Faidhaa

Description
ޢިލްމީ ފައިދާ - ކުރުކޮށް ފޮނިކޮށް

Managed by طلاب العلم
We recommend to visit

ɴᴏ.1 ᴄᴏᴜԹʟᴇꜱ ꜱᴛᴀᴛᴜꜱ ?
#Old_Couple
#Angry_Couple ?
#Cute_Couple ?
#Caring_Couple ?
#Newly_Married_Couple ❤️
#A_Love_So_Romantic ?
Channel Birthday 8th January ?
<<Buy Adds>>
https://telega.io/c/LOVE_VIBES_HINDI_STATUS
Contact ☎️ :- @ComRade015

Last updated 2 years, 5 months ago

ﮩ٨ـﮩﮩ٨ـ🩵ﮩ٨ـﮩﮩ٨ـ
😘 Hi Everyone 🦋😎
ᴛᴀʀɢᴇᴛ :- ᴀᴜᴅɪᴇɴᴄᴇ ʟᴏᴠᴇ ✨🩵

𝐋𝐨𝐯𝐞 | 𝐑𝐨𝐦𝐚𝐧𝐭𝐢𝐜 |𝐒𝐚𝐝 🎼🌏

ᴜɴɪQᴜᴇ ꜱᴛᴀᴛᴜꜱ 🍃

ʟʏʀɪᴄꜱᴀʟ ꜱᴛᴀᴛᴜꜱ ᴠɪᴅᴇᴏ 🌈💨

Cross contact -: @sharif_ladka143

| ꜰᴏʟʟᴏᴡ ꜰᴏʀ ᴍᴏʀᴇ 🦋🩵

Last updated 1 year, 7 months ago

•॥ જય હરસિધ્ધિ માં ॥•

▪️ᴛᴀʀɢᴇᴛ 40K🎯

✨All 4K Quality Full Screen Status

✨ 😎👇👇

✨ @BHAVO225

✨ᴀʟʟ ᴛʏᴘᴇ sᴛᴀᴛᴜs ᴀᴠᴀɪʟᴀʙʟᴇ ʜᴇʀᴇ

✨ 4ᴋ ʜᴅ ǫᴜᴀʟɪᴛʏ sᴛᴀᴛᴜs

✨ https://t.me/BSEDITOFFICIAL_225

Last updated 1 year, 7 months ago

hace 1 año, 7 meses

سنة ގެ إمام ންގެ ލޮލުގައި بدعة ގެ ނުރައްކާތެރިކަން

🖋️ إمام أَبُو إِدْرِيسَ عَائِذُ اللَّهِ بْنُ عَبْدِ اللَّهِ بْنِ عَمْرٍو، أَوْ عَبْدُ اللَّهِ بْنُ إِدْرِيسَ بْنِ عَائِذٍ بْنِ عَبْدِ اللَّهِ الخَوْلَانِيُّ العَوْذِيُّ الشَّامِيُّ (80ހ.) ވިދާޅުވިއެވެ:

«އެ މިސްކިތެއްގައި އަހުރެންނަށް تَغيّر ކޮށް ނުލެވޭ (އެބަހީ: بدل ކޮށް إصلاح ނުކުރެވޭ) بدعة އެއް ފެނުމަށްވުރެ، އެ މިސްކިތެއްގައި ފެތުރިގެންދާ ބިޔަބޮޑު އަލިފާންގަނޑެއް އަހުރެންނަށް ފެނުންވެސް އަހުރެންގެ ގާތުގައި މާ ލޮބުވެތިވެގެންވެއެވެ.»

📕📗📘 [الإبانة الكبرى لابن بطة العكبري: ٢/‏٥١٤، ذم الكلام وأهله لأبي إسماعيل الهروي: ٥/‏١٧، جمع الجيوش والدساكر على ابن عساكر لابن المبرد: ١/‏٢٩]

#Aqeedha
#Thazkiyah

hace 1 año, 7 meses

ލަވައާއި މިޔުޒިކްއަކީ، زنا ގެ رُقْيَة އެވެ.

🖋️ شَيْخُ الإِسْلَامِ تَقِيُّ الدِّينِ أَبُو العَبَّاسِ أَحْمَدُ بْنُ شِهَابِ الدِّينِ أَبِي المَحَاسِنِ عَبْدِ الحَلِيمِ بْنِ مَجْدِ الدِّينِ أَبِي البَرَكَاتِ عَبْدِ السَّلَامِ، ابْنُ تَيْمِيَةَ النُّمَيْرِيُّ الحَرَّانِيُّ الدِّمَشْقِيُّ (728ހ.) ވިދާޅުވިއެވެ:

«ލަވައާއި މިޔުޒިކްއަކީ، زنا ގެ رُقْيَة އެވެ. (އެބަހީ: ލަވައާއި މިޔުޒިކުގެ سبب ން زنا އަށް މައްލަވަކޮށް، މަގުފަހިކޮށް އެކަމަށް ދޮރު ހުޅުވައިދީ އެންމެ ފަހުން އެކަމުގެ ތެރެއަށް ވައްޓުވައިލަތެވެ.) އަދި އެއަކީ، فاحش ކަންތައްތަކަށް ވަައްޓައިލާ سبب ތަކުން ކުރެ އެންމެ ބޮޑުވެގެންވާ އެއް سبب އެވެ.»

📓 [تبرئة الخليفة العادل والرد على المجادل بالباطل لحمود بن عبد الله التويجري: ١/‏٢٠]

#Thazkiyah

hace 1 año, 7 meses

نفس އެއް قتل ކޮށްލުމުގެ ފާފައާ ޖެހިގެން ދެން އެންމެ ގަދަފަދަ ވެގެންވާ ފާފައަކީ زنا އެވެ.

🖋️ إمام أَبُو عَبْدِ اللَّهِ أَحْمَدُ بْنُ مُحَمَّدِ بْنِ حَنْبَلٍ الذُّهَلِيُّ الشَّيْبَانِيُّ (241ހ.) ވިދާޅުވިއެވެ:

«ފާފަތަކުގެ ތެރެއިން، نفس އެއް قتل ކުރުން ނޫނީ ދެން زنا ހާ ވަރުގެ ގަދަފަދަ ވެގެންވާ ފާފައެއް ނުވެއެވެ.»

📚 [الجامع لعلوم الإمام أحمد - الفقه: ١٢/‏٣٤٧، أحكام النساء - من «الجامع» للخلال: ١/‏٥٩]

#Thazkiyah

hace 1 año, 10 meses

ފަހެ އޭނާގެ އިސްލާމްކަމާމެދުގައި ތިބާ ތުހްމަތުކުރާށެވެ!

?️ އިމާމް އަބޫ މުޙައްމަދު އަލް-ޙަސަން ބްނު ޢަލީ އަލް-ބަރްބަހާރީ (329ހ.) ވިދާޅުވިއެވެ:

«އަދި އަޘަރުތަކަށް ޠަޢްނުކޮށް އާޑަކިޔައި ފާޑުކިޔާ އަދި އެބަލައިނުގަނެ އަދި އެ ޤަބޫލުނުކުރާ މީހެއްގެ އަޑު ތިބާއަށް އިވިއްޖެނަމަ،

ނުވަތަ ﷲ ގެ ރަސޫލު ﷺ ގެ އަރިހުން އައިސްފައިވާ ޚަބަރުތަކުން ޚަބަރަކަށް އިންކާރުކުރާ މީހެއްގެ އަޑު ތިބާއަށް އިވިއްޖެނަމަ،

ފަހެ އޭނާގެ އިސްލާމްކަމާމެދުގައި ތިބާ ތުހްމަތުކުރާށެވެ!

އެހެނީ ހަމަކަށަވަރުން އޭނާއީ އޭނާގެ ބަހާއި މަޛްހަބު ނުބައިވެގެންވާ މީހެކެވެ. އެހެނެއްކަމަކު އޭނާ އެއްޗެހި ކިޔައި އެޠަޢްނު ކުރިކަން ކަށަވަރީ ﷲ ގެ ރަސޫލު ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބުންނަށެވެ!

އެހެނީ އަހަރުމެންނަށް ﷲ މަޢުރިފަތުކޮށް އެނގުނީ، އަދި ﷲ ގެ ރަސޫލު ﷺ އެނގުނީ، އަދި ޤުރްއާން އެނގުނީ، އަދި ހެވާއި ނުބައި އެނގުނީ، ދުނިޔެއާއި އާޚިރަތު އެނގުނީ، އަޘަރުތަކުންކަން ކަށަވަރެވެ!

އަދި ސުންނަތު، ޤުރްއާނަށް ޙާޖަތުޖެހި ބޭނުންޖެހިގެންވާ ވަރަށްވުރެ ބޮޑަށް، ޤުރްއާންވަނީ ސުންނަތަށް ޙާޖަތުޖެހި ބޭނުންޖެހިގެންނެވެ.»

? [شرح السنة للبربهاري: ١/‏٧٩]

#Aqeedha

hace 1 año, 10 meses

ޤުރްއާން ޚަތިމްކުރާނަމަ، ދުވާލުގެ ކުރީކޮޅާއި، ރޭގަނޑުގެ ކުރީކޮޅުގައި ޚަތްމުކުރުމަށް ލޯބިކުރެވެއެވެ.
?️ އިމާމް އަބޫ ޢިމްރާން އިބްރާހީމު އައް-ނަޚަޢީ (96ހ.) ވިދާޅުވިއެވެ:

«"ދުވާލުގައި މީހާ ޤުރްއާން ކިޔަވައިފިނަމަ (އެބަހީ: ޤުރްއާން ޚަތްމުކޮށްފިނަމަ)، ހަވީރުވެއްޖައުމަށް ދާންދެން މަލާއިކަތުން އޭނާގެ މައްޗަށް ޞަލަވާތުކިޔުއްވައި ދުޢާއުކޮށްދެއްވަތެވެ. އަދި ރޭގަނޑުގައި އޭނާ ކިޔަވައިފިނަމަ (އެބަހީ: ޤުރްއާން ޚަތްމުކޮށްފިނަމަ)، ހެނދުނު ވެއްޖައުމަށް ދާންދެން މަލާއިކަތުން އޭނާގެ މައްޗަށް ޞަލަވާތުކިޔުއްވައި ދުޢާއުކޮށްދެއްވަތެވެ."

އިމާމް އަބޫ މުޙައްމަދު ސުލައިމާނު ބްނު މިހްރާން އަލް-އަޢްމަޝް (148ހ.) ވިދާޅުވިއެވެ: "ފަހެ ދެން އަހަރުމެންގެ އަޞްޙާބުން، (ޚަތްމުކުރާނަމަ)، ދުވާލުގެ ކުރީކޮޅުގައާއި، ރޭގަނޑުގެ ކުރީކޮޅުގައި ޚަތްމުކުރުމަށް ލޯބިކުރައްވާތަން އަހުރެންނަށް ފެނުނެވެ."»

?? [مسند الدارمي: ٣٥٢٠، حلية الأولياء وطبقات الأصفياء لأبي نعيم الأصبهاني: ٤/‏٢٢٧]

#Quran
#Hadith
#Thazkiyah

hace 1 año, 10 meses

އަޅާ ޤުރްއާން ޚަތްމުކޮށްފިނަމަ، އޭނާގެ ދެލޮލުގެ ދެމެދުގައި މަލަކު ބޮސްދެއްވަތެވެ.

?️ އިމާމް އަބޫ މުޙައްމަދު ޢީސާ ބްނު ޔޫނުސް (187ހ.) ނުވަތަ އިމާމް އަބޫ ޢަބްދު ﷲ ޙަބީބު ބްނު އަބީ ޢަމްރަތު (142ހ.) ވިދާޅުވިއެވެ:

«އަޅާ ޤުރްއާން ޚަތްމުކޮށްފިނަމަ، އޭނާގެ ދެލޮލުގެ ދެމެދުގައި (ނިތްކުރީގައި) މަލަކު (މަލާއިކަތާ) ބޮސްދެއްވަތެވެ.»

??? [شعب الإيمان للبيهقي: ١٩١٨، أخلاق أهل القرآن أو أخلاق حملة القرآن للآجري: ١/‏٧٧، تاريخ بغداد للخطيب البغدادي: ٥/‏١٧٤]

#Quran
#Thazkiyah

hace 2 años

އަޅުކަމަކީ، ޢަމަލުތަކެއް ހަމައެކަނި ކޮށްލުމެއް ނޫނެވެ. އެހެނަސް އަޅުކަމަކީ، ދީނުގެ ކަންތައްތައް އުނގެނި ދަސްކޮށްގެން ޢިލްމުވެރިކަމާއި ފިޤްހުވެރިކަމާއި އެކީގައި ޢަމަލުކުރުމުވެ.
?️ އިމާމް ސަޢީދު ބްނު އަލް-މުސައްޔިަބް (94ހ.) ވިދާޅުވިއެވެ:

«ﷲ އަށް އަޅުކަންކުރުންވަނީ ހަމައެކަނި ރޯދަހިފުމާއި ނަމާދު ކުރުމަކުންނެއް ނޫނެވެ. އަދި އެހެނެއްކަމަކު (އެކަލާނގެއަށް އަށް އަޅުކަންކުރުންވަނީ) އެކަލާނގެ ދީނުގައި އޭނާ ފިޤްހުވެރި ވެގެންނެވެ.»

?? [أخرجه الخطيب في «الفقيه والمتفقه» (١/ ١١٨)، وأبو الشيخ في «العظمة» (٧)، وأبو نعيم في «الحلية» (٢/ ١٦٢)]

?️ މިބަސްފުޅަށް ތަޢްލީޤު ދެއްވާ އިބްނު އަލް-ޤައްޔިމް (751ހ.) ވިދާޅުވިއެވެ:

«އަދި މިބަސްފުޅު، އެއިން މުރާދު ކުރަނީ ދެކަމަކަށެވެ:

ފުރަތަމައީ: ހަމަކަށަވަރުން އަޅުކަމަކީ، ޢިލްމު ނުލައިވާ ރޯދައާއި ނަމާދެއް ނޫނެވެ. އަދި އެހެނެއްކަމަކު އަޅުކަމީ ދީނުގައި ފިޤްހުވެރިވުމެވެ. އޭގެއިން ރޯދަ ހިފާނޭ ގޮތާއި ނަމާދު ކުރަނީ ކިހިނެއްކަން އުނގަންނައިދީ ޢިލްމުވެރި ކޮށްދެއެވެ.

ދެވަނައީ: ހަމަކަށަވަރުން އަޅުކަމަކީ، ރޯދައާއި ނަމާދު އެކަންޏެއްނޫނެވެ. ކިއެއް ހެއްޔެވެ. އެކަލާނގެ ދީނުގައި އޭނާ ފިޤްހުވެރިވުން އެއީ އެކަލާނގެއަށް އޭނާ ކުރާ އަޅުކަންތަކުން ކުރެ އެންމެ ބޮޑުވެގެންވާ އަޅުކަމެކެވެ.»

? [مفتاح دار السعادة ومنشور ولاية العلم والإرادة: ١/‏٣٣٠]

#Thazkiyah

hace 2 años

ﷲ އާ މެދުގައި ނުބައިކޮށް ހީނުކުރާށެވެ!

?️ އިބްނު އަލް-ޤައްޔިމް (751ހ.) ވިދާޅުވިއެވެ:

«ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުގައި އެންމެ ނުބައިކަން ބޮޑުވެގެންވާ ފާފަތަކުގެ ތެރެއިން ވަނީ: އެކަލާނގެއާ މެދުގައި ނުބައިކޮށް ހީކުރުމެވެ.

ފަހެ އެހެނީ ހަމަކަށަވަރުން އެކަލާނގެއާ މެދުގައި ނުބައިކޮށް ހީކުރާ މީހާ، ގައިމު އޭނާ އެހީކުޅައީ މުޤައްދަސް އެފަރާތްޕުޅުގެ ކަމާލުވަންތަކަމާއި ފުރިހަމަކަމާ ޚިލާފަށެވެ. އަދި އެކަލާނގެ ނަންފުޅުތަކާއި އަދި ޞިފަފުޅުތަކާއި ފުށުއަރާނޭ ގޮތަށް އޭނާ އެކަލާނގެއާ މެދުގައި ހީކޮށްފިއެވެ.

އަދި މިހެން ކަމުން، އެކަލާނގެއާ މެދުގައި ނުބައިކޮށް ހީކޮށްގެން އުޅޭ ހީކުރާ މީހުންނާ މެދުގައި، އެއުރެން ނޫން އެހެން ބަޔަކަށް ވަޢީދު ނުކުރާ ގޮތަށް ﷲ ސުބުޙާނަހޫ އެއުރެންނަށް ވަޢީދުކޮށްފައި ވެއެވެ. އެއީ އެކަލާނގެ ތަޢާލާ ވަޙީކުރެެއްވި ފަދައިންނެވެ: ﴿وَيُعَذِّبَ الْمُنَافِقِينَ وَالْمُنَافِقَاتِ وَالْمُشْرِكِينَ وَالْمُشْرِكَاتِ الظَّانِّينَ بِاللَّهِ ظَنَّ السَّوْءِ عَلَيْهِمْ دَائِرَةُ السَّوْءِ وَغَضِبَ اللَّهُ عَلَيْهِمْ وَلَعَنَهُمْ وَأَعَدَّ لَهُمْ جَهَنَّمَ وَسَاءَتْ مَصِيرًا﴾

"އަދި މުނާފިޤު ފިރިހެނުންނާއި، މުނާފިޤު އަންހެނުންނާއި، ޝަރީކުކުރާ ފިރިހެނުންނާއި، ޝަރީކުކުރާ އަންހެނުންނަށް ޢަޛާބު ދެއްވުމަށްޓަކައެވެ. އެ މީހުންނީ، ﷲ އާ މެދުގައި ނުބައި ހީތައް ކުރާމީހުންނެވެ. ނުބައި ގޮތް ދިމާވުން އޮތީ އެމީހުންގެ މައްޗަށެވެ. އަދި ﷲ އެމީހުންގެ މައްޗަށް ކޯފާވެ ވޮޑިގެންނެވިއެވެ. އަދި އެމީހުންނަށް ލަޢްނަތު ލެއްވިއެވެ. އަދި އެ މީހުންނަށްޓަކައި ނަރަކަ ތައްޔާރު ކުރެއްވިއެވެ. އެއީ ނުބައިވެގެންވާ ނިމިދިޔުމެކެވެ."

? [سُورَةُ الْفَتْحِ: ٦]

އަދި އެކަލާނގެ ޞިފަފުޅުތަކުގެ ތެރެއިން ޞިފަފުޅަކަށް އިންކާރުކޮށްފި މީހާއާ ބެހޭ ގޮތުން އެކަލާނގެ ތަޢާލާ ވަޙީކުރެެއްވިއެވެ: ﴿وَذَلِكُمْ ظَنُّكُمُ الَّذِي ظَنَنْتُمْ بِرَبِّكُمْ أَرْدَاكُمْ فَأَصْبَحْتُمْ مِنَ الْخَاسِرِينَ﴾

"އަދި އެއީ ތިޔަބައިމީހުންގެ ރައްބާ މެދުގައި ތިޔަބައިމީހުން ހީކުރި ހީކުރުމެވެ. އެހީކުރުން ތިޔަބައިމީހުން ހަލާކުކޮށްލައިފިއެވެ. ފަހެ އެހާރުން ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ތިޔަބައިމީހުން ވެއްޖައީމުއެވެ."

? [سُورَةُ فُصِّلَتْ: ٢٣]»

? [الداء والدواء = الجواب الكافي لابن القيم: ١/‏١٣٨]

#Aqeedha
#Thazkiyah

hace 2 años, 3 meses

ވަކީލުކުރުމާ މެދުގައި އައިސްފައިވާ ބާބު
?️ އިމާމް ސަޢީދު ބްނު އަލް-މުސައްޔިަބު (94ހ.) ވިދާޅުވިއެވެ:

«ސަލްމަާނު [އަލް-ފާރިސީ] (36ހ.) – رَضِيَ اللَّهُ عَنْهُ –އާއި، އަދި ޢަބްދު ﷲ ބްނު ސަލާމް (43ހ.) – رَضِيَ اللَّهُ عَنْهُ – އާ ދިމާވެ ބައްދަލުވިއެވެ.

ފަހެ އެދެބޭކަލުން ކުރެ އެކަކު، އަނެކާއަށް ނޫނީ އޭނާގެ ޞާޙިބަށް ވިދާޅުވިއެވެ: "އަހުރެންގެ ކުރިން ތިބާ މަރުވެ ތިބާގެ ރައްބުއާ ތިބާ ބައްދަލުވެއްޖެނަމަ، ފަހެ ތިބާ އަހުރެންނާ ބައްދަލުކޮށް، އަދި ތިބާއާ ދިމާވި ކަންތަކުގެ ވާހަކައިގެ ޢިލްމު އަހުރެންނަށް ދެއްވާށެވެ. ނުވަތަ ތިބާއާ މެދުގައި ތިބާގެ ރައްބު ކަންތައް ކުރެއްވި ގޮތުގެ ޚަބަރު ތިބާ އަހުރެންނަށް ދެއްވާށެވެ.

އަދި ތިބާއަށް ވުރެ ކުރިން އަހުރެން މަރުވެ، ތިބާއަށް ވުރެ ކުރިން އެކަލާނގެއާ އަހުރެން ބައްދަލުވެއްޖެނަމަ، އަހުރެން ތިބާއާ ބައްދަލުކޮށް ފަހެ ތިބާއަށް އަހުރެން ޚަބަރު ދޭނަމެވެ."

ފަހެ ޢަބްދު ﷲ ވިދާޅުވިއެވެ: "އޭ އަބޫ ޢަބްދު ﷲ [ސަލްމާނު އަލް-ފާރިސީ] އެވެ! މިއީ ކިހިނެއްވާނޭ ކަމެއް ހެއްޔެވެ؟ އަޅެ ހަމަ މިހެން ކަންތައް ވާނޭ ހެއްޔެވެ؟"

ސަލްމާނު ވިދަަާޅުވިއެވެ: "އާނއެކެވެ. ހަމަކަށަވަރުން މުއުމިނުންގެ ރޫޙުތައްވަނީ ބިމުގައިވާ ބަރްޒަޚެއްގައި ދޫކޮށްލެވިގެންނެވެ. އެރޫޙުތައް ބޭނުންތާކަށް ގޮސްއުޅެތެވެ. އަދި ކާފިރުންގެ ނަފްސުތައްވަނީ ސިއްޖީނުގައި ހައްޔަރުވެގެންނެވެ."

ވިދާޅުވިއެވެ: "ފަހެ ދެން ސަލްމާނު ޢިރާޤަށް ނުކުންނެވިއެވެ."**...

...**ވިދާޅުވިއެވެ: "ދެން ސަލްމާނު އަވަހާރަވިއެވެ. އަދި ހުވަފެނުގައި އެބޭފުޅާ، ޢަބްދު ﷲ އާ ބައްދަލުކުރެއްވިއެވެ. އަދި އެއީ ބުނާ ފަރާތެއްގެ ގޮތުގައެވެ."

ފަހެ އެބޭފުޅާ ވިދާޅުވިއެވެ: "ތިބާ ﷲ އަށް ވަކީލުކޮށް އަދި އުފާވެރި ޚަބަރު ލިބިގަންނާށެވެ. ފަހެ ހަމަކަށަވަރުން ވަކީލުކުރުންފަދަ އެވަރުގެ ކަމެއް އަހުރެން ނުދެކެމެވެ. ހަމަކަށަވަރުން ވަކީލުކުރުމަށްވުރެ ހެޔޮވެގެންވާ ކަމެއް އަހުރެން ނުދެކެމުއެވެ."»

?? [الزهد والرقائق لابن المبارك: 143/1، الطبقات الكبرى لابن سعد: 87/4]

#Thazkiyah

hace 2 años, 3 meses

وقال هلال بن العلاء
އަދި ހިލާލް ބިން ޢަލާ ވިދާޅުވިއެވެ.

طلب العلم شديد
ޢިލްމު އުނގެނުމަކީ އުނދަގޫ ކަމެކެވެ.

وحفظه أشد من طلبه
އަދި އެ ޢިލްމު ހިތުގައި ރައްކާކުރުމަކީ އުނގެނުމަށްވުރެ އުނދަގޫ ކަމެކެވެ.

والعمل به أشد من حفظه
އަދި އެ ޢިލްމަށް އަމަލުކުރުން ހިތުދަސްކޮށް ރައްކާކުރުމަށްވުރެ އުނދަގުލެވެެ.

والسلامة منه أشد من العمل به
އަދި އެ ޢިލްމަށް އަމަލުކުރުމަށްވުރެ އުނދަގޫ ކަމަކީ އެ ޢިލްމުން ސަލާމަތުގެ އައްސޭރިއަކަށް ވާަަސިލުވުމެވެ. (އިޚްލާސްތެރިކަމާއިއެކު ﷲ ގެ ވަޖުހުފުޅައްޓަކައި އެކަނި ޢިލްމު حاصل ކުރުން)

الترغيب والترهيب لأبي القاسم الأصبهاني ٢/٨٧٤

#Thazkiyah

We recommend to visit

ɴᴏ.1 ᴄᴏᴜԹʟᴇꜱ ꜱᴛᴀᴛᴜꜱ ?
#Old_Couple
#Angry_Couple ?
#Cute_Couple ?
#Caring_Couple ?
#Newly_Married_Couple ❤️
#A_Love_So_Romantic ?
Channel Birthday 8th January ?
<<Buy Adds>>
https://telega.io/c/LOVE_VIBES_HINDI_STATUS
Contact ☎️ :- @ComRade015

Last updated 2 years, 5 months ago

ﮩ٨ـﮩﮩ٨ـ🩵ﮩ٨ـﮩﮩ٨ـ
😘 Hi Everyone 🦋😎
ᴛᴀʀɢᴇᴛ :- ᴀᴜᴅɪᴇɴᴄᴇ ʟᴏᴠᴇ ✨🩵

𝐋𝐨𝐯𝐞 | 𝐑𝐨𝐦𝐚𝐧𝐭𝐢𝐜 |𝐒𝐚𝐝 🎼🌏

ᴜɴɪQᴜᴇ ꜱᴛᴀᴛᴜꜱ 🍃

ʟʏʀɪᴄꜱᴀʟ ꜱᴛᴀᴛᴜꜱ ᴠɪᴅᴇᴏ 🌈💨

Cross contact -: @sharif_ladka143

| ꜰᴏʟʟᴏᴡ ꜰᴏʀ ᴍᴏʀᴇ 🦋🩵

Last updated 1 year, 7 months ago

•॥ જય હરસિધ્ધિ માં ॥•

▪️ᴛᴀʀɢᴇᴛ 40K🎯

✨All 4K Quality Full Screen Status

✨ 😎👇👇

✨ @BHAVO225

✨ᴀʟʟ ᴛʏᴘᴇ sᴛᴀᴛᴜs ᴀᴠᴀɪʟᴀʙʟᴇ ʜᴇʀᴇ

✨ 4ᴋ ʜᴅ ǫᴜᴀʟɪᴛʏ sᴛᴀᴛᴜs

✨ https://t.me/BSEDITOFFICIAL_225

Last updated 1 year, 7 months ago