Infinite Entertainment, Zero Cost: Get Your Free Books, Music, and Videos Today!

لَا إِلَٰهَ إِلَّا ٱللَّٰهُ

Description
Advertising
We recommend to visit

𝙿𝚈𝚃𝙷𝙾𝙽 𝙲𝙾𝙳𝙴𝚂
𝚃𝙴𝙻𝙴𝙶𝚁𝙰𝙼 𝙱𝙾𝚃𝚂 𝙸𝙽 𝙿𝚈𝚃𝙷𝙾𝙽

𝙱𝚈: @DEV_BEN 𐂂︎

Last updated 1 month ago

Last updated 2 years, 1 month ago

𝐈𝐁𝐍 𝐁𝐄𝐍𝐆𝐇♪𝐙𝐈

𝐁𝐈𝐑𝐓𝐇𝐒 2••?
.
« آل͜ــ๋͜ـم͜ــ๋͜ـآل͜ــ๋͜ـڪ͜ــ๋͜ـه𖤍شَيـטּ 𝑆𝒉𝑒𝑛 ⋮🫀

Last updated 1 month, 3 weeks ago

2 weeks, 1 day ago
2 weeks, 1 day ago

އިމާމް އަޙްމަދު ދަންނައެ، އެކަލޭގެފނީ ސުންނަތަށް ނަޞްރުދެއްވި، ބިދުޢަތައް ފުނޑާ ލެއްވި، އިމްތިޙާންކުރެވުނު ދުވަހު
ކެތްތެރިވެވަޑައިގެންނެވި ކަލޭގެފާނެވެ. އެކަލޭގެފާނުގެ
ހެޔޮކަންތައްވަނީ މަޝްހޫރުވެގެންނެވެ. އަދި އެކަލޭގެފާނުގެ ރިވެތި ޚުލްޤުފުޅުވަނީ ނަޤުލުވެގެން އައިސްފައެވެ. އެކަލޭގެފާނުގެ ޒަމާނުގައި ޢިލްމުގައި އެނބުރި ރުޖޫޢަވެވޭ ފަރާތަކީ އެކަލޭގެފާނެވެ.
އެއާއިއެކުވެސް ތަޤްލީދުކުރުމަށް ނުބައިބަސް ވިދާޅުވެފައިވާކަން އެކަލޭގެފާނުގެ އަރިހުން މަޝްހޫރުވެގެންވެއެވެ. އެގޮތުން ވިދާޅުވިއެވެ.

މަނައީ: "އަހުރެންނަށް ތަޤްލީދު ނުކުރާށެވެ. އަދި މާލިކަށްވެސް، އައްޝާފިޢީއަށްވެސް، އަލްއައުޒާޢީއަށްވެސް، އަދި އައްޘައުރީއަށްވެސް ތަޤްލީދު ނުކުރާށެވެ. އަދި އެބޭކަލުން ނެންގެވިފަދައިން ތިބާވެސް ނަގާށެވެ." إعلام الموقعين 139/2

މަޞްދަރު: ޤުރުއާނާއި ސުންނަތުގައި ހިފުމުގެ ވާޖިބުކަމަށް އުއްމަތް ހޭއަރުވާލުމެއް

@LaILahaILLallah

2 weeks, 1 day ago

ޢަޞަބިއްޔަތަކީ..

ޢަޞަބިއްޔަތަކީ ތިމާގެ ޤަބީލާއަށް، ނުވަތަ ޢާއިލާއަށް، ނުވަތަ ތިމާގެ ޖަމާޢަތަށް ނުވަތަ ޕާރޓީއަށް ނުވަތަ ޤައުމަށްޓަކައި - އެބައިމީހުން ބާޠިލުގައިވިޔަސް - ލޯބިވެ، މުދަލާއި ނަފްސުން އެބައިމީހުން ދިފާޢުކޮށް ނަޞްރުވެރިވެ އެބައިމީހުންނަށްޓަކައި ރުޅިއެރުމެވެ. މިއީ ޖާހިލިއްޔަތުގެ ޢަމަލެކެވެ.

އިސްލާމްދީން އައިސް މިކަންތައް މަނާކުރިއެވެ. އަދި ލޯބިވެ ރުޅިއަރާ އެހީތެރިވުންވަނީ ދީނުގެ މައްޗަށްކަމަށް ކަނޑައެޅިއެވެ. އަދި ތިމާގެ ޤަބީލާ އަދި ޢާއިލާ އަދި ޤައުމުވިޔަސް ބާޠިލުގެ މައްޗަށް އެބައިމީހުންނަށް އެހީވެ އެހީތެރިވެ ފަޚުރުވެރިވުން ނަހީވެގެންވެއެވެ.

ޠަބީޢީގޮތުން ތިމާގެ ޤައުމާއި ފަސްގަނޑަށް އޮންނަ ލޯބި އަދި ފަޚުރުވެރިވުމެއް ބޮޑާވުމެއްނެތި ވަކި ޤަބީލާއަކަށް ނުވަތަ ބަޔަކަށް
ނިސްބަތްވާކަން ބުނުން މަނާވެގެންނުވެއެވެ. އެހެނެއްކަމަކު ބާޠިލުގެ މައްޗަށް، ނުވަތަ ޙަރާމްކަމަކަށް އެކަންތައް ގެންދާ ހިސާބުން އެކަން މަނާވެގެންވެއެވެ.

ފަހެ ދިވެހިންގެ ތެރޭގައި ގޮވާލާ އެއްޝިޢާރުކަމުގައިވާ: 'ދިވެއްސަކަށްވީތީ ފަޚުރުވެރިވާށޭ' ގޮވެއްޔަކީ ހަމަ ސީދާ ޖާހިލިއްޔަތުގެ ގޮވެއްޔެވެ. އަދި ޤައުމީ ލޯބި އާލާކޮށް ޤައުމީ ރޫޙު ދިރުވުމޭ ކިޔައިގެން ކިޔާ ހުރިހާ ވާހަކަތަކީ ސީދާ
ޢަޞަބިއްޔަތަށް ގެންދާ ކަންކަމެވެ. އެގޮތުން ކުޑަކުދިން ތަރުބިއްޔަތު ކުރެވެނީ އެކަމުގެ މައްޗަށެވެ.

ޤައުމަށް ރީތި ނަންހޯދައިދިނުމޭ ކިޔައިގެން ކަނޑައެޅިގެން އެތައް މުންކަރާތްތަކާއި ޙަރާމްކަންތައް އެކުލެވިގެންވާ ކުޅިވަރުތަކާއި މުބާރާތްތަކުގައި ޤައުމު ތަމްޘީލުކުރުމުގެ ނަމުގައި ބައިވެރިކޮށް ވަނަވަނަ ހޯދީމަ އެކަމާއި އުފާކޮށް ފަޚުރުވެރިވުމީވެސް ޢަޞަބިއްޔަތުގެ މުންކަރުގެ ތެރޭގައި ހިމެނިގެންވާކަމެކެވެ.

އަދިވެސް ޤައުމުގެ މީހެއްކަމުގައި ދިވެއްސެއްކަމުގައި ވީތީވެ ދީނުން ބޭރުވެގެންވާ މުރުތައްދެއްކަމުގައި ނުވަތަ ބޮޑެތި ފާފަތަކަށް އަރައިގަނެ ފާޙިޝް ކަންތަކުގައި އުޅޭ މީހަކަށްވިޔަސް ޚާއްޞަ ޙައްޤުތައްދީ ލޯބިކޮށް އެކުވެރިވެ އެހީތެރިވެ، އެހެނެއްކަމަކު ދީނުގެ މަތީގައި ޘާބިތުވެ ހުރި ޢަދުލުވެރި މުސްލިމެއްކަމުގައި ވިޔަސް ޤައުމުގެ މީހެއްކަމުގައި ދިވެއްސެއްކަމުގައި ނުވާތީވެ ބިދޭސީންދެކެ ރުޅިއަރާ، މުޢާމަލާތްކުރުމުންނާއި އެހެންކަންކަމުން ނަފްރަތުކޮށް އަނިޔާވެރިވެ ތަފާތުކުރުމީ މިޢަޞަބިއްޔަތުގެ މޫތަކުން އަހަރުމެންގެ ތެރޭގައި ފެތުރިގެންވާ ކަންކަމެވެ.

[ ޝަރްޙުއްސުންނާ ]
@LaILahaILLallah

3 weeks ago

ގެއްލުމުގެ މައްޗަށް ފައިދާ އިސްކުރުން

ފުރަތަމަވެސް ބުނަންޖެހޭ އެއްޗަކީ މިތަނުގައި ފައިދާއެއްގެ ގޮތުގައި ވަޟައީ ޤާނޫނެއްގެ ދަށުން ނުވަތަ ޑިމޮކްރެސީގެ ދަށުން ވޯޓުލައިގެން ވެރިޔަކު ހޮވާ ހޮވުމަކީ ކުރިންވެސް ބުނެވުނު ފަދައިން ޝިރުކަކަށް ވާތީވެ، މިކަމެއް ފައިދާއަކަށް ނުވާނެއެވެ. އެއީ މިކަން ކުރާމީހާ ފައިދާއަށް އެދެނީ ﷲ سُبْحَانَهُ وَتَعَالَى ގެ އެއްކައުވަންތަކަން ފުނޑާލާ ޙާލުގައި ކަމަށް ވާތީއެވެ. އަދި އަޅުގަނޑުމެން މިވޯޓުލުމުގައި ފައިދާއެއް ވާކަމުގައި ނިންމިކަމުގައި ވީނަމަވެސް އެކަމެއް މިޢަމަލު ހުއްދައެއް ނުކުރާނެތެވެ.

ﷲ سُبْحَانَهُ وَتَعَالَى ވަޙީކުރެއްވިއެވެ:

﴿ يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ ﴾

މާނައ:ީ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން ރަލާއި، ޖުވާއާއި، ނަސީބުގެ ދުނިދިނޑިތަކަކީ ޝައިޠާނާގެ ޢަމަލުތަކުގެ
ތެރެއިންވާ މުޑުދާރު ޢަމަލުތަކެކެވެ. ފަހެ ތިޔަބައިމީހުން
އެކަންތައްތަކާއި ދުރުހެލިވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވާ ކާމިޔާބު ލިބިގަތުމަށްޓަކައެވެ." المائدة:90

އަދިވެސް ﷲ سُبْحَانَهُ وَتَعَالَى ވަޙީކުރެއްވިއެވެ:

﴿ يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ ۖ قُلْ فِيهِمَا إِثْمٌ كَبِيرٌ وَمَنَافِعُ لِلنَّاسِ وَإِثْمُهُمَا أَكْبَرُ مِن نَّفْعِهِمَا ﴾

މާނައީ: "ރަލާއި ޖުވާ ކުޅުމާއި މެދު އެއުރެން އިބަނަބިއްޔާއާއި ސުވާލު ކުރައްވައެވެ. ވިދާޅުވާށެވެ! އެދެކަންތަކުގައި ބޮޑުވެގެންވާ ގެއްލުމަކާއި މީސްތަކުންނަށް ފައިދާވެސް ހިމެނެއެވެ. ނަމަވެސް، އެކަންކަމުގެ ގެއްލުން ފައިދާއަށްވުރެން މާބޮޑެވެ."البقرة:219

މިއާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު (774هـ) رَحِمَهُ ٱللَّٰهُ ވިދާޅުވެފައިވއެވެ:

"އެއެއްޗެހީގެ (ރަލާއި،.ޖުވާގައިވާ) ފައިދާއަކީ މާއްދީ ފައިދާ
ތަކެކެވެ. އޭގެ ތެރެގައި ހަށިގަނޑަށް ފައިދާ ދިނުމާއި، ކާއެއްޗެހި ހަޖަމުކުރުމަށް އެހީވުމާއި، ނަޖިސް ބޭރުކޮށް ދިނުމާއި، ސިކުނޑި ތާޒާވުމާއި އަދި ހިތްހަމަޖެހުން ގެނެސްދޭ މަސްތެއްވެއެވެ. އަދި އޭގެ ވިޔަފާރިން ލިބެނިވި ފައިދާއެވެ. އަދިވެސް އޭގެ ފައިދާތަކުގެ ތެރެއިން ޖުވާ ކުޅެގެން ލިބޭލާރިން އަމިއްލަ ނަފްސަށާއި އާއިލާއަށް ޚަރަދު ކުރެއެވެ. އެހެނަސް މިއެއްޗެހީގެ ފައިދާ މިހެންހުއްޓާ މިއެއްޗެހި ޙަރާމް ކުރަނީ އޭގެއިން ނަފްސާނީ ގޮތުންނާއި ދީނީ ގޮތުން ދޭ ގެއްލުންތަކުގެ ސަބަބުންނެވެ. އެހެންވެގެންﷲ سُبْحَانَهُ وَتَعَالَى ވަޙީކުރައްވަނީ "....އެކަމަކު އޭގެ ގެއްލުން އޭގެ ފައިދާއަށްވުރެން ބޮޑުވެގެންވެއެވެ."

ވީމާ ހަމައެގޮތަށް، އަޅުގަނޑުމެން ވޯޓުލުމުގައި ބައިވެރިވުމަކީ ފައިދާއެއްލިބިދާނެ ކަމެއްކަމަށް ބަލާއިރު، އޭގެ ސަބަބުން ﷲ سُبْحَانَهُ وَتَعَالَى ފިޔަވައި އެހެން ބަޔަކަށް ޤާނޫނު ހެދުމުގެ ބާރުލިބޭ ކަމަށް ދަޢުވާކުރެވި އެޝިރުކުގެ ސަބަބުން އަޅުގަނޑުމެންގެ ދީނަށާއި ޢަޤީދާއަށް ލިބޭ ގެއްލުން މާބޮޑުވެގެން ވެއެވެ. އަދި ކޮންމެ މަސްތުވާ އެއްޗަކަށް ވުރެންވެސް ޖުވާކުޅުމަށް ވުރެންވެސް އަޅާއަށް ގެއްލުން ބޮޑުވެގެންވަނީ ޝިރުކެވެ.

އެހެނީ ﷲ سُبْحَانَهُ وَتَعَالَى ޝިރުކުގެ ފާފަ ނުފުއްސަވަތެވެ. ޝިރުކަކީ އޭގެ ސަބަބުން އެމީހާގެ އަޞްލުއް ދީން ފުނޑި، ދީނުން ބޭރުވެގެންދާ ކަމެކެވެ. ދެންފަހެ ދަންނާށެވެ! ޝިރުކަށް ޝަރީޢަތުގައި ލިބިފައިވާ ހަމައެކަނި އުޛުރަކީ އިކްރާޙެވެ.

[ދަންނާށެވެ!خلق ކުރެވުމާއި أمر ކުރެއްވުންވަނީ، އެކަލާނގެއަށް ޚާއްޞަވެގެންނެވެ.]

@LaILahaILLallah

3 weeks ago

💬 «ބިދުޢީ އިންތިޚާބުތަކަށް، ޖިބޫތީ ސުވާލުތަކުން ޝަރުޢީ ޖަވާބުތަކެއް »

(މައިކްރޮސޮފްޓް ވޯޑް docx)

— ޝެއިޚް ޙައްސާން ޙުސައިނުއް ޞޫމާލީ

~ ގަލަންދާނު

3 weeks ago

📄«ބިދުޢީ އިންތިޚާބުތަކަށް، ޖިބޫތީ ސުވާލުތަކުން ޝަރުޢީ ޖަވާބުތަކެއް »

— ޝެއިޚް ޙައްސާން ޙުސައިނުއް ޞޫމާލީ

~ ގަލަންދާނު

4 weeks ago

ޝެއިޚް އަލްބާނީ (1420ހ) ދައްކަވާފައިވާ ބައެއް ވާހަކަތަކުގެ ތެރެއިން، «އިންތިޚާބުތަކުގެ އަނދިރީގައި ޢިލްމުގެ ފާނޫޒުން ވިދުވަރެއް» ފޮތުން ނެގިފައި:
"ސުވާލު: ޕާރލަމެންޓުގައި ބައިވެރިވުން ހުއްދަވެގެންވޭތޯއެވެ؟

ޝެއިޚު: ޕާރލަމެންޓުގައި ޤުރްއާނާއި ސުންނަތާ ޚިލާފަށް ވެރިކަންކޮށް ޙުކުމްކުރާކަމުގައިވާނަމަ އެތަނުގައި ބައިވެރިވުން ހުއްދަވާނޭކަމަށް އަހަރުމެން ނުބަލަމެވެ! އެހެނީ މިހެން ބައިވެރިވުމަކީ الله ބާވައިލެއްވި ގޮތާ ޚިލާފަށް ޙުކުމްކުރުމުން ކަމެއްގައި ބައިވެރިވުމެވެ. މިއީ އެއްގޮތެވެ.

އަނެއްކަމަކީ: ބައެއް ޤައުމުތަކުގައި މެމްބަރުންނަށް އަމުރުކުރަނީ ޤާނޫނަށް ބޯލަނބާ އެއްބާރުލުން ދޭން ހުވާކުރުމަށެވެ. އަނެއްކޮޅުން ދުސްތޫރު މިއޮންނަނީ ޤުރްއާނާއި ސުންނަތުގެ މައްޗަކަށް ނޫނެވެ! ފަހަރެއްގައި ހަމައެކަނި ނަމެއްގައި ޤުރްއާނާއި ސުންނަތަށޭ އޮވެދާނެއެވެ! އެކަމަކު ޙަޤީޤަތަށް ބަލާއިރު ދުސްތޫރުގައި އައިސްފައިވާ ބައިވަރު ތަފްޞީލުތައް ޝަރީޢަތާ ޚިލާފުވެއެވެ.

އަދި ދުސްތޫރު ތަފްސީރުކޮށްގެން އައިސްފައިވާ ޤާނޫނީ މާއްދާތައް އިހަށް ބަހައްޓާފައެވެ! އެހެންކަމުން މިހިރަ ދުސްތޫރުތަކަށް އެއްބާރުލުން ދިނުމާއި، الله ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާ މިހިރަ ސަރުކާރުތަކަށް އެއްބާރުލުންދެވޭނެކަމަށް އަހަރުމެން ނުދެކެމެވެ."

@LaILahaILLallah

4 weeks ago

ޝެއިޚް އަލްބާނީ (1420ހ) ދައްކަވާފައިވާ ބައެއް ވާހަކަތަކުގެ ތެރެއިން، «އިންތިޚާބުތަކުގެ އަނދިރީގައި ޢިލްމުގެ ފާނޫޒުން ވިދުވަރެއް» ފޮތުން ނެގިފައި:

"ޕާރލަމެންޓަކީ އިސްލާމީ އެއްޗެއް ނޫނެވެ! އެއީ ޑިމޮކްރަސީ ނުވަތަ ސޯޝަލިޒަމް ނުވަތަ އެނޫންވެސް އިސްލާމްދީނާ އޭގެ މުލުންވެސް ޚިލާފުވާ ނިޒާމުތަކުގެ މައްޗަށް ޤާއިމުވެގެންވާ ތަނެކެވެ! ހިތާމަޔަކީ އިސްލާމީ ދައުލަތެއް ޤާއިމުކުރަންކަމަށް ބުނާ ބައެއް އިސްލާމީ ޖަމާޢަތްތަކެއްވެސް މިކިސަޑު ވަޅުގަނޑަށް ވެއްޓ،ި އިސްލާޙުކުރަން އެދިގެން މިހިރަ ޕާރލަމެންޓުތަކަށް ވަންނާތީއެވެ! ނަތީޖާއަކީ (އިޞްލާޙުކުރުމުގެ ބަދަލުގައި) ޕާރލަމެންޓަރީ ވެގެންދާނީ އެމީހުންނެވެ!"

@LaILahaILLallah

4 weeks, 1 day ago
1 month ago

ޝެއިޚް އަލްބާނީ رَحِمَهُ ٱللَّٰهُ ވިދާޅުވިއެވެ:

އަނެއްކޮޅު މިފާވެގެން އުޅޭ ސިޔާސީ ޖަމާޢަތްތަކުން (އެމީހުން އަމިއްލައަށް ހަލާކުވެ އެހެން މީހުންވެސް ހަލާކުކޮށް ފަސާދަކުރުން ފިޔަވައި) ކުރެވުނު ކަމެއް ނެތެވެ! މިހެންވެ މިހިރަ އިންތިޚާބުތަކުގައި ބައިވެރިވުން ހުއްދަވެގެން ނުވެއެވެ. ޚާއްޞަކޮށް
މިއިންތިޚާބުތަކުގައިވަނީ ފާސިދު އަސާސެކެވެ! އެހެނީ އިސްލާމްދީނުގައި އިންތިޚާބޭ ކިޔާ އެއްޗެއް ނޯވެއެވެ!

«އިންތިޚާބުތަކުގެ އަނދިރީގައި ޢިލްމުގެ ފާނޫޒުން ވިދުވަރެއް»

https://t.me/LaILahaILLallah3

We recommend to visit

𝙿𝚈𝚃𝙷𝙾𝙽 𝙲𝙾𝙳𝙴𝚂
𝚃𝙴𝙻𝙴𝙶𝚁𝙰𝙼 𝙱𝙾𝚃𝚂 𝙸𝙽 𝙿𝚈𝚃𝙷𝙾𝙽

𝙱𝚈: @DEV_BEN 𐂂︎

Last updated 1 month ago

Last updated 2 years, 1 month ago

𝐈𝐁𝐍 𝐁𝐄𝐍𝐆𝐇♪𝐙𝐈

𝐁𝐈𝐑𝐓𝐇𝐒 2••?
.
« آل͜ــ๋͜ـم͜ــ๋͜ـآل͜ــ๋͜ـڪ͜ــ๋͜ـه𖤍شَيـטּ 𝑆𝒉𝑒𝑛 ⋮🫀

Last updated 1 month, 3 weeks ago