Infinite Entertainment, Zero Cost: Get Your Free Books, Music, and Videos Today!

Sheikh Imran Muhammadh Ali

Description
Official Telegram Channel of Sheikh Imran Muhammadh Ali.

Twitter: x.com/sheikhimranmv

Viber: rb.gy/tcy7zj

Facebook: facebook.com/imranmuhammadhali

Youtube: youtube.com/@SheikhImranMuhammadhAli
Advertising
We recommend to visit

ɴᴏ.1 ᴄᴏᴜԹʟᴇꜱ ꜱᴛᴀᴛᴜꜱ 👫
#Old_Couple
#Angry_Couple 😠
#Cute_Couple 😍
#Caring_Couple 🤕
#Newly_Married_Couple ❤️
#A_Love_So_Romantic 💞
Channel Birthday 8th January 🎉
<<Buy Adds>>
https://telega.io/c/LOVE_VIBES_HINDI_STATUS
Contact ☎️ :- @ComRade015

Last updated 2 months, 1 week ago

॥ બય શિવરાય ॥ 🚩
.
ᴊᴏɪɴ ꜰᴀꜱᴛ ❤️🥀

Tᴀʀɢᴇᴛ - 100K ⚡️🎯
👉🏻cʀoss/ᴘᴀɪᴅ ᴘʀᴏᴍᴏᴛɪᴏɴ - @its_me_max
[ Famous नाय ओ 🔥 Favorite व्हायचंय ❤️
https://telega.io/c/Caption_Marathi_Status

Last updated 3 days, 16 hours ago

ﮩ٨ـﮩﮩ٨ـ🩵ﮩ٨ـﮩﮩ٨ـ
😘 Hi Everyone 🦋😎
ᴛᴀʀɢᴇᴛ :- ᴀᴜᴅɪᴇɴᴄᴇ ʟᴏᴠᴇ ✨🩵

𝐋𝐨𝐯𝐞 | 𝐑𝐨𝐦𝐚𝐧𝐭𝐢𝐜 |𝐒𝐚𝐝 🎼🌏

ᴜɴɪQᴜᴇ ꜱᴛᴀᴛᴜꜱ 🍃

ʟʏʀɪᴄꜱᴀʟ ꜱᴛᴀᴛᴜꜱ ᴠɪᴅᴇᴏ 🌈💨

Cross contact -: @oyee_Mr

| ꜰᴏʟʟᴏᴡ ꜰᴏʀ ᴍᴏʀᴇ 🦋🩵

Last updated 1 week ago

2 days, 7 hours ago
6 days, 9 hours ago

އިބްނުލް ޖައުޒީ رحمه الله ވިދާޅުވިއެވެ.

"ކަށްވަޅުގައި އެމީހެއްގެ އެކަނިވެރިކަން ފިލުވައިދޭނީ އެމީހެއް ކުޅަ ހެޔޮ ޢަމަލެކެވެ."

[التذكرة في الوعظ لابن الجوزي (ص: 19)]

1 week ago

SUVAALAKEE 55; Vari koffaivaa Anhenaage idhdhaige mudhdhathakee koba

2 months ago

ރަމަޟާން މަހު ކުރާ ޢުމްރާގެ މާތްކަން

ޢަޠާއު رحمه الله ވިދާޅުވިއެވެ. އިބްނު ޢައްބާސް رضي الله عنهما ވިދާޅުވަނިކޮށް ތިމަން އަޑު އެހީމެވެ. އަންޞާރިއްޔަ ބޭކަނބަލަކަށް ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. – (ޢަޠާއުގެ އަރިހުން މި ޙަދީޘް ރިވާކުރެއްވި އިބްނު ޖުރައިޖު ވިދާޅުވީ) އެކަމަނާގެ ނަން އިބްނު ޢައްބާސް ވިދާޅުވިއެވެ. އެހެނަސް ތިމަން އެ ނަން ހަނދާނެއް ނެތެވެ. –
«مَا مَنَعَكِ أَنْ تَحُجِّي مَعَنَا؟»
މާނައީ: "ކަމަނާ ތިމަންބޭކަލުންނާ އެކު ޙައްޖު ނުކުރެއްވީ ކީއްވެގެން ހެއްޔެވެ؟"
އެކަމަނާ ދެންނެވިއެވެ.
"ތިމަންމެންގެ އަތުގައި ދެ ޖަމަލު މެނުވީ ނުވެއެވެ. ތިމަންގެ ފިރިމީހާއާއި ތިމަންގެ ދަރިފުޅު އޭގެ ތެރެއިން އެއް ޖަމަލުގައި ޙައްޖުކުރިއެވެ. އަދި އަނެއް ޖަމަލު ބޭނުން ކުރަން ޖެހުނީ ފެން ގެނައުމަށެވެ."
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«فَإِذَا جَاءَ رَمَضَانُ فَاعْتَمِرِي، فَإِنَّ عُمْرَةً فِيهِ تَعْدِلُ حَجَّةً»
މާނައީ: "ފަހެ ރަމަޟާން މަސް އައުމުން ޢުމްރާކުރާށެވެ. އެހެނީ ހަމަކަށަވަރުން ރަމަޟާން މަހު ކުރާ ޢުމްރާއެއް ޙައްޖަކާ އެއްފަދައެވެ."

[رواه مسلم 221 - (1256)]

އަދި އެހެން ރިވާޔަތެއްގައިވެއެވެ.
«حَجَّةً مَعِي» [رواه البخاري (1863)]
މާނައީ: "ތިމަންކަލޭގެފާނުގެ އަރިހުގައި ކުރާ ޙައްޖަކާ އެއްފަދައެވެ."

•┈┈┈••▫️••┈┈┈•

🖊 އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ  📖

Facebook TelegramTwitterViber

2 months ago

ބަލިވުމުން ޝިފާދެއްވަނީ ﷲ ތަޢާލާއެވެ.

ބަލިވުމުން، ސަބަބުތަކުގައި ހިފައި ބޭސްފަރުވާ ކުރާށެވެ. އަދި ޝިފާދެއްވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތުންކަން ދަންނާށެވެ. އިބްރާހީމު عليه السلام ވިދާޅުވި ބަސްފުޅު، ﷲ ތަޢާލާވަނީ ކީރިތި ޤުރުއާނުގައި ވަޙީކުރައްވައި އަންގަވާފައެވެ.

އެކަލޭގެފާނު ވިދާޅުވިއެވެ.
﴿وَإِذَا مَرِضْتُ فَهُوَ يَشْفِينِ‎﴾‏ [سورة الشعراء ٨٠]
މާނައީ: "އަދި ތިމަންކަލޭގެފާނު ބަލިވުމުން، ބަލި ފަސޭހަކުރައްވަނީ ހަމަ އެއިލާހެވެ."

ބަލިވުމުން ކުރެވިދާނެ ބައެއް ދުޢާތައް:
https://dhisalafiyyah.net/article/5023

#صيد_الخاطر
•┈┈┈••▫️••┈┈┈•

🖊 އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ 📖

Facebook TelegramTwitterViber

2 months ago

މާނައީ: އަބޫ ޛައްރު رضي الله عنه ރިވާކުރެއްވިއެވެ. ﷲ عز وجلގެ ޙަޟްރަތުން ﷲގެ ރަސޫލާ صلى الله عليه وسلم، ރިވާކުރައްވާފައިވާ (ޤުދުސިއްޔަ) ޙަދީޘެއްގައިވެއެވެ. ހަމަކަށަވަރުން އެއިލާހު ވަޙީކުރެއްވިއެވެ.
"އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިމަންއިލާހުގެ ނަފްސުފުޅުގެ މައްޗަށް އަނިޔާވެރިކަން ތިމަންއިލާހު ޙަރާމްކުރެއްވީމެވެ. އަދި ތިޔަބައިމީހުންގެ މެދުގައިވެސް އެކަން ޙަރާމްކަމެއްކަމުގައި ލެއްވީމެވެ. ފަހެ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިނުވާށެވެ.
އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިމަންއިލާހު އެމީހަކަށް ހިދާޔަތު (ތެދުމަގު) ދެއްކެވިމީހަކު ފިޔަވައި ތިޔަބައިމީހުން އެންމެންނަކީވެސް މަގުފުރެދިފައިވާ ބަޔެކެވެ. ފަހެ، ތިމަންއިލާހުގެ ޙަޟްރަތުން ހިދާޔަތު ދެއްކެވުމަށް އެދޭށެވެ. އޭރުން ތިޔަބައިމީހުންނަށް ހިދާޔަތު ދައްކަވާހުށީމެވެ.
އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިމަންއިލާހު އެމީހަކަށް ކާންދެއްވި މީހަކު ފިޔަވައި ތިޔަބައިމީހުން އެންމެންނަކީވެސް ބަނޑުހައިވެފައިވާ ބަޔެކެވެ. ފަހެ ތިޔަބައިމީހުން ތިމަންއިލާހުގެ ޙަޟްރަތުން ކާންދެއްވުމަށް އެދޭށެވެ. އޭރުން ތިމަންއިލާހު ތިޔަބައިމީހުންނަށް ކާންދެއްވާހުށީމެވެ.
އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިމަންއިލާހު ފޭރާންދެއްވި މީހަކު ފިޔަވައި ތިޔަބައިމީހުން އެންމެންނަކީވެސް އޮރިޔާން ޙާލުގައިވާ ބަޔެކެވެ. ފަހެ ތިމަންއިލާހުގެ ޙަޟްރަތުން ފޭރާން ދެއްވުމަށް އެދޭށެވެ. އޭރުން ތިމަންއިލާހު ތިޔަބައިމީހުންނަށް ފޭރާން ދެއްވާހުށީމެވެ.
އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުން ރެޔާއި ދުވާލު ކުށްކުރެއެވެ. އަދި ތިމަންއިލާހު ހުރިހައި ފާފައެއްވެސް ފުއްސަވާ ދެއްވަމެވެ. ފަހެ، ތިމަންއިލާހުގެ ޙަޟްރަތުން ފާފަ ފުއްސަވައިދެއްވުމަށް އެދޭށެވެ. އޭރުން ތިޔަބައިމީހުންނަށް ފާފަ ފުއްސަވައި ދެއްވާހުށީމެވެ.
އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިމަންއިލާހަށް ގެއްލުމެއް ދޭން އުޅެގެން ތިޔަބައިމީހުންނަކަށް ތިމަންއިލާހަށް ގެއްލުމެއް ނުދެވޭނެއެވެ. އަދި ތިމަންއިލާހަށް މަންފާއެއް ފޯރުކޮށްދޭން އުޅެގެން ތިޔަބައިމީހުންނަކަށް ތިމަންއިލާހަށް މަންފާއެއްވެސް ފޯރުކޮށެއް ނުދެވޭނެއެވެ.
އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުން ކުރެ ފުރަތަމަ މީހާއާއި ފަހު މީހާއާއި އިންސީންނާ އަދި ޖިންނީންވެސް ތިޔަބައިމީހުން ކުރެ އެންމެ ތަޤުވާވެރި ހިތުގެވެރިޔާ ފަދައިންވީ ނަމަވެސް ދަންނައެވެ. އޭގެ ސަބަބުން ތިމަންއިލާހުގެ ވެރިކަމަށް އެއްވެސް އެއްޗެއް އިތުރެއް ނުވާނެއެވެ.
އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުން ކުރެ ފުރަތަމަ މީހާއާއި ފަހު މީހާއާއި އިންސީންނާ އަދި ޖިންނީންވެސް ތިޔަބައިމީހުން ކުރެ އެންމެ ފާޖިރު ހިތުގެވެރިޔާ ފަދައިންވީ ނަމަވެސް ދަންނައެވެ. އޭގެ ސަބަބުން ތިމަންއިލާހުގެ ވެރިކަމުން އެއްވެސް އެއްޗެއް އުންޏެއް ނުވާނެއެވެ.
އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުން ކުރެ ފުރަތަމަ މީހާއާއި ފަހު މީހާއާއި އިންސީންނާ އަދި ޖިންނީންވެސް އެއް ފަސްގަނޑަކަށް އެއްވެ، ތިމަންއިލާހުގެ ޙަޟްރަތުގައި ކޮންމެ މީހަކުވެސް އެމީހަކު އެދޭކަމަކަށް ދެންނެވުމުން، އެއިން ކޮންމެ މީހަކަށްމެ އެމީހަކު އެއެދުނުކަމެއް ތިމަންއިލާހު ދެއްވިކަމުގައިވިޔަސް ދަންނައެވެ. ތިނޯހެއް ކަނޑަށްލާފައި ނެގުމުން އެކަނޑުން މަދުވާ މިންވަރަށްވެސް ތިމަންއިލާހުގެ ޙަޟްރަތުގައިވާ އެއްޗެއް އުންޏެއް ނުވާނެއެވެ. (އެބަހީ: އެއްވެސް މިންވަރެއް އުންޏެއް ނުވާނެއެވެ.)
އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންނަށްޓަކައި ތިމަންއިލާޙު ހިސާބު ކުރައްވާހުށީ ތިޔަބައިމީހުން ކުޅަ ޢަމަލުތަކެވެ. ދެން (އޭގެ ޖަޒާ) ތިޔަބައިމީހުންނަށް ފުރިހަމައަށް ދެއްވާހުށީމެވެ. ފަހެ، ޢަމަލުތަކުގެ ތެރޭގައި ހެޔޮޢަމަލު ފެނުނުމީހާ ދަންނައެވެ. އޭނާ ﷲއަށް ޙަމްދުކުރާހުށިކަމެވެ. އަދި އެނޫން އެއްޗެއް ފެނުނުމީހާ ދަންނައެވެ. (އެބަހީ: އަބާއްޖަވެރިޔާ ދަންނައެވެ.) އެމީހެއްގެ އަމިއްލަ ނަފްސަށް މެނުވީ ބަދުބަސް ނުބުނާށެވެ."

#40hadheeth

•┈┈┈••▫️••┈┈┈•

https://dhisalafiyyah.net/article/33376

4 months ago

މިސްކިތްތަކަކީ، ﷲ ތަޢާލާ ޙުރުމަތްތެރިކުރައްވާފައިވާ ތަންތަނެވެ. އަދި އެތަންތަނަކީ ﷲ ތަޢާލާގެ ޛިކުރުކޮށް، ދީނުގެ ޝިޢާރުތައް ފާޅުކުރުމަށް ލައްވާފައިވާ ތަންތަނެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿فِي بُيُوتٍ أَذِنَ اللَّهُ أَن تُرْفَعَ وَيُذْكَرَ فِيهَا اسْمُهُ يُسَبِّحُ لَهُ فِيهَا بِالْغُدُوِّ وَالْآصَالِ﴾‏ [سورة النور ٣٦]

މާނައީ: “އެތަންތަނުގައި، އެއިލާހުގެ ނަންފުޅު ހަނދުމަކުރުމަށާއި އެތަންތަން މަތިވެރިކޮށް ބެލެހެއްޓުމަށް، ﷲ އިޛުނަދެއްވާފައިވާ ގެތަކެއްގައެވެ. (އެބަހީ: މިސްކިތްތަކެއްގައެވެ.) ހެނދުނާއި ހަވީރު، އެތަނުގައި އެއިލާހަށް ތަސްބީޙަ ކިޔައި އުޅެއެވެ.”

https://dhisalafiyyah.net/article/39860

4 months ago

ނަބިއްޔާ صلى الله عليه وسلم ކުރެއްވި ދުޢާއެއްގައި ވެއެވެ.

«اللَّهُمَّ إِنِّي عَبْدُكَ، وَابْنُ عَبْدِكَ ابْنُ أَمَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ، سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وَجِلَاءَ حُزْنِي، وَذَهَابَ هَمِّي» [رواه أحمد (4318) وصحح إسناده أحمد شاكر]

މާނައީ: “އޭﷲ! ހަމަކަށަވަރުން އަހުރެންނީ އިބަ އިލާހުގެ އަޅަކީމެވެ. އަދި އިބަ އިލާހުގެ ފިރިހެން އަޅާގެ ދަރިޔަކީމެވެ. އިބަ އިލާހުގެ އަންހެން އަޅާގެ ދަރިޔަކީމެވެ. މި އަޅާގެ ލަގަންވަނީ އިބަ އިލާހުގެ އަތްޕުޅުގައެވެ. އިބަ އިލާހުގެ ޙުކުމްފުޅު މި އަޅާގެ މައްޗަށް ތަންފީޒު ވެގެންވެއެވެ. އިބަ އިލާހުގެ ނިޔާކުރެއްވުން މި އަޅާއާމެދު ޢަދުލުވެރިވެގެން ވެއެވެ. އިބަ އިލާހުގެ އަމިއްލަ ޒާތުފުޅަށް ޚުދު އިބަ އިލާހު ދެއްވާފައިވާ ނުވަތަ އިބަ އިލާހުގެ ފޮތުގައި ބާވާލައްވާފައިވާ ނުވަތަ އިބަ އިލާހުގެ މަޚްލޫޤުންގެ ތެރެއިން މަޚްލޫޤަކަށް އުނގަންނަވައިދެއްވާފައިވާ ނުވަތަ އިބަ އިލާހުގެ ޙަޟްރަތުން ޣައިބުގެ ޢިލްމުގައި ޚާއްޞަ ކުރައްވާފައިވާ އިބަ އިލާހުގެ ހުރިހާ އިސްމުފުޅުތަކެއް މެދުވެރިކޮށް، މި އަޅާގެ ހިތުގެ ބަހާރުކަމުގައާއި، މި އަޅާގެ ހިތުގެ ނޫރުކަމުގައާއި، މި އަޅާގެ ހިތާމަ ފިއްލަވައިދޭ ޒަރިއްޔާކަމުގައާއި އަދި މި އަޅާގެ ފިކުރުބޮޑުވުން ދުރުކޮށްދޭ ޒަރިއްޔާކަމުގައި ޤުރްއާން ލައްވައިދިނުމަށް އިބަ އިލާހުގެ ޙަޟްރަތުގައި އެދި ދަންނަވަމެވެ.”

https://dhisalafiyyah.net/article/45892

4 months, 1 week ago

عَنْ ابْنِ عُمَرَ رضي الله عنهما، أَنَّ رَسُولَ اللهِ صلى الله عليه وسلم قَالَ: «أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَشْهَدُوا أَنْ لَا إلٰهَ إلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَيُقِيمُوا الصَّلَاةَ، وَيُؤْتُوا الزَّكَاةَ.
فَإِذَا فَعَلُوا ذَلِكَ عَصَمُوا مِنِّي دِمَاءَهُمْ وَأَمْوَالَهُمْ إلَّا بِحَقِّ الْإِسْلَامِ، وَحِسَابُهُمْ عَلَى اللهِ تَعَالَى».
[رَوَاهُ الْبُخَارِيُّ وَمُسْلِمٌ]

މާނައީ: އިބްނު ޢުމަރު رضي الله عنهما ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހެއް ނުވާކަމަށް ހެކިވުމާއި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމާއި ނަމާދު ޤާއިމުކޮށް އަދި (މުދަލު) ޒަކާތް ދީފުމަށް ދާންދެން މީސްތަކުންނާ ހަނގުރާމަ ކުރުމަށް، ތިމަންކަލޭގެފާނަށްވަނީ އަމުރުވެވިގެންނެވެ.
ފަހެ އެބައިމީހުން އެފަދައިން ޢަމަލުކޮށްފިނަމަ، އެބައިމީހުންގެ ލެޔާއި މުދަލަށް ތިމަންކަލޭގެފާނުގެ ކިބައިން ސަލާމަތްކަން ލިބިގެންވެއެވެ. އެއީ އިސްލާމްދީނުގެ ޙައްޤުގައި މެނުވީއެވެ. އަދި އެބައިމީހުންގެ ހިސާބުބެއްލެވުން ވަނީ ﷲ تعالى އަށެވެ."

#40hadheeth

•┈┈┈••✦▫️✦••┈┈┈•

https://dhisalafiyyah.net/article/33376

4 months, 1 week ago

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«فَإِنَّ لِزَوْجِكَ عَلَيْكَ حَقًّا، وَلِزَوْرِكَ عَلَيْكَ حَقًّا، وَلِجَسَدِكَ عَلَيْكَ حَقًّا» [متفق عليه]
މާނައީ: “ފަހެ ހަމަކަށަވަރުން ތިބާގެ މައްޗަށް ތިބާގެ އަނބިމީހާގެ ޙައްޤުވެއެވެ. އަދި ތިބާގެ މެހެމާނުންގެ ޙައްޤުވެއެވެ. އަދި ތިބާގެ ހަށިގަނޑުގެ ޙައްޤުވެއެވެ."

We recommend to visit

ɴᴏ.1 ᴄᴏᴜԹʟᴇꜱ ꜱᴛᴀᴛᴜꜱ 👫
#Old_Couple
#Angry_Couple 😠
#Cute_Couple 😍
#Caring_Couple 🤕
#Newly_Married_Couple ❤️
#A_Love_So_Romantic 💞
Channel Birthday 8th January 🎉
<<Buy Adds>>
https://telega.io/c/LOVE_VIBES_HINDI_STATUS
Contact ☎️ :- @ComRade015

Last updated 2 months, 1 week ago

॥ બય શિવરાય ॥ 🚩
.
ᴊᴏɪɴ ꜰᴀꜱᴛ ❤️🥀

Tᴀʀɢᴇᴛ - 100K ⚡️🎯
👉🏻cʀoss/ᴘᴀɪᴅ ᴘʀᴏᴍᴏᴛɪᴏɴ - @its_me_max
[ Famous नाय ओ 🔥 Favorite व्हायचंय ❤️
https://telega.io/c/Caption_Marathi_Status

Last updated 3 days, 16 hours ago

ﮩ٨ـﮩﮩ٨ـ🩵ﮩ٨ـﮩﮩ٨ـ
😘 Hi Everyone 🦋😎
ᴛᴀʀɢᴇᴛ :- ᴀᴜᴅɪᴇɴᴄᴇ ʟᴏᴠᴇ ✨🩵

𝐋𝐨𝐯𝐞 | 𝐑𝐨𝐦𝐚𝐧𝐭𝐢𝐜 |𝐒𝐚𝐝 🎼🌏

ᴜɴɪQᴜᴇ ꜱᴛᴀᴛᴜꜱ 🍃

ʟʏʀɪᴄꜱᴀʟ ꜱᴛᴀᴛᴜꜱ ᴠɪᴅᴇᴏ 🌈💨

Cross contact -: @oyee_Mr

| ꜰᴏʟʟᴏᴡ ꜰᴏʀ ᴍᴏʀᴇ 🦋🩵

Last updated 1 week ago