Hunafa -Millat Ibraheem (dhivehi)

Description
Advertising
We recommend to visit

? Assalomu Aleykum, bu kanalda PUBG Akkaunt, Klan, TikTok, Youtube, Tg Kanal OLIB va SOTISH mumkin, malumot ?

⚜️ REKLAMA 15.000 so’m: @TonyYT

ADMINSIZ SAVDOGA EXTYOT BO’LING ✅

? Elon va Garant: @TonyYT

? Glavniy kanalimiz: @TonYOUTUBER

Asosiy Kanalga Kirish Uchun Ushbu Ssilkani Bosing ???

https://t.me/+VyNOscixlOZhNmQy
https://t.me/+VyNOscixlOZhNmQy
https://t.me/+VyNOscixlOZhNmQy

??? Barcha Akkauntlarni Sotib Olish Uchun Ushbu Kanalga Kiring ‼️

©️ SENATOR PUBGM

Eng So'ngi Xit Muzikalarni bizning kanalda tinglang!⚡️

? Birinchi bizda keyin boshqalarda. Hech qanday pechatsiz orginal taronalar joylab boramiz.


? Reklama: @Xojisaid

9 months, 3 weeks ago

? ”ނަފްސުގެ ޠަބީޢަތްތައް (މިޒާޖުތައް)

މީސްތަކުންގެ މެދުގައި ޠަބީޢަތްތައްވަނީ ތަފާތުވެގެންނެވެ. އަދި ޠަބީޢަތްތަކުގައި އެއްގޮތްވުމަކީ ވަރަށްވެސް ނުވާނޭ ކަމެކެވެ.

އެގޮތުން ނަފްސެއް ހިތްވަރުގަދަވެ ނުވަތަ ފިނޑިވެގެންވެދާނެއެވެ.
ބާރުގަދަވެ ނުވަތަ ބަލިކަށިވެގެންވެދާނެއެވެ.
ލަސްލަހުން އުޅޭ ނުވަތަ އަވަސްއަރައިގެން އުޅޭ ޠަބީޢަތެއްކަމުގައި ވެދާނެއެވެ.
ރުޅިގަދަ ނުވަތަ ހަމަހިމޭންކޮށް ވެދާނެއެވެ.
ހަރުކަށި ނުވަތަ މަޑުމައިތިރި ފަސޭހަކޮށްވެދާނެއެވެ.
ހުށިޔާރުވެ ފަރުވާތެރިވާ ނުވަތަ ސަމާލުކަމެއްނެތި ޣާފިލުވާ ޠަބީޢަތަކަށް ވެދާނެއެވެ.
ދަހިވެތި ނުވަތަ ހިތްރުހޭ،
ކަންނެތް ނުވަތަ މުރާލިކޮށްވެސް ވެދާނެއެވެ.

މިޠަބީޢަތްތަކުގައި ނަފްސުތައް ތަފާތުވެގެންވެއެވެ. އެފަދައިންމެ އެޠަބީޢަތްތައް ހަރުލާ ހުންނަ މިންވަރުތައްވެސް ތަފާތުވެއެވެ. އެއީ ދިރިއުޅުމުގައި އިންސާނާ އޭގެ މައްޗަށް ހެދިބޮޑުވަމުން އަންނަ މިންވަރެއްގެ މައްޗަށެވެ.

އެގޮތުން ހިތްވަރުގަދަކަމާއި ބާރުގަދަކަމުގެ މިންވަރުތައްވަނީ ތަފާތުވެގެންނެވެ. އެއްވަރަކަށް ނޫނެވެ.

ނަފްސުތައް ކޮންމެ ވައްތަރެއްގައި ކޮންމެ މިންވަރެއްގައި އެއްގޮތްވެ އެއްވަރުވުމަކީ ވަރަށް ނާދިރުކަމެކެވެ. އެކަންކަން އެއްގޮތްނުވުމަކީ ކައުނުގައިވާ އިލާހީ ސުންނަތެކެވެ. އެއީ އިންސާނުންގެ މެދުގައި ވަޒަން ހިފެހެއްޓި، އެއްބަޔަކު އަނެއްބަޔަކާ ކަންކަން ގުޅިގެންވުމަށެވެ. އެއީ ދިރިއުޅުން ސީދާވެ، ހިނގަމުން ދިޔުމަށެވެ. ދެން މީސްތަކުންގެ މެދުގައި އެއްބަޔަކު އަނެއްބަޔަކު ފުރިހަމަކޮށްދޭ ގޮތަށްވެއެވެ.

އެމީހުންގެ ޠަބީޢަތްތައް އެއްގޮތަކަށް އެއްފަދައަކުން ވީނަމަ؛ އެމީހުންގެ އިޚްތިޔާރުތަކާއި އެދުންތަކުގައި އެއްގޮތްވެ އިއްތިފާޤުވީހެވެ. އަދި އޭރުން ޢަމަލުކުރުމަށް ބާރުއަޅުވާ ގެންދާނެ ވަރުގަދަ ކަމެއް ނުވެއެވެ.

އެހެނީ ޢަމަލުކުރުމަށް ގެންދާކަމަކީ: އެކަކު އަނެކަކާ ވާދަކުރުމެވެ. ވާދަކުރުމަށް ގެންދާ ކަންތައްވަނީ މިތާ ގެއްލިގެންނެވެ.

ނަމަވެސް ޠަބީޢަތްތައް ތަފާތުވެ، އެކަކު އަނެކަކުގެ ކިބައިން އެމީހަކު އެދޭކަމެއް ނަގާގޮތަށްވުމުން، މަންފާތައް އެއްބަޔަކު އަނެއްބަޔަކާ ބަދަލުކޮށް، އެއްބަޔަކު އަނެއްބަޔަކު ކިބައިން ގެއްލުންތައް ދުރުކުރެއެވެ...

އިންސާނާގެ ދިރިއުޅުމާއި ހެދިބޮޑުވުމުގެ ސަބަބުން ނަފްސުގެ ޠަބީޢަތްތަކަށް އަސަރުކުރުމުގެ މާނައަކީ:
އިންސާނާގެ ގައިގައި އެޞިފަތަކަށް (ކުރީބައިގައި) ޠަބީޢަތް ނުވާ ވާހަކައެއް ނޫނެވެ. އެއީ ނަފްސުގެ ބައެއް ފަލްސަފާވެރިން ދަޢުވާކުރާ ގޮތަށް އިންސާނާއަށް ޠަބީޢަތޭ ކިޔާ އެއްޗެއް ނުވެއެވެ. އެކަމަކު އިންސާނާގެ ޒާތަށް އެހެން ކަންކަން ހޯދައިގަނެވެނީކަމަށް އަދި ނަފްސަކީ ސުލޫކުތައް ރައްކާކޮށް ޚަޒާނާކުރާ އެއްޗެއްކަމަށެވެ....

ޞައްޙަ ބަހަކީ: އަމުރުތަކާއި ތަފާތު ތަކްލީފުތައް އައީ ޠަބީޢަތްތައް ވުމުގެ ފަހުންނެވެ. އެއީ އެއާ އެއްބަސްވާ ގޮތަށް އެކަންކަން ވުމަށެވެ. އެހެނީ ނަފްސުތަކުގެ ޠަބީޢަތްތައް ބަދަލުކުރުމަކީ ވަރަށްވެސް ބުރަ އުނދަގޫކަމެކެވެ. އަދި އޭގެ ތެރޭގައި ބަދަލު ނުވެސް ކުރެވޭނެ ކަންކަންވެއެވެ. އެއީ އިންސާނާ ކިތަންމެ ވަރަކަށް (އެކަން ބަދަލުވާނޭކަމަށް) ބޮޑާދެއްކިޔަސްމެއެވެ....

ނަފްސުގެ ޠަބީޢަތްތަކުގެ ތެރޭގައި އިންސާނާ އޭގެ މައްޗަށް ޚަލްޤުކުރެވި، އޭގެ މައްޗަށް ބައްޓަންކުރެވި ފަރުމާކުރެވޭ ކަންކަންވެއެވެ. އެއީ އޭނާ ޤަބޫލުކުރާ ދީނަކާ އެކަންކަން ގުޅުމެއްވެސް ނެތިއެވެ.

އެގޮތުން ދީން ޤަބޫލު ނުކުރާ މުލްޙިދެއްކަމުގައިވާ ޙާލުވެސް، މެދުމިނުގެ ނަފްސެއްގެ ޠަބީޢަތް ހުރެދާނެއެވެ.
އަދި އަނެއްކޮޅުން މުއުމިނެއްކަމުގައި ވާޙާލު، ހަރުކަށި ކަށްޓަރު ރުޅިގަދަ، އަވަސްއަރައިގެން އުޅޭ ނަފްސެއްގެ ޠަބީޢަތް ހުރެދާނެއެވެ.

މިހެންވެ ހުރިހާ މިއްލަތްތަކެއްގައި، ހުރިހާ ވައްތަރެއްގެ ނަފްސުގެ ޠަބީޢަތްތައް އުޅެއެވެ. އަދި އިންސާނާ އެއް ދީނުން އަނެއް ދީނަށް ބަދަލުވާހިނދުވެސް އިންސާނާއާއެކު އެޠަބީޢަތް އިންތިޤާލުވެއެވެ. އިންސާނާ އޭގެ މައްޗަށް ޚަލްޤުކުރެވޭ އެޠަބީޢަތްތައް، ބިން އޭގެ މައްޗަށް އުފެއްދެވުނު މަޢުދަނުތަކާ ވައްތަރުކުރެވިގެންވެއެވެ. އެގޮތުން ޙަދީޘްގައި އައިސްފައިވެއެވެ:

"އިންސާނުންނީ މަޢުދަންތަކެކެވެ. ރަނާއި ރިހީގެ މަޢުދަންތައް ފަދައިންނެވެ. ޖާހިލިއްޔަތުގައި އެމީހުންގެ ތެރެއިން އެންމެ ހެޔޮމީހުންނީ، ފިޤުހުވެރިވެއްޖެނަމަ އިސްލާމްދީނުގައިވެސް އެންމެ ހެޔޮވެގެންވާ މީހުންނެވެ."

އެހެންކަމުން އިންސާނާގެ މުރޫއަތްތެރިކަމާއި ދީލަތިކަމާއި، އަޚްލާޤުގެ ރިވެތިކަމާއި ނަފްސުގެ ޢިއްޒަތާއި، ރުޅިމަޑުކަމާއި މަޑުމައިތިރިކަމުގެ ޞިފަތައް އޭނާ ކޮންމެ މިއްލަތަކަށް ބަދަލުވިޔަސް އޭނާއާއެކުގައި އިންތިޤާލުވެއެވެ.“

-ޝެއިޚު ޠަރީފީ-

? އަލްފަޞްލު ބައިނައް ނަފްސި ވަލްޢަޤްލު ?

#الطريفي

10 months ago

▪️އެހެން ރިވާޔަތެއްގައިވެއެވެ. އިބްނު މަސްޢޫދުގެ އަރިހުން ސުވާލުކުރެވުނެވެ:
"ﷲ ގެ ރަސޫލާ صلى الله عليه وسلم ތިބާއަށް "ސުވާލުކޮށް ދަންނަވާށެވެ! ތިބާއަށް އެކަމެއް ދެއްވޭނެއެވެ." މިހެން ޙަދީޘްކުރެއްވި ރޭގައި، ތިބާ ކުރީ ކޮން ދުޢާއެއްތޯއެވެ؟"

ވިދާޅުވިއެވެ:
"އަހަރެން ދުޢާކުރީ މިހެންނެވެ:

«اللَّهُمَّ إِنِّي أَسْأَلُكَ إِيمَانًا لَا يَرْتَدُّ، وَنَعِيمًا لَا يَنْفَدُ، وَمُرَافَقَةَ نَبِيِّكَ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي أَعْلَى دَرَجَةِ ‌الْجَنَّةِ ‌جَنَّةِ ‌الْخُلْدِ»
"އޭ ﷲ އެވެ! ފަސްއެނބުރި ރުޖޫޢަވުމެއް (މުރުތައްދުވުމެއް) ނުވާ އީމާންކަމަކާއި، ހުސްވެގެންނުދާނޭ ނިޢުމަތަކާއި، އިބައިލާހުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އާއެކުގައި ސުވަރުގޭގެ -ޖަންނަތުލް ޚުލްދުގެ- އެންމެ މަތީގައި ދަރަޖާގައި ލެއްވުމަށް މިއަޅާ އެދި ދަންނަވަމެވެ." “

? މުޞައްނަފު އިބްނު އަބީ ޝައިބާ ?

10 months ago

?އުބައްޔު ބްނު ކަޢުބު، ރަސޫލާ صلى الله عليه وسلم އަށް ދެންނެވިއެވެ:
”އޭ ﷲ ގެ ރަސޫލާއެވެ!

އަހަރެން ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔުން ގިނަކުރަމެވެ.
ފަހެ އަހަރެންގެ (އަމިއްލަ ނަފްސަށް ކުރާ) ދުޢާއިން ކަލޭގެފާނަށްޓަކައި (ޞަލަވާތްކިޔުމަށް) ހަދަންވީ ކިހާވަރެއްތޯއެވެ؟"

ޙަދީޘްކުރެއްވިއެވެ:
"ތިބާ ބޭނުން ވަރެކެވެ."

އަހަރެން ދެންނެވީމެވެ:
"(އަހަރެންގެ ނަފްސަށްކުރާ ދުޢާގެ) ހަތަރުބައިކުޅަ އެއްބައެވެ."

ޙަދީޘްކުރެއްވިއެވެ:
"ތިބާ އެދޭ ވަރެކެވެ. އަދި ތިބާ އިތުރުކޮށްފިނަމަ ފަހެ އެގޮތް ތިބާއަށް ހެޔޮވެގެންވެއެވެ."

އަހަރެން ދެންނެވީމެވެ:
"ދެބައިކުޅަ އެއްބައެވެ."

ޙަދީޘްކުރެއްވިއެވެ:
"ތިބާ ބޭނުން ވަރެކެވެ. އަދި ތިބާ އިތުރުކޮށްފިނަމަ ފަހެ އެގޮތް ތިބާއަށް މާހެޔޮވެގެންވެއެވެ."

އަހަރެން ދެންނެވީމެވެ:
"އެހެންވިއްޔާ ތިންބައިކުޅަ ދެބައެވެ."

ޙަދީޘްކުރެއްވިއެވެ:
"ތިބާ އެދޭ ވަރެކެވެ. އަދި ތިބާ އިތުރުކޮށްފިނަމަ ފަހެ އެގޮތް ތިބާއަށް މާހެޔޮވެގެންވެއެވެ."

އަހަރެން ދެންނެވީމެވެ:
"އަހަރެން ކުރާ ދުޢާ އެއްކޮށް އެހެންވިއްޔާ ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުންކަމުގައި ހަދާހުށީމެވެ."

ޙަދީޘްކުރެއްވިއެވެ:
"އެހެން ހަދައިފިނަމަ ތިބާ ކަންބޮޑުވާ ކަންތައް ތިބާއަށް ފުއްދޭދެވޭނެއެވެ.
އަދި ތިބާގެ ފާފަ ފުއްސަވާދެވޭނެއެވެ."

? މުސްނަދު އަޙްމަދު، ސުނަނުއް ތިރްމިޛީ، އަލްމުސްތަދްރަކު ލިލްޙާކިމް ?

?ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ (728ހ) ވިދާޅުވިއެވެ:

"އެބަހީ: ތިބާގެ (އަމިއްލަ ނަފްސަށް ދުޢާކުރުމުން) ތިބާ ތިޔަ ހޯދަން އުޅެނީ:

ތިބާއަށް ކަންބޮޑުވުމެއް ޖައްސާ އަދި ފާފައަކަށް ގެންދާނެ ގެއްލުމެއް ދުރުކޮށް ފިލުވާލަންށެވެ.

ދެންފަހެ ތިބާގެ ތިޔަ ދުޢާކުރުމުގެ ބަދަލުގައި، ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވައިފިނަމަ ތިބާގެ މަޤްޞަދު ޙާޞިލުވާނެއެވެ.

މިއީ މުނާސަބު މާނައެކެވެ. އެހެނީ މީހާ، އޭނާގެ އަޚާ ނެތް ތާނގައި އޭނާއަށް ކޮށްދޭ ދުޢާއަށް، އެއާ ޙަވާލުވެގެންވާ މަލާއިކަތާ މިހެން ވިދާޅުވާކަން ޘާބިތުވެގެންވެއެވެ:
"އާމީން. އަދި ތިބާއަށްވެސް ހަމަ ތިފަދައިން ހުއްޓެވެ."..

ދެންފަހެ މީހާ އޭނާގެ ނަފްސަށް ދުޢާކުރުމުގެ ބަދަލުގައި، ނަބިއްޔާ صلى الله عليه وسلم އަށް (ޞަލަވާތްލެއްވުމަށް) ދުޢާކޮށްދޭނަމަ؛ ފަހެ އޭނާގެ އަމިއްލަ ނަފްސަށް ހޯދަން އުޅޭ ކަންތަކަށްވުރެ މާމަތިވެރި ކަންތަކެއް އޭނާއަށް ޙާޞިލުވީހެވެ."

? ޖާމިޢުލް މަސާއިލު ?

«اللهمَّ صلِّ على محمَّد، وعلى آل محمَّد، كما صليتَ على إبراهيم وعلى آل إبراهيم؛ إنَّك حميدٌ مجيد. اللهمَّ بارِك على محمَّد وعلى آل محمَّد، كما باركتَ على إبراهيم وعلى آل إبراهيم؛ إنَّك حميدٌ مجيد.»

? އިބްނު މަސްޢޫދު (32ހ) ވިދާޅުވިއެވެ:

”އަހަރެން އެއްފަހަރަކު ނަމާދުކުރަން ހުއްޓާ ނަބިއްޔާ صلى الله عليه وسلم އަހަރެންގެ ކައިރިން ލާފައި ވަޑައިގެންނެވިއެވެ.

[އެހެން ރިވާޔަތެއްގައި: ނަބިއްޔާ صلى الله عليه وسلم އާއި އަބޫބަކުރުއާއި ޢުމަރު އެއްދުވަހެއްގައި ނިކުމެވަޑައިގެންނެވިއެވެ. އެއީ އަބޫބަކުރު ދެއްވި ދަޢުވަތަކަށެވެ. ދެން އެބޭކަލުންގެ ގެއިން ނިކުންނަވާ މަދީނާގެ މިސްކިތަށް ވަޑައިގެންނެވިއިރު ޢަބްދު ﷲ ބްނު މަސްޢޫދު ނަމާދުކުރައްވާ ޤިޔާމްގައި ހުންނަވާ ޤުރްއާން ކިޔަވާ ވިދާޅުވަނީއެވެ. ދެން އައްތަޙިއްޔާތަށް އިށީންނަވާ އައްތަޙިއްޔާތު ކިޔުއްވާ، ﷲ އަށް އެންމެ ރިވެތި ޘަނާއިން ޘަނާ ކިޔުއްވާ، ނަބިއްޔާ صلى الله عليه وسلم އަށް ޞަލަވާތް ލެއްވުމަށް ދުޢާކުރައްވާ، ދެން އެއަށްފަހު ދުޢާކުރައްވަން ފެށްޓެވިއެވެ.]

ދެން ނަބިއްޔާ صلى الله عليه وسلم (ދުރުގައި ހުންނަވާ) ޙަދީޘްކުރެއްވިއެވެ:
"އޭ އިބްނު އުންމު ޢަބްދެވެ! ސުވާލުކޮށް އެދޭށެވެ! ތިބާއަށް ދެއްވޭހުއްޓެވެ."

ޢުމަރު ވިދާޅުވިއެވެ:
"ދެން އަހަރެންނާއި އަބޫބަކުރުއާ ދެމީހުން އިބްނު މަސްޢޫދުގެ ގާތަށް (އެޚަބަރުދީ ސުވާލުކުރުމަށްޓަކައި) އަވަސްވެގަތީމެވެ.
އަދި އަބޫބަކުރު އަހަރެންނަށްވުރެ ކުރިއަރާ ދިޔައެވެ. އެއްވެސް ކަމެއްގައި އަބޫބަކުރުއާ އަހަރެންނާ ވާދަޖަހައިފިނަމަ އަބޫބަކުރު އަހަރެންނަށްވުރެ ކުރިހޯދައެވެ."

ދެން އެދެބޭކަލުން (އިބްނު މަސްޢޫދު ކުރެއްވި ދުޢާއެއް އޮޅުންފިލުވާ) ސުވާލުކުރެއްވިއެވެ.
އިބްނު މަސްޢޫދު ވިދާޅުވިއެވެ:
"އަހަރެން ވަރަށް ދޫކޮށްނުލާ ކިޔާ ދުޢާތަކުގެ ތެރެއިން ދުޢާއެކެވެ:

«اللَّهُمَّ إِنِّي أَسْأَلُكَ ‌نَعِيمًا ‌لَا ‌يَبِيدُ، وَقُرَّةَ عَيْنٍ لَا تَنْفَدُ، وَمُرَافَقَةَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي أَعْلَى الجَنَّةِ، جَنَّةِ الْخُلْدِ»
އޭ ﷲ އެވެ! ފަނާވެނުދާނޭ ނިޢުމަތްތަކާއި، ނެތި ހުސްނުވާނޭ ލޮލުގެ ފިނިކަމާއި، ސުވަރުގޭގެ އެންމެ މަތީގައި -ޖަންނަތުލް ޚުލްދު-ގައި ނަބިއްޔާ صلى الله عليه وسلم އާއެކުގައި މިއަޅާ ލެއްވުމަށް އެދި އިބައިލާހުގެ ޙަޟްރަތަށް ދަންނަވަމެވެ." “

? މުސްނަދު އަޙްމަދު، އަލްމުޢުޖަމުލް ކަބީރު، އަލްމުސްތަދްރަކު ލިލްޙާކިމް ?

11 months, 2 weeks ago

މަޠަރުލް ވައްރާޤު ވިދާޅުވިއެވެ:
"ސުންނަތުގައި މަދު ޢަމަލެއްކުރުންވެސް، ބިދުޢާގައި ގިނަ ޢަމަލުތަކެއް ކުރުމަށްވުރެ ހެޔޮވެގެންވެއެވެ. ސުންނަތުގެ މަތީގައި ޢަމަލުކޮށްފި މީހާގެ ޢަމަލު ﷲ އޭނާގެ ކިބައިން ޤަބޫލު ކުރައްވާނެއެވެ. އަދި ބިދުޢައިގެ މަތީގައި ޢަމަލުކޮށްފި މީހާ، ﷲ އޭނާގެ ބިދުޢަ އަނބުރާ ރައްދުކުރައްވާނެއެވެ. "
-ޙިލްޔަތުލް އައުލިޔާއު: 3/ 76-

އުބައްޔު ބްނު ކަޢުބު ވިދާޅުވިއެވެ:
"ތިޔަބައިމީހުންގެ މައްޗަށްވަނީ ސުންނަތާއި (ސަލަފުންގެ) މަގުގައި ހިފުމެވެ. އެހެނީ ސުންނަތާއި މަގުގެ މަތީގައިހުރި ބިމުގައިވާ އެއްވެސް އަޅަކު ދެން އޭނާގެ ނަފްސުގައި ﷲ ގެ ޛިކުރުކޮށް އޭނާގެ ހަންގަނޑު ތުރުތުރު އަޅައިގެން ދާހިނދު ގަހެއްގެ މިޘާލުގައި މެނުވީ ނުވެއެވެ. އެގަހުގެ ފަތްތައް ހިކިފައިވަނިކޮށް ބާރު ވައި ރޯޅިއެއް ޖެހި އެގަހުގެ ފަތްތައް ފައިބައިގެން ދެއެވެ. އެގަހުގެ ފަތްތައް ފައިބައިގެން ދާފަދައިން ﷲ އޭނާގެ ފާފަތައް ފުއްސަވާނެއެވެ. އަދި ހަމަކަށަވަރުން (ސަލަފުންގެ) މަގާއި ސުންނަތުގެ މަތީގައި އިޤްތިޞާދުކޮށްލުންވެސް އެމަގާއި ސުންނަތާއި ޚިލާފުވެގެންވާ ގޮތުގައި ގަދައަޅާ އިޖްތިހާދުކުރުމަށްވުރެ ހެޔޮވެގެންވެއެވެ. ފަހެ ތިޔަބައިމީހުން ބަލާށެވެ. ތިޔަބައިމީހުންގެ ޢަމަލުތައް އިޤްތިޞާދުކޮށް ކުރިޔަސް އިޖްތިހާދުކޮށް ކުރިޔަސް ނަބިއްޔުންގެ މަންހަޖާއި ސުންނަތުގެ މަތީގައި ވޭތޯ ބަލާށެވެ."
-އަލްއިބާނަތުލް ކުބްރާ: 250-

އިބްނު ތައިމިއްޔާ ވިދާޅުވިއެވެ:
.އަދި ސަލަފުންގެ ބަސްފުޅުތަކުގައިވާ ސުންނަތުގެ ލަފްޡުގައި، އަޅުކަންތަކާއި ޢަޤީދާގެ ކަންތަކުގެ ސުންނަތްތައް ޝާމިލުވެއެވެ. އެއީ ސުންނަތުގައި ލިޔުއްވި ގިނަ ބޭކަލުން، ޤަޞްދުކުރެއްވީ ޢަޤީދާގެ ކަންތަކުގައި ވާހަކަދެއްކެވުމަށް ކަމުގައިވިޔަސްމެއެވެ. އެއީ އިބްނު މަސްޢޫދުއާއި އުބައްޔު ބްނު ކަޢުބާއި އަބުއް ދަރްދާއުގެ ބަސްފުޅު ގައި ވާ ފަދައިންނެވެ.."
-މަޖްމޫޢުލް ފަތާވާ: 28 / 178-

އަހުލުއްސުންނާގެ ޢަޤީދާގެ މަތީގައިހުރެ ރޭއަޅުކަންނުކޮށް ނިދާ މީހާ ނުވަތަ ފިނިކުރި ކޮޓަރީގައި އިންނަ މީހާއާއި، ޚަވާރިޖުން، މުރުޖީން، ޖަހްމީން، އަޝްޢަރީން، ރާފިޟީން، ޝިޔަޢީން، ޤަދަރީންފަދަ ސުންނަތުގެ ޢަޤީދާއާއި މަންހަޖާއި ޚިލާފު ބިދުޢަވެރި ޢަޤީދާތަކުގެ މަތީގައިހުރެ އަޅުކަންތަކާއި ޢަމަލުތަކުގައި ގަދައަޅާ މަސައްކަތްކޮށް ޤުރުބާންވާ މީހާއާއި އެއްވަރުވެގެން ނުވެއެވެ. މީގެ ބައެއް ބިދުޢަތަކަކީ ދީނުން ބޭރުވާ ކުފުރެވެ.

އަބުލް އަޙްވަޞު ސައްލާމު ބްނު ސުލައިމު އެކަލޭގެފާނުގެ އަމިއްލަ ނަފްސަށް ވިދާޅުވެއެވެ:
"އޭ ސައްލާމެވެ! ސުންނަތުގެ މަތީގައި ނިދާށެވެ. (އެކަންވެސް) ބިދުޢައިގެ މަތީގައިހުރެ ތިބާ (ރޭއަޅުކަންކުރަން) ޤާއިމުވުމަށްވުރެ ހެޔޮވެގެންވެއެވެ."
-އަލްއިބާނަތުލް ކުބްރާ :251-

ބިދުޢައިގެ އަހުލުވެރިޔާ އަޅުކަމުގައި، ޢަމަލުގައި ގަދައަޅާ މަސައްކަތްކުރާ ވަރަކަށް އޭނާ ﷲ ގެ ޙަޟްރަތާއި ދުރަށް ދިޔުން ނޫންކަމެއް ނުވާނެއެވެ. އަލްޙަސަނުލް ބަޞަރީ އަދި އައްޔޫބު އައްސަޚްތިޔާނީ ވިދާޅުވިއެވެ:
"ބިދުޢައިގެ އަހުލުވެރިޔާ ގަދައަޅާ މަސައްކަތްކުރުން -ނަމާދާއި ރޯދައާއި- ގިނަކުރާވަރަކަށް ﷲ ގެ ޙަޟްރަތުން ދުރުވުން ނޫންކަމެއް މެނުވީ ނުވެއެވެ."
-އަލްބިދަޢު ލިއިބްނި ވައްޟާޙު: 66- / ޙިލްޔަތުލް އައުލިޔާއު: 3 /9-

ބިދުޢައިގެ މަތީގައިހުރެ ނަމާދާއި، ރޯދައާއި، ޙައްޖާއި، ޖިހާދާއި، ޒުހުދުވެރިކަންފަދަ ކިތަންމެ މަތިވެރި ޢަމަލުތައް ގިނަ ކުރާ މީހަކަށް ވުރެވެސް، ސުންނަތުގެ ޢަޤީދާގެ މަތީގައިހުރެ ގިނަ ޢަމަލުތަކެއް ނުކުރާ، އަދި ކިއެއްތަ ބޮޑު ފާފައަށް އަރައިގަންނަ މީހާ ވެސް ހެޔޮވެގެންވެއެވެ. އިމާމް އަޙްމަދު ވިދާޅުވިއެވެ:

"ސުންނަތުގެ އަހުލުވެރިންގެ ތެރެއިން ބޮޑެތި ފާފަތަކުގެ އަހުލުވެރިންގެ ޤަބުރުތަކަކީ (ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން) ބަގީޗާއެކެވެ. އަދި ބިދުޢައިގެ އަހުލުވެރިންގެ ތެރެއިންވާ ޒުހުދުވެރި އަޅުވެރިންގެ ޤަބުރުތަކަކީ (ނަރަކައިގެ ވަޅުގަނޑުތަކުގެ ތެރެއިން) ވަޅުގަނޑެކެވެ. ސުންނަތުގެ އަހުލުވެރިންގެ ތެރެއިންވާ ފާސިޤުންނަކީ ﷲ ގެ ވަލީވެރިންނެވެ. އަދި ބިދުޢައިގެ އަހުލުވެރިންގެ ތެރެއިންވާ ޒުހުދުވެރި އަޅުވެރިންނަކީ ﷲ ގެ ޢަދުއްވުންނެވެ. "
-ޠަބަޤާތުލް ޙަނާބިލާ: 1 / 184-

މިބަސްފުޅު އިޤުރާރުކުރައްވާ އިބްނުލް ޤައްޔިމު ގެންނެވިއެވެ:
"..ސުންނަތުގައި ހިފަހައްޓައިގެން ހުރުމީ ބޮޑެތި ފާފަތައް ފޮހެވޭ ކައްފާރާއެކެވެ. އެއީ ސުންނަތުގެ ޢަޤީދާއާއި ޚިލާފުވުމީ ހެޔޮކަންތައްތައް ބާޠިލުކޮށްލާކަމަކަށްވާ ފަދައިންނެވެ. އަދި ސުންނަތުގެ އަހުލުވެރިން، އެބައިމީހުންގެ ޢަމަލުތައް އެބައިމީހުންނައިގެން ފަސްޖެހި އިށީންނަހިނދު އެބައިމީހުންގެ ޢަޤީދާ އެބައިމީހުންނައިގެން ޤާއިމުވެއެވެ. އަދި ބިދުޢައިގެ އަހުލުވެރިން، އެބައިމީހުންގެ ޢަމަލުތައް އެބައިމީހުންނައިގެން ޤާއިމުވާހިނދު އެބައިމީހުންގެ ޢަޤީދާތައް އެބައިމީހުންނައިގެން ފަސްޖެހި އިށީންނުވައެވެ.."
-އިޢުލާމުލް މުވައްޤިޢީން: 3 / 255 -

11 months, 2 weeks ago

އޭނާ ބުނާނެއެވެ: "ނޫނެކެވެ!"
އޭނާގެ ގޭގެ މީހުންވެސް އޭނާ ދައްކާ ވާހަކައަކަށް އަޅާވެސްނުލާ، އަދި ބުނާގޮތެއް ނަހަދާ ކިޔަމަންވެސް ނުވެއެވެ! ދެން އެހެން ކަންތައް އޮތްނަމަ މިފަދަ ކަންތަކުގެ ތެރެއަށް ތިބާ ބޭނިގެން ވާހަކަދައްކާ (ވަޤުތުތައް ދުއްވާލަންވީ) ކީއްވެހެއްޔެވެ؟

ތިބާގެ މައްޗަށްވަނީ ޢިލްމު އުނގެނި ހޯދުމެވެ. ޢިލްމުން ރައްކާތެރިކަމުގެ ކިއްލާ ލިބިގަނެ އުނގެނޭށެވެ. އިންސާނާއަށް (ފައިދާއާއި މަންފާ) ދެމިހުންނަނިވި ކަންތަކަކީ މިއެވެ.

ޢިލްމު އުނގެނެން އުޅޭ މީހުން، މިއަދު ޚަބަރުތަކަށް އެމީހުން ސަމާލުކަންދީ ފަރުވާ ބަހައްޓާގޮތަށް ޢިލްމުގެ މައްސަލަތަކަށް ސަމާލުކަންދީ އަހައްމިއްޔަތުކަން ދިންނަމަ؛ އަހަރުމެންގެ ސަފުތަކުގެ ތެރޭގައި އަބޫ ޙާތިމުއާއި، އަބޫ ޒުރްޢާއާއި، އިބްނު މަޢީނުފަދަ އިމާމުންވީހެވެ!

ތިބާއަށް ފެންނާނީ އެންމެ ޙާދިސާއެއް ހިނގައިގެން އުޅޭއިރު، އެމީހުންނަށް އެކަމެއް ހިނގި ތަނަކާއި، އެކަމުގައި ވާހަކަދެއްކި މީހުންނާއި، އޭގައި ބައިވެރިވި މީހުންނާއި، އަދި އިރުމައްޗާއި ހުޅަނގުގައި އެޙާދިސާއެއް ދިރާސާކޮށް ތަޙްލީލުކުރި މީހުންގެ ތަޙްލީލުތަކަށް ދާންދެންވެސް އެމީހުން ދަންނަތަނެވެ!

އެންމެ ފަހުންވާނެ ގޮތަކީ: މިޙާދިސާގެ ކަންތައް ނިމި، ފިލައިދާހިނދު އޭނާވާނީ އޭނާގެ (އަގުހުރި) ޢުމުރާއި އޭނާގެ ވިސްނުމުގެ ބޮޑުބައެއް އެކަންތަކުގައި މަޝްޣޫލުކޮށް ދުއްވާލާ، އެއްވެސް ފައިދާއެއް ނުވި ޙާލުގައި ގޮސްފައެވެ.“

-ޝެއިޚު ޠަރީފީ-

1 year, 1 month ago
***?️*** އިމާމް އަޙްމަދު (241ހ) ވިދާޅުވިއެވެ:

?️ އިމާމް އަޙްމަދު (241ހ) ވިދާޅުވިއެވެ:

”ތިބާ އެމީހަކަށް ހެޔޮކަމަށް އަމުރުކޮށް، ނުބައިކަން ނަހީކުރުމުން ދެންވެސް އޭނާ ނުހުއްޓައިފިނަމަ ފަހެ އޭނާ ދޫކޮށްލާށެވެ!

ތިބާ އެއަށްވުރެ އިތުރުކޮށްފިނަމަ،
އެހިސާބުން އަމްރު މަޢުރޫފު ފިލައިގޮސް،
ދެން ތިބާގެ އަމިއްލަ ނަފްސަށް ނަޞްރުދީ ކޮޅުގަދަކުރާން އުޅޭ މީހަކަށް ވެދާނެއެވެ!

އޭރުން ތިބާ ނިކުންނާނީ ފާފަވެރިކަމަށެވެ.
އެހެންކަމުން ތިބާ އޭނާއަށް ހެވަށް އަމުރުކޮށް ދެން ބަލައިނުގަނެފިނަމަ އޭނާ ދޫކޮށްލާށެވެ!“

?އަދިވެސް އިމާމް އަޙްމަދު ވިދާޅުވިއެވެ:
”މީސްތަކުންވަނީ މަޑުމައިތިރިވެ، ހަމަޖެއްސުމަށް ބޭނުން ޖެހިގެންނެވެ.

ހެޔޮކަމަށް އަމުރުކޮށް، ނުބައިކަން ނަހީކުރުންވަނީ ހަރުކަށިކަމެއް ނެތިއެވެ.

ފާސިޤުކަމާއި އުރެދުން އިޢުލާނުކޮށްގެންވާ މީހާއަށް މެނުވީއެވެ!
ފަހެ އެމީހަކަށް މަނާކޮށް، ހާމަކޮށް އަންގައިދިނުން (ނުވަތަ އެމީހެއްގެ ކަންކަން އަންގައިދިނުން) ވާޖިބުވެއްޖެއެވެ!

އެހެނީ ބުނެވޭ ގޮތުގައި: ފާސިޤުމީހާއަށް ޙުރުމަތެއް ނުވެއެވެ! އެހެންކަމުން މިބައިމީހުންނަކަށް އެއްވެސް ޙުރުމަތެއް ނެތެވެ!“

?އަދިވެސް ވިދާޅުވިއެވެ:

”ހެޔޮކަމަށް އަމުރުކޮށް ހަދާއިރު މަޑުމައިތިރިކަމާ ނިކަމެތިކަމާއެކު އެކަންކުރުންވެއެވެ...
އޭނާ ރުޅިއަންނަ ޒާތުގެ ކަމެއް އެމީހުން އަޑުއިއްވިޔަސް ރުޅި ނާންނާށެވެ!
އޭރުން އޭނާގެ އަމިއްލަ ނަފްސަށް ކޮޅުގަދަކޮށް ނަޞްރުދޭން ބޭނުންވެދާނެއެވެ!“

? އަލްއާދާބުއް ޝަރްޢިއްޔާ ?

1 year, 1 month ago
”ޙާލަތު (މިހާރު ކަންކަން އޮތް ގޮތް)، ލޯހުރި …

”ޙާލަތު (މިހާރު ކަންކަން އޮތް ގޮތް)، ލޯހުރި ކޮންމެ މީހަކަށްވެސް އެމީހެއްގެ ލޮލުން ދެނެގަނެވޭނެއެވެ.
ނަމަވެސް ކަންކަން ނިމިދާނެގޮތާއި ނަތީޖާއަކީ ހަމަ ލޮލުން ފެންނަ އެއްޗެއް ނޫނެވެ!

ކިއެއްތަ، އެ ފެންނާނީ ހަރުދަނާ ބަޞީރަތުން (ތޫނުފިލި ދުރުވިސްނުމާއި ޢިލްމާއި ފަހުމުން) ނެވެ.

ލޮލަކީ ކޮންމެ މީހަކަށްވެސް މިލްކުވެގެންވާ އެއްޗެކެވެ.
ނަމަވެސް ޢިލްމުވެރިޔާއަށް މެނުވީ ބަޞީރަތު މިލްކުވެގެން ނުވެއެވެ.“

-ޝެއިޚު ޠަރީފީ-

1 year, 2 months ago

ޝެއިޚް ޔަޙްޔާ ބްނު ޢަލީ އަލް ޙަޖޫރީ ވިދާޅުވިއެވެ:

"އިންތިޚާބަކީ، އެއީ ﷲ ގެ ޙައްޤު ޙުކުމްފުޅުތައް ފޮހެލުމަށް ހެދިފައިވާ ޑިމޮކްރަސީ ނިޒާމުގެ ތެރެއިން ވާކަމެކެވެ. އެއީ ކާފަރުންނާއި ތަޝައްބުހުވެ ވައްތަރުވުމުގެ ތެރެއިންވާ ކަމެކެވެ. ފަހެ އެވެރިންނާއި ވައްތަރުވުން ހުއްދަވެގެނެއް ނުވެއެވެ. އޭގައި އެތަކެއް ގިނަގުނަ ގެއްލުންތަކެއް ވެއެވެ. އޭގައި މުސްލިމުންނަށް ލިބޭނެ އެއްވެސް ފައިދާއެއް މަންފާއެއް ނުވެއެވެ. އޭގައިވާ އެންމެ ބޮޑު ނުރައްކާތެރިކަމުގެ ތެރޭގައި ހިމެނެނީ، ގިނަ މީހުންނަށް ތަބާވުމުގެ ގޮތުން ޙައްޤާއި ބާތިލް ހަމަހަމަކުރުމާއި އަދި ޙައްޤުގެ އަހުލުވެރިޔާއާއި ބާތިލުގެ އަހުލުވެރިޔާ ހަމަހަމަކުރުމެވެ. އަދި އޭގެން ވަލާ އަދި ބަރާގެ ދޮރު ހަނިކުރެއެވެ. އޭގެން މުސްލިމުގެ ވަޙްދާނިއްޔަތުގައި ރެނދުއަޅުވައި މުސްލިމުން ބައިބައިކުރެއެވެ. އަދި މުސްލިމުންގެ މެދުގައި ޢަދާވާތްތެރިކަމާއި، ނަފްރަތްތެރިކަމާއި އަދި ތަޙައްޒުބާއި ތަޢައްޞުބުވައްދައެވެ. އަދި އޭގައި ވަނީ މަކަރުހެދުމާއި، ހީލަތްތެރިވުމާއި، ނުބައިކަމާއި، ފަސާދައާއި، ވަގުތާއި މުދާބޭކާރުކުރުމާއި އަދި މުސްލިމު އަންހެނާގެ ޙިޝްމަތު ނެތިކޮށްލައެވެ. އަދި އޭގެ ސަބަބުން ޝަރްޢީ ޢިލްމުތަކާއި އޭގެ އަހުލުވެރިންނާއި މެދު އޮންނަ އިތުބާރު ގެއްލުވާލައެވެ."
المبادئ المفيدة في التوحيد والفقه والعقيدة

----------
ޝެއިޚް ޞާލިޙުލް ފައުޒާން ވިދާޅުވިއެވެ:
"މިއަދު ދައުލަތްތަކުގައި ބާއްވަމުން އަންނަ އެންމެންވެސް ދަންނަ މިއިންތިޚާބުތަކަކީ މިއީ އިސްލާމީ ނިޒާމުގެ ތެރެއިން ވާކަމެއް ނޫނެވެ. ފަހެ އެއަށްވަނީ ދެކޮޅުވެރިކަމާއި، ޝަޚްޞީ އެދުންތަކާއި ދަހިވެތިކަންވަދެފައެވެ. އަދި އޭގެ ސަބަބުން ފިތުނަވެރިކަމާއި ލޭއޮ ހުރުވުން ހިނގައިގެން ދެއެވެ. އަދި އޭގެން މަޤްޞަދެއް ޙާޞިލެއް ނުވެއެވެ. ފަހެ މުސްލިމުންނަށް ވާޖިބުވެގެންވަނީ މިކަން ދަނެ، ދޮގު ޕްރޮޕަގެންޑާތަކާއި ކާފަރުންނާއި ހަލާކަށްގޮވާ މީހުންގެ ތަޤްލީދުގައި ނުޖެހި މަގުފުރެދިގެން ނުދިއުމެވެ."
العوائد الوافدة والدعايات المضللة والتقليد للكفار والفوضويين

----------------‐
ޝެއިޚް މުޤްބިލް ބްނު ހާދީ އަލްވާދިޢީ رحمه ﷲ ވިދާޅުވިއެވެ:

"މީގެ ގާތްގަނޑަކަށް ހަ އަހަރު ނުވަތަ ހަތް އަހަރުކުރިން ޞަންޢާގެ الدعوة މިސްކިތުގައި އަޅުގަނޑު ބުނީމެވެ. ތިކަން ކުރަން (އެބަހީ އިންތިޚާބުތަކުގައި ބައިވެރިވެ ކެންޑިޑޭޓުން ހޮވަން) ޖެހޭކަމުގައިވާނަމަ ކޮންމެހެންވެސް ޞާލިޙަކު އިޚްތިޔާރުކުރަންޖެހޭނެއެވެ. ފަހެ މިއީ އަޅުގަނޑަށް ހެދުނު ގޯހެކެވެ. އަޅުގަނޑު މިކަމުން اللهއަށް އިސްތިޣްފާރުކުރަމެވެ. އަޅުގަނޑުމެންނަށް އެއްރައުޔުން އަނެއްރައުޔަށް އިޙްތިރާމްކުރާ ތާޣޫތީ ޕާލިމެންޓުގެ ކަންތައްތަކެއް އޭރަކު ނޭނގެއެވެ."
تحفة المجيب: 30

1 year, 2 months ago
Hunafa -Millat Ibraheem (dhivehi)
We recommend to visit

? Assalomu Aleykum, bu kanalda PUBG Akkaunt, Klan, TikTok, Youtube, Tg Kanal OLIB va SOTISH mumkin, malumot ?

⚜️ REKLAMA 15.000 so’m: @TonyYT

ADMINSIZ SAVDOGA EXTYOT BO’LING ✅

? Elon va Garant: @TonyYT

? Glavniy kanalimiz: @TonYOUTUBER

Asosiy Kanalga Kirish Uchun Ushbu Ssilkani Bosing ???

https://t.me/+VyNOscixlOZhNmQy
https://t.me/+VyNOscixlOZhNmQy
https://t.me/+VyNOscixlOZhNmQy

??? Barcha Akkauntlarni Sotib Olish Uchun Ushbu Kanalga Kiring ‼️

©️ SENATOR PUBGM

Eng So'ngi Xit Muzikalarni bizning kanalda tinglang!⚡️

? Birinchi bizda keyin boshqalarda. Hech qanday pechatsiz orginal taronalar joylab boramiz.


? Reklama: @Xojisaid