Unlock a World of Free Content: Books, Music, Videos & More Await!

Shaykh Sulaymān Al-'Alwān Dhivehi

Description
މި ޗެނަލްއަކީ ޝައިޚް ސުލައިމާން އަލް-ޢަލްވާންގެ (فك الله أسره) ބުނުންތަކުގެ ދިވެހި ތަރުޖަމާ ގެނެސްދިނުމަށް ޙާއްޞަ ކުރެވިފައިވާ ޗެނަލްއެއް. إن شاء الله
Advertising
We recommend to visit

خصوصیات متولدین هرماه❤️

Last updated 3 days, 6 hours ago

<<Buy Ads>> https://telega.io/c/Love_shayari_hd_status

✨ Join Fast 🔥100k Dream 💫

Last updated 4 months ago

[ 🧿 ]
ɪɴ ᴛʜᴇ ɴᴀᴍᴇ ᴏғ ɢᴏᴅ !
ʙᴇᴛᴡᴇᴇɴ ᴡʜɪᴛᴇ ᴀɴᴅ ʙʟᴀᴄᴋ

Last updated 1 month, 3 weeks ago

1 month ago

ހަށަން ބަނުމުގައި ސަލަފުންނާއި ޚިލާފު ވައްޓަފާޅިއެއް

❞ (ނަމާދުގެ މައްސަލާގައި) މިފަހުން ބަޔެއް މީހުން ގެނެސްގެން އުޅޭ، އެޔަކަށް ސަލަފެއް ފުށުން އަޞްލެއް އައިސްފައިނުވާ ބަޔެއް ކަންކަން އެބަހުއްޓެވެ. އޭގެ ތެރޭގައި ލަގޮނޑި ދޮށުގައި ހަށަން ބަނުން ހިމެނެއެވެ. އެއީ މިޒަމާނުގެ ވަރަށްގިނަ ޒުވާނުން ކަންތައް ކުރާފަދައިންނެވެ. މިއީ ވަރަށް ހުތުރުކަން ބޮޑު އަދި ﷲ ގެ ދީނުގައި ހައްދުން ބޭރުވުމެކެވެ. އެހެނީ ސަލަފުން ވިދާޅުވީ، ދެއަތް މޭމަތީ ބޭއްވުމަށެވެ. އަދި އޭގެތެރޭގައި ފޫޅުމަތީ ބޭއްވުމަށް ވިދާޅުވި ބޭކަލުންވެސް ވިއެވެ. އަދި ފޫޅުންް ތިރީގައި ބޭއްވުމަށް ވިދާޅުވި ބޭކަލުންވެސް ވެއެވެ. އެހެނަސް އޭގެތެރެއިން ލަގޮނޑި ދޮށުގައި އަތް އެޅުމަށް ވިދާޅުވި ބޭކަލެއް ނުވެއެވެ. އަދި ޢިލްމުވެރިންގެ މަޛުހަބުތަކުން އެންމެ ޞައްޙަކަމާއި ގާތީ މޭމަތީ އަތް ބަނުމެވެ.⁽¹⁾ އެއީ މުޙައްދިޘުން ދެކިލެއްވިގޮތެވެ. ❝

~ އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)

— ގަލަންދާނު

-------------------
[1] އޭގައި ސުންނަތް ޖަގަހައެއް ޘާބިތުވެފައި ނެތެވެ. އަދި ޚިލާފުއޮތީ ސަލަފުންގެ މަޛުހަބުތަކުން އެންމެ މޮޅުއިތުރު ގޮތާއި މެދުގައެވެ. އިތުރަށް ތަފްޞީލް، ”ހަށަން ބަނުމުގެ ޖަގަހައާއި މެދު، ޢަދުލުވެރި ބަޙުޘެއް“ އަދު ޕޯސްޓަރ: ހަށަންބަނުމުގެ ޞައްޙަ ޞިފަތައް.

1 month, 1 week ago


ދަރިވަރަކަށް އެމީހެއްގެ ގާތުން އުނގެނޭނެ ފަރާތެއް ނުވިޔަސް، ޢަޤީދާ އުނގެނުން ވަނީ އެމީހެއްގެ ދީނަށް އިތުބާރުހުރި މީހެއް ފުށުން އެކަންޏެވެ. އަދި އެނޫން ޢިލްމުތައް، މަންހަޖު ގައި ޚިލާފުވާ ނޫނީ ކޮންމެވެސް ބިދުޢައެއް ހުރި މީހެއް ފުށުން، އެބިދުޢަވެރިޔާގެ ބިދުޢައާއި ސީދާ ގުޅުމެއް ނުވާ ޢިލްމުތައް: މިޘާލަކަށް، ފިޤުހު ނުވަތަ ފަރުޟުތަކުގެ ޢިލްމު، ނުވަތަ ޢަރަބި ބަހުގެ ޢިލްމު ، ނުވަތަ އުޞޫލް ފިޤުހު، ނުވަތަ ޤަވާޢިދުލް ފިޤުހު އަދި މިނޫންވެސް މިޒާތުގެ ޢިލްމު ނެގެވޭނެއެވެ. އެހެނަސް މިއީ އޭނާ އަކީ އެބިދުޢަޔަށް ދައުވަތުދޭ މީހެއް ކަމުގައި ނުވާހާ ހިނދަކުއެވެ. (އެބަހީ، އެހެން ޢިލްމެއް ޙާޞިލުކުރަން ދާއިރުވެސް އޭނާގެ ފުށުގައިވާ ބިދުޢަ ފަތުރަން ނޫޅުމެވެ.)

އަދި ފަށައިގަންނަ ދަރިވަރަކަށް މިލުއި މިދެވެނީ، އެނޫން ފަރާތެއް (ޢިލްމު ހޯދަން) ނުލިބިއްޖެ ހިނދެއްގައި އެކަންޏެވެ. (އަދި މިބުނެވުނު ޝަރުޠުތަކުގެ މަތީންނެވެ.) އެހެނަސް އެހެން ފަރާތެއް ހުރެއްޖެ ނަމަ، މިލުއީގައި އޭނާ ހިފުމުގެ ބޭނުމެއް ނެތެވެ. އެގޮތުން އެނޫން އަދި ސަލާމަތްތެރި ޢަޤީދާގައިވާ ފަރާތެއް ފުށުން އޭނާ ޢިލްމު ލިބިގަނެ ފޮތްތަކުން ބަލައިހޯދައި މަންފާ ޙާޞިލް ކުރާނީއެވެ.

މިއާއި އެކުވެސް، މިޒަމާނުގެ ބިދުޢަވެރިންގެ ޙާލަތް މާޒީ އާއި ތަފާތެވެ. ކުރީގައި، އެކަމެއްގެ ޙާލަތުގައި މެނުވީ ބިދުޢަވެރިޔާ އޭނާގެ ބިދުޢަ ބަޔާން ނުކުރެއެވެ. އެހެނަސް މިހާރު އެހެންނަކުންނެއް ނޫނެވެ. އަދިކިއެއްތަ، އޭގެ ޙާލަތުގައި އާއި އެނޫން ޙާލަތުގައިވެސް އެބަޔާންކޮށް ހަދައެވެ. އެހެނީ އޭނާ ބޭނުންވަނީ އޭނާގެ އެ ބިދުޢަތައް އޭނާގެ އެޢަޤީދާ އަދި އޭގައިވާއެއްޗެއް ފާޅުކޮށް ދެއްކުމެވެ. އެއީ ފިޤުހީ ކަންކަމުގެ ތެރޭގައި އާއި މުޞްޠަލިޙުތަކާއި އެނޫން ކަންތަކުގައެވެ. ވަކިބަޔަކަށް ނިސްބަތްވެދާނެތީ ނުވަތަ ތުހުމަތު ކުރެވިދާނެތީ ނުވަތަ މިފަދަ އެއްވެސް ކަމަކަށް ފަރުވާލެއް ނެތިއެވެ...

އަދި އިންސާނާ ނިސްބަތްވަނީ އޭނާގެ މުދައްރިސަށެވެ. (މިއީ ބިދުޢަވެރިންނާއި މަންހަޖުން ބޭރު ފަރާތްތަކުގެ ގާތަށް އެއްވެސް ޢިލްމެއް ހޯދަން ދިއުމުން ނިކުންނަ އެއްގޯހެވެ.) އަދި މިކަމުގެ ސަބަބުން ބިދުޢަވެރިންގެ ޖަމާވުންތަކާއި އެއްވުންތައް ބައިބޯކަން އިތުރުކޮށްދެއެވެ. އަދި މިފަދަ ޙާލަތުގައި ހުންނައިރު ތިބާއާއިމެދު މީސްތަކުންނަށް އެނގޭނީ ކޯޗެއްހެއްޔެވެ؟ އަދި ތިބާގެ މަޤުޞަދާއިމެދު މީސްތަކުންނަށް ވަކި އެނގޭނީ ކޯޗެއްހެއްޔެވެ؟ އަދި ވަކިން ޚާއްޞަކޮށް —އަހަރެން ތަކުރާރުކޮށް ބުނަމެވެ— މިއީ މި ބިދުޢަވެރިޔާ ނޫން މީހެއް ތިބާ އަށް އަތުޖެހޭން އޮތް ޙާލަތުގައެވެ. ❝

— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން
( اللقاء المفتوح الثاني والعشرون)

~ ގަލަންދާނު

1 month, 1 week ago


އަދި ދެ ޞަޙީޙު ގައި ވެއޭ، ނަބިއްޔު ﷺ ޢައިޝަތުގެފާނަށް ޙަދީޘް ކުރެއްވިޔޭ: (އޭ ޢާއިޝާ އެވެ. އޭގައި (އެބަހީ ޤުރުއާނުގައިވާ) މުތަޝާބިހު ތަކެތީގައި ހިފައިގެން އުޅޭ މީހުން ކަމަނާއަށް ފެނިއްޖެނަމަ ދަންނައެ، ޙިމާޔަތްތެރިވެ ހުންނާށެވެ.) ވީމާ ނަބިއްޔު ﷺ އެކަމަނާ ހުށިޔާރު ކުރެއްވީ ޤަޥްލުތަކުން މުތަޝާބިހު ތަކެއްޗަށް ތަބަޢަވާ މީހުންނާއި މެދުގައެވެ. (ޙަދީޘް ކުރެއްވީ) ”އެހެނީ އެވެރިންނީ ﷲ އެންގެވި މީހުންނެވެ.“ އެބަހީ: ﷲ جل وعلا މިހެން ވަޙީ ކުރެއްވި މީހުންނޭ: ﴿فأما الذين في قلوبهم زيغ فيتبعون ما تشابه منه ابتغاء الفتنة وابتغاء تأويله وما يعلم تأويله إلا الله والراسخون في العلم﴾ (. ފަހެ ތިމާމެންގެ ހިތްތަކުގައި حقّ އާއި ދުރަށް ލެނބުންވާމީހުން ތިމާއެދޭގޮތަކަށް وحي އާއި ކުޅެން އެދޭމީހުން ދަންނައެވެ! ފަހެ އެމީހުން تَبَعَ ވަނީ އެ قرآن ގައިވާ مُتشابه އާޔަތްތަކަށެވެ. އޮޅުވާލާ ވާވައްދާލަން އެދިގެންނެވެ. އަދި ނުބައި فَاسِدُ تَأْوِيْلُ ކޮށް تفسير ކުރަންވެގެންނެވެ. އަދި އޭގެ تفسير އާއި مراد ހަމައެކަނި ﷲ އަށްމެނުވީ އެނގިގެން ނުވެއެވެ. އަދި علم ގައި އަޑިޔަށް ފައިބައިފައިވާ ސާބިތު ބޮޑެތި عَالِمُ ންވެސް ވިދާޅުވާނީ...) މިއާޔަތުގެ ނިޔަލާށް.

އަދި ފަށައިގަންނަ ދަރިވަރަށްވަނީ، އެމީހެއްގެ ޒުހުދުވެރިކަމާއި، ދީނާއި، ވަރަޢަވެރިކަމާއި، ޢިލްމުވެރިކަމަށް، އެނގިފާޅުވެފައިވާ ޢިލްމިވެރިޔެއް އަތުޖެހޭހިނދު، އޭނާ ފުށުން ދަރިވަރުވެ އޭނާގެ އުނގަންނައިދިނުމުގައި އާރުލައި ހިފަހެއްޓުމެވެ. އަދި އެނޫން މީހަކަށް އެޙާލަތުގައި އޭނާއަކަށް ބޭނުމެއް ނުވާނެއެވެ. އަދި ﷲ جل وعلا އާއި ތިމާއާއި ދެމެދުގައި (ޢިލްމު ހޯދުމުގެ ސަނަދުގައި) މިޢިލްމުވެރިޔާ ބަހައްޓާނީއެވެ. އެގޮތުން ތިމާގެ ރާސްތާ ސީދާވެ، ސުލޫކާއި ތަބަޢަވުން ސަލާމަތްތެރި ވުމާއި ހަމަޔަށް އޭނާކުރެން ފައިދާލިބިގަނެ އުނގެނޭނީއެވެ. އަދި ބައެއް ޢިލްމުތަކުގައި މާހިރެއް ކަމުގައި ބިދުޢަވެރި ޢިލްމުވެރި ވިޔަސް، މިޙާލަތު އެދަރިވަތަށް އޭނާގެ ބޭނުމެއް ނުވެއެވެ. މިއީ އޭނާއަށް ބޭނުންވާ އެންމެހާ ޢިލްމުތަކުގައި އެރަނގަޅު ޢިލްމުވެރިޔާ ފުށުން (ޢާންމުގޮތެއްގައި) ލާބަ ފޯރާހާ ހިނދަކުއެވެ.

އަދި ދަރިވަރަކީ ކާކުން އަންގައިދެނީ އޭނާގެ ޝެއިޚުގެ ނަމުންނެވެ. އަދި ބިދުޢަވެރިންގެ ގޭގެ ދޮރުދޮށުން ގިނަގިނައިން ފެންނަ ދަރިވަރަށް، ސަލާފުންގެ އިމާމުން އޭނާ އާއިމެދު ބިރުގަންނަވައެވެ. އެހެނީ އެވެރިންގެ ބިދުޢައާއި މަގުފުރެދުމުން ސަލާމަތް ނުވެދާނެތީއެވެ. އަދި އިހުގެ ޢިލްމުވެރިން އެވެރިންނަށް ދަރިވަރު ދެނެގަންނަނީ އެދަރިވަރުގެ ޝެއިޚެއްގެ ނަމުންނެވެ. އަދިކިއެއްތަ؟ މިޒަމާނުގައިވެސް ދަރިވަރަކީ ކޮންކޮން މަދަރުސާއަކުންކަން ދަސްވެނިންމާފައިވާ މީހެއް ކަލޭމެންނަށް ދެނެގަނެވިދާނެއެވެ. އެއީ އޭނާ ސުވާލުކުރާ ގޮތުގެ ވައްޓަފާޅިއަަށް ބެއްޔަސް ނޫނީ ބަސްތައް ބޭނުން ކުރާ ގޮތުގެ ވައްޓަފާޅިއަަށް ބެއްޔަސް ނޫނީ އޭނާގެ މަސައްކަތުގެ ވައްޓަފާޅިއަަށް ބެއްޔަސް ނޫނީ އުޅުމަށް ނޫނީ ސުލޫކުގެ ވައްޓަފާޅިއަަށް ބެއްޔަސް އެވެ. އެހެނީ ކޮންމެ ގޮތެއްވިޔަސް އުނގަންނައިދޭ ފަރާތުގެ އަޘަރުފޯރާތީއެވެ.

=

3 months, 2 weeks ago

••

❞ ﷲ جلا وعلا އެއިލާހުގެ ނަބިއްޔުންނަށް ވަޙީ ކުރެއްވިއެވެ: {ހަމަކަށަވަރުން ތިމަން އިލާހުގެ ރަސޫލުންނަށް ނަޞްރު ދެއްވާހުށީމެވެ.}¹ ނަބިއްޔުންގެ ތެރެއިން ބޮޑު ޢަދަދެއްގެ ބޭކަލުން ޤަތުލުކޮށްލެވުނުކަން އަހަރެމެންނަށް އެނގެއެވެ. އެއީ އިތުރުއެކަލޭގެފާނުންގެ މައްޗަށް ޞަލަވާތާއި ސަލާމް ލެއްވުނު ކަލޭގެފާނު ޙަދީޘް ކުރެއްވެވި ފަދައިންނެވެ: ”އަދި އެކަލޭގެފާނާއި އެކުގައި އެކަކުވެސް ނުވާ ނަބިއްޔެކެވެ." ބަނީ އިސްރާއީލުގެ މީހުން ނަބިއްޔުން ޤަތުލު ކުރާކަމުގެ މައްޗަށް ޤުރްއާނާއި ސުންނަތުން ދަލީލުތައް ގިނަގުނަވެގެންވެއެވެ. ”
{އަދި ހައްޤަކާ ނުލާ، ނަބިއްޔުން ޤަތުލު ކޮށްއުޅުނުކަމަށް ޓަކައެވެ.}² {ހައްޤަކާ ނުލާ ނަބީބޭކަލުން ޤަތުލުކުރާ ބަޔަކު ކަމުގައިވީތީއެވެ.}³ އަދި އެމީހުން ނަބިއްޔުން ޤަތުލުކުރިކަމަށް އަނގުވައިދޭ އެހެން ދަލީލުތައް ވެސްމެއެވެ. (އެބޭފުޅުން ޤަތުލުކުރެވުނު ކަމުގައިވިއަސް) ﷲ جلا وعلا އެއަށް ނަން ދެއްވީ ނަޞްރު ކަމަށެވެ. {ހަމަކަށަވަރުން ތިމަން އިލާހުގެ ރަސޫލުންނަށް ނަޞްރު ދެއްވާހުށީމެވެ.}! ❝

އައްޝައިޚް އަލްމިޙައްދިޘް ސުލައިމާނު ބުން ނާޞިރުލް ޢަލްވާން فك الله أسره (ބަސްކޮޅު)
••┈┈┈┈┈┈┈┈┈┈┈••
¹ سورة الغافر ٥١
٢ سورة آل إمران ١١٢
٣ سورة البقرة ٦١
@Tazkirat_Nufoos

Telegram

درر الشيخ العلوان

•• الله جلا وعلا قال في أنبيائه: ﴿إنا لننصر رسلنا﴾ ونحن نعرف أنه قُتل عدد كبير من الأنبياء، كما قال صلى الله عليه وسلم: (والنبي وليس معه أحد)، الأدلة على ذلك كثيرة في القرآن والسنة أن بني إسرائيل كانوا يقتلون الأنبياء، ﴿ويقتلون الأنبياء بغير حق﴾، ﴿ويقتلون…

3 months, 3 weeks ago

••

❞ ޙަދީޘް: (އިސްލާމްދީން ފެށިގެން އައީ ބީރަށްޓެހި ކޮށެވެ. އަދި އަލުން އެ ބީރަށްޓެހި ކަމަށް އެނބުރި ޢިޔާދަވާ ހުއްޓެވެ.) އޭގެ މާނައަކީ އިންސާނާއަށް ކުރިމަތިވާ ކަންތަކަށް އަމާން ދިނުމެއް ނޫނެވެ. އޭނާ ބުނެއެވެ: "މިއަދު އިސްލާމްދީން ބީރަށްޓެއްސެވެ." އެއަށްފަހު އޭނާ އިށީނދެއެވެ. ނޫނެކެވެ. ފަހެ، މުސްތަޤުބަލު ވަނީ އިސްލާމްދީނަށެވެ. އަދި މުސްތަޤުބަލު ވަނީ އިސްލާމްދީނަށް ކަމަށް ނަބިއްޔާ ﷺ ކިބައިން ވާރިދުވެގެން އައިސްފައިވާ ދަލީލުތައް މުތަވާތިރެވެ. އަދި ހެޔޮ މަގުގައިވާ ޚިލާފަތް، ޢިޔާދަވާ ހުއްޓެވެ. އަދި މި އުންމަތުން ޙާޟިރުވާ މީހާ (އެކަން ޤާއިމު ކުރާ މީހާ) އޭގެ ކުރީގެ ގޮތްތަކުގައި ހިފަހައްޓާނެވެ. ❝

އައްޝައިޚް އަލްމިޙައްދިޘް ސުލައިމާނު ބުން ނާޞިރުލް ޢަލްވާން فك الله أسره (ބަަސްކޮޅު)

••┈┈┈┈┈┈┈┈┈┈┈••
@Tazkirat_Nufoos

Telegram

درر الشيخ العلوان

•• حديث: (بدأ الإسلامُ غريبًا وسيعود غريبًا..) ليس معناه أنَّ الإنسان يستسلم للواقع يقول: الإسلام اليوم غريب ثم يجلس، لا، فالمستقبل للإسلام، والأدِلَّة مُتواترة عن النبيِّ ﷺ في أن المُستقبل للإسلام، وأنَّ الخلافة الراشدة ستعود، وأنَّ حاضر هذه الأُمَّة سيرتبِط…

3 months, 3 weeks ago

••

❞ ޙައްޤާއި ބާޠިލާއި ދެމެދު ހަނގުރާމަ ކުރެވުމަކީ (އިލާހީ) ”ސުންނަތެކެވެ.“ އަދި ﷲ ކަންހިންގަވާގޮތަށް ބަދަލެއް އަންނަތަން ތިބާއަކަށް ނުފެންނާނެވެ. ދުނިޔެއާއި ދުނިޔޭގައި ވާހާ މީހެއް ﷲ އަށް ވާރުތަކޮށްފުމަށް ދާންދެން (އެބަހީ: ދުނިޔެ ނިމިއްޖެއުމަށް ދާންދެން) މި ހަނގުރާމަ ދެމިއޮންނާނެވެ. ❝

އައްޝައިޚް އަލްމުޙައްދިޘް ސުލައިމާނު ބުން ނާޞިރުލް ޢަލްވާން فك الله أسره (ބަސްކޮޅު)

••┈┈┈┈┈┈┈┈┈┈┈••
@Tazkirat_Nufoos

Telegram

درر الشيخ العلوان

•• الصراع بين الحق والباطل "سنة"، ولن تجد لسنة الله تبديلا وهذا الصراع سيبقى إلى أن يرث الله الأرض ومن عليها. •• ┈┈┈┈┈┈┈┈┈┈┈•• ✦ T.me/Alalwandrr

5 months ago

[5]

ބޮޑަށް ބުރަވެވެނީ ހަނދު އެއްފަހަރާ އަރައި އޮއްސޭ ކޮންމެ ބަޔަކަށް ވަކި ހަނދެއް ކަމެވެ. އެއީ މިޒަމާނުގައި، ވެރިޔެއް އޭނާ ވެރިކަން ކުރާ ކޮންމެ ބިމަކަށް އެއްހަނދެއް ކަނޑައެޅިކަމުގައި ވިޔަސްމެއެވެ. އަދި މީގައި މައްސަލައެއް ނުވެއެވެ. އެހެނަސް ބޮޑަށް ބުރަވެވިގެންވަނީ އެކީގައި ހަނދުއަރާ ކޮންމެ ހިސާބަކަށް ވަކިހަނދަކަށް ބަރޯސާވުމެވެ. މިއާއި އެކު،(ވެރިކަންކުރެވޭ) އެއްބިމެއްގެ ތެރޭ ހަނދު އަރައިއޮސުން ތަފާތުނަމަ، އަދި އެވެރިން ގޮތް ނިންމަނީ އެ ބިމެއްގެ ވެރިކަމުން އަންގާ އެންގުމާއި އެއްގޮތަށްނަމަ، މިކަމުގައި މައްސަލައެއް ނެތެވެ. އަހަރެމެންގެ މިބިމުގައި(ސަޢުދި އަރަބިއްޔާ ގައި) ކަންތައްކުރެވޭ ފަދައިންނެވެ. އެހެނީ މިބިމުގައި ވެސް ހަނދު އަރައި އޮއްސުން (އެކި ހިސާބުތަކަށް) ތަފާތުތައް ވެއެވެ. އެއާއި އެކުވެސް، އަހަރެމެން ހަނދުބެލުމުގައި ޢަމަލުކުރަނީ ޙާކިމުގެ ޙުކުމަށެވެ. އޭނާ އާއިހަމަޔަށް ފޯރާފައިވާ އެއްޗަކަށެވެ. މިކަމުގައި މައްސަލައެއް ނެތެވެ.

5 months ago

[4]

ރޯދަ ހިފުން ވާޖިބު ވެގެންވަނީ ހަނދު ފެނުމާއި އެކުގައެވެ. މިހެންކަމުން، ހިސާބުކުރުން ތަކަށްވެސް އަދި ފަލަކީ މާހިރުންގެ ބަހަށްވެސް ބިނާވުމެއް ނުވެއެވެ. އަދި މިއީ ޞައްޙަ ޙަދީޘް އެއަކަށް ދަލީކުރާ ގޮތެވެ. އަދި މިކަމުގެ މައްޗަށްވާ ދަލީލުތައް މުތަވާތިރެވެ. (އެތައްމަގަކުން ގިނަގުނައިން ރިވާވެ ޘާބިތެވެ.)
އަދި ޙިސާބުކުރުން މާ ސީދާ ވެގެންވާ ކަމަށް ބުނާ ބުނުން ޞައްޙައެއް ނޫނެވެ. އަދި އެއާއި ދިމާނުވާހެން ދެވޭ ހެކިވެރިޔާގެ ބަހުން އެ ބާޠިލުކޮށްލައެވެ.

5 months ago

[3]

ޢިލްމުވެރިންވަނީ ދަނެހުރެ ރޯދަ އަޅާ މީހާ ކާފަރު ވާނޭތޯ އާއިމެދު އިޚްތިލާފުވެލައްވާފައެވެ.

އެއީ ދެ ޤަޥްލެއްގެ މައްޗަށެވެ:

  1. އެއިން ބައިގަނޑެއް ނިންމެވީ: އޭނާ ކާފަރުވާނޭ ކަމެވެ. އެއީ ރޯދައިގެ ވާޖިބު ކަމާއިމެދު އޭނާ ދެކޮޅު ނެހެދިޔަސް އެވެ. މިއީ ސަޢީދު ބުނު ޖުބައިރު އާއި މާލިކީންގެ ފިޤުހުވެރީން ކުރެ އިބްނު ޙަބީބް އާއި އަޙްމަދު އަރިހުން އޮތް އެއް ރިވާޔަތެވެ.

  2. ޖުމްހޫރު ޢިލްމުވެރިން ކަނޑައެޅުއްވީ އޭނާ ކާފަރު ނުވާ ކަމުގައެވެ. އެހެނީ ޒަކާތުގެ ދަރަޖަ ބޮޑުވެފައި، އެއާއިއެކުވެސް އެ އަޅާ މީހާ ކާފަރު ނުވުމެވެ.
    އެއީ ޞަޙީޙް މުސްލިމްގައި ވާރިދުވެފައިވާ ޙަދީޘްގެ މައްޗަށެވެ. ނަބިއްޔު ﷺ ޒަކާތް އަޅާ މީހުންގެ ވާހަކަ ނަންގަންނެވުމަށްފަހު ޙަދީޘް ކުރެއްވިއެވެ: "ދެން އޭނާގެ ރާސްތާ އޭނާއަށް ފެންނާނެތެވެ. އެއީ އެހެންޏާ ޖަންނަތަށެވެ. ނޫނީ ނަރަކައަށެވެ."
    އޭނާ އަކީ (ޒަކާތް ނުދިނުމުގެ ސަބަބުން) ކާފަރެއް ކަމުގައިވީހީ ނަމަ، ޖަންނަތަށް ރާސްތާއެއް ނުވީހެވެ. އެހެންކަމުން، ޒަކާތް އަޅާ މީހާ ކާފަރު ނުވާނަމަ، ރޯދަ އަޅާ މީހާ ކާފަރުނުވުން އައުލާވެގެން ވެއެވެ.

6 months, 3 weeks ago

••
إذا وُجد الصبر جاء النصر، ولا نصر بلا صبر، ومن أراد نصرة الدين عبر طريق أخضر غير محفوف بالمكاره والشوك فهذا لا يمكن.

ކެތްތެރިކަންވާ ނަމަ ނަޞްރު އަންނަ ހުއްޓެވެ. އަދި ކެތްތެރިކަމާއި ނުލާ އެއްވެސް ނަޞްރެއް ނުވެއެވެ. އަދި އުނދަގުލާއި ކަށިތައް ވަށާއިގެން ނުވާ ފެހި މަގަކުން ދީނަށް ނަޞްރުވެރިވާން މީހަކު ބޭނުންވާ ނަމަ، ފަހެ މިކަމަކީ ވާނެ ކަމެއް ނޫނެވެ.

— އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން فك الله أسره

••┈┈┈┈┈┈┈┈┈┈┈••

@Tazkirat_Nufoos

We recommend to visit

خصوصیات متولدین هرماه❤️

Last updated 3 days, 6 hours ago

<<Buy Ads>> https://telega.io/c/Love_shayari_hd_status

✨ Join Fast 🔥100k Dream 💫

Last updated 4 months ago

[ 🧿 ]
ɪɴ ᴛʜᴇ ɴᴀᴍᴇ ᴏғ ɢᴏᴅ !
ʙᴇᴛᴡᴇᴇɴ ᴡʜɪᴛᴇ ᴀɴᴅ ʙʟᴀᴄᴋ

Last updated 1 month, 3 weeks ago