KHIDHUMAIY خدمة ޚިދުމަތް 

Description
We recommend to visit

3DDD & 3dsky Pro Free

Last updated 1 Jahr, 7 Monate her

GQOM AIN'T FOR KIDS.🫶🥹✌️

1 year, 11 months ago
KHIDHUMAIY خدمة ޚިދުމަތް
1 year, 11 months ago
KHIDHUMAIY خدمة ޚިދުމަތް
1 year, 11 months ago
KHIDHUMAIY خدمة ޚިދުމަތް
2 years, 2 months ago

NEW PROJECT DAY 1 (26TH JUNE)
WE LOVE YOU ALL

ކޮންމެ ދުވަހަކުވެސް އިވެމުން މިދަނީ އެއް އަޑުތަކެކެވެ. ޣައްޒާގެ އެތައް ބަޔަކު ޝަހީދުކޮށްލައި ބޮޑެތި ޤަތުލުއާންމުވުން ތަކެއް ހިންގަމުންދާ ޚަބަރެވެ.

މިއަދު ހިތުގައި އުފެދޭ އެންމެ ބޮޑު ސުވާލަކީ އަހަރުމެން ދިވެހިންނަށް ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވެ ދިނުމަށްޓަކައި ކޮށްދެވޭނީ ކޮންކަމެއްތޯއެވެ ؟ އަހަރުމެން ކަހަލަ ކުޑަ ޤައުމަކުން މިކުރާ ހޭދައިން ޣައްޒާގެ ރައްޔިތުންނަށް ކުރާނީ ކޮން ފައިދާއެއްތޯއެވެ ؟

ހަމަޔަޤިީނުންވެސް އިޚްލާސްތެރިކަމާއިއެކު ހޭދަ ކުރެވޭ ކިތަންމެ ކުޑަ އެއްޗެއްވެސް ﷲ ތަޢާލާ އެތައް ގުނައަކަށް އިތުރު ކޮށްދެއްވަވައެވެ. އެކަލާނގެ އެއީ އައްސަވާވޮޑިގެންވާ ބައްލަވާ ވޮޑިގެންވާ ރަސްކަލާނގެއެވެ.

ޤިޔާމަތް ދުވަހުގައި އަރުޝީގެ ހިޔާވަހިކަން ލިބޭ މީހުންގެ ތެރެއިން އެކަކީ އޭނާގެ ކަނާއަތުން ކުރާ ޞަދަޤާތް އޭނާގެ ވާތަށް ނޭނގޭހާ ސިއްރުން އެ ޞަދަޤާތް ކުރާމީހާއެވެ. މި އެހީއަކީ ހަމަޔަޤީނުންވެސް ތިޔަލޮބުވެތި ރައްޔިތުންގެ ދީލަތި އެހީއެވެ. ޚިދުމަތް ޖަމްޢިއްޔާއަކީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ތިޔަބޭފުޅުންގެ މެދުވެރިޔާއެވެ.

2 years, 2 months ago

ޔަހޫދީން އެމީހުންގެ ބޮޑާ ބަސް އިއްވައި، ޣައްޒާ ބިމާ ހަމަކޮށްލާނެ ކަމަށް ބުންޏެވެ.

ގޮވާތަކެތި އަޅައި، އެތައް އަވަށެއް އެއްފަހަރުން ގޮއްވާލައި، ހަފުސްކޮށްލިއެވެ. ގެތަކާއި މަދަރުސާތަކާއި، ހަސްފަތާލު ތަކެވެ.

އެތައް މިސްކިތެކެވެ.

އެކަމަކު އެ ޖައްބާރުންނަށް ފުނޑައިނުލެވުނު އެއްޗަކީ ޣައްޒާގެ މުސްލިމުންގެ އީމާންތެރިކަމެވެ. އިސްލާމީ ދުނިޔެ އާޝޯޚުވެ، ލަދުވެތިވާ ދަރަޖައިގެ ކެތްތެރިކަމާއި ވަކީލުކުރުމެކެވެ.

މިފަދަ ލޮބުވެތި އިޚްވަތުންނަށްޓަކައި އަނެއްކާވެސް މިވަނީ ވަގުތީ މިސްކިތެއް ބިނާކޮށްދެވިފައެވެ. ﷲގެ ރަޙްމަތްފުޅާއެކު، ތިޔަބޭފުޅުންގެ ދީލަތި އެހީގައެވެ. އެންމެހައި ޙަމްދެއް ވަނީ ﷲ އަށެވެ.

ބޮންއަޅައި ފުނޑާލިޔަސް ފަރުވާލެއް ނެތެވެ. ޢިމާރާތް ބިމާހަމަކުރިޔަސް، އެތާގައި ކުރެވުނު ނަމާދުތަކަށް އެބިންކޮޅު ހެކިވާނެއެވެ. ކުރެވުނު ދުޢާތަކާއި ޛިކުރުތަކަށް މަގުކޮށައިދެވުމުގެ ހެޔޮކަން ފަތުގައި ލިޔުއްވިގެން ވާނެއެވެ.

މިވަރު އަޅުގަނޑުމެންނަށް ފުދެއެވެ.

މިފަދަ މިލިޔަން މިސްކިތްވެސް ބިނާކުރުމަށް އެހީތެރިވާން ދިވެހީން މިތިބީ ތައްޔާރަށެވެ. ޣައްޒާގެ ލޮބުވެތި ރައްޔިތުންގެ ހިތްވަރުން ހިތްވަރު ލިބިގެންނެވެ.

އެ ޘާބިތުކަން ފެނި އަޅުގަނޑުމެންގެ އީމާންކަމުގެ ގަހަށް ފެންދެވިގެންނެވެ.

މިފަދަ އިތުރު ޕްރޮޖެކްޓަކަށް އެހީދެއްވަން ބޭނުންފުޅުނަމަ އެފުރުސަތު އެބައޮތެވެ. ?

އެހީތެރިވެދެއްވުމަށް (އެމަރަޖެންސީ ފަންޑް)
ޚިދުމަތް- 7770000141499

We recommend to visit

3DDD & 3dsky Pro Free

Last updated 1 Jahr, 7 Monate her

GQOM AIN'T FOR KIDS.🫶🥹✌️