لَا إِلَٰهَ إِلَّا ٱللَّٰهُ

Description
ﷲ تعالى ވަޙީކުރައްވާފައިވެއެވެ: 《قُلْ هُوَ ٱللَّهُ أَحَدٌ》❞ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ އެއްކައުވަންތަ ﷲ އެވެ.❝ سورة الْإِخْلَاص:1

Contect: @LaILahaILLallahQbot
We recommend to visit

• ᴏғғɪᴄɪᴀʟ  ᴄʜᴀɴɴᴇʟ ??

• мʏɜыᴋᴀᴧьнᴀя ᴀᴛʍᴏᴄɸᴇᴩᴀ ?

• оҕнᴏʙᴧᴇния кᴀждый дᴇнь ?

• тᴏᴧьᴋᴏ хиᴛᴏʙыᴇ тᴩᴇᴋи и видᴇᴏ?

• тᴏᴨᴏʙыᴇ кᴀᴩᴛинᴋи ?

• пᴩияᴛнᴏᴦᴏ пᴩᴏᴄᴧʏɯиʙᴀния ?

• Ⲧⲟⳑⲕⲁ ⲕⲁⲓϝϝ ?

• создᴀтᴇль: @Im_orginal ❤️?

Last updated 1 year ago

Last updated 1 year, 9 months ago

11 months, 4 weeks ago

ރަމަޟާން މަހުން ޤަޟާކުރަން ޖެހިފައިވާ ރޯދަތަކެއްވާ މީހަކަށް، އޭނާ ޤަޟާކުރަން ޖެހިފައިވާ ރޯދައިގެ އަދަދާމެދުގައި ޝައްކުވެއްޖެނަމަ އޭނާ ހަދާނީ ކިހިނެތް ހެއްޔެވެ؟

(ރަމަޟާން މަހުން) ޤަޟާކުރުން ވާޖިބުވެފައިވާ ރޯދަތަކުގެ އަދަދާމެދު ޝައްކުވެއްޖެނަމަ، ފަހެ އޭނާ ހިފާނީ އޭގެ މަދު މިންވަރެވެ. (އެބަހީ: އޭނާ ޤަޟާކުރަން ލާޒިމުވެފައިވާ، ޔަޤީން މިންވަރެވެ.)

މިސާލަކަށް: އަންހެނަކު ނުވަތަ ފިރިހެނަކު ޤަޟާކުރަން ޖެހިފައިވަނީ 3 ރޯދަތޯ ނުވަތަ 4 ރޯދަތޯ ޝައްކުވެއްޖެނަމަ، ފަހެ އޭނާ ޤަޟާކުރާނީ މަދު މިންވަރެވެ. (އެބަހީ: 3 ރޯދައެވެ.) އެއީ ޔަޤީންވެގެންވާ މިންވަރެވެ. އެއަށްވުރެ އިތުރުވާ މިންވަރަކީ (އެބަހީ: 4 ވަނަ ރޯދައަކީ) ޝައްކުވެފައިވާ މިންވަރެވެ. (އެހެންކަމުން 3 ރޯދަ ހިފުމުން) އަޞްލަކީ އޭނާގެ ޒިންމާއިން ބަރީއަވެގެންވުމެވެ.

ނަމަވެސް އެންމެ ރައްކާތެރި ގޮތަކީ: އޭނާއަށް ޝައްކުވެފައި އެވާ ދުވަހުގެ ރޯދަވެސް ޤަޟާކުރުމެވެ. އެއީ:

– އެ ރޯދައަކީ އޭނާ ޤަޟާކުރުން ވާޖިބު ރޯދައެއް ނަމަ، އެ ރޯދަ ހިފުމުން ޔަޤީނުންވެސް އޭނާގެ ޒިންމާއިން ބަރީއަވީއެވެ.

– އެ ރޯދައަކީ އޭނާ (ޤަޟާކުރުން) ވާޖިބުވެފައިވާ ރޯދައެއް ނޫންނަމަ އެ ރޯދަ ވެގެންދާނީ ސުންނަތް ރޯދައަކަށެވެ. އިޙްސާންތެރީންގެ އަޖުރު ﷲ ތަޢާލާ ގެއްލެނި ނުކުރައްވާނެއެވެ.

— ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން (رحمه الله) [فتاوى نور على الدرب (11 / 2)] – ދިސަލަފިއްޔާ

~ لَا   إِلَـٰهَ   إِلَّا   اللَّـهُ

11 months, 4 weeks ago
11 months, 4 weeks ago
1 year, 2 months ago
1 year, 2 months ago

ޖިހާދުކުރުމަކީ އިސްލާމްދީނުގެ ދުޝްމަނުންނާއި ދެކޮޅަށް ހަނގުރާމަކުރުމާއި އެނޫންގޮތްގޮތުން ﷲގެ ކަލިމަފުޅު މަތިވެރިކުރުމަށް ކުރުމަށް ކުރެވޭ މަސައްކަތްތަކެވެ.

އަދި ޖިހާދު ބެހިގެންވަނީ ތިންބަޔަކަށެވެ. އެއީ ނަފުސުގެ ޖިހާދާއި މުނާފިޤުންނާއި ކުރެވޭ ޖިހާދާއި އަދި ކާފަރުންނާއި ކުރިމަތިލައިކުރެވޭ ޖިހާދެވެ.❝

— ޝެއިޚު ބިން ޢުޘައިމީން ރަޙިމަހުﷲ

الشرح الممتع ، كتاب الجهاد

~ لَا   إِلَـٰهَ   إِلَّا   اللَّـهُ

1 year, 2 months ago

އަޅުގަނޑުގެ ޗެނަލް [ لَا   إِلَـٰهَ   إِلَّا   اللَّـهُ ] އަދި [ ތައުޙީދަށް ފަހު ނަމާދެވެ. ] މި ދެ ޗެނަލް ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޝެއިޚް ޠަރީފީގެ (صفة صلاة النبي ﷺ وما يلحقها من أذكار ورواتب) މި ފޮތުގެ މުހިންމު ބައިތަކަށް މިދަނީ އަލިއަޅުވާލުމަށް މަސައްކަތް ކުރަމުންނެވެ. އަދި މި ބައިތައް ރަސްމީކޮށް އަޕްޑޭޓް ކުރެވެމުން ގެންދާނީ [ ތައުޙީދަށް ފަހު ނަމާދެވެ. ] މި ޗެނަލް ގައެވެ. إن شاء الله

~ لَا   إِلَـٰهَ   إِلَّا   اللَّـهُ

1 year, 2 months ago


އަދިހަމައެފަދައިން ﷲ ވަޙީކުރެއްވިއެވެ.

اِنَّ عِدَّةَ الشُّهُوۡرِ عِنۡدَ اللّٰهِ اثۡنَا عَشَرَ شَهۡرًا فِىۡ كِتٰبِ اللّٰهِ يَوۡمَ خَلَقَ السَّمٰوٰتِ وَالۡاَرۡضَ مِنۡهَاۤ اَرۡبَعَةٌ حُرُمٌ ؕ ذٰ لِكَ الدِّيۡنُ الۡقَيِّمُ ۙ فَلَا تَظۡلِمُوۡا فِيۡهِنَّ اَنۡفُسَكُمۡ ؕ وَقَاتِلُوا الۡمُشۡرِكِيۡنَ كَآفَّةً كَمَا يُقَاتِلُوۡنَكُمۡ كَآفَّةً  ؕ وَاعۡلَمُوۡۤا اَنَّ اللّٰهَ مَعَ الۡمُتَّقِيۡنَ‏(ތައުބާ:36)

" ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، اللَّه ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ عدد އަކީ، اللَّه ގެ حضرة ގައި ބާރަ މަހެވެ. އޭގެތެރެއިން، ހަތަރު މަސް، حرمة ތެރި ވެގެންވެއެވެ. އެއީ حق ތެދު دين އެވެ. ފަހެ، އެ މައްސަރުތަކުގައި، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތިޔަބައިމީހުން އަނިޔާ ނުކުރާހުށިކަމެވެ! އަދި އެންމެހާ مشرك ންނާ ތިޔަބައިމީހުން ހަނގުރާމަކުރާށެވެ! އެއުރެންވެސް އެންމެން އެކުގައި ތިޔަބައިމީހުންނާ ހަނގުރާމަކުރާ ފަދައިންނެވެ. އަދި ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، تقوى ވެރިންނާ އެކުގައިކަން، ތިޔަބައިމީހުން ދަންނާށެވެ! "

ދެން މާތްﷲ ޖާހިލިއްޔަ ޒަމާނުގެ މީހުން، އެބަހީ ﷲގެ ޙުކުމްތަކާއި ޝަރީޢަތް ބަދަލުކުރި މީހުންގެ ވާހަކަ ބަޔާންކުރައްވައި، ވަޙީކުރެއްވިއެވެ:

اِنَّمَا النَّسِىۡٓءُ زِيَادَةٌ فِى الۡكُفۡرِ يُضَلُّ بِهِ الَّذِيۡنَ كَفَرُوۡا يُحِلُّوۡنَهٗ عَامًا وَّيُحَرِّمُوۡنَهٗ عَامًا لِّيُوَاطِـُٔـوۡا عِدَّةَ مَا حَرَّمَ اللّٰهُ فَيُحِلُّوۡا مَا حَرَّمَ اللّٰهُ ؕ زُيِّنَ لَهُمۡ سُوۡۤءُ اَعۡمَالِهِمۡ ؕ وَاللّٰهُ لَا يَهۡدِى الۡقَوۡمَ الۡـكٰفِرِيۡنَ (ތައުބާ:37)

" ހަމަކަށަވަރުން، (حرمة ތެރި މައްސަރެއް) ފަސްކޮށްލުމަކީ، كافر ކަން އިތުރު ކުރުމެކެވެ. كافر ވި މީހުން އެކަމުގެ ސަބަބުން (އިތުރަށް) މަގުފުރެދިގެންދެތެވެ. އެއުރެން އެއްއަހަރު އެއްމައްސަރެއްގެ حرمة ކަނޑައި، އަނެއްއަހަރު އެ މައްސަރެއް حرمة ތެރި ކުރެތެވެ. އެއީ اللَّه، حرمة ތެރި ކުރައްވާފައިވާ މައްސަރުތަކުގެ عدد ހަމަކުޅައުމަށްޓަކައެވެ. ފަހެ، އެގޮތުން، اللَّه حرمة ތެރި ކުރައްވާފައިވާ މައްސަރުތަކުގެ حرمة ކަނޑަތެވެ. އެއުރެންގެ ނުބައި عمل ތައް، އެއުރެންނަށް ޒީނަތްތެރި ކުރެއްވިއެވެ. كافر ވި މީހުންނަކަށް، اللَّه ތެދުމަގެއް ނުދައްކަވަތެވެ. "

ﷲ ފިޔަވައި ޝަރުއުކުރާ މީހުންގެ ހުކުމާއި ބެހޭގޮތުން ﷲ ބަޔާންކުރައްވާފައިއެވަނީ، އެއީ އިސްތިޙްލާލް (ހިތުން ހުއްދަކުރުން) ނުވަތަ ތަބްދީލް (ބަދަލުކުރުން) އާއިއެކު ކަމުގައިވިޔަސް، މިއިން ކޮންމެ ކަމަކީ ޢަމަލީ ކުފުރުގެ ތެރެއިންވާ ކަމެކެވެ. މިކަމުގައި އަހަރެމެން އޭނާގެ އެތެރެފުށައް ބަލާކައް ނުޖެހޭނެއެވެ. ނަމަވެސް، އެކަން ފާޅުވުން އެއީ އޭގެ ޒާތުގައި ކުފުރެކެވެ.

— ޝައިޚްް ޞާދިޤް އަބީ އަބްދު ﷲ އަލް-ހާޝިމީ

~ لَا   إِلَـٰهَ   إِلَّا   اللَّـهُ

1 year, 2 months ago


فتنة العصر التشريع
އެމީހުން އެމީހުންގެ އަމިއްލަ އެދުމާ އެއްގޮތަށް ޙަރާމްކޮށް އަދި ޙަލާލުކުރިއެވެ.

ނުވަތަ ޖާހިލިއްޔަ ޒަމާނުގެ މީހުން ކުރި ފަދައިން، އެމީހުންގެ އަމިއްލަ ނަފްސުގެ އެދުމާއި، އިންސާނުންނާއި ޖިންނީންގެ ތެރެއިން ޝައިޠާނުން އެމީހުންނަށް ވަސްވާސްދޭ ގޮތަށް ޙަލާލު ޙަރާމް ކަނޑައެޅުމަށެވެ.

މިއީ މާތްﷲ އެކަލާނގެ ފޮތުގައި ޖާހިލިއްޔަ ޒަމާނުގެ މީހުންނާ ބެހޭގޮތުން ބަޔާންކުރައްވާފައިވާ ކަމެކެވެ. އެމީހުން އެމީހުންގެ އަމިއްލަ އެދުމާ އެއްގޮތަށް ޙަރާމްކޮށް އަދި ޙަލާލުކުރިއެވެ.

އެމީހުންނަށް މިއީ އެމީހުންގެ އަމިއްލަ ޙުކުމްކަމާއި، މިއީ ﷲގެ ޙުކުމް ނޫންކަން އެނގިތިބެއެވެ. އަދި އެމީހުން މިއީ ﷲގެ ޙުކުމްކަމަކަށް ނުބުނެއެވެ.

އެއީ މާތް ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ.

وَكَذٰلِكَ جَعَلۡنَا لِكُلِّ نَبِىٍّ عَدُوًّا شَيٰطِيۡنَ الۡاِنۡسِ وَالۡجِنِّ يُوۡحِىۡ بَعۡضُهُمۡ اِلٰى بَعۡضٍ زُخۡرُفَ الۡقَوۡلِ غُرُوۡرًا ؕ وَلَوۡ شَآءَ رَبُّكَ مَا فَعَلُوۡهُ فَذَرۡهُمۡ وَمَا يَفۡتَرُوۡنَ‏ (އަންޢާމް:112)

" ހަމައެފަދައިން، ތިމަންރަސްކަލާނގެ، ކޮންމެ ނަބީބޭކަލަކަށް އިންސީންނާއި، ޖިންނީންގެ شيطان ން عداوة ތެރިން ކަމުގައި ލެއްވީމެވެ. އޭގެ އެއްބަޔަކު އަނެއްބަޔަކަށް ހެއްލުންތެރި ކުރުމަށް މަތިއޮމާންކޮށްފައިވާ باطل ބަސްތަކުން ވަސްވާސްދީ އުޅެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވިނަމަ، އެއުރެން އެކަންތަކެއް ނުކުރީހެވެ. ފަހެ، އެއުރެން ހަދާ ދޮގުތަކާއެކު، ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ! "

وَلِتَصۡغٰٓى اِلَيۡهِ اَفۡـئِدَةُ الَّذِيۡنَ لَا يُؤۡمِنُوۡنَ بِالۡاٰخِرَةِ وَلِيَرۡضَوۡهُ وَلِيَقۡتَرِفُوۡا مَا هُمۡ مُّقۡتَرِفُوۡنَ‏  (އަންޢާމް:113)

" އަދި (އެ شيطان ން ވަސްވާސްދީ އުޅެނީ) آخرة ދުވަހަށް إيمان ނުވާ މީހުންގެ ހިތްތައް އެ ވަސްވާހަށް ލެނބުމަށާއި، އެއުރެން އެކަމަށް ރުހި قبول ވުމަށާއި، އެއުރެން އެ އަރައަރައިގަންނަ ފާފަތަކަށް އަރައިގަތުމަށްޓަކައެވެ. "

اَفَغَيۡرَ اللّٰهِ اَبۡتَغِىۡ حَكَمًا وَّهُوَ الَّذِىۡۤ اَنۡزَلَ اِلَيۡكُمُ الۡـكِتٰبَ مُفَصَّلاً ؕ وَالَّذِيۡنَ اٰتَيۡنٰهُمُ الۡـكِتٰبَ يَعۡلَمُوۡنَ اَنَّهٗ مُنَزَّلٌ مِّنۡ رَّبِّكَ بِالۡحَـقِّ فَلَا تَكُوۡنَنَّ مِنَ الۡمُمۡتَرِيۡنَ‏ (އަންޢާމް:114)

" (ކަލޭގެފާނު ވިދާޅުވާށެވެ!) حكم ކުރާ މީހަކު ކަމުގައި اللَّه ނޫންފަރާތެއް އަހުރެން އެދޭނެހެއްޔެވެ؟ އެކަލާނގެއީ، (حق އާއި باطل) تفصيل ކޮށް ބަޔާންކުރައްވާފައިވާ ގޮތުގައި، ތިޔަބައިމީހުންނަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. އަދި އެއީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން حق ގޮތާއިގެން ބާވައިލެއްވި ފޮތެއްކަން، ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތްދެއްވި މީހުން ދަނެތެވެ. ފަހެ، شك ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާހުށިކަމެވެ! "

وَتَمَّتۡ كَلِمَتُ رَبِّكَ صِدۡقًا وَّعَدۡلاً  ؕ لَا مُبَدِّلَ لِكَلِمٰتِهٖ ۚ وَهُوَ السَّمِيۡعُ الۡعَلِيۡمُ‏ (އަންޢާމް:115)

" އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ كلمة ފުޅު ތެދުވެރިކަމާއި، عدل ވެރި ކަމުގައި ފުރިހަމަވެއްޖެއެވެ. އެކަލާނގެ كلمة ފުޅުތައް ބަދަލުކުރެވޭނެ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. "

وَاِنۡ تُطِعۡ اَكۡثَرَ مَنۡ فِى الۡاَرۡضِ يُضِلُّوۡكَ عَنۡ سَبِيۡلِ اللّٰهِؕ اِنۡ يَّتَّبِعُوۡنَ اِلَّا الظَّنَّ وَاِنۡ هُمۡ اِلَّا يَخۡرُصُوۡنَ‏ (އަންޢާމް:116)

" އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެއުރެން اللَّه ގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ. އެއުރެން ހީއަކަށް ނޫނީ تبع އެއް ނުވެތެވެ. އަދި ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ، އެއުރެން ނުވެތެވެ. "

اِنَّ رَبَّكَ هُوَ اَعۡلَمُ مَنۡ يَّضِلُّ عَنۡ سَبِيۡلِهٖۚ وَهُوَ اَعۡلَمُ بِالۡمُهۡتَدِيۡنَ‏ (އަންޢާމް:117)

" ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގު ދޫކޮށް، ފުރެދިގަންނަ މީހުން، އެންމެ ބޮޑަށް ދެނެވޮޑިގެންވަނީ، ހަމަ އެކަލާނގެއެވެ. އަދި ތެދުމަގު ލިބިގަންނަ މީހުން، އެންމެބޮޑަށް ދެނެވޮޑިގެންވަނީވެސް، ހަމަ އެކަލާނގެއެވެ. "

1 year, 2 months ago
1 year, 2 months ago
We recommend to visit

• ᴏғғɪᴄɪᴀʟ  ᴄʜᴀɴɴᴇʟ ??

• мʏɜыᴋᴀᴧьнᴀя ᴀᴛʍᴏᴄɸᴇᴩᴀ ?

• оҕнᴏʙᴧᴇния кᴀждый дᴇнь ?

• тᴏᴧьᴋᴏ хиᴛᴏʙыᴇ тᴩᴇᴋи и видᴇᴏ?

• тᴏᴨᴏʙыᴇ кᴀᴩᴛинᴋи ?

• пᴩияᴛнᴏᴦᴏ пᴩᴏᴄᴧʏɯиʙᴀния ?

• Ⲧⲟⳑⲕⲁ ⲕⲁⲓϝϝ ?

• создᴀтᴇль: @Im_orginal ❤️?

Last updated 1 year ago

Last updated 1 year, 9 months ago