ɴᴏ.1 ᴄᴏᴜԹʟᴇꜱ ꜱᴛᴀᴛᴜꜱ ?
#Old_Couple
#Angry_Couple ?
#Cute_Couple ?
#Caring_Couple ?
#Newly_Married_Couple ❤️
#A_Love_So_Romantic ?
Channel Birthday 8th January ?
<<Buy Adds>>
https://telega.io/c/LOVE_VIBES_HINDI_STATUS
Contact ☎️ :- @ComRade015
Last updated 11 months, 2 weeks ago
ﮩ٨ـﮩﮩ٨ـ🩵ﮩ٨ـﮩﮩ٨ـ
😘 Hi Everyone 🦋😎
ᴛᴀʀɢᴇᴛ :- ᴀᴜᴅɪᴇɴᴄᴇ ʟᴏᴠᴇ ✨🩵
𝐋𝐨𝐯𝐞 | 𝐑𝐨𝐦𝐚𝐧𝐭𝐢𝐜 |𝐒𝐚𝐝 🎼🌏
ᴜɴɪQᴜᴇ ꜱᴛᴀᴛᴜꜱ 🍃
ʟʏʀɪᴄꜱᴀʟ ꜱᴛᴀᴛᴜꜱ ᴠɪᴅᴇᴏ 🌈💨
Cross contact -: @sharif_ladka143
| ꜰᴏʟʟᴏᴡ ꜰᴏʀ ᴍᴏʀᴇ 🦋🩵
Last updated 1 month ago
•॥ જય હરસિધ્ધિ માં ॥•
▪️ᴛᴀʀɢᴇᴛ 40K🎯
✨All 4K Quality Full Screen Status
✨ 😎👇👇
✨ @BHAVO225
✨ᴀʟʟ ᴛʏᴘᴇ sᴛᴀᴛᴜs ᴀᴠᴀɪʟᴀʙʟᴇ ʜᴇʀᴇ
✨ 4ᴋ ʜᴅ ǫᴜᴀʟɪᴛʏ sᴛᴀᴛᴜs
✨ https://t.me/BSEDITOFFICIAL_225
Last updated 3 weeks, 6 days ago
އަންހެނުން ނޭފަތް ތޮރުފުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد:
ކަންފަތުގައި އަޅުވާ އެކި ބާވަތްތަކުގެ ޒީނަތްތެރިކަމަކީ ޞަޙާބީ ބޭކަލުންގެ ޒަމާނުގައިވެސް އަންހެން ކަނބަލުން ބޭނުންކުރެއްވި ތަކެއްޗެވެ. އެހެންކަމުން ޒީނަތްތެރިކަމުގެ ގޮތުން އަންހެން ކުދިންގެ ކަންފަތް ތޮރުފުމަކީ އިސްލާމްދީނުގައި ހުއްދަކަމެކެވެ.
ނޭފަތް ތޮރުފުމާ ބެހޭގޮތުން ދަންނައެވެ. މިކަމަކީ ކަންފަތް ތޮރުފުމާ އެއް ފަދައިން، އިސްލާމީ މުޖުތަމަޢުތަކުގައި ފެތުރިފައިވާ ކަމެއް ނޫނެވެ. އެހެނަސް އިންޑިއާފަދަ ޒަމާނުއްސުރެ މިފަދަ އާދަކާދަތައް އޮންނަ ޤައުމުތަކުގައި އުޅޭ ބައެއް މުސްލިމުންވެސް މިކަން ކޮށް އުޅެއެވެ.
ފަހެ މިކަމުގެ ޙުކުމާ މެދުގައި ޢިލްމުވެރިން ވަނީ ޚިލާފުވެވަޑައިގެންފައެވެ.
- މިކަމުގައި ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ: މިއީ ޙަރާމްކަމެއްކަމުގައެވެ. އަދި މިއީ ޒީނަތްތެރިވުމަށް ކުރުން ރަނގަޅުކަމެއްގެ ގޮތުގައި އެބޭކަލުން ދެކެވަޑައިނުގަންނަވައެވެ.
- އަނެއް ބައި ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ: މިކަން މަނާކުރާ ޚާއްޞަ ދަލީލެއް ވާރިދުވެފައި ނުވާތީ ތިން ޝަރުޠަކާ އެކުގައި މިކަން ހުއްދަކަމުގައެވެ. އެއީ:
1. މިކަން ކުރަނީ އަންހެނެއްކަމުގައިވުން (ފިރިހެނުންނަށް މިކަން ކުރުން ހުއްދައެއް ނޫން)
2. މިކަމަކީ އެމީހަކު އެ އުޅޭ މުޖުތަމަޢެއްގައި ފެތުރިފައިވާ ޢާންމުކަމަކަށްވުމާއި މިކަން ކުރަނީ ޣައިރު މުސްލިމުން އެކަން ކުރާތީ އެބައިމީހުންނަށް ތަބާވުމަށްކަމުގައި ނުވުން.
3. ނޭފަތް ތޮރުފުމުގައި އެއްވެސް ގެއްލުމެއް ނުވާނެކަން ކަށަވަރުކުރުން. އެގޮތުން "މެޑިކަލީ" ބަލާ މިންގަނޑުތަކެއްގެ ދަށުން، އެކަމުގެ މާހިރެއް ލައްވާ ޞިއްޙީ ގޮތުން ރައްކާތެރި ގޮތެއްގައި މިކަން ކުރުން.
މިކަމުގައި ރައްކާތެރި ގޮތަކީ މިކަމާ ދުރުހެލިވުމެވެ. އަދި ވަކިން ޚާއްޞަކޮށް އަޅުގަނޑުމެންގެ ރާއްޖެއަކީވެސް މިކަން ފެތުރިފައިވާ މުޖުތަމަޢަކަށް ނުވާ އިރުގައި އަދި އެއްވެސް ޚިލާފެއް ނެތި އިސްލާމްދީނުގައި ހުއްދަކުރައްވާފައިވާ ޒީނަތްތެރިކަމުގެ އެތައް ކަމެއް ވާއިރުގައި މިފަދަ ކަމެއް ދޫކޮށްލުމަކީ އެމީހެއްގެ ދީންވެރިކަމާއި އަބުރަށް އެންމެ ރައްކާތެރި ގޮތްކަމުގައި ދެކެމެވެ. والله أعلم.
ބައްލަވާ: مجموع فتاوى ورسائل فضيلة الشيخ محمد بن صالح العثيمين (11 / 137) والجراحة التجميلية لد. صالح بن محمد الفوزان (ص: 214 – 215، 225 - 231).
•┈┈┈••┈••┈┈┈•
? އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ
ފެން ޖަގަކަށް ކީރިތި ޤުރުއާން ކިޔަވާފައި އެ ފެން ޖަގު ފާޚާނާއަކަށް ވެއްދިދާނެ ހެއްޔެވެ؟
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد:
ކީރިތި ޤުރުއާން ފެނަށް ކިޔަވާފައި، ހަޑި ފެން ދާ ތަނަކަށް އެ ނޭޅުމަށް ކުރީގެ ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އަދި އެބޭކަލުން އެކަން ހިމަނުއްވާފައިވަނީ ކީރިތި ޤުރުއާނާ މެދުގައި އަދަބުވެރިވުމުގެ ތެރެއިންނެވެ. އެހެނަސް އެކަން މަނާ ކުރާނޭ ސާފު، ޞަރީޙަ ދަލީލެއް ފެންނާކަށް ނެތެވެ. އަދި އެފަދައިން ކިޔަވާފައި ހުންނަ ފެނުގައި އެ ހުންނަ އަސަރަކީ މަޢުނަވީ އަސަރެކެވެ. އެއީ ޙިއްސީ ގޮތުން މުޞްޙަފު (ޚަތިމު) ފަދައިން ފެންނަން ހުންނަ އެއްޗެއް ނޫނެވެ.
އެހެންކަމުން މިކަމުގައި ޚިލާފުން ދުރު ރައްކާތެރި ގޮތަކީ ފާޚާނާ ނޫން ސާފު ތަނެއްގައި އެފަދަ ފެނަކުން ފެން ވެރެން އޮތްނަމަ އެފަދަ ތަނެއްގައި އެކަން ކުރުމެވެ. އަދި އެފަދަ ސާފު ތަނެއް ނެތްނަމަ، ފާޚާނާއަށް އެފަދަ ފެން ވެއްދުމަކީ މައްސަލައެއް ނޫނެވެ.
[ބައްލަވާ: الآداب الشرعية لابن مفلح (2 / 456) وفتاوى اللجنة الدائمة، المجموعة الثانية (1 / 103) رقم الفتوى: (20223)، السؤال الأول]
•┈┈┈••┈••┈┈┈•
? އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ
ފަހަކަށް އައިސް ، ޢުމްރާ ގްރޫޕްތަށް ގިނަވެ ، ގްރޫޕްތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވެ ، ކޮންމެ ގްރޫޕަކުންވެސް މި ބަލަނީ އަނެއް ގްރޫޕަށް ވުރެން މޮޅަށް ތަފާތު އާގޮތަކަށް އާކަމެއް ، އިޝްތިހާރުކޮށްލެވޭތޯއެވެ . އެއްގްރޫޕުން 3 އުމްރާ ކުރުވާ ވާހަކަ އިޝްތިހާރު ކުރިއްޔާ ، އަނެއް ގްރޫޕުން އެއަދަދު 5 އުމްރާއަށް ބަދަލުކޮށްގެން އިޝްތިހާރުކުރަން ފަށައެވެ . ނަމަވެސް ޝަރުޢީގޮތުން ބަލާއިރު ބައެއް ޚާއްޞަ ޙާލަތްތަކުގައި މެނުވީ އެއްދަތުރެއްގައި ގިނަ ޢުމްރާތައް ކުރުމެއް ނުވެސް އޮވެއެވެ .
އެއްބަޔަކު މިޔުޒިއަމަކަށް ގެންގޮއްސިއްޔާ އަނެއްބަޔަކު ކޮންމެވެސް ޕާރކަކަށް ، ނުވަތަ އެޑްވެންޗާރ ފަރުބަދައަކަށް އަރަން ، މިހިންގޮސް އަޅުކަމާއި އެއްވެސް ގުޅުމެއް ނެތް ޙަރަކާތްތަށް ގިނަވެގެންގޮސް މައްކާއަށް ދިޔުމުގެ އަޞްލު ބޭނުންކަމަށްވާ ޙަރަމްފުޅުގައި އަޅުކަން ކުރުމާއި ނަމާދުކޮށް އެއްލައްކަ ސަވާބު ހޯދުމާއި އެތާގައި ވަޤުތުހޭދަކުރުމުގެ މާތް މަޤްސަދު ގެއްލިގެންއެބަދެއެވެ .
-އައްޝައިޚް މުޙައްމަދު ޠައްޔިބް-
އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.
"ހަމަކަށަވަރުން ޤިޔާމަތް ދުވަހު ފަރުބަދަތައް ވަރުގެ ހެޔޮ ކަމާއިގެން އަޅަކު އަންނާނެއެވެ. އެހެނަސް އޭނާއަށް ފެނިގެންދާނީ އޭނާގެ ދުލުގެ ސަބަބުން އެ ހުރިހާ ހެޔޮކަމެއް ނެތި ގޮސްފައިވާ ކަމެވެ.
އަދި ފަރުބަދަތައް ވަރުގެ ނުބައިކަންތައް ހިފައިގެންވެސް އަޅަކު އަންނާނެއެވެ. އެހެނަސް އޭނާއަށް ފެނިގެންދާނީ އޭނާގެ ދުލުން، ގިނަގިނައިން ﷲގެ ޛިކުރު ކޮށްފައިވާތީ އަދި އެކަމާ ގުޅުން ހުރި ޢަމަލުތައް ކޮށްފައިވާތީ އެ ނުބައި ކަންތައްތައް ނެތި ގޮސްފައިވާ ކަމެވެ."
[الداء والدواء لابن القيم (ص: ٣٧٥)]
ޤުރައިޝް ސޫރަތުގެ ދިވެހި ތަރުޖަމާ
Dhevana-Khaleefa-Umar-bun-AlKhatthaab.pdf
ɴᴏ.1 ᴄᴏᴜԹʟᴇꜱ ꜱᴛᴀᴛᴜꜱ ?
#Old_Couple
#Angry_Couple ?
#Cute_Couple ?
#Caring_Couple ?
#Newly_Married_Couple ❤️
#A_Love_So_Romantic ?
Channel Birthday 8th January ?
<<Buy Adds>>
https://telega.io/c/LOVE_VIBES_HINDI_STATUS
Contact ☎️ :- @ComRade015
Last updated 11 months, 2 weeks ago
ﮩ٨ـﮩﮩ٨ـ🩵ﮩ٨ـﮩﮩ٨ـ
😘 Hi Everyone 🦋😎
ᴛᴀʀɢᴇᴛ :- ᴀᴜᴅɪᴇɴᴄᴇ ʟᴏᴠᴇ ✨🩵
𝐋𝐨𝐯𝐞 | 𝐑𝐨𝐦𝐚𝐧𝐭𝐢𝐜 |𝐒𝐚𝐝 🎼🌏
ᴜɴɪQᴜᴇ ꜱᴛᴀᴛᴜꜱ 🍃
ʟʏʀɪᴄꜱᴀʟ ꜱᴛᴀᴛᴜꜱ ᴠɪᴅᴇᴏ 🌈💨
Cross contact -: @sharif_ladka143
| ꜰᴏʟʟᴏᴡ ꜰᴏʀ ᴍᴏʀᴇ 🦋🩵
Last updated 1 month ago
•॥ જય હરસિધ્ધિ માં ॥•
▪️ᴛᴀʀɢᴇᴛ 40K🎯
✨All 4K Quality Full Screen Status
✨ 😎👇👇
✨ @BHAVO225
✨ᴀʟʟ ᴛʏᴘᴇ sᴛᴀᴛᴜs ᴀᴠᴀɪʟᴀʙʟᴇ ʜᴇʀᴇ
✨ 4ᴋ ʜᴅ ǫᴜᴀʟɪᴛʏ sᴛᴀᴛᴜs
✨ https://t.me/BSEDITOFFICIAL_225
Last updated 3 weeks, 6 days ago