Unlock a World of Free Content: Books, Music, Videos & More Await!

ތައުޙީދަށް ފަހު ނަމާދެވެ.

Description
ﷲ ތިބާއަށް ރަޙްމަތްލައްވާށިއެވެ ! ދަންނާށެވެ ! ނަމާދާއި ރޯދައިގެ ފަރުޟުކަން ދެނެގަތުމުގެ ކުރިން لَا إِلَٰهَ إِلَّا ٱللَّٰهُ އަށް ހެކިވުމުގެ މާނަ ދެނެގަތުން ފަރުޟުވެގެންވެއެވެ !
Advertising
We recommend to visit

Сᴨᴇциᴀᴧьнᴏ дᴧя ᴛᴇбя🍦

Менеджер по рекламе @ChanelMaster

Мы нᴇ ᴏᴛʙᴇчᴀᴇʍ ɜᴀ ᴨᴩᴀʙдиʙᴏᴄᴛь ᴩᴇᴋᴧᴀʍ нᴀ нᴀɯᴇʍ ᴋᴀнᴀᴧᴇ)

By 🔰 https://t.me/+U5g4pzESdwXtqvep 🔰

ғᴀɴ ᴍᴀᴅᴇ ᴄʜᴀɴɴᴇʟ ғᴏʀ ᴀʟʟ ᴀʀᴛɪsᴛs ᴛᴏᴘ ᴛʀᴀᴄᴋs

𝐁𝐮𝐲 𝐀𝐝𝐬: @Selfpaid_Pat / @NairobianDrip

2 months ago

#thawheedhafahu_namaadhey

#Q&A

ސުވާލު:-

🕌 ވަގުތު އޮޅިގެން އެހެން ނަމާދެއްގެ ވަގުތުގަ ކުރެވިއްޖެނަމަ ނަމާދު ޞައްޙަވާނެތަ؟

ޖަވާބު:-

*"ޢުޛުރުވެރިވެފައިވާމީހަކު، މެންދުރުނަމާދުގެ ވަޤުތު ފާއިތުވެއްޖެކަމަށް ހީކޮށް ޤަޟާއަށް އެނަމާދުކޮށް ނިމުނުފަހުން ވަޤުތު އަދި ފާއިތުނުވާކަން އެނގިއްޖެކަމުގައިވާނަމަ، ނުވަތަ މިއާއިއިދިކޮޅަށް މެންދުރުނަމާދުވަޤުތުގައި ކަމަށް ހީކޮށް، އެވަޤުތު ދިޔަފަހުން އަދާއަށްކޮށް ނިމުނުފަހުން ވަޤުތު ފާއިތުވީކަން އެނގުނުނަމަވެސް އެމީހާގެ ނަމާދު ޞައްޙަވާނެއެވެ."

(މިބަސްފުޅުގެ މާނައީ: އޭނާ ހީކުރީ އަދިވެސް ޢަޞްރުވަގުތު ނުޖެހޭ ކަމަށެވެ. އެހެންވެ އޭނާ މެންދުރުނަމާދުކުރީ އަދާއަށެވެ. އަދާއަށްކޮށް ނިމުނުފަހުން މިއެނގެނީ ޢަޞްރުވަގުތު ލައިގެންފައިވާ ކަމެވެ. އެހާލަތުގައިވެސް އޭނާއަށް އެގޮތަށް ނަމާދުކުރެވުނީ އޮޅުމަކުން ކަމަށްވާތީ ކުރި ނަމާދު ޞައްޙަވާނެއެވެ. އަލުން ޤަޟާއަށް ކުރާކަށް ނުޖެހޭނެއެވެ.)

އެހެނީ، މިފަދަ އޮޅުމަކުން އަޅުކަމުގެ އަޞްލަށް އެއްވެސް ބުރުލެއްނާރާނެއެވެ. އެހެނީ، އަކަމުގެ ޤަޞްދަކީ ވާޖިބު އަދާކުރުމާއި، ޒިންމާއިން ބަރީއަވުންކަމުގައިވީހިނދު އެކަން ޙާޞިލުވެއްޖެއެވެ. މިބުނެވިދިޔަގޮތުގައި ޤަޟާކުރުމާއި އަދާކުރުމުގައި ތަފާތުކަމެއް އެކުލެވިފައެއްނުވެއެވެ."*

ޖަވާބުދެއްވީ:- އައްޝައިޚް މުޙައްމަދު ސިނާން

Join:- https://t.me/Namaadh

2 months ago

#thubulhi

ހުކުރު ދުވަހު ހުކުރަށް ދިޔުމަށް ރީތިވުމަށް ކަމަށް ބުނެ ބައެއް ފިރިހެންވެރިން އެބަފެނޭ ތުނބުޅި ކޮށާއި ، ބާލާއި އޮފް އަރުވާލާ ތަން މީ ކޮއްގެން ވާނޭކަމެއް ނޫނެވެ. އެހެނީ މާތް ނަބިއްޔާ މުޙަައްމަދު ﷺ ތުނބުޅިފުޅު ކޮށްޓެވިކަމަށް އެނގޭކަށް ނެތެވެ. ރީތިވުމުގެ ގޮތުން ތުނބުޅީގައި ފުނާއަޅާއި ތެޔޮލައި ހުވަނދު ލެވިދާނެއެވެ. ކޮށާއި އޯމާން ކުރުމެއް ނެތެވެ. وﷲ اعلم

https://t.me/IslamDheenah

2 months ago

#thawheedhafahu_namaadhey

🕌 އޭ ފުރިހަމަ ޞިއްޙަތެއްގައި ހުރެ، އެހެނަސް ނަމާދު ނުކުރާ އަޅާއެވެ. ތިބާ ނަމާދު ނުކުރަނީ ފަހެ ކީއްވެހެއްޔެވެ!؟ ނަމާދު ދޫކޮށްލުމަށް ތިބާއަށް އޮތީ ކޮން ޢުޛުރެއް ހެއްޔެވެ!؟

އޭ ދުލުކޮޅުން ތަވްޙީދުގެ ކަލިމަ ކިޔާގެން، އެހެނަސް ގަސްތުގައި ނަމާދު ނުކުރާ މީހާއެވެ. ތިބާ އިސްލާމްދީން ދޫކޮށްލީ ފަހެ ކީއްވެހެއްޔެވެ!؟ އެހެނީ ތިބާ ނަމާދު ނުކުރާހާ ހިނދަކު، ތިބާއަކީ މުސްލިމެއް ނޫނެވެ. ސަބަބަކީ އަހަރުމެން މުސްލިމުންނާއި، ކާފަރުންނާއި ދެމެދުވާ ހަމައެކަނި ފަރަޤަކީ އެއީއެވެ. ނަމާދެވެ. ނަމާދެވެ. ތަވްޙީދަށް ފަހު ވަނީ ނަމާދެވެ.

ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ:

(الْعَهْدَ الَّذِي بَيْنَنَا وَبَيْنَهُمُ الصَّلاَةُ فَمَنْ تَرَكَهَا فَقَدْ كَفَرَ)

"އަހަރެމެން މުސްލިމުންނާ ކާފަރުވީ މީސްތަކުންނާ ދެމެދުގައިވާ ފަރަޤަކީ ހުރަހަކީ ނަމާދެވެ. ފަހެ އެކަން ދޫކޮށްލައިފިމީހާ ކާފަރުވެއްޖެއެވެ."

އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ:

(إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلَاةِ)

"ހަމަކަށަވަރުން ޝިރުކާއި ކުފުރާއި މީހާ ވަކިކޮށްދޭ އިންފާރަކީ ނަމާދުއެޅުމެވެ."

މި ދެ ޙަދީޘުގައި ނަބިއްޔާ ﷺ ކުފުރާއި ޝިރުކު ކުރުމާއި މުސްލިމުން ވަކިކޮށްދޭ ކަމަކީ، އެބަހީ ކާފަރުވުމުން، ތަފާތުކޮށްދޭ ކަމަކީ ނަމާދުއެޅުން ކަމުގައި މިވަނީ ބަޔާންކޮށްދެއްވާފައެވެ.

އެހެންކަމުން ނަމާދު އެޅުމުން މި ތަފާތު މި އިންފާރު ލުހިގެން ދެއެވެ. އަދި ކުފުރާއި ޝިރުކަށް އެމީހަކު ވެއްޓިގެންދެއެވެ. ފަހެ ވިސްނާށެވެ. ވަގުތު ފާއިތު ނުވަނީސް ނަޖާވާށެވެ !

މަޞްދަރު

Join:- https://t.me/Namaadh

2 months, 1 week ago

#thawheedhafahu_namaadhey
*🕌 4 ރަކުޢަތް ނަމާދެއްގައި، އިމާމު މީހާއަށް އަށް އޮޅިގެން ނަމާދުގެ އެންމެ ފަހުގެ ރަކުޢަތުގައި އައްތަޙިއްޔާތަށް މަޑުނުކޮށް 5 ވަނަ ރަކުޢަތަށް ތެދުވާ ވަގުތު، މައުމޫމުން އިމާމަށް އެކަން އަންގަން ސުބްޙާނަﷲ ކިޔާނީއެވެ. އަދި މައުމޫމުން އިމާމަށް ތަބާނުވެ މަޑުކުރާނީއެވެ. މިހާލަތުގައި އިމާމު ކުށް ރަގަޅުކޮށް ފަހުއައްތަޙިއްޔާތު ކިޔައި ކުށުސަޖިދަ ޖެހިނަމަވެސް، މައުމޫމުންގެ ތެރެއިން 'މިކުށުގައި ބައިވެރިނުވާ މީހުން' ފަހުއައްތަޙިއްޔާތަށްފަހު ކުށުސަޖިދަ ނުޖަހާ އިމާމް ސަލާމް ދޭދެން މަޑުކުރާނީއެވެ. އަދި އިމާމް ސަލާމްދިނުމުން މައުމޫމުންވެސް ސަލާމްދޭނީއެވެ.

ނޯޓް މިއީ 18 އޭޕްރީލް 2024 ވަނަ ދުވަހު ނައިފަރު މަސްޖިދުލް ހާދީގައި އަޞުރު ނަމާދުގައި މިފަދަ ކުށެއް ކުރެވުމުން ނަމާދު ނިމުމަށްފަހު ޝައިޚް އަޙުމަދު ނާޒިލް މިސްކިތުގެ ޖަމާޢަތަށް ދެއްވާފައިވާ އިރުޝާދެކެވެ.*
ުށުސަޖިދަ

Join:- https://t.me/Namaadh

2 months, 1 week ago
ތައުޙީދަށް ފަހު ނަމާދެވެ.
2 months, 1 week ago

#thawheedhafahu_namaadhey

🕋 ފަތިސްނަމާދަށް ހޭލުމަށްޓަކައި ކުރެވިދާނެ 7 ކަމެއް

💪 އިޚްލާސްތެރިކަމާއެކީ މަތިވެރި ޘަވާބު އެދި ފަތިސްނަމާދު އެ ނަމާދުގެ ވަޤުތުގައި ކުރުމުގެ ޢަޒުމު ކަނޑައެޅުން

💦ނިދުމުގެ ކުރިން ވުޟޫކުރުން

📿ނިދުމުގެ ކުރިން ކިޔަން ވާރިދުވެފައިވާ ޒިކުރުތައް ކިޔުން

🤲 ފަތިސް ނަމާދަށް ހޭލުމުގެ ތަޥްފީޤުދެއްވުން އެދި ދުޢާކުރުން

🚫 ފާފަތަކުން ދުރުވުން

🕤 ނިދާ ގަޑި އަވަސްކުރުން

ހޭނުލެވޭނެހެން ހީވެއްޖެނަމަ، ނަމާދަށް ހޭލެއްވުމަށް އެހެންމީހެއްގެ ކައިރިން އެދުން ނުވަތަ ގަޑި އެލާމްކުރުން

Join:- https://t.me/Namaadh

2 months, 2 weeks ago

~ ގުގުރި ﷲ އަށް ތަސްބީޙަ އާއި ޙަމްދުޘަނާ ދަންނަވައެވެ. ~

{ وَيُسَبِّحُ الرَّعْدُ بِحَمْدِهِ وَالْمَلَائِكَةُ مِنْ خِيفَتِهِ وَيُرْسِلُ الصَّوَاعِقَ فَيُصِيبُ بِهَا مَن يَشَاءُ وَهُمْ يُجَادِلُونَ فِي اللَّهِ وَهُوَ شَدِيدُ الْمِحَالِ. } [سورة الرعد]

މާނައީ: ”އަދި ގުގުރި ﷲ އަށް ތަސްބީޙަ ވިދާޅުވެ އެކަލާނގެ އަށް ޙަމްދު ޘަނާ ދަންނަވައެވެ. އަދި މަލާއިކަތްބޭކަލުން ވެސް އެކަލާނގެއަށް ބިރުފުޅުން ތަސްބީޙަ ވިދާޅުވެ ޙަމްދު ޘަނާ ދަންނަވައެވެ. އަދި އެކަލާނގެ ހޮނުއަލިފާން ފޮނުއްވައެވެ. ދެން އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް އެއަލިފާން ދިމާކުރައްވައެވެ. އެފަދަ ކަންތައް ހިންގަވާއިރު ވެސް މީސްތަކުން ކުރެ ބައެއްމީހުން
اللَّه އާމެދު ޖަދަލުކޮށް އެކަލާނގެ ޤުދުރަތްތެރިކަމަށް އިންކާރު ކުރަނީއެވެ. އެކަލާނގެއީ، އުޤޫބާތް ދެއްވުމާއި ހިއްޕެވުން ގަދަ ވެގެންވާ ކަލާނގެ ކަމުގައިވާ ޙާލުގައެވެ.“

ދަންނައެވެ. الرعد މިއީ ދިވެހިން ކިޔާ ގުގުރި އެވެ. އާޔަތުގައި މިވަނީ ގުގުރި ތަސްބީޙަ ވިދާޅުވާ ކަމަށެވެ. އަދި ﷲ އަށް ޙަމްދު ވެސް ކުރައްވާ ކަމަށެވެ. މިހެންވެ ތަފްސީރު ޢިލްމުވެރީންގެ މެދުގައި އިޚްތިލާފްއެއް ހިނގާފައި ވެއެވެ. ޢާއްމުކޮށް ގިނަ مفسّر ން ވިދާޅުވަނީ އެއީ ވިލާގެ ކަންތަކާއި ޙަވާލު ކުރައްވާފައިވާ މަލާއިކަތާ ކަމަށެވެ. އެއަޑަކީ އެކަލޭގެފާނުންގެ އަޑުފުޅު ކަމަށެވެ. އަދި އެއަލިފާނަކީ އެކަލޭގެފާނުންގެ އަނގަފުޅުން ނެރުންވާ އަލިފާނެއް ކަމަށެވެ. ﷲ އިޛްނަފުޅަށް މިކަންކަމަކީ ހިނގުން ދުރުކަމެއް ނޫނެވެ.
އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ رعد މިކިޔާ އެއްޗަކީ އެއް ވިލާގަނޑު އަނެއް ވިލާގަނޑާއި ގާތްކޮށް ފިއްތާލާ ވަޔެކެވެ. ދެން ފިތޭ ވަގުތު އެ އަޑު އަންނަނީ ކަމަށެވެ. މިއީ ވެސް ހަމަ ﷲ އިޛްނަފުޅަށް ވުން ދުރުކަމެއް ނޫނެވެ.
والله اعلم بالصّواب = تفسير قرطبى =

القران الكريم ގެ މާނައިގެ ދިވެހި ތަރުޖަމާ
ފަޟީލަތުއްޝައިޚު އަބޫބަކުރު އިބްރާހީމް ރަޙިމަހު ﷲ

https://t.me/IslamDheenah

2 months, 2 weeks ago

#thawheedhafahu_namaadhey *💥އިސްޙާޤު ބްނު ރާހަވައިހި (238ހ) ވިދާޅުވިއެވެ:

”ނަމާދު އަޅާ މީހާއީ ކާފަރެއްކަމަށް ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން ޞައްޙަކޮށް އައިސްފައިވެއެވެ.

އަދި ނަބިއްޔާ صلى الله عليه وسلم ގެ ދުވަސްވަރުން ފަށައިގެން އަހަރުމެންގެ މިއަދާ ހަމައަށްވެސް ޢިލްމުގެ އަހުލުވެރިން ދެކޭ ގޮތަކީ އެއީއެވެ.

އެއްވެސް ޢުޛުރެއް ނެތި ޤަޞްދުގައި ނަމާދު ވަޤުތު ގޮސްފުމަށް ދާންދެން ދޫކޮށްލައިފި މީހާއީ ކާފަރެއްކަމެވެ.
[އެހެން ރިވާޔަތެއްގައި: އޭނާ އެނަމާދު ޤަޟާކުރަން ދެކޮޅުހަދާ، ތިމަންނާ އެނަމާދެއް ނުކުރާނަމޭ ބުނެފިނަމަ އެއީ ކާފަރެކެވެ.]

ވަޤުތު ދިޔުމަކީ މެންދުރު ނަމާދު އިރުއޮއްސެންދެން ލަސްކުރުމާއި، މަޣުރިބު ނަމާދު ފަތިސްވަންދެން ލަސްކުރުމެވެ.

ނަމާދު ވަޤުތުތަކުގެ އެންމެ ފަހު ވަޤުތަކަށް އަހަރުމެން މިބަޔާންކުރި ގޮތަށް ހެދުނީ އެހެނީ ނަބިއްޔާ صلى الله عليه وسلم ޢަރަފާތުގައާއި މުޒްދަލިފާގައާއި ދަތުރު މަތީގައި ދެނަމާދު ޖަމްޢުކުރައްވައެވެ.
އެގޮތުން އެތަނުން އެއް ނަމާދު އަނެއް ނަމާދުގެ ވަޤުތުގައި ކުރައްވައެވެ.

ދެންފަހެ ވަކި ޙާލަތެއްގައި އެ ދެނަމާދުގެ ތެރެއިން ފުރަތަމަ ނަމާދު ދެވަނަ ނަމާދުގެ ވަޤުތުގައި ލައްވާ،
އަދި ފަހު ނަމާދު ފުރަތަމަ ނަމާދަށް އޮތް ވަޤުތެއްކަމުގައި ނަބިއްޔާ صلى الله عليه وسلم ހެއްދެވުމުން؛
އެހިނދުން ޢުޛުރުގެ ޙާލަތުގައި އެ ދެނަމާދުގެ ވަޤުތު އެއް ވަޤުތެއްކަމުގައި ވެގެންދެއެވެ.

އެއީ ޙައިޟުވެރިޔާވެސް އިރުއޮއްސުމުގެ ކުރިން ޠާހިރުވެއްޖެނަމަ މެންދުރާއި ޢަޞްރު ނަމާދުކުރަން އަމުރުކުރެވި،
އަދި ރޭގަނޑުގެ ފަހުކޮޅުގައި ޠާހިރުވެއްޖެނަމަ މަޣުރިބާއި ޢިޝާ ނަމާދުކުރަން އަމުރުކުރެވޭ ގޮތަށެވެ.“

📚 ތަޢުޡީމް ޤަދްރިއް ޞަލާތު، އައްތަމްހީދު ލިއިބްނު ޢަބްދުލް ބައްރު 📚*

Join:- https://t.me/Namaadh

2 months, 2 weeks ago

#thawheedhafahu_namaadhey

🟥 *ނަޞޭޙަތް ދިނުމަށް ފަހު ވެސް ނަމާދަށް ރައްކާތެރިނުވާއި މީހުންނާއި އޮންނަ ގާތް ގުޅުން ކަނޑާލުމަށް ކުރެވިދާނެ ބައެއް ކަންތައްތައް

⚠️ ކުރިން ބާއްވަމުން އައި ގުޅުން (ވާހަކަ ދެއްކުމާއި އެކުގައި އުޅުން ) ކުޑަ ކުރުން

⚠️ އެކުގައި ކޮފީއަށް އެރުން ހުއްޓާލުން

⚠️ އޭނާ ދޭއި ދަޢުވަތު ތަކަށް އިޖާބަ ނުދިނުން

⚠️ އޭނާ ދޭ އެއްޗެހި ކައި ބޮއި ނުހެދުން

⚠️ ތިބާގެ ފަރާތުން ކުރިން އޭނާއަށް ދެމުން ދިޔަ ހުރިހާ ލުއިފަސޭހަތަކެއް ހުއްޓާލުން ( މާލީގޮތުން ވިޔަސް )

ނަމާދު ނުކުރާ މީހަކު، ދޭ ދަޢުވަތަކަށް އިޖާބަދިނުމާމެދު ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ (728ހ) އާ ސުވާލުކުރެވުމުން ވިދާޅުވިއެވެ:

"ނަމާދު ނުކުރާ މީހާއާ ސަލާމްކުރެވުމެއް ނެތެވެ! އަދި އޭނާ ދަޢުވަތެއް ދިނަސް އިޖާބަ ދިނުމެއް ނުވެއެވެ !

⚠️އަދި ކިއެއްތަ، އޭނާއަކީ ޤަތުލުކުރުން ޙައްޤުވެފައިވާ މީހެކެވެ !

ފަހެ އޭނާއާ ގުޅުންކަނޑާލާ، ސަލާމް ނުކުރެވި، އަދި އޭނާ ދޭ ދަޢުވަތަކަށް ފުރަގަސްދިނުމަކީ، އޭނާއަށް ދެވެންޖެހޭ ޢުޤޫބާތުގެ އަދި އެންމެ ކުޑަ މިންވަރެވެ !"

📖 ޖާމިޢުލް މަސާއިލު 📖*#ابن_تيمية
Join:- https://t.me/Namaadh

2 months, 3 weeks ago
[***#thawheedhafahu\_namaadhey***](?q=%23thawheedhafahu_namaadhey)

#thawheedhafahu_namaadhey

🕌 ޙަމްމާދު ބިން ސަލަމާ ވިދާޅުވި ގޮތުގައި ޖަހަންނަމް ހުރީ އަހަރެންގެ ލޮލުގެ ކުރިމަތީގައި ކަމަށް ހީނުކޮށް ދުވަހަކުވެސް ނަމާދަށް ތެދުވެފައެއް ނުވެއެވެ.

[تذكيرات الحفاظ ١/٢١٩]

Join:- https://t.me/Namaadh

We recommend to visit

Сᴨᴇциᴀᴧьнᴏ дᴧя ᴛᴇбя🍦

Менеджер по рекламе @ChanelMaster

Мы нᴇ ᴏᴛʙᴇчᴀᴇʍ ɜᴀ ᴨᴩᴀʙдиʙᴏᴄᴛь ᴩᴇᴋᴧᴀʍ нᴀ нᴀɯᴇʍ ᴋᴀнᴀᴧᴇ)

By 🔰 https://t.me/+U5g4pzESdwXtqvep 🔰

ғᴀɴ ᴍᴀᴅᴇ ᴄʜᴀɴɴᴇʟ ғᴏʀ ᴀʟʟ ᴀʀᴛɪsᴛs ᴛᴏᴘ ᴛʀᴀᴄᴋs

𝐁𝐮𝐲 𝐀𝐝𝐬: @Selfpaid_Pat / @NairobianDrip