قناة احمد علي على تيليجرام ( شروحات تقنية ، تطبيقات ، أفلام ومسلسلات ، خلفيات ، و المزيد )
Last updated 5 months, 2 weeks ago
يرمز تيليجرام إلى الحريّة والخصوصيّة ويحوي العديد من المزايا سهلة الاستخدام.
Last updated 6 months, 3 weeks ago
- بوت الإعلانات: ? @FEFBOT -
- هناك طرق يجب ان تسلكها بمفردك لا اصدقاء، لا عائلة، ولا حتى شريك، فقط انت.
My Tragedy Lies With Those Things That Happen in One Second And Remain
- @NNEEN // ?: للأعلانات المدفوعة -
Last updated 7 months, 2 weeks ago
? "ބަޣުދާދީއަކީ ކަނޑައެޅިގެން ބޮޑު ދޮގުވެރިއެއް"
ޚަވާރިޖު ޚަލީފާ ބަޣުދާދީ ދޮގުވެރިއަކަށްވުމުން ، އޭނާގެކިބައިން ޢަދުލުވެރިކަމުގެ ޝަރުޠުވަނީ ނަފީވެފައެވެ. އެހެނީ ފާސިޤަކު މުޅި އުއްމަތުގެ ޚަލީފާއަކަށްވުން ހުއްދަވެގެން ނުވެއެވެ.
ﷲ ތަޢާލާ ހެކިކޮށް ބުނަމެވެ. އަދި އިސްލާމީ ތާރީޚުގައި ލިޔެވިގެން ދިޔުމަށެވެ.
ޚަވާރިޖު ޚިލާފަތުގެ ފުރަތަމަ ޚަލީފާ "އަބޫ ބަކުރު އަލްބަޣްދާދީ" އަކީ ކަނޑައެޅިގެން ކައްޒާބެކެވެ.
އޭނާވަނީ އިސްލާމީ އުއްމަތަށް ޢާންމުކުރި އޭނާގެ ޚިޠާބެއްގައި ޔަމަނުގައި ޙޫޘީންނާއި ދެކޮޅަށް ކުރިމަތިލާނޭ މުވައްޙިދަކު ނެތްކަމަށް ބުނެފައެވެ.
ދަންނާށެވެ. ޚަވާރިޖު ޚިލާފަތް އިޢުލާންކުރުމުގެ ކުރީގައިވެސް ޔަމަނުގައި މުޖާހިދުން ތިއްބެވެ. އަދި ޔަމަނުގެ "ދައްމާޖު" 2 މަސްދުވަހުގެ ޙިޞޯރަކަށްފަހު މުޖާހިދުން އެޙިޞޯރުނެތިކޮށްލީ ޙޫޘީންނާއި ދެކޮޅަށް ހަނގުރާމަކޮށެވެ. އެއަށްފަހު އަނެއްކާވެސް ޙޫޘީން ވަރުގަދަވަމުން އައެވެ.
އަހަރެންނަށް ޔަމަނުން ، ޙޫޘީންނާއި ދެކޮޅަށް ފަރުބަދަތައް މަތީ އެމީހެއްގެ ކޮނޑުގައި ހަތިޔާރު އުފުލައި ހަނގުރާމަކުރި މުޖާހިދަކާއި ބައްދަލުވިއެވެ. ހަމައެހެންމެ ޙޫޘީންގެ ނުރައްކާ ބަޔާންކޮށް މީސްތަކުން ޖިހާދަށްނެރެ ، ޙޫޘީންނާއި ދެކޮޅަށް ދަރުސްތައްދީ ، ފޮތްތައްލިޔުނު ޝޭޚަކާއިވެސް ބައްދަލުވިއެވެ. އެންމެފަހުން އެ ޝެއިޚް ޙޫޘީންގެ އަތްދަށުވެ 6 މަސްދުވަހު ބިމުއަޑީގެ ޖަލެއްގައި އަސީރުވުމަށްފަހު މިނިވަންވުމުން ، ޔަމަނުން ހިޖުރަކުރިއެވެ.
އޭ ޚަވާރިޖު ބައިގަނޑާއެވެ. ފަހެ އަހަރެން ތެދުކުރަންވީ ކޮންއެއްޗެއް ހެއްޔެވެ؟
ލޯމައްޗަށް ފެނި ، އެބައެއްގެ ތެރޭގައި އަހަރެން ވީއިރު ހިނގި ކަންތައް ހެއްޔެވެ؟ ނުވަތަ ބަޣުދާދީ މާދުރެއްގައި ހުރެފައި ދެއްކި ވާހަކައެއް ހެއްޔެވެ؟
މުސްކުޅިވެރިން ބުނެއުޅެއެވެ. (( ކައްޗަށް އެޅިއްޖެ ބިންގާ ކެއްޗާ ހަމައަށް ނެގިޔަސް އޮންނާނީ ކައްޗަށެވެ. )) މިއަދު ޚަވާރިޖު ޚިލާފަތަށްވެސް ވެފައި މިއޮތީ އެފަދަގޮތެކެވެ.
ލިޔުނީ : އަބޫ ޢަބްދުއްރަޙްމާން އަލް މާލްދީފީ .
ތާރީޚް :
22 ޖުމާދަލްއާޚިރާ 1446
23 ޑިސެމްބަރ 2024
? އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން މިހާރު ތިބީ އަންހެނުންގެ ހައްގުތަށް ރައްކާތެރި ކުރުމަށް ކެތްމަދުވެފައެވެ.
ނަމަވެސް 54 އަހަރު ވަންދެން ބައްޝާރުލް އަސަދާއި އޭނާގެ ބައްޕަގެ އަނިޔާވެރި ވެރިކަމުގައި ސީރިއާގެ އަންހެނުން އެހުރިހާ ޒަމާންތަކެއް ވަންދެން ތަޙައްމަލުކުރި އަނިޔާތަކަކީ އެމެރިކާގެ ނަޒަރުގައި އެއްވެސް އަގެއް ނެތް ކުދި ކުދި ކަންކަމޭ ބުނާފަދައެވެ. ބައްޝާރުލް އަސަދު، މީދަލެއް ފިލަންދުވާފަދައިން ސީރިއާ ދޫކޮށްދިއުމާއި ގުޅިގެން ފާއިތުވި ދުވަސްތަކުގައި ދުނިޔެއަށް ފެނިގެންދިޔަ ބައްޝާރުލް އަސަދުގެ ޝއަނިޔާވެރި ޖަލުތަކުގެ ބިރުވެރި މަންޒަރު ތަކަކީ އެބައި މީހުންގެ ނަޒަރުގައި އެއްވެސްވަރަކަށް އަންހެނުންގެ ޙައްޤުތަކާއި ފުށޫއަރާ ކަންކަމެއްނޫނޭ ބުނާފަދައެވެ.
ހަމަ އެޔާއެކުގައި، އިސްރާއީލަށް ބޮމާއި ކެމިކަލް ހަތިޔާރާއި މިސައިލް ފޯރުކޮށްދީގެން ޣައްޒާގެ ޝއަންހެނުންނާއި ކުޑަކުދިން ބޮޑެތި އަނިޔާތައްދީ ޤަތުލުކޮއް، ޣައްޒާގެ މިސްކިތްތައް ނައްތާލުމަށް އެހީތެރިވެ ވާގިވެރިވާ އެމެރިކާ އަކީ ކުއްލިއަކަށް ޙައްޤުތަށް ރައްކާތެރި ކުރުމާއި މުޤައްދަސް ތަންތަން ޙިމާޔަތްކުރާ ބަޔަކަށް މިވަނީވެފައެވެ.
ާއަންހެނުންގެ ޙައްޤުތަކުގެ ގޮތުގައި އެބައި މީހުން ދެކެނީ އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ ޙައްޤުތަކާއި، ޖެންޑަރ ޓްރާންސްފޯމޭޝަންގެ ނަމުގައި (ފިރިހެނުން އަންހެންދުޅާވެ އަދި އަންހެނުން ފިރިހެނުންގެ ސިފަ ޖެއްސުމަށް) ހަށިގަނޑުގެ އެކި ގުނަވަންތައް ބަދަލު ކުރާ ާމީހުންގެ ޙައްޤުތަކާއި، އިސްލާމްދީނުގެ ކަންކަމާއި ދެކޮޅުހަދައި، އެދީނަށް ހަޖޫ ޖަހައި، އެދީނަށް ފުރައްސާރަކުރާ މީހުންގެ ޙައްޤުތަކެވެ.
އަންހެންމީހާގެ ދިރިއުޅުމުގެ ޙައްޤާއި، ޖަލުން ބޭރުގައި މިނިވަންކަމާއި ކަރާމާތްތެރި ކަމާއެކު ދިރިއުޅުމުގެ ޙައްޤާއި، އެކަނބަލުންގެ ފިރިންނަށް އަނިޔާ ނުކޮށް ނުމަރައި އެބައި މީހުންގެ އަނބިންގެ ގާތުގައި ރިވެތި ގޮތުގައި ދިރިއުޅެން ދޫކޮށްލުން މިއީ މިނިވަންކަމުގެ ތެރެއިން އެބައިމީހުން ގަބޫލުކުރާ ކަންކަމެއް ނޫނެވެ.
އެބައި މީހުން މީސްތަކުންގެ އިތުބާރު ހޯދައިގަންނަ ގޮތާމެދު ސަމާލިވާން ޖެހެއެވެ. ހަމައެހެންމެ 'އިންސާނީ ޙައްޤުތަކާ ބެހޭ' ޖަމިއްޔާތަކުގެ ފިކުރު ފަތުރަން އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ބައެއް މީހުން ކުރާ މަސައްކަތްތަކާ މެދުގައިވެސް ސަމާލުވާން ޖެހެއެވެ. އެބައިމީހުން ޙައްޤުތަކޭ މިކިޔަނީ ކޮންކަމަކަށްކަން ދަންނަން އެބަޖެހެއެވެ. އަދި ޙައްޤުތަކުގެ ނަމުގައި އައިސް ކުރަން މިއުޅެނީ ކީއްކަން މިހާރު އަޅުގަނޑުމެނަށް ސާފުވާކަށް ނުވޭތޯއެވެ!
?️ މިލިޔުމުގެ އަޞްލަކަށް ބެލިފައިވަނީ ޑރ. އިޔާދު ޤުނައިބީ حفظه الله ގެ ލިޔުމެކެވެ.
ނޯޓް : މިއީ ތަރުޖަމާއަކުން ނަކަލުކުރެވިފައިވާ ލިޔުމެކެވެ.
? ލޮބުވެތި މުސްލިމުންނޭވެ! އަދުގެ ދުނިޔޭގެ ކަންކަން އޭގެ ޙަޤީޤީ ސިފާގައި ތިބާގެ ލޮލުން ބަލައިލާށެވެ.
ބައްޝާރާއި އޭނާގެ ބަފާގެ އަނިޔާވެރިކަން 55 އަހަރަށް ދިގުދެމިގެން ދިޔައިރު ، އިސްލާމީ އުއްމަތުގެ ވެރިން ތިބީ ކުޅިބަލާށެވެ.
ބައްޝާރުގެ އަނިޔާއަށް ކެތްނުވެގެން މަގުމައްޗަށް ނިކުމެ ފެށިމުޒާހަރާއިން ފެށުނު ޖިހާދަށް 14 އަހަރު ވީއިރުވެސް އެވެރިންތައް ތިބީ ހަމަ ކުޅިބަލާށެވެ.
ނުޞައިރީން މުސްލިމުން ކަތިލާހެދިއެވެ. ބައްޝާރުގެ ޖަލުތަކުގައި މީހުން މަރައި ރޭޕްކޮށް ، ގުނަވަންތައް ބުރިކޮށް ހެދިއިރުވެސް ދުނިޔެއަށް އެއީ އޭނާ ގަދަކަމަުން ހުއްޓުވަންޖެހޭ ވަރުގެ ކުށެއްކަމަށް ގަބޫލު ނުކުރެއެވެ. ބައްޝާރުގެ ޞައިދަނާޔާ ޖަލުގައިވާ ހައިޑްރޯލިކް ފިއްތާ މެޝިނުން ، މީހުން މަރާފައި ، އެއަށްލައި ފިއްތާ ހަށިގަނޑު ޗިސްކޮށްލައެވެ. އެއީ ހެކިނައްތާލުމަށް ގޯންޏަށްލާފައި ވަޅުލަން ގެންދިއުމަށް ފަސޭހައަކަށެވެ. މިވެސް ހަމަ ރަނގަޅެވެ. ދުވާލަކަށް މަދުވެގެން 45 މީހުން މަރާ ޞައިދަނާޔާ ޖަލު މިވީ ޢަޒާބާއި ، އިންސާނުން މަރާ ފެކްޓްރީއަކަށެވެ. 21 ވަނަ ޤަރުނުގެ އިންސާނީ ޙައްޤުތައް ފޯރުކޮށްދޭ ގޮތެވެ. މައިނޯރިޓީ ނުޞައިރީންނަށް ވެރިކަން ލިބުމުން ރައްޔިތުންނަށް ޚިދުމަތްކުރި އޯގާވެރި ގޮތެވެ.
ނަމަވެސް ހުޅަނގުން އަޑަށްބާރުލާފައި މިބުނަނީ އަހަރެމެން "ހައިއަތު ތަޙްރީރް އައްޝާމް" ބަލައިގަންނާނީ ، ސީރިޔާގެ މައިނޯރިޓީ ބައިގަނޑުތަކާއިމެދު ޢަމަލުކުރާ ގޮތާއިމެދު ބަލާފައެވެ.
ހަމައެހެންމެ ބައްޝާރުގެ ވެރިކަން ވެއްޓިދާނެހެން ހީވުމުން ހުޅަނގުގެ ވެރިން ވަރަށްބޮޑަށް ކަންބޮޑުވެއްޖެއެވެ. އިސްލާމީ އުއްމަތުގެ ޖިހާދުގެ ދިދަ އުފުލު މުސްލިމުންތަކެއް އަނިޔާއިން މިންޖުވާތީ ކަންބޮޑުވާމިންވަރެވެ . ހުންނަ ނުބައިކަމާއެވެ. ޣައްޒާއަށް ދެމުންދާ އަނިޔާތައް ދެކޭށެވެ. އެވެސް ހަމަ ރަނގަޅެވެ. ކަންބޮޑުވަނީ ޙަމާސްގެ މުޖާހިދުންނަށް ކާމިޔާބުވެ އިޒްރޭލު ބަލިވެދާނެތީއެވެ. ޣައްޒާގެ މުސްލިމުން ފޮތިޖެހުނަސް ، ކުއްތާތައް ޝަހީދުންގެ ހަށިތައް ކެޔަސް މައްސަލައެއް ނެތެވެ. މުޅި ޣައްޒާއިން މީސްތަކުން މަރުވެނެތިދިޔަސް ، އިޒްރޭލުގެ ރައްޔިތަކު މަރުނުވަންޏާ އެހުރީ ރަނގަޅަށެވެ.
ބައްޝާރު ވެއްޓެން ފެށުމުންސައުދީގެ ވަލއްޔުލްޚަމްރު "ބިން ސަލްމާން" ކުއްލިއަކަށް ދުބާއީއަށްގޮސް އެތާނގެ ޝައިޠާނު ބިން ޒާއިދާ ބައްދަލުކުރީ ކީއްވެހެއްޔެވެ؟ އެހެނީ އަދިވެސް ކުށްވެރިންނަށް މިވަނީ ﷲ ގެ މަގުގައި ޖިހާދުކުރާ މުޖާހިދުންނެވެ. ޙަޤީޤަތް ފެނޭހެއްޔެވެ؟
މިޞްރުގެ ސީސީ ކުއްލިއަކަށް ޓީވީ ޕްރޮގްރާމްތަކަށް އަރައި އޭނާ 5 ވަގުތު ނަމާދު އަދާކުރާކަމާއި ، އޭނާގެ އަތުގައި އެއްވެސް މީހެއްގެ ލޭ އުނގުޅިފައި ނުވާނެކަމަށާއި އެއްވެސް މީހެއްގެ މުދަލުގައި އޭނާގެ އަތްޖެހިފައި ނުވާނެކަމަށް މި ކިޔަނީ ކީއްވެ ހެއްޔެވެ؟
އެހެނީ ޢަރަބި ސްޕްރިންގ ފެށުމާއެކު މިޞްރަކީ ގުޑިގެންދިޔަ ތަނެކެވެ އަދި އެދުވަހު މިޞްރުގެ ޠޯޣޫތު މުބާރަކް ވެއްޓުނުހެން ، މިހާރުގެ ޠޯޣޫތު ސީސީ ވެއްޓުންވެސް ان شاء الله ވަރަށް ގާތެވެ.
މުޖާހިދުން ތަންތަން ފަތަޙަކުރަމުންގޮސް ޙަމާސިޓީ އަށް ވަންނަން ތައްޔާރުވިއިރު ، ބްރިޓިޝް ބަނޑަހަޖަހާފައިވާ އުރުދުނުން ، ބައްޝާރު ޙިމާޔަތްކޮށްދޭނެކަމަށް ފޮނުވި ޑޮކިޔުމެންޓްތައް ބައްޝާރުގެ އިންޓެލިޖެންސް އޮފީހުގައި ފައިލްކޮށްފައި ހުއްޓެވެ.
ހަމައެހެންމެ އިންޑިޔާއިންވެސް ކަންބޮޑުވެއްޖެއެވެ. ބަޔާނަކަށްފަހު ބަޔާނެއް ނެރެނީއެވެ. އެހެނީ ކަޝްމީރު އަޅުވެތިކޮށްފައި އޮތްއޮތުމަށް ނިމުންއައިސްދާނެތީއެވެ. ކަޝްމީރުގެ މުސްލިމުންނަށް ޝާމުގެ ނަޞްރުން ހިތްވަރުލިބިދާނެތީއެވެ.
އެހެންކަމުން މި ޠޯޣޫތުންގެ އުސޫލަކީ ރައްޔިތުން ހާހުން މަރުވިޔަސް އެބައިމީހުންގެ ވެރިކަމާއި ، ވިޔަފާރިތައް ސަލާމަތްކުރުމެވެ. ރައްޔިތުން ކޮށައި ފޮތިޖެހިޔަސް އެއީ މައްސަލައެއް ނޫނެވެ.
? ކުފުރު އޭގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިދޭއިރު ، މުސްލިމް އުއްމަތް ކޭކު ފޮތިތަކެއްހެން ފަޅިވެފައި
އިޒްރޭލުގެ ވެރިކަންކުރާ ޕާޓީން ވަކީވެ ، "ނިއު ހޯޕް" ގެ ނަމުގައި ޕާޓީއެއް އުފައްދާފައިވާ "ޖިދިޢޫން ސާޢިރު" އަލުން ނަތަންޔާހޫގެ ސަރުކާރާއި ގުޅި ، ޣައްޒާ ހަނގުރާމާގައި ، ޔަހޫދީ މުޖުތަމަޢު އެއްބައިކުރުމަށް ތެދުވެއްޖެއެވެ.
ކުފުރުގެ މުޅި މިއްލަތް އެކަތިގަނޑެއްހެން ، ޣައްޒާއާއި ދެކޮޅަށް ނިކުމެ މުޅި ތަން ފަނާކުރާއިރު ، އިސްލާމީ އުއްމަތުގެ ޙާލަކީ ޣައްޒާއަށް އެހީ ނުވެވޭތާނގައި ، އެމުޖާހިދުންނަށް ބަދުބަސް ބުނުމެވެ. ބައެއްފަހަރަށް ވަލު ޖަނަވާރަށްވުރެވެސް ދަށްކޮށްލައެވެ.
ޣައްޒާގެ ޖިހާދަކީ އޭގައި ޝައްކެއް ، ރީބައެއް ނެތް ޖިހާދެކެވެ. އެއްފަރާތުގައި ތިބީ ، ﷲ ތަޢާލާ އެބަޔަކަށް ކޯފާ ލެއްވި ޔަހޫދީންނެވެ. ( ރަތްލާޖެހި ކާފިރުންނެވެ. ) އެފަދަ މީހުނީ އެބަޔަކަށް ޤުރުއާނުގައިވާ ، ސޫރަތުލް ކާފިރޫންގެ ފުރަތަމަ އާޔަތުން މުޚާޠަބު ކުރެވޭނެ ބައެކެވެ. ( އެ އާޔަތުގައި ވެއެވެ. އޭ ކާފިރުންނޭވެ! )
މިޖިހާދުގެ އަނެއްފަރާތުގައި ތިބީ އަޤްޞާ މިސްކިތާއި ، ފަލަސްޠީނުގެ ބިން ޔަހޫދީންގެ ކިބައިން ދިފާޢުކުރުމަށް ނިކުމެތިބި ޣައްޒާގެ މުޖާހިދުންނެވެ.
މިޞްރު ސުންނީ މުސްލިމް ދައުލަތެއްގެ ގޮތުގައި ގުނޭއިރު ، ޣައްޒާގެ ކަރަށް ފައިން އެރުން ނޫންކަމެއް ސީސީގެ ވެރިކަމުގައި ނުފެނެއެވެ.
އުރުދުން އިން ހާޝިމީ ދަރިކޮޅުގެ ނަސަބު ހިފައިގެން ހުރެ ، ޔަހޫދީންނަށް ތަކެތި އިމްޕޯޓުކުރެވޭނެހެން އެއްގަމު މަގުން ބޯޑަރުތައް ފަސޭހަކޮށްލަދިނެވެ. އެއީ އަނެއްކޮޅުން ޣައްޒާއަށް ފެންތިއްކެއްވެސް ނުލިބޭނެހެން ބޯޑަރުތައް ބަންދު ކޮށްފައެވެ.
ލުބުނާންއިން އެކަށީގެންވާ އެހީ ވެވެން އޮވެމެ ، ދަމަކުން ބަޑިއެއް ޖަހާހެން އެއްޗެއް ޖަހާލައެވެ. ނަމަވެސް އިޒްރޭލޫގެ އެ އަނިޔާވެރިކަމުގައި ފަނާވަމުންދާ ޣައްޒާގެ އަތުގައި ހިފި ހަމައެކަނި ބަޔަކީ ލުބުނާންއެވެ. ލުބުނާންގެ ޝިޔަޢީ ޖަމާޢަތް ޙިޒްބުﷲ ގެ ޙަމަލާތަކުގެ ސަބަބުން އިޒްރޭލުގެ އުތުރުސަރަޙައްދުތަކުގެ އެތައްހާސް ޔަހޫދީންނެއްވަނީ ގެދޮރުދޫކޮށް ވަގުތީ ހިޔާތަކަށް ބަދަލުވެފައެވެ. މިއީ ސުންނީ މުސްލިމުންގެ ކިބައިން ޙަމާސްއަށް ނުލިބުނު މަދަދެވެ.
އަދިވެސް އެބުނާ ސުންނީ މުސްލިމް ދައުލަތްތައް އޮތީ އެމެރިކާގެ ޑޯޒްނަގައިގެން ނިދާފައެވެ. މިކަމުގެ ސަބަބުން އެތައްބަޔަކު ޝިޔަޢީންނާ ، އީރާނަށް ލެނބެމުންދެއެވެ. އެހެނަސް ވިސްނަންވީ ، ޙަމާސްއިން ޝިޔަޢީންގެ އެހީއާއި މަދަދު ހޯދަނީ ، އިޚްތިޔާރުގައި ނޫންކަމެވެ. އެހެނެއްކަމަކު އެހީވާނެ ބަޔަކު ނެތުމުންކަމެވެ. އަދި އީރާނާއި ޝިޔަޢީންގެ އަޤިދާއަކީ އޭގެޒާތުގައި ، ވަރަށްބޮޑަށް ކުފުރާއި ، ޝިރުކު ، އަދި ޚުރާފީކަންތައްތައް އެކުލެވިގެންވާ ޢަޤިދާއެެއް ކަމެވެ.
އެހެންކަމުން މި ޙާލަތުގައި ޙަމާސްގެ މުޖާހިދުންނާއިމެދު ނުބައިކޮށް ދެކޭމީހާ އޭނާގެ ނަޒަރު އެ މުޖާހިދުންގެ ވާޤިޢުއަަށް ނުފޯރައެވެ. އަދި މިވަގުތު އެމުޖާހިދުންނަށް ޢުޒުރުދިނުމީ އަހަރެމެން ކަންކުރަންވީ ގޮތެވެ. އަދި ޝިޔަޢީންނަށް މަދަޙައާއި ސަނާކިޔާވަރަށްވުރެ ، ޙިޒްބުﷲ އިން ޢިރާޤާއި ސީރިޔާގައި ހިންގި ޤަތުލްޢާންމުތައް މާނުބައިކަން ބޮޑެވެ. އޭގެ ތެރޭގައި ، ސީރިޔާގެ ބާނިޔާސްގެ ސަރަޙައްދަަށް އަރައި ކުޑަކުދިންގެ ބަނޑުފަޅައި ، ލޯކޮނެ ، ގުނަވަންތައްބުރިކޮށް ، އަންހެންދަރިން ރޭޕްކޮށް އެތައް އަނިޔާއެއް ދީފައިވެއެވެ. އަދި ޢިރާޤުގައި ޝިޔަޢީން ، ސުންނީ މުސްލިމެއްގެ 3 އަހަރަށްދާ ކުޑަ އަންހެންދަރި ދަގަނޑަކަށް މަހާފައި ބައްޕަގެ ކުރިމަތީ އެދަރިފުޅު އަލިފާނުގައި ފިހެލިއެވެ. މިއީ އަދި އެބައިމީހުންގެ ޢަޤީދާގައި ފާޅުކުރާ ނުބައިކަންތައްތައް ފިޔަވައެވެ.
ނަމަވެސް އެބުނާ ސުންނީ މުސްލިމުންތައް ކޮބައި ހެއްޔެވެ؟ މިރާއްޖެއަށް ބަލައިލާށެވެ.
"ސަލަފް" އެބައިމީހުންގެ ޕްލޭންއަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކޭއިރު ، އަދާލަތުން (އިޚްވާން ) ދެކެނީ އެޕާޓީގެ ސިޔާސީ ވިސްނުމަކީ އެންމެ ފައިދާ ހުރިގޮތްކަމެވެ. "އެސް.އެސް" (ސުޕަރ ސަލަފީ) މަދުޚަލީން ދެކޭގޮތުގައި ވެރިކަމާއި ޕާޓީތަކާއި ގާތްނުވެ މީސްތަކުންނާއި އެކަހެރިވެގެން ސުންނަތް ދިރުވަން (އެކި ޝޭޚުނަށް ބަވަމުން) އުޅުން އެއީ އެންމެ ރަނގަޅު ގޮތެވެ. އަނެއްބަޔަކު ދެކޭގޮތުގައި މަދުބަޔަކު ފިޔަވައި އެންމެނީ ކާފިރުންނެވެ. އެހެންކަމުން އެންމެންގެ ކިބައިން ބަރީއަވާންޖެހެއެވެ. އަނެއްބަޔަކީ އުއްމަތް ނަޖާވުމަށް ފެންބޮވައިގެންފައިވަނިކޮށް އައި ޚުރާފީ ޚިލާފަތެއްގެ އަވާގައިޖެހިފައިވާ ބައެކެވެ. އަނެއްބަޔަކީ އުއްމަތަށްޓަކައި ޖިހާދަށް ތެދުވަން މަސައްކަތްކުރާ އެހެނަސް މިހުރިހާ ބައިގަނޑެއްގެ ކިބައިންވެސް މަދަދުވެރިކަމެއް އެހީތެރިކަމެއް ނުލިބުމުން އެތައް ގޮންޖެހުތަކަކާއި ކުރިމަތިލަމުންދާ ބައެކެވެ. ކޮންމެ ބައެއްވެސް އަނެއްބަޔަކަށް އިނގިލި ދިއްކުރާ ޙާލުގައެވެ. މިއީ އެއްޒަމާނެއްގައި އެކަތިގަނޑަކަށް އޮތް އެއްހަށިގަނޑެއްގެވެރި އުއްމަތެއްކަން އިޙްސާސްވެސް ނުވެއެވެ.
? އިސްލާމްދީން އޭގެ ޙަޤީޤީ ސޫރާގައި އަދުގެ މުސްލިމުންގެ ނަޒަރުން މިވަނީ ގެއްލިފައެވެ.
އަދުގެ ގިނަބަޔަކު ދެކޭގޮތުގައި ، ދީނަކީ މިސްކިތު 4 ފާރުގެ އެތެރޭގައި ކުރާ އަޅުކަމާއި ، ރަމަޟާން މަހުގެ ރޯދަހިފުމެވެ. އެހެންކަމުން އެންމެ ދީންވެރިވާ މީހާވެސް ނަމާދުގެ ޖަމާޢަތަށް ދެވޭނަމަ ފުއްދާލައެވެ. އަދި ރޯދަމަހަށް ސުފުރާގެ ގިނަ ވައްތަރުތައް ތައްޔާރުކޮށް ގޭގެ ކުލައާކޮށް ، ތަރާވީހުގައި ޚަތިމްކޮށްލެވުމުން އެހުރީ ވަރަށްބޮޑަށް ދީނުގެތެރެއަށް ވަދެވިފައި ކަމުގައި ދެކެއެވެ.
ނަމަވެސް ދީނަކީ ވަރަށް ފުޅާ މާނައެކެވެ. ކުރުކޮށް ބުނާނަމަ އެއީ އިންސާނާ އޭނާގެ ހުރިހާކަމެއްގައި ޢަމަލުކުރަން ޖެހޭގޮތެވެ. އެހެންކަމުން ދީނަކީ ސިޔާސަތެކެވެ. ނިޒާމެކެވެ. ޤާނޫނުތަކެއް އެކުލެވިގެންވާ ދުސްތޫރެކެވެ.
މިސާލަކަށް ބަލާށެވެ. ﷲ ތަޢާލާ ޤުރުއާނުގައި ޔޫސުފްގެފާނު އެކަލޭގެފާނުގެ އަޚް މިޞްރުގައި ބަންދުކުރި ހިނދު އެކަން ސިފަކުރެއްވީ ކިހިނެއް ހެއްޔެވެ؟
{ مَا كَانَ لِیَأۡخُذَ أَخَاهُ فِی دِینِ ٱلۡمَلِكِ }
[ ސޫރަތު ޔޫސުފް 76]
މިއާޔަތުގައިވާ މަލިކުގެ ދީން ސިފަކުރައްވާފައި އެވަނީ އޭނާގެ ސިޔާސަތުތަކުގެ މައްޗަށެވެ. އެހެންކަމުން ރަސްކަލަކު މީހުން ހައްޔަރުކުރާގޮތް ނުވަތަ އެކަމަށް ތަންފީޒުކުރާ ޤާނޫނުތައް މިވަނީ ދީނުގެ ތެރޭގައިކަން ދޭހަކޮށްދެއެވެ.
އަނެއްކަމަކީ ޢައްމާފޮތަށް ބަލާއިރު މުޅި ހުރިހާ ސޫރަތެއްކަހަލަ ގޮތަކަށްއެއީ މައްކީ ސޫރަތްތަކެވެ. އެއީ އިސްލާމްދީނުގެ ކުރީކޮޅެވެ. މުސްލިމުންގެ ގޮތުގައި އޭރުތިބި ޢަދަދު އިނގިލިން ގުނާލެވެއެވެ. 60 އެއްހާ މީހުން ހަމަނުވާއިރު ، ވިޔަފާރީގައި މިނެކިރަންވީގޮތުގެ ވާހަކަ ބާވައިލެއްވިގެން ދިޔައެވެ. އެބަހީ ވިޔަފާރިކުރަންޖެހޭ ގޮތުގެ ޤާނޫނުތަކާއި ހަމަތައް ކަނޑައެޅިގެން ދިޔުމެވެ. ފައިސާ ހުއްޓަސް އަދި ބޭނުންހާ ގޮތަކަށް ނުގަނެވޭނެއެވެ. އަދި މުދާ ހުރިމީހާއަށް ބޭނުންހާ ގޮތަކަށް ނުވިއްކޭނެއެވެ. އެހެނީ މިއީ ދީނެވެ.
އެހެންކަމުން ގަނެވިއްކާއިރު މިނެކިރުމުގައި މަކަރުހަދާމީހާއަށް ޢަޛާބު ކަނޑައެޅިގެންވާކަން ބަޔާންކުރެއްވީ އެހެންވެއެވެ.
{ وَیۡلࣱ لِّلۡمُطَفِّفِینَ }
[ސޫރަތުލް މުޠައްފިފީން ، 1]
ނަމަވެސް މިއަދުގެ ޖީލުގެ ގިނަމީހުން މިކަން މިމޭރުމުން ޤަބޫލުކުރޭބާއެވެ. އެބައިމީހުން ދެކޭގޮތުގައި ކޮންމެކަމަކަށް ދީން ވަންނާކަށް ނުޖެހެއެވެ. ދީންވަނީ ހަމައެކަނި އަޅުކަމުގެ ތަރަޙައިގެ ތެރޭގައެވެ. އެފަދަމީހުން ބުނާކަހަލައެވެ.
{ قَالُوا۟ یَـٰشُعَیۡبُ أَصَلَوٰتُكَ تَأۡمُرُكَ أَن نَّتۡرُكَ مَا یَعۡبُدُ ءَابَاۤؤُنَاۤ أَوۡ أَن نَّفۡعَلَ فِیۤ أَمۡوَ ٰلِنَا مَا نَشَـٰۤؤُا۟ۖ إِنَّكَ لَأَنتَ ٱلۡحَلِیمُ ٱلرَّشِیدُ }
އެއުރެން ބުންޏެވެ. އޭ ޝުޢައިބެވެ! ތިމަންމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތި ދޫކޮށްލުމަށް، ނުވަތަ ތިމަންމެންގެ މުދާތަކާމެދު ތިމަންމެން އެދޭގޮތަކަށް ކަންތައްކުރުން ދޫކޮށްލުމަށް، ކަލޭގެފާނުގެ ނަމާދު، ކަލޭގެފާނަށް أمر ކުރަނީތޯއެވެ! ހަމަކަށަވަރުން، ކަލޭގެފާނީ ކެތްތެރި، ވިސްނުންފުޅު ފުރިހަމަ ބޭކަލަކީމުއެވެ. (ނޯޓް : ކެތްތެރިކަމާއި ، ވިސްނުންތޫނުކަމަށް ބުނެފައިއެވަނީ މަލާމާތުގެ ގޮތުންނެވެ.)
[ސޫރަތު ހޫދު 87]
މިތާނގައި ބުނާގޮތުންނަމަ ، ވިޔަފާރިވެރިންގެ ފައިސާއާއި މެދު ގޮތްކިޔިގެން ނުވާނެއެވެ. ނަމަވެސް ﷲ ތަޢާލާ ޝުޢައިބުގެފާނަށް އެންގެވީ ގޮތްކިޔުމަށެވެ. އެބަހީ އެއީ ދީނުގެތެރޭގައިވާ ކަންކަމެވެ.
ހަމައެހެންމެ އަޅުންނާއި ، ފުރާވަރުގެ ޢުމުރަށް (ބާލިޣުނުވާ ) ނާޅާކުދިން 3 ވަގުތެއްގައި ބޮޑެތިމީހުންގެ ކިބައިން އިޒުނައަށް އެދެންޖެހެއެވެ.
{ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ لِیَسۡتَـٔۡذِنكُمُ ٱلَّذِینَ مَلَكَتۡ أَیۡمَـٰنُكُمۡ وَٱلَّذِینَ لَمۡ یَبۡلُغُوا۟ ٱلۡحُلُمَ مِنكُمۡ ثَلَـٰثَ مَرَّ ٰت}
[ސޫރަތުއްނޫރު ، 58]
ފަހެ މިފަދަގަޑިތަކުގައި އިޒުނަހޯދަންޖެހޭކަން އަންގަވާފައި އެވަނީ ، އެބަހީ އިޒުނަ ނުހޯދާނަމަ އެއީ ގޭތެރޭގައި އުޅެންވީ ގޮތުގެ ޤާނޫނާއި ޚިލާފުވަނީއެވެ. އަދި މިއަށް ޢަމަލުކުރުން މިވަނީ ދީނަށް ޢަމަލުކުރުމުގެ ތެރެއިންނެވެ.
އަދިވެސް މިނޫނަސް ބައިވަރު އެތައް ދަލީލުތައް ހަމައެކަނި ޤުރުއާނަށް ބެލިޔަސް ފެންނަން އެބަހުއްޓެވެ. ނަމަވެސް ގިނަމީހުން މިއަދު ދީން ރަމްޒުކުރަނީ ވަކިގޮތަކަށް ހެދުން އަޅާފައި ( ތުނބުޅި ފައިކުރި ބަހައްޓާފައި ނުވަތަ ، މޫނުބުރުގާ އަޅާފައި ހުރުން ) ނުވަތަ ވަކި ކުލައަކުން ޖުއްބާލައި މީސްތަކުންނާއި ވަކިވެގެން އުޅުމެވެ. އެހެނަސް މިދީނާއިގެން ފޮނުއްވުނީ މީސްތަކުންގެ ތެރެއަށެވެ. މީސްތަކުންނަށް ހެޔޮގޮތް ކިޔައިދިނުމަށެވެ. މުޖުތަމަޢު އިޞްލާޙުކުރުމަށެވެ.
ކޮންމެ މީހަކު އެމީހެއްގެ ނަފްސާއިގެން ރައްކާވާނަމަ ، މުޖުތަމަޢަށް ވާނީ ކިހިނެއްހެއްޔެވެ؟
ހަމައެހެންމެ އަހަށް ސަވާރުވުމާއި ، ދުނިދަނޑި ޖެހުމާއި ، މޫދުގައި ފެތުމަކީވެސް ދީނުގެތެރޭގައި އައިސްފައިވާ ކަންކަމެވެ. ނަމަވެސް އެއްބަޔަކު ފޯރިނަގަނީ ބޮލުގައި ތާކިހާއަޅާނެ ގޮތަކާއިމެދުގައެވެ.
? ފަލަސްޠީން މުޖާހިދުންގެ ތަރުބިއްޔަތުން ، ޞަޙާބީންގެ ޛިކްރާ އާކުރުވާފަދައެވެ.
ޙަމާސްގެ އައިޑީ އުފެއްދުމުގެ ފުރަތަމަ މޭސްތިރި "ޔަޙްޔާ ޢައްޔާޝް" ގެ ދުވަސްވަރު ، ޔަހޫދީންނާއި ދެކޮޅަށް ޙަރަކާތްތެރިވާ ފަލަސްޠީނު މުޖާހިދަކު އެއަޚާގެ ދަރިފުޅާއެކު ޔަހޫދީން ހައްޔަރު ކުރިއެވެ. ޔަހޫދީން އެއަޚާާގެ ކުރިމަތީ ދަރިފުޅަށް އަނިޔާކުރަންފެށުމުން ، އެއަޚާ ބުންޏެވެ. :
(( އަހަރެން ކަލޭމެންގެ ކައިރީ ހުރިހާ ކަމަކަށް އެއްބަސްވެދާނަމެވެ. ނަމަވެސް އަހަރެންގެ މި ދަރި ޤަތުލުކޮށްލާށެވެ. އެހެނީ އޭނާ އަހަރެންނާއި ބެހޭގޮތުން ވާހަކަދައްކައިފިނަމަ ، އަހަރެން ޤަތުލުކޮށްލާނެއެވެ.)) ފަހެ އެބައިމީހުން އޭނާގެ ދަރިފުޅު ޤަތުލުކޮށްލިއެވެ. އެހިނދުގައި އޭނާ އެބައިމީހުނަށް ބުންޏެވެ. :
(( ހަމަކަށަވަރުން އަހަރެން ، އަހަރެންގެ ނަފްސަށް ބިރުގަތެވެ. އަހަރެންގެ ދަރިފުޅަށް ދެމުންދިޔަ އަނިޔާގެ ސަބަބުން އަހަރެން ( އީމާންކަން ) ބަލިކަށި ވެދާނެތީއެވެ. ދަންނާށެވެ. ހަމަކަށަވަރުން އެދަރިފުޅު އޭނާގެ ވެރިރައްބުގެ ޙަޟުރަތަށް ޝަހީދެއްގެ ގޮތުގައި ހިނގައްޖެއެވެ. ފަހެ ތިޔަބަައިމީހުން ހިތުހުރިގޮތެއް ( އަހަންނަށް ) ހަދާށެވެ. އަހަރެންގެފަރާތުން ކަލޭމެނަށް އެންމެ ލަފްޒެއްވެސް ހަމަހިލާ ނުލިބޭނެއެވެ. )) އެކަން އެފަދައިން ކުރިއެވެ.
[ޒާހިރު ޢަލީ ޖިބްރީންގެ މުޒައްކިރާއިން ، ކަތާއިބުލްޤައްސާމްގެ ވެސްޓްބޭންކް ސަރަޙައްދުގެ ފައުންޑަރ މެމްބަރެއް]
♦️ ނިކަންދެކޭށެވެ. މިއީވެސް އިންސާނުންނެވެ. ބައްޕައަކާއި ދަރިއަކު މިދީނަށްޓަކައި ވެގެންދިޔަ ޤުރުބާނީއެވެ. ފަހެ ތިބާއަށް މިސާބިތުކަން ނުލިބެނީހެއްޔެވެ؟ ނުވަތަ ތިބާ އެއަށް ފުރަގަސްދެނީހެއްޔެވެ؟
? ނަބިއްޔުންގެ އަލި ވޮށްތަކުން :
މޫސާގެފާނު އެކަލޭގެފާނުގެ ދަޢުވަތު ވަރުގަދަކޮށް އިތުރަށް ފުރިހަމަކުރެއްވުމަށް އެކަލޭގެފާނުގެ އަޚް (ކޮއްކޯފުޅު) ހާރޫނުގެފާނު ނުބުއްވަތުގައި ބައިވެރިކުރައްވާތޯ ﷲ ތަޢާލާއަށް ދުޢާދެންނެވިއެވެ.
{ وَٱجۡعَل لِّی وَزِیرࣰا مِّنۡ أَهۡلِی (29) هَـٰرُونَ أَخِی (30) ٱشۡدُدۡ بِهِۦۤ أَزۡرِی (31) وَأَشۡرِكۡهُ فِیۤ أَمۡرِی (32) كَیۡ نُسَبِّحَكَ كَثِیرࣰا (33) وَنَذۡكُرَكَ كَثِیرًا (34) }
އަދި ތިމަންކަލޭގެފާނުގެ أهل ވެރިންގެ ތެރެއިން ވާގިވެރިޔަކު ތިމަންކަލޭގެފާނަށް ލައްވާނދޭވެ!
(އެއީ) ތިމަންކަލޭގެފާނުގެ އަޚް هارون ގެފާނެވެ.
އެކަލޭގެފާނުގެ ސަބަބުން ތިމަންކަލޭގެފާނުގެ ބާރުގަދަ ކުރައްވާނދޭވެ!
އަދި ތިމަންކަލޭގެފާނުގެ ކަންތަކުގައި (އެބަހީ: رسول ކަމާއި، އެކަން تبليغ ކުރެއްވުމުގެ مسـئولية ގައި) އެކަލޭގެފާނު ބައިވެރިކުރައްވާނދޭވެ!
އަޅަމެން ތިޔައިލާހަށް ގިނަގިނައިން ތަސްބީޙަ ދެންނެވުމަށްޓަކައެވެ.
އަދި ގިނަގިނައިން އަޅަމެން ތިޔައިލާހު ހަނދުމަކުޅައުމަށްޓަކައެވެ.
[ސޫރަތުއް ޠާހާ ، 29 އިން 34 އަށް]
ނަމަވެސް މިއަދު އުއްމަތުގެ އިޞްލާޙަށް އެދި ދަޢުވާކުރާ ، އަދި ޖިހާދުކުރާ ގިނަ ޖަމާޢަތްތައް އޭގެ އެއްބަޔަކު އަނެއްބައެއްގެ ކިބައިން ބަރީއަވެ ، ތިމާގެ ބައިގަނޑަކީ ހުރިހާކަމެއް ކުރަންޖެހޭ އަދި ހުރިހާ ނަމެއް ލިބެންޖެހޭ ބައިގަނޑުކަމުގައި ދެކެއެވެ. އަދި ކިއެއްހެއްޔެވެ؟ ގިނަ ބައިގަނޑުތައް އޭގެ އެއްބަޔަކު އަނެއްބަޔަކަށް ޢަދާވާތްތެރިވެ ، އަނެކާ ހަލާކުވުމަށް އެދެއެވެ. ބައެއްފަހަރަށް ލޭ އޮހޮރުވާލައެވެ. ވީއިރު ނަބަވީ މަންހަޖުން ހިޔާކުރުވާ ޚިލާފަތުގެ ހިޔާދަށުގައި އެބަޔަކު މަޑުކޮށްލާނީ ކިހިނެއް ހެއްޔެވެ؟ އެހެނީ އެހިތްތައް ފަސާދަވެ ބަލިމަޑުކަން އިންތިހާއަށް ގޮސްފައިވާތީއެވެ.
ދަންނާށެވެ. ނަބިއްޔާ ﷺ ގެ ދަރުބާރުގައި ، އިސްލާމީ ދަޢުވަތުގެ ހިޔާދަށުގައި މުނާފިޤުންގެ ވެރިޔާ ޢަބްދުﷲ ބިން އުބައްޔު ބިން ސަލޫލަށް އުޅުމުގެ ޙައްޤު ދިނެވެ. އޭނާގެ ފަރާތުން ސަރީޙަޢިބާރާތުން ކުފްރުންބަވާޙް ފާޅު ނުވާތީއެވެ. ފަހެ މިއަދުގެ ބައިގަނޑުތަކާއި އެބައިގަނޑުތައް ތަމްސީލުކުރާ ޝެއިޚުންނަށް މުސްލިމުންގެ ތެރޭގައި ތިބި އެފަދަ މުނާފިޤުންގެ ތުރާ ތަޙައްމަލު ކުރެވޭނެ ހެއްޔެވެ؟
އެހެނީ އިސްލާމްދީނަކީ ހަވާނަފްސެއް ނޫނެވެ. 7 ވަނަ އުޑުގެމަތިން ބާވައިލެއްވިފައިވާ ޝަރީޢަތެކެވެ. އޭ އިސްލާމީ އުއްމަތުގެ އަފްރާދުންނޭވެ! ތިޔަބައިމީހުން ބައިބައިވާ ކަންކަމަށްވުރެ މިދީނުގައި ތިޔަބައިމީހުން އެއްބައިކުރުވަނިވި ކަންތައް ގިނަގުނައެވެ. ތިޔަބައިމީހުން ޢަދާވާތްތެރިކުރުވަނިވި ކަންތަކަށްވުރެ ، ތިޔަބައިމީހުން މަޢާފުކޮށް ސަމްޙުކުރުމަށް އައިސްފައިވާ އަމުރުތައް ގިނަގުނައެވެ. ވީއިރު ތިޔަ ބައިބައިވެ ނިކަމެތިވެގަންނަނީ ކީއްވެ ހެއްޔެވެ؟
ޑިމޮކްރަސީ ނިޒާމުގެދަށުން ވެރިކަންކުރާ ސަރުކާރެއްގެ ޕާލަމަންޓު މެމްބަރުން ހޮވުމަށް ވޯޓު ލެވިދާނެހެއްޔެވެ؟
قناة احمد علي على تيليجرام ( شروحات تقنية ، تطبيقات ، أفلام ومسلسلات ، خلفيات ، و المزيد )
Last updated 5 months, 2 weeks ago
يرمز تيليجرام إلى الحريّة والخصوصيّة ويحوي العديد من المزايا سهلة الاستخدام.
Last updated 6 months, 3 weeks ago
- بوت الإعلانات: ? @FEFBOT -
- هناك طرق يجب ان تسلكها بمفردك لا اصدقاء، لا عائلة، ولا حتى شريك، فقط انت.
My Tragedy Lies With Those Things That Happen in One Second And Remain
- @NNEEN // ?: للأعلانات المدفوعة -
Last updated 7 months, 2 weeks ago