. އެވެރިންނާއި ހަމަޔަށް އެޚަބަރު ފޯރައިފި ނަމައެވެ.

މީގެ ދަލީލަކީ ޞަޙީޙް މުސްލިމްގައިވާ ޙަދީޘް އެވެ:

صُومُوا لِرُؤْيَتِهِ وَأَفْطِرُوا لِرُؤْيَتِهِ
އެ ފެނުމުން ރޯދަހިފާށެވެ. އަދި އެފެނުމުން ރޯދަކަނޑާށެވެ.

ވިދާޅުވަނީ މީގެ އަމުރު މިވަނީ (ހިފެހެއްޓުމެއްނެތި) ޢާންމުގޮތެއްގައި ކަމެވެ. މުޅި އުއްމަތަށެވެ. ވަކި ޙައްދެއް މިންވަރެއް އޭގައި އިތުރުއެކަލޭގެފާނު ކަނޑަނާޅުއްވާކަމެވެ.

ދެވަނަ ދަލީލަކީ
‏ لاَ تَصُومُوا حَتَّى تَرَوُا الْهِلاَلَ وَلاَ تُفْطِرُوا حَتَّى تَرَوْهُ 
ހަނދު ތިޔަބައިމީހުންނަށް ފެނުމަށް ދާންދެން ރޯދަ ނުހިފާށެވެ. އަދި އެތިޔަބައި ހުންނަށް ފެނިއްޖައުމަށް ދާންދެން ރޯދަ ނުކަޑާށެވެ. (އެބަހީ: ރޯދަމަސް ނިންމައި ނުލާށެވެ.)

މީގެވެސް އަމުރު ވަނީ ޢާންމުކޮށް ކަމެވެ.

ތިންވަނަ ދަލީލަކީ: އުއްމަތް އެކަތިގަނޑަކަށް ހެދުމެވެ. މިއީ އޭގެ ޒާތުގައި ލަނޑުދަނޑިއެއް ނޫނެވެ. ވަކިން ޚާއްޞަކޮށް ދަލީލާއި އިދިކޮޅުކަންތަކުގައެވެ. އެހެނަސް މިޒާތުގެ ކަންކަމުގައި ޢިލްމުވެރިން މިއަށް ބައްލަވައެވެ. ވަކިން ޚާއްޞަކޮށް މިވަކި މައްސަލައިގެ މައްޗަށް ހެކިކޮށްދޭ ދަލީލުތަކެއް ވުމުންނެވެ. މިއީ ފުރަތަމަ ރައުޔުއާއި ސީދާ އިދިކޮޅު ރައުޔެކެވެ.

މިއީ ޙަންބަލީ މަޛުހަބުގެ ރަސްމީ ރައުޔެވެ.

ދެވަނަ ރައުޔު
މިއީ ހަމަ ޙަންބަލީން ތެރޭ ރައުޔެކެވެ. އެއީ އިބްނު ތައިމިއްޔާގެ ރައުޔެވެ. އެއީ ކޮންމެ ޤައުމަކަށްވެސް ވަކި ހަނދެއް ޘާބިތުކުރުމެވެ. އެބަހީ ޝާމްގެ އަހުލުންނަށް ފެނިއްޖެ ނަމަ، އަންދަލުސްގެ މީހުންނަކަށް އެއަށް ތަބައުވުމެއް ނުވެއެވެ.

ފުރަތަމަ ދަލީލަކީ
فَمَن شَهِدَ مِنكُمُ ٱلشَّهْرَ فَلْيَصُمْهُۖ
ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ!

އެބަޔަކަށް ހަނދުފެނުން ކަމެވެ. އެހެންކަމުން އަހަރެމެންގެ ގައުމަށް ފެނި އަނެއްގައުމަކަށް ނުފެންނަކަމެވެ. މިފަދައިންނެވެ.

ދެވަނަ ދަލީލަކީ
صُومُوا لِرُؤْيَتِهِ وَأَفْطِرُوا لِرُؤْيَتِهِ
އެ ފެނުމުން ރޯދަހިފާށެވެ. އަދި އެފެނުމުން ރޯދަކަނޑާށެވެ.

އެބައިމީހުން ބުނަނީ އެހެންތާކަށް ހަނދު ޘާބިތުވެފައި އޮވެދާނޭކަމެވެ. އެހެނަސް އަހަރެމެންނަށް އަމުރު މިއަންނަނީ އަހަރެމެންނަށް ފެނުމުން ރޯދަހިފާށޭ އެވެ. އެހެންކަމުން ކޮންމެ ގައުމެއް މުސްތަޤިއްލުކޮށް މިބައިމީހުން ނެގިއެވެ.

ތިންވަނަ ދަލީލަކީ: އެއީ ޤިޔާޞުންނެވެ. ވިދާޅުވެއެވެ: ރޯދަ ފެށޭ ގަޑި އާއި ވީއްލާގަޑި އެކި ހިސާބުތަކަށް ތަފާތެވެ. ވީމާ އެވަޤުތުތަށް ތަފާތުކަމަށް އަހަރެމެން ދެކޭ ފަދައިން މަސްފެށުންވެސް ތަފާތުވެދާނޭކަމަށް ދެކުމެވެ.

1/3

2 months ago

ކެއްސައިގެން ވިޔަސް، ނޭފަތުން (ވައިހޮޅިން) އަންގަތެރެއަށް ފައިބާ ވިޔަސް، އަރިދަފުސް ރޯގާ އާއި މެދު، ސައްހަ ރައުޔަކީ (ދިރުވިޔަސް) ރޯދަ ނުގެއްލޭނޭ ކަމެވެ. އެހެނީ އޭނާ ބޭރުން އެއްޗެއް ގެނެސް ނުގައްނަތީ އެވެ.

އަލް ޢުލްޥަން

2 months ago

ރޯދަ ވީއްލުމުގައި ވަކި ޚާއްޞަ ދުޢާ އެއް ނަބިއްޔު ﷺ އަރިހުން ޘާބިތުވެގެން ނުވެއެވެ. އަދި (އެހިނދު ދުޢާ ކުރާ ނަމަ) އަތް ނެގުންވެސް މެއެވެ. ނުވަތަ ޤިބުލައަށް އިސްތިޤްބާލު ކުރުމެއް ވެސް އެވެ. އަދި މޮޅު އިތުރީ އޭނާ އެދޭ ކަމަކަށް ދުޢާ ކުރުމެވެ. (ވަކި ޚާއްޞަ ލަފުޒެއް ނޫނެވެ.) އެގޮތުން އަތް ނަގައި އަދި ޤިބުލައަށް އިސްތިޤްބާލު ކޮށްފި މީހެއް، އެކަމުގައި މައްސަލައެއް ނެތެވެ. އަދި މިއީ އަނަސް ބުނު މާލިކް ގެ މި ޙަދީޘުގެ މައްޗަށެވެ: ވިދާޅުވި އެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވި އެވެ:

«لَا يُرَدُّ الدُّعَاءُ بَيْنَ الْأَذَانِ وَالْإِقَامَةِ»

”ބަންގި އާއި ޤަމަތާއި ދެމެދުގެ ދުޢާއެއް، ރައްދުވެވިގެންނެއް ނުވެއެވެ.“

ރިވާ ކުރެއްވީ އަބޫ ދާވޫދު، ޙަސަން ސަނަދަކުން ނެވެ.

— އައްޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު (މަޞްދަރު)

~ ގަލަންދާނު

Twitter

عبدالعزيز بن إبراهيم الخضير

لم يثبت عن النبي ﷺ دُعاء مخصوص عند الإفطار، ولا رفع اليدين، أو استقبال القبلة، والأفضل أن يدعو بما شاء. ولو رفع يديه أو استقبل لاحرج. لحديث أَنَسِ بْنِ مَالِكٍ قَالَ : قَالَ رَسُولُ اللَّهِ ﷺ: لَا يُرَدُّ الدُّعَاءُ بَيْنَ الْأَذَانِ وَالْإِقَامَةِ. أخرجه…

2 months ago

=
(3) ޝައިޚް ނާޞިރް އަލްފަހްދު

ސުވާލު: ދަތްއުނގުޅާ ބޭހުން އަހަރެންގެ އަނގަ ދޮވެފިނަމަ އަހަރެންގެ ރޯދަ ފަސާދަވާނެ ހެއްޔެވެ؟

ޖަވާބު: ތިބާގެ ބަނޑަށް ދަތްއުނގުޅާ ބޭހުން އެއްވެސް އެއްޗެއް ވާޞިލުނުވާކަން ތިބާއަށް ކަށަވަރުވާނަމަ، އޭގައި މައްސަލައެއް ނެތެވެ. އެހެނަސް ޙަޤީޤަތަކީ އެއިން ރައްކައުތެރިވުން ނުހަނު އުނދަގޫ ކަމެއް ކަމެވެ. ބޭސް ދިޔާވެ ކުޅާއި އެއްވެ އަދި ބަނޑަށް ދެއެވެ. މިފަދަ ޙާލަތުގައި ރޯދަ ގެއްލޭނެތެވެ. މިސަބަބަށްޓަކައި މިޙާލަތުގައި ވަރަޢަވެރި* ގޮތަކީ ރޯދަވެރިޔާ ދަތްއުނގުޅާ ބޭސް ބޭނުން ނުކުރުމެވެ. والله تعالى أعلم.

*ދިވެހި ބަސް ފޮތް: ވަރަޢަވެރިކަން: ދީންވެރި، ތަޤްވާވެރި
(މަޞްދަރު)

(4) ޞާލިޙް ޢަލްމުނައްޖިދު

”ކަރުތެރެއަށް ދަތްއުނގުޅާ ބޭސް ނުދާނަމަ، އޭނާގެރޯދަ ނުގެއްލޭނެއެވެ. މޮޅުއިތުރީ ރޭގަނޑުގައި އެ ބޭނުން ކުރުމެވެ. އަދި ދުވާލު ސިވާކު އިސްތިޢްމާލު ކުރުމެވެ.“

އިސްލާމް ކިއު އެންޑް އޭ

(5) އިބްނުލް ޢުޘައިމީން

”ރޯދަޔަށް ހުންނަ މީހާ ބަނޑަށް ނުދާނަމަ ދަތްއުނގުޅާ ބޭސް ބޭނުން ކުރުމުގައި މައްސަލައެއް ނެތެވެ. އެހެނަސް އައުލާ ވެގެންވަނީ އޭނާ އެ ބޭނުން ނުކުރުމެވެ. އެހެނީ ބަނޑަށް ގޮސްދާނެ ފަދަ ވަރުގަަދަ ނުފުޒެއް އޭގައި އެކުލެވޭތީ އެވެ. އަދި މީހާއަށް މިކަން އިހުސާސް ނުވެދާނެ އެވެ. މިސަބަބަށްޓަކައި ނަބިއްޔު ﷺ ، ލަޤީޠު ބުނު ޞަބިރާ ގެ ރިވާޔަތުގައި ވާ ފަދައިން، ޙަދީޘް ކުރެއްވިއެވެ: «...وَبَالِغْ فِى الاِسْتِنْشَاقِ إِلاَّ أَنْ تَكُونَ صَائِمًا » ”... އަދި ނޭފަތަށް ފެންލުމުގައި މުބާލަޣާ (ގަދަ) ކުރާށެވެ. އެއީ ތިބާ ރޯދަވެރިއެއްގެ ގޮތުގައި ނުވާނަމައެވެ.“ ވީމާ އައުލާ ވެގެންވަނީ ރޯދަވެރިޔާ ދަތްއުނގުޅާ ބޭސް ބޭނުން ނުކުރުމެވެ. އަދި މިކަމުގައި އިޚްތިޔާރު ފުޅާވެގެންވެއެވެ. އޭނާ ރޯދަވީއްލުމާއި ހަމައަށް ލަސްކޮށްލައިފި ނަމަ، ރޯދަ ފަސާދަވެދާނެ ކަމަށް އޭނާ ބިރު އެގަންނަ ކަންތަކުން ރައްކައުތެރިވެއްޖެއެވެ.“

" فتاوى علماء البلد الحرام " (ص 906)

(6) އަބޫ ޢަބްދުﷲ އަލްޙާޝިމީ (އައްސޫދާނީ)
މިއީ އަލްޢަލްވާންގެ ދަރިވަރެއް، މުޙައްދިޘެއް

”(ރޯދަވެރިޔާ) ބޭހާއި ނުލައި ދަތްއުނގުޅުމުގެ މައްސަލައެއް ނެތެވެ. އެހެނަސް އުނދަގޫ މިއަންނަނީ ބޭހުގައެވެ. ދަތްއުނގުޅާ ވަޤުތު ކޮޅާއި ބޭނުން ކުރާ ބޭސް ކޮޅު މަދުކުރެވޭނޭ ނަމަ، ދެން ވަރަށް ބަލައިގެން ވަރަށް ވަރަށް ރައްކައުތެރިކަމާއި އެކު (އުނގުޅައި) އަދި އެކީ އެއްކޮށް ބޭހުގެ އެންމެހާ އެތިކޮޅެއް އަނގައިން ބޭރުކުރެވިއްޖެކަން ކަށަވަރުވާނަމަ، އެކަމުގައި މައްސަލައެއް ނެތެވެ. އެހެންނޫން ނަމަ އެންމެ ރައްކައުތެރިކަން ބޮޑީ (ރޯދަޔަށް ހުރެ) އެކަން ދޫކޮށްލުމެވެ. والله أعلم.
(މަޞްދަރު)

~ ގަލަންދާން

2 months ago

🔖 ރޯދަވެރިޔާ ދަތްއުނގުޅާ ބޭސް ބޭނުން ކުރުމާއި މެދު، ޢިލްމުވެރިންގެ ބަޔެއް ބަސްތައް ~ ގަލަންދާން

(1) ޝައިޚް ސުލައިމާން، އަލްޢަލްވާން:

ދަތްއުނގުޅާ ބޭސް: ”ރަމަޟާން މަހުގެ ދުވާލު މީގައި ތަފްޞީލެއް ވެއެވެ. ބަނޑަށް ނުދާނޭ ކަމުގެ އަމާންކަން އޮވެއްޖެނަމަ ޖާއިޒެވެ. ބަނޑަށް ގޮސްދާނެ ކަން އެނގޭނަމަ އޭނާއަށް އެ މަނައު ވެގެންވެއެވެ.“

މަޞްދަރު: ފަތާވާ އައްޞިޔާމް، ޞ. 29

(2) ޢަބްދުލް ޢަޒީޒް އައްޠަރީފީ:

”ދަތްއުނގުޅާ ބޭސް އާއިމެދު އަހަރެން ދެކޭގޮތުން، އެއަށް ދެވޭ ޙުކުމަކީ ސިވާކު ޙުކުމެވެ. އަދި ކާތަކެތީގެ ރަހަ ބެލުމުގެ ޙުކުމް ވެސް މެއެވެ. އަދި އޭގައި ކާތަކެތި ނުހުންނަ ޗުއިންގަމް ގެ ޙުކުމްވެސާ އެކުލެވެއެވެ. މިއީ އިހުޒަމާނުގައި ބޭނުން ކުރެވުނު ތާރު އަދިއެނޫން ތަކެތިން ހެދިފައިވާ ޗުއިންގަމެވެ. އެއީ ހެދޭ އެހެނަސް އެއިން ކާއެއްޗެއް ނުނިކުންނަ ތަކެއްޗެވެ. މިއީ މިޒަމާނުގައި މިހުންނަށް މެޓާ އާއި ޚިލާފަށެވެ. އެ ހެފުމުން ކާތަކެތި (އޭގެ ރަހަ) ބޭރުކުރެއެވެ. މިއީ ކާއެއްޗެއްސެ އެވެ. މިއެއް މިބުނި އެތީގެ ތެރެއަށް ނުވަދެއެވެ. އިހުބުނެވުނު ވައްތަރު، އެއީ ބައެއް ފިޤުހު ޢިލްމުވެރިން ޢާއިޝާ رضي الله عنها އަރިހުން ޛިކުރު ކުރައްވާފައިވެއެވެ. އެއީ އިބްނު ޖަރީރުއް ޠަބަރީ ޛިކުރުކުރެއްވި ފަދައިންނެވެ. އަދި އިބްނު އަބީ ޝައިބާ ވެސް ރިވާކުރެއްވި ފަދައިންނެވެ. އަދި އައްޠަޙާވީ ވެސް މިފަދައިން، ޢާއިޝާ ރަބަރު ހެއްޕެވި ކަމަށް ރިވާކުރެއްވިއެވެ. އަދި މިއީ މިޒަމާނުގައި މީހުން މިބޭނުން ކުރާ މެޓާ އާއި އެއްފަދަ ޗުއިންގަމެއް ނޫނެވެ. އޭގައި ފޮނިކަމެއް އެކުލެވޭ އެއްޗެއް އަނގަޔަށްލަައި ހެފުމުން، އެއީ ކާއެއްޗެއް އަނގަޔަށް ލައިގެން ހުރުމެވެ. އެހެނެސް ދަތްއުނގުޅާ ބޭހުގެ މައްސަލައަށް އެއަކުން ޤިޔާސް ކުރެވޭ އިހުބުނެވުނު (ރަބަރު) ޗުއިންގަމް އަދި ދަތްއުނގުޅާ ބޭހުގެ މައްސަލައަށް އެއަކުން ޤިޔާސް ކުރެވޭ ސިވާކު: އަހަރެމެން ބުނަނީ އެއިން ކާތަކެތި މީހާގެ ބަނޑަށް ނުދާނަމަ އޭގައި މައްސަލައެއް ނެތް ކަމެވެ. ވީމާ އެމީހެއްގެ ބަނޑަށް އެއިން އެއްޗެއް ދިޔުމާއިމެދު އަމާންވެއްޖެ މީހާ، އެ ބޭނުން ކުރުމުގައި މައްސަލައެއް ނެތެވެ. އެއީ ކާތަކެތިން ރަހަބެލުން ވާ ފަދައިން ނެވެ. އެއީ މިހެން ކާތަކެތީގެ ރަހަ ބަލައި ދެން އެއެއް ބޭރުކޮށްލަނީ އެވެ. އެފަދައިން ބޭސްވެސް އެކަމަށް (އެބަހީ ބަނޑަށް ނުދާނޭ ކަމަށް) އަމާންވާ ނަމައެވެ. އެހެނަސް ދަތްއުނގުޅާ ބޭސް ވައްތަރުކަމެއް ވަނީ އަނގަ ދޮވުމުގައި މުބާަަލަޣާ ކުރުމުގެ (އެބަހީ: ގަދަޔަށް އެތެރެޔަށްލައި ދޮވުމުގެ) މައްސަލައާއި އެވެ. މިއީ މުސްނަދު ގައި އަދި ސުނަން ގައި ވާރިދު ވެފައިވާ ޢާޞިމް ބުނި ލަޤީޠް ބުނި ޞަބިރާ އެކަލޭގެފާނު ބައްޕަ އަރިހުން ގެންނެވި ޙަދީޘް ގެ މައްޗަށެވެ:
« أَسْبِغِ الْوُضُوءَ وَخَلِّلْ بَيْنَ الأَصَابِعِ وَبَالِغْ فِى الاِسْتِنْشَاقِ إِلاَّ أَنْ تَكُونَ صَائِمًا » ”ތިބާ ވުޟޫ ފުރިހަމައަށް ކުރާށެވެ. އަދި އިނގިލިތަކުގެ ދެމެދު ދޮންނާށެވެ. އަދި ނޭފަތަށް ފެންލުމުގައި މުބާލަޣާ ކުރާށެވެ. އެއީ ތިބާ ރޯދަވެރިއެއްގެ ގޮތުގައި ނުވާނަމައެވެ.“ އަދި އެއް ރިވާޔަތެއްގައި (مضمضة) އަނގަދޮވުމުގައި އޭ... (އެބަހީ: ފެން އަނގަޔަށްލައި އަނގަތެރޭ ޙަރަކާތް ކުރުމުގައި މުބާލަޣާ) ކުރުމަށެވެ. އަދި މިތާގައި އަނގަދޮވުމުގައި މުބާލަޣާ ނުކުރުމަށް، މިފަދައިން ވާ ބުނެވުމަކީ، މިއީ ޝަރުޢު ކުރައްވާ ފަރާތުން އައިސްފައިވާ ކަށަވަރު ކުރުމުގެ އަމުރެކެވެ: ރޯދަޔަށް ހުރެއްޖެ ޙާލާަތެއްގައި ފަހެ ތިބާ މުބާލަޣާ ނުކުރާށޭ އެވެ! އަދި އަނގަދޮވުމަކީ ބުއިމަށް ނޫންގޮތުގައި މީހަކު އަނގަޔަށް ފެން ލައި އެ ޙަރަކާތް ކުރުމެވެ. އަދި އެއީ މަދު އެތިކޮޅެއްނަމަ އޭގެން އަސަރެއް ނުކުރެއެވެ. މިއާއި ޚިލާފަށް ކެއުންބުއިމުގައި އަނގަޔަށްލައި ތަޅުވައި އެ އޭނާ ބޮއެ އެވެ. އެހެންކަމުން އަހަރެމެން ބުނަނީ ދަތްއުނގުޅާ ބޭސް، ބުރުހަކާއި އެކު ބޭނުން ކުރާ ހިނދު މިއީ އަނގަ ދޮވުމުގައި މުބާލަޣާ ކުރުމުގެ ވައްތަރެއް ކަމުގައެވެ. އެއީ އަނގައިގެ އެންމެ އެތެރެޔަށްވެސް އޭތިފޯރާ ގޮތުގައި ވާހިނދުގައެވެ. އެހެންކަމުން މި ބޭނުން ކުރުން ހުއްދަހެއްޔެވެ؟ ނުވަތަ ނޫން ހެއްޔެވެ؟ ބުނެވެއެވެ: މަކްރޫހަ އެވެ. އަދި މީހަކު މަދުއެތިކޮޅެއް ރައްކައުތެރިކަމާއި އެކު ބޭނުން ކުރާނަމަ، އޭގައި މައްސަލައެއްނެތެވެ. އަދި ގެއްލުމެއް ނެތެވެ. އަދި މިކަމުގެ މައްޗަށްވާ ޙުކުމްވަނީ އަނގަދޮވުމުގައި މުބާލަޣާ ކުރުމެވެ. އެއީ ލަޤީޠް ބުނި ޞަބިރާ رضي الله عنه ގެ ޙަދީޘް ގައި ވީ ފަދައިންނެވެ. ... އަދި (ބޭހުގެ) ވަސް ގަދަޔަށް ހުރުމަކީ މީގައި އަސަރުކުރާކަމެއް ނޫނެވެ. ޝަރުޠަކީ ބަނޑަށް ނުދިޔުމެވެ.“
(މަޞްދަރު)

=

We recommend to visit

𝙿𝚈𝚃𝙷𝙾𝙽 𝙲𝙾𝙳𝙴𝚂
𝚃𝙴𝙻𝙴𝙶𝚁𝙰𝙼 𝙱𝙾𝚃𝚂 𝙸𝙽 𝙿𝚈𝚃𝙷𝙾𝙽

𝙱𝚈: @DEV_BEN 𐂂︎

Last updated 1 month ago

Last updated 2 years, 1 month ago

𝐈𝐁𝐍 𝐁𝐄𝐍𝐆𝐇♪𝐙𝐈

𝐁𝐈𝐑𝐓𝐇𝐒 2••?
.
« آل͜ــ๋͜ـم͜ــ๋͜ـآل͜ــ๋͜ـڪ͜ــ๋͜ـه𖤍شَيـטּ 𝑆𝒉𝑒𝑛 ⋮🫀

Last updated 1 month, 3 weeks ago