ﮩ٨ـﮩﮩ٨ـ🩵ﮩ٨ـﮩﮩ٨ـ
😘 Hi Everyone 🦋😎
ᴛᴀʀɢᴇᴛ :- ᴀᴜᴅɪᴇɴᴄᴇ ʟᴏᴠᴇ ✨🩵
𝐋𝐨𝐯𝐞 | 𝐑𝐨𝐦𝐚𝐧𝐭𝐢𝐜 |𝐒𝐚𝐝 🎼🌏
ᴜɴɪQᴜᴇ ꜱᴛᴀᴛᴜꜱ 🍃
ʟʏʀɪᴄꜱᴀʟ ꜱᴛᴀᴛᴜꜱ ᴠɪᴅᴇᴏ 🌈💨
Cross contact -: @sharif_ladka143
| ꜰᴏʟʟᴏᴡ ꜰᴏʀ ᴍᴏʀᴇ 🦋🩵
Last updated 8 months ago
•॥ જય હરસિધ્ધિ માં ॥•
▪️ᴛᴀʀɢᴇᴛ 40K🎯
✨All 4K Quality Full Screen Status
✨ 😎👇👇
✨ @BHAVO225
✨ᴀʟʟ ᴛʏᴘᴇ sᴛᴀᴛᴜs ᴀᴠᴀɪʟᴀʙʟᴇ ʜᴇʀᴇ
✨ 4ᴋ ʜᴅ ǫᴜᴀʟɪᴛʏ sᴛᴀᴛᴜs
✨ https://t.me/BSEDITOFFICIAL_225
Last updated 7 months, 3 weeks ago
ᴘᴀʀᴛ ᴏꜰ ᴀʟʟɢᴇɴʀᴇᴍᴏᴠɪᴇᴇ
ކާފަރެއް، ފާސިޤެއް ނުވަތަ ބިދުޢަވެރިއަކާ ރަޙްމަތްތެރިވުމުގެ ހުކުމް| އައްޝައިޚް އަލް-އިމާމު އަހްމަދު މޫސާ ޖިބްރީލް (حفظه الله)
1444ހ ގެ ސުވާލާއި ޖަވާބުގައި ޝައިޚް އަހްމަދު މޫސާ ޖިބްރީލް ވަރަށް މުހިންމު މަޢުޟޫއެއް ތަފްޞީލް ކޮށްދީ އަދި ތިރީގައިވާ ސުވާލަށް ދެއްވާފައިވާ ޖަވާބުގެ ޓްރާންސްކްރިޕްޓެއް
މުސްލިމަކު އޭނާގެ ރަޙްމަތްތެރިއެއްގެ ގޮތުގައި ކާފަރަކު ނެގުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟ ފާސިޤަކު (ފާޅުގައި ފާފަކުރާ މީހެއް) ނުވަތަ މުރުޖިޢާ، މޮޑަރނިސްޓުން، ސުރޫރީން ނުވަތަ މިފަދަ އެހެނިހެން މުބްތަދީއަކާ (މަގުފުރެދިފައިވާ އަޤީދާއެއްގެ މަތީގައިވާ މީހާ ނުވަތަ ބިދުއަވެރިއެއް) ރަޙްމަތްތެރިވުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟
#Book
@Tazkirat_Nufoos
މީ ނަމާދު ފަސްކުރުމުގެ ނުރައްކާތެރިކަން ބަޔާންކޮށްދެއްވުމުގެ ގޮތުން އައްޝައިޚް އަލް-އިމާމު އަޙްމަދު މޫސާ ޖިބްރީލް (حفظه الله) ދެއްވާފައިވާ ވަރަށް އަގުހުރި ނަސޭހަތްތެރި ބަސްކޮޅެއްގެ ދިވެހި ތަރުޖަމާއެކެވެ. ނަމާދު އޭގެ ވަގުތުގައި ފަސްކުރުމާއި އަދި ނަމާދު އޭގެ ވަގުތުން ބޭރުން ފަސްކުރުމަކީ ކޮބައިކަން ބަޔާންކޮށް ދެއްވާފައި ވެއެވެ. އަދި ނަމާދަށް ކަނޑައެޅިފައިވާ ވަގުތަށް ފަރުވާކުޑަކޮށްލާ އެ ފަސްކުރުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ވާހަކަދައްކަވާފައިވެއެވެ.
#NewBook
@Tazkirat_Nufoos
މިއީ އައްޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله) ދެއްވާފައިވާ އުޞޫލުއް ޘަލާޘާގެ ޝަރަޙައިގެ 2ވަނަ ކްލާހުގެ ދިވެހި ތަރުޖަމާއެވެ.
❸
ތިބާ ފަންސާސް ސުވާލުކޮށްފިނަމަ، ތިބާއަށް ފަންސާސް ސުވާލުން ފަންސާސް ޖަވާބުލިބިގެން ދާނެއެވެ. އެއީ އުއްމަތުގެ ބަދުނަސީބު ޙާލަތެވެ.
އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ. ޢިލްމު ނެތި ﷲ އާއި މެދު ބަސްބުނުން އެ އިލާހު ޙަރާމްކުރެއްވިއެވެ. އަދި އެއީ އެންމެ ބޮޑެތި ޙަރާމްކަންތަކުގެ ތެރެއިން ހިމެނިގެން ވާ ކަމެކެވެ. އެހެނީ، އެންމެ ނުބައި ފާފައިގެ ތެރޭގައި އެކަން އިބްނުލް-ޤައްޔިމް ހިމެނުއްވިއެވެ.
حرم الله ـ سبحانه ـ القول عليه بغير علم في الفتيا والقضاء، وجعله من أعظم المحرمات، بل جعله في المرتبة العليا منها؛ فقال ـ تعالى ـ: (قُُلْ إِنَّمَا حَرَّمَ رَبِّيَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالإِثْمَ وَالْبَغْيَ بِغَيْرِ الْحَقِّ وَأَن تُشْرِكُوا بِاللهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَأَن تَقُولُوا عَلَى اللهِ مَا لاَ تَعْلَمُونَ) [الأعراف: 33].
އިބްނުލް ޤައްޔިމް ވިދާޅުވިއެވެ. ފާފަތަކުގައި ﷲ ދަރަޖަތަކެއް ލެއްވިއެވެ. މި އާޔަތުގައި ހަތަރު ފާފައެއްގައި އެއިލާހު ދަރަޖައެއް ކަނޑައެޅުއްވިއެވެ. އެއިލާހު ފައްޓަވާފައިވަނީ ފަވާހިޝްތަކުންނެވެ. (ޒިނޭކުރުން ފަދަ ބޮޑެތި ފާފަތަކުންނެވެ.) އެއަށްފަހު، ދެވަނަ ދަރަޖަކަމުގައިވާ އަނިޔާވެރިކަމަށް ޖެހިލެއްވިއެވެ. އަދި އެއަށްފަހު، ތިންވަނަ ދަރަޖަ ކަމުގައިވާ ޝިރުކަށް ޖެހިލެއްވިއެވެ. އަދި އެއަށްފަހު އެންމެ ނުބައި ދަރަޖަކަމުގައިވާ ޢިލްމު ނެތި ﷲ އާއި މެދު ބަސްބުނުމަށް ޖެހިލެއްވިއެވެ. އެންމެ ކުޑައިން ފެއްޓެވުމަށް ފަހު އެންމެ ނުބައި ފާފައަށް ދިޔުއްވިއެވެ. އަދި އެންމެ ނުބައި ފާފައަކީ ޢިލްމު ނެތި ﷲ އާއި މެދު ބަސްބުނުމެވެ.
﴿قُلْ إِنَّمَا حَرَّمَ رَبِّيَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالْإِثْمَ وَالْبَغْيَ بِغَيْرِ الْحَقِّ وَأَن تُشْرِكُوا بِاللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَأَن تَقُولُوا عَلَى اللَّهِ مَا لَا تَعْلَمُونَ ﴾ الأَعرَاف:٣٣
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ރައްބު ހަރާމްކުރެއްވިކަން ކަށަވަރީ، ފާހިޝް ކަންތައްތަކެވެ. އޭގެ ތެރެއިން ފާޅުވެގެންވާ ކަންތަކާއި ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ފާފަކުރުމާއި، ހައްގަކާ ނުލާ (މީސްތަކުންނަށް) އަނިޔާވެރިވުމެވެ. އަދި އެ އެއްޗަކަށް އެއްވެސް ހުއްޖަތެއް ދެއްވާފައި ނުވާ އެއްޗެއް، ތިޔަބައިމީހުން، ﷲ އަށް ޝަރީކުކުރުމެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް، ﷲ އާމެދު ތިޔަބައިމީހުން ބުނުމެވެ.
﴿وَلَا تَقُولُوا لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَـٰذَا حَلَالٌ وَهَـٰذَا حَرَامٌ لِّتَفْتَرُوا عَلَى اللَّهِ الْكَذِبَ ۚ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ لَا يُفْلِحُونَ ﴾ النَّحل:١١٦
ﷲ އާމެދު، ތިޔަބައިމީހުން ދޮގުހެދުމަށްޓަކައި، ތިޔަބައިމީހުންގެ ދޫތަކުން ދޮގުތައްހަދައި، ސިފަކޮށް އުޅޭކަންތަކަށް، މިއީ ހަލާލުކަމެކޭ، އަދި މިއީ ހަރާމްކަމެކޭ ތިޔަބައިމީހުން ނުބުނާށެވެ! ހަމަކަށަވަރުން ﷲ އާމެދު، ދޮގުހަދާ މީހުން ކާމިޔާބެއް ނުވާނެއެވެ.
އިމާމް މާލިކު رحمه الله ވިދާޅުވާ ކަމަށް ޢަތީޤް އިބްނު ޔަޢުޤޫބް އަދި އިބްނު ވައްހާބު ވިދާޅުވިއެވެ. ސަލަފުންނާއި އަދި އެކަލޭގެފާނުގެ ކުރިން އުޅުއްވި ބޭފުޅުން ޙަރާމާއި ޙަލާލް ވިދާޅެއް ނުވެއެވެ. އެބޭފުޅުން ވިދާޅުވާ ކަމުގައި ވަނީ އަހަރުމެންނަށް މިކަން ކަމުނުދޭ އަދި އެކަން ކަމުދޭ، އަދި ތިބާ މިފަދައިން ކަންތައް ކުރާށޭ އަދި އެފަދައިން ކަންތައް ނުކުރާށޭ އެވެ. އޭބެފުޅުން ޙަރާމާއި ޙަލާލް ލަފްޒު ބޭނުންނުކުރައްވަނީ މި އާޔަތުގެ ސަބަބުންނެވެ.
﴿قُلْ أَرَأَيْتُم مَّا أَنزَلَ اللَّهُ لَكُم مِّن رِّزْقٍ فَجَعَلْتُم مِّنْهُ حَرَامًا وَحَلَالًا قُلْ آللَّهُ أَذِنَ لَكُمْ ۖ أَمْ عَلَى اللَّهِ تَفْتَرُونَ ﴾ يُونُس:٥٩
ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ތިޔަބައިމީހުންނަށް ބާވައިލެއްވި ރިޒްގާމެދު، ތިޔަބައިމީހުން ނިކަން ޚަބަރު ދީބަލާށެވެ! ފަހެ ތިޔަބައިމީހުން އޭގެ ބައެއް ތަކެތި ހަރާމްތަކެއްޗަށް އަނެއްބައި ތަކެތި ހަލާލު ތަކެއްޗަށް ހެދީމުއެވެ.
ނުނިމޭ
❷
ޢުމަރުގެފާނު ވިދާޅުވާ ކަމުގައިވިއެވެ. މި ދީނުގެ ކަންތައްތަކުގެ މައްޗަށް ތިބާގެ ރައުޔުތައް ދިނުމުގައި ﷲ އަށް ބިރުވެތިވާށެވެ. ޢުމަރުގެފާނާއި ޢަލީގެފާނަކީ އެންމެ ހެޔޮ ޖީލުގެ އެންމެ ހެޔޮ ފަރާތްތެކެވެ. މައްސަލައެއް އުފެދޭ ހިނދު، އެ ސުވާލަށް ޖަވާބުދިނުމަށް އެބޭފުޅުން އަވަސްވެގަނެފާނެ ކަމަށް ތިބާ ހީކޮށްފާނެވެ. އެހެނަސް ސުވާލެއް ނޫނީ މައްސަލައެއް އުފެދޭ ހިނދު އެބޭފުޅުން ޞަޙާބީންތައް އެއްކުރައްވައެވެ. އެބޭފުޅުން އެކުވެ އަދި މި ސުވާލުގެ ޖަވާބަކީ ކޮބާތޯ އަހައެވެ. އަނެކާއަށް އެނގިނުލައްވާ ޙަދީޘެއް އޭގެން ތެރެއިން ބޭފުޅެއް އަޑުއަހަފައި އޮވެދާނެވެ. ޢުމަރުގެފާނާއި ޢަލީގެފާނަކީ އެފަދައިން ކަންތައް ކުރުމުން، ތިބާ ހީކުރަނީ އެބޭފުޅުންނަށް އެނގިނުލައްވަނީ ކަމަށް ހެއްޔެވެ؟ ޙަޤީޤަތުގައިވެސް، އެދެބޭފުޅުން ޞަޙާބީންނާއި އެއްކޮށް އަދި އެބައިމީހުންނާ މަޝްވަރާ ކުރާހިނދު، އެދެބޭފުޅުންނަށް އެނގިނުލައްވަނީ ކަމަށް ތިބާއަށް ހީވޭ ހެއްޔެވެ؟ އެދެބޭފުޅުން ބޭނުންފުޅު ވެލައްވަނީ މި ޖަވާބަކީ އެއްހާސް އިންސައްތަ ރަނގަޅު ޖަވާބުކަން ކަށަވަރުކޮށް އަދި އެއްވެސް އެއްޗެއް އުނިކުރެވިފަ ނުވާކަން ޔަޤީންކުރުމަށެވެ.
ޢަތާޢު އިބްނު އައް-ސާއިބު (ތާބިޢީއެއް) ވިދާޅުވިއެވެ. އެބޭފުޅުން ކައިރިން ފަތުވާއަކަށް އެދެވިއްޖެ ނަމަ، އެބޭފުޅުންގެ ކަކޫތައް ބިރުން ތުރުތުރު އަޅާ ޙާލު އެބޭފުޅުންގެ ޖަވާބު ދެއްވާ ފަދަ ފިރިހެނުންތަކަކާއި އަހުރެން ބައްދަލުވިއެވެ. (އެކަލޭގެފާނު މާނަކުރެއްވީ ޞަޙާބީންނަށެވެ.) ކީއްވެ ހެއްޔެވެ؟ މި ސުވާލާއި މެދު އެބޭފުޅުން ސުވާލުވެވޭނެ ކަމަށްޓަކައި އެބޭފުޅުން ﷲ އަށް ބިރުވެތިވަނީ އެވެ. އައް-ޝައިބީ، އަލް-ޙަސަން އަލް ބަޞަރީ އަދި އަބޫ ހުސައިން ވިދާޅުވިއެވެ. (މިއީ ހުސް ޠާބިޢީންނެވެ.) އަދި އެ މައްސަލަތައް ޢުމަރުގެފާނަށް ހުށަހެޅިއްޖެ ނަމަ، އެކަލޭގެފާނު ބަދުރުގެ އަހުލުވެރިން އެއްކުރައްވަވާ، އެއުރެންނާއި މަޝްވަރާ ކުރައްވަވާނެ ފަދަ މައްސަލަތަކުގައި މިއަދު ތިޔަބައިމީހުން ތެރެއިން ބައަކު ފަތުވާދެއެވެ.
إِنَّ أَحَدَهُمْ لَيُفْتِي فِي الْمَسْأَلَةِ لَوْ وَرَدَتْ عَلَى عُمَرَ رضي الله عنه لَجَمَعَ لَهَا أَهْلَ بَدْرٍ
އައް-ޝަޢުބީއެވެ. މިއަދު އަހަރުމެން ބުނާނީ ފަހެ ކީކޭ ހެއްޔެވެ؟ އަލް-ޙަސަން އަލް-ބަޞަރީއެވެ. މިއަދު އަހަރުމެން ބުނާނީ ފަހެ ކީކޭ ހެއްޔެވެ؟ ތިޔަބޭފުޅުންގެ ޒަމާނުގައި (ފުރަތަމަ ޖީލު) އެފަދައިން ވީ ހިނދު، އުއްމަތުގެ މިއަދުގެ ޙާލަތަށް އަހަރުމެން ބުނާނީ ފަހެ ކީކޭ ހެއްޔެވެ؟ الله ގަންދީ ބުނަމެވެ. ކީރިތި ޤުރްއާނިން އެންމެ އާޔަތެއް ކިޔަން ނޭނގޭ މީހުން މިއަދު މުފްތީންއަށް ވެއްޖެއެވެ. އެއީ އެމީހުންގެ އަމިއްލަ ނަފްސަށް އެހެން ކީޔާ ނުވަތަ އެހެން މީހުން އެމީހުންނަށް އެހެން ކީޔާ ނަމަވެސް މެއެވެ. އެއުރެން ދެކޭ ގޮތް ޘާބިތުކުރުމަށް އިސްލާމްދީނުގައި މަންސޫޚު ކުރެވިފައިވާ ކަންތަކުން ދަލީލު ގެންނަ ޖާހިލު މީހުންނެވެ. و ﷲ، ކީރިތި ޤުރްއާނިން އެންމެ އާޔަތެއްގެ މިންވަރުވެސް ކިޔަން ނޭނގޭ މީހުން، ދަލީލެއްގެ ގޮތުގައި މަންސޫޚު ކުރެވިފައިވާ ކަމެއް ނަގައި ފަތުވާ ދޭތަން އަހަރުމެން އަޑުއެހީމެވެ. (ދެ ޖިންސު މަސްހުނިވެ އުޅުމަށް ދަލީލެއް ގެނައުން ފަދައެވެ.)
އިމާމް މާލިކް ވިދާޅުވިއެވެ. ފަތުވާއެއް ދޭން ނޫނީ އިސްލާމީ ކަމެއްގައި ފަތުވާއެއް ނެރެން ބޭނުންވާ މީހާ، ﷲ ޙަޟްރަތުގައި އޭނާއަށް އެންމެ ހެޔޮވެގެންވަނީ ކޮންކަމެއް ތޯ އާއިމެދު އޭނާ ފިކުރު ކުރާ ހުއްޓެވެ. ﷲ ޙަޟްރަތުގައި އޭނާއަށް ފުއްދާދޭނީ ކޮން ކަމެއް ހެއްޔެވެ؟ އޭނާ ޖަންނަތާއި ނަރަކަ މަތިން ހަނދުމަކުރާށެވެ. އަދި އޭނާ އެކަންތަކާއި މެދު ވިސްނާ ފިކުރުކޮށްފުމަށް ފަހު ދެން އޭނާ ޖަވާބުދޭށެވެ.
من أحب أن يجيب عن مسألة فليعرض نفسه قبل أن يجيب على الجنة والنار ، وكيف يكون خلاصه في الآخرة ثم يجيب
މީހަކު އިމާމް މާލިކާއި ސުވާލުކުރުމުން އެކަލޭގެފާނު ޖަވާބު ނުދެއްވިއެވެ. އެ މީހާ ބުންޏެވެ. އަބޫ ޢަބްދު ﷲ އަހަރެންނަށް ޖަވާބު ދެއްވަބަލާށެވެ. އިމާމޭ އަހަރެންނަށް ޖަވާބު ދެއްވަބަލާށެވެ. އިމާމް މާލިކު ވިދާޅުވިއެވެ. ތިބާ ކުރަން ބޭނުންވާ ޢަމަލެއްގެ ޒިންމާ އަހަރެން ނެގުމަށް ތިބާ ބޭނުންވަނީ ހެއްޔެވެ؟ ﷲ ތަޢާލާ ޙަޟްރަތުގައި އެ ޢަމަލަކަށް އަހަރެން ޒިންމާވެފައި އަދި ޢަޒާބު ލިބޭ ފަރާތަކަށް އަހަރެން ވެފައި އަދި ތިބާ މިނިވަން ވެގެން ދިޔުމަށް، ތިބާ ބޭނުންވަނީ ހެއްޔެވެ؟ އަލް- ހައިތަމް އިބުނު ޖަމީލް ވިދާޅުވިއެވެ. އެއްފަހަރު އިމާމް މާލިކާއި 48 ކަމަކާއި މެދު ސުވާލުވެވުނެވެ. އެކަލޭގެފާނު ޖަވާބު ދެއްވީ 32 ސުވާލަކަށެވެ. އަދި ބާކީ ހުރި ސުވާލުތަކަށް އެކަލޭގެފާނު ޖަވާބު ދެއްވީ އަހުރެންނަކަށް އެނގި ނުލައްވާއެވެ. ތިބާ ދުނިޔޭގައި އެކި ތަންތާގައި ބުރުޖަހާފައި، އިމާމް މާލިކުއާއި ސުވާލުކުރެވުނު މިންވަރަށް ސުވާލުކުރުމަށްފަހު ތިބާއަށް ކިތައް ސުވާލުގެ ޖަވާބުލިބޭތޯ ބަލާށެވެ.
ނުނިމޭ
ބިންހެލުންތަކާއި ފެންބޮޑުވުންތައް - އުންމަތުގެ ޙާލަތުގެ ފަހަތުގައިވާ ޙިކްމަތްތަކާއި ސަބަބުތައް [pdf ކުރެވިފައި]
— ޝައިޚް އަޙްމަދު މޫސާ ޖިބްރީލް حفظه الله
މަޞްދަރު
الحمد لله މިކަމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރާއި ހެޔޮ ދުޢާ ދަންނަވަން
تقبل الله منا ومنكم وجزاكم الله كل خيرا في الدنيا والآخرة
ﮩ٨ـﮩﮩ٨ـ🩵ﮩ٨ـﮩﮩ٨ـ
😘 Hi Everyone 🦋😎
ᴛᴀʀɢᴇᴛ :- ᴀᴜᴅɪᴇɴᴄᴇ ʟᴏᴠᴇ ✨🩵
𝐋𝐨𝐯𝐞 | 𝐑𝐨𝐦𝐚𝐧𝐭𝐢𝐜 |𝐒𝐚𝐝 🎼🌏
ᴜɴɪQᴜᴇ ꜱᴛᴀᴛᴜꜱ 🍃
ʟʏʀɪᴄꜱᴀʟ ꜱᴛᴀᴛᴜꜱ ᴠɪᴅᴇᴏ 🌈💨
Cross contact -: @sharif_ladka143
| ꜰᴏʟʟᴏᴡ ꜰᴏʀ ᴍᴏʀᴇ 🦋🩵
Last updated 8 months ago
•॥ જય હરસિધ્ધિ માં ॥•
▪️ᴛᴀʀɢᴇᴛ 40K🎯
✨All 4K Quality Full Screen Status
✨ 😎👇👇
✨ @BHAVO225
✨ᴀʟʟ ᴛʏᴘᴇ sᴛᴀᴛᴜs ᴀᴠᴀɪʟᴀʙʟᴇ ʜᴇʀᴇ
✨ 4ᴋ ʜᴅ ǫᴜᴀʟɪᴛʏ sᴛᴀᴛᴜs
✨ https://t.me/BSEDITOFFICIAL_225
Last updated 7 months, 3 weeks ago
ᴘᴀʀᴛ ᴏꜰ ᴀʟʟɢᴇɴʀᴇᴍᴏᴠɪᴇᴇ