<<Buy Ads>> https://telega.io/c/Love_shayari_hd_status
✨ Join Fast ?100k Dream ?
Last updated 11 months, 1 week ago
[ 🧿 ]
ɪɴ ᴛʜᴇ ɴᴀᴍᴇ ᴏғ ɢᴏᴅ !
ʙᴇᴛᴡᴇᴇɴ ᴡʜɪᴛᴇ ᴀɴᴅ ʙʟᴀᴄᴋ
Last updated 1 month ago
އޮއްޓާއި ބެންޑޭޖުމަތީ ފެންފުހުމުގެ ފިޤުހު (3)
⬆️މިކަމުގެ ޞިފަ އަދި އޭގެ ޚުލާޞާ
❞ އޮއްޓު މަތީ ފެންފުހޭނޭ ގޮތް:
ސަލާމަތުން ހުރި ގުނަވަންތައް ފެނުން ދޮވެ ، އޮއްޓު އަޅާފައިވާ ނުވަތަ ބެންޑޭޖުކުރެވިފައިވާ ގުނަވަނާއި ހަމަޔަށް އާދެވުމުން އޭގެ މަތީ ފެންފުހޭނީއެވެ. އަދި ޒަޚަމް ނުފޮރުވައި ހުއްޓަސް ފެނުން ދޮވެގެން ނޭދެވޭ އަޘަރު ކުރާނެ ނަމަ ކަންތައް ކުރުންވަނީ ހަމަ މިބީދާއިންނެވެ. ފެން ފުހުމުން އެކަން ފުދޭނެއެވެ.
ޢިލްމުވެރިން ވަނީ ޚުއްފުގެ މަތީ ފެންފުހުމާއި އޮއްޓުގެ މަތީ ފެންފުހުމާއި ހުރި ފަރަޤުތައް ޛިކުރު ކުރައްވާފައެވެ. އަދި ޝެއިޚުލް އިސްލާމް "الفتاوى ٢١/ ١٧٦" ގައި އެކަންކަމަށް އިޝާރާތް ކުރެއްވިއެވެ. އެކަންކަމީ:
އޮއްޓު ގައި ފެންފުހުމީ ޢަޒީމާ ގެ ތެރެއިންވާ ކަމެކެވެ. އަދި ޚުއްފުގައި ފެންފުހުމީ ރުޚްޞަތެކެވެ. (އެބަހީ: އޮއްޓުގައި ފެން ފުހުމީ އަސާސީގޮތުން އެޙާލަތުގައި ކަންކުރަން ޖެހޭ ވާޖިބެވެ. އިޚްތިޔާރެއް ނޫނެވެ. އަދި ޚުއްފުގައި ފެންފުހުމީ އަސާސީ ޙުކުމް (ފައިދޮވުން) މައްޗަށް ލިބޭ ލުޔެކެވެ.)
އޮއްޓުގައި ފެންފުހުން ވަކި މުއްދަތަކަށް ހިފެހެއްޓިފައި ނުވެއެވެ. އެހެނަސް ޚުއްފުގައި ފެންފުހެވުން ވަނީ ވަކި މުއްދަތަކަށެވެ. (އެއްދުވަސް ނޫނީ ދަތުރުގައި ތިން ދުވަސް މިކަހަލަގޮތަކަށް ވަޤުތު ކަނޑައެޅިފައެވެ.)
އޮއްޓުގައި ފެންފުހުން ބޮޑު ޙަދަޘާއި ކުޑަ ޙަދަޘުން ޠާޙިރުވުމުގައި އެކުލެވެއެވެ. އެހެނަސް ޚުއްފުގައި ފެންފުހުމީ ކުޑަ ޙަދަޘުން ޠާހިރުވުމުގައި އެކަންޏެވެ.
އޮއްޓުގައި ފެންފުހުމުގައި އޭގައި އެއްކޮށް (ވަށައިޖެހޭހެން) ފެންފުހެން ޖެހެއެވެ. މައްޗާއި ތިރިންވެސް މެއެވެ. އެހެނަސް ޚުއްފުގައި ފެންފުހުން ވަނީ އޭގެ މަތީބައިގައި އެކަންޏެވެ.
އަދި ޞައްޙަ ޤަޥްލުގެ މައްޗަށް އޮއްޓުގައި ފެންފުހުމަށް އެއޮބިގަނޑު ގުނަވަނުގައި ފުރަތަމަ އަޅާއިރު، މީހާ ޠަހާރަތުގެ މަތީ ހުރުމީ ޝަރުޠެއް ނޫނެވެ. އެހެނަސް ޚުއްފުގައި އެކަން ޝަރުޠުވެގެން ވެއެވެ.
ފައިދާއެއް: ޞައްޙަ ޤަޥްލަކީ އޮއްޓުމަތީ ފެންފުހުމަކަށް ވަކި މުއްދަތެއް ކަނޑައެޅިފައި ނުވުމެވެ. އަދިކިއެއްތަ؟ އޭގެ ޢުޛުރު ފިލައި ދިޔުމާއި ހަމަޔަށް ފެންފުހެންވީއެވެ. (١/ ٢٠٥ الممتع)
⬆️ ވުޟޫއުގެ ފަރުޟު ގުނަވަނުން ކުރެ ގުނަވަނެއްގައި ހުރި ޒަޚަމެއްގައި ކަންތައް ކުރަންވީ ގޮތުގެ ޚުލާޞާ:
- އޭގައި އޮއްޓު ނޫނީ ބެންޑޭޖެއް އެޅިފައި ވާނަމަ: މީގައި ފެންފުހޭނީއެވެ. އަދި މިކަމުގައި އެއްވެސް ދެބަސްވުމެއް ނުވެއެވެ.
- އޭގައި އޮއްޓެއް އެޅިފައި ނުވާނަމަ: މިތާނގައި އެ ޒަޚަމް އާއިއެކީ ދޮންނާނީއެވެ. އޭގެ ސަބަބުން ގެންލުން ވާނެ ނަމަ، އޮތީ ފެންފުހުމެވެ. ފެންފުހެގެންވެސް ގެއްލުން ވާނެނަމަ، ދެން އޮތީ ފެންޖެއްސޭނެ ގުނަވަން ތަކުގައި ފެން ޖައްސައި ދޮވެ ވުޟޫއު ކުރުމަށްފަހު ނުޖެއްސޭ ގުނަވަނުގެ ބަދަލުގައި (ނިމިގެން) ތަޔައްމުމް ކުރުމެވެ. ❝
— ފޮތް: تنبيه الراحل إلى أهم ما يحتاجه من المسائل (އޮންލައިން)
📝 އަހަރެން ބުނަނެވެ: އަދި މިއީ ބޮޑު ޙަދަޘުގައިވެސް ޠާހިރުވުމަށް އޮތް ގޮތެވެ. ވީމާ ޖުނުބުވެރި ވުމުގެ ސަބަބުން ހިނައިގަންނަން ޖެހިފައިވާ މީހާވެސް ކަންތައް ކުރުން ވަނީ މިފަދައިންނެވެ. އަދި ޒަޚަމުގައި ނުވަތަ ބެންޑޭޖުގައި ފެންފޮހެވޭން ވެސް ނެތް ޙާލަތުގައި ފެންޖައްސައި ދޮވެވޭން ހުރި ބައިތަކެއް ދޮއެ އަދި އެޔަށް ފަހު ތަޔައްމުމް ކުރާނީއެވެ. އަދި އެތަޔައްމުމް ފެންނުޖެހި ނުފޮހެވި ވާބައިގެ މައްޗަށް ބަދަލެއް ކަމުގައި ފުދެއެވެ. ⁽¹⁾
ފައިދާއެއް: އަލްޢުޘައިމީން ވިދާޅުވިއެވެ: ވުޟޫއުގެ ކުރިން ނޫނީ އޭގެ ފަހަުން ތަޔައްމަމް ކުރުން ޖާއިޒެވެ. އަދި އެދެމެދުގައި ކުޑަ ވަޤުތެއް މެދުކެނޑުނަސް ނޫނީ ދިގުލިޔަސް މައްސަލައެއް ނެތެވެ... ޞައްޙަ ޤަވްލަކީ މިއެވެ... އަދި މިއީ ޝެއިޚުލް އިސްލާމް އިޚްތިތާރު ކުރެއް ރައުޔެވެ.“ الشرح الممتع" (1/394)
~ ގަލަންދާނު 🖋
ــــــــــــــــ
[1] ތަފްޞީލަށް: ޝެއިޚް ޢަބްދު ﷲ އައްސަޢްދު (ދަރުސް) ، ޝެއިޚް ޢަލްވާންވެސް މިފަދައިން ފަތުވާ ދެއްވި (ފަތުވާ) އަދި މިއީ އަލްޢުޘެއިމީންގެ ވެސް ރައުޔެވެ.
✨ ޙައްޤު ގޮތުގައި ޘާބިތުވުމީ ނަޞްރެކެވެ.
❞ ނަބިއްޔުންނާއި މެދު ﷲ جل وعلا ވަޙީ ކުރެއްވިއެވެ: ﴿إِنَّا لَنَنصُرُ رُسُلَنَا﴾ (الغافر 51) (ހަމަކަށަވަރުން ތިމަން އިލާހުގެ ރަސޫލުނަށް، ތިމަންއިލާހު ނަޞްރުދެއްވާހުށީމެވެ.) އަދި އަހަރެމެންނަށް އެނގިގެންވާ ގޮތުން ނަބިއްޔުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބޭކަލުން ޤަތުލުވެފައިވެއެވެ. އެއީ ނަބިއްޔު ﷺ ޙަދީޘް ކުރެއްވިފަދައިން: (والنبي وليس معه احد) ”...އަދި (މަޙުޝަރުގައި) ނަބިއްޔަކު ވަޑައިގަންނަވާނެއޭ، އެކަލޭގެފާނާއި އެކު އެކަކުވެސް ނުވާ..“ އަދި ޤުރުއާނާއި ސުންނަތުގައި މިކަމުގެ މައްޗަށް ގިނަގުނަ ދަލީލުވެއެވެ. އެއީ ބަނީ އިސްރާއިލީން އެވެރިންގެ ނަބިއްޔުން ޤަތުލުކޮށް އުޅުނުކަމުގައެވެ. ﴿وَيَقۡتُلُونَ ٱلۡأَنۢبِيَآءَ بِغَيۡرِ حَقٍّۚ﴾ (آل عمران 312) (އަދި އެއްވެސް حقّ އެއްނެތި އެއިރެން نَبي ބޭކަލުން قتل ކުރުމުގެ ސަބަބުންނެވެ.) ﴿وَيَقۡتُلُونَ ٱلنَّبِيِّـۧنَ بِغَيۡرِ ٱلۡحَقِّۗ﴾ (البقرة 61) (އަދި އެއްވެސް حقّ އަކާއި ނުލައި އެއުރެން ނަބީބޭކަލުން މަރާކަމުގެ ސަބަބުންނެވެ.) އަދި މިނޫންވެސް ދަލީލުތަކުން އެއުރެން ނަބިއްޔުން ޤަތުލުކޮށް އުޅުނުކަން ދަލީލުކޮށްދެއެވެ. އަދި ﷲ جل وعلا މިއަށް ނަންގެންނެވީ "ނަޞްރު" ކަމުގައެވެ. ﴿إِنَّا لَنَنصُرُ رُسُلَنَا﴾ މިހެންނެވެ! ❝ #تدبر_آية
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބްނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު
✈️ ❞ އަނިޔާވެރިވެވިފައިވާ މުއުމިނުންނަށް މަދަދުވެރި ވުމީ ކުޅަދާނަކަން ލިބިގެންވާ މިހާއަށް ފަރުޟެކެވެ. އެމީހެއްގެ ކުރިމަތީގައި މުސްލިމެއް ނިކަމެތި ކުރެވިއްޖެނަމަ، ނޫނީ އަނިޔާވެރިވެވިއްޖެ ނަމަ، އޭނާއަށް ނަޞުރުވެރި ވުމުގެ ކުޅަދާނަކަން ހުރެމެ، އޭނާއަށް ނަޞްރުވެރި ނުވެއްޖެނަމަ، ނަޞްރުވެރި އަދި އެހީތެރިޔެއް ނުވާ ޙާލެއްގައި އޭނާ ޚުދު ނިކަމެތި ކުރެވޭހުއްޓެވެ.
އަނިޔާލިބިގެންވާ މީހުންނަށް ނަޞްރުވެރިވާ މިންވަރަކުން ﷲ ތިބާއަށް ނަޞްރުވެރިވެ ވޮޑިގަންނަވާނެތެވެ. އަދި މުސްލިމުތަކުންނަށް ތިބާ މަދަދުވެރިވާ މިންވަރަކުން ﷲ ތިބާއަށް މަދަދުވެރިވެވޮޑިގަންނަވާނެތެވެ.
މުސްލިމުތަކުންގެ ޢައިބުތައް ތިބާ ފަރުދާކޮށްދޭ މިންވަރަކުން ﷲ ތިބާގެ ޢައިބުތަކުގެ މައްޗަށް ފަރުދާލައްވަވާނެތެވެ. އަދި އެއުރެންނަށް ތިބާ ޢަފޫ ކުރާ މިންވަރަކުން ތިބާއަށް ޢަފޫޢުވެވޮޑޮގަންނަވާނެތެވެ. އަދި އެވެރިންގެ ކުށްތަކަށް ޢުޛުރުތައް ލައިދޭ މިންވަރަކުން ތިބާއަށް ޢުޛުރުލައްވަވާނެތެވެ. އަދި ތިބާ ﷲގެ އަޅުތަކުންނަށްޓަކައި ވާ މިންވަރަކުން ﷲ ތިބާއަށްޓަކައި ވޮޑިގެންވާނެތެވެ.
ވީމާ ތިބާ އާއިއެކު ﷲ ވޮޑިގެންވާން އެދޭބީދާއިން މީސްތަކުންނާއި އެކު ތިބާ މުޢާމަލާތްކުރާށެވެ. ދަންނައެ، ޖަޒާއު ދެވުން ވަނީ ޢަމަލުގެ ޙައިސިއްޔަތުންނެވެ: ހެވަށް ހެޔޮ ޖަޒާއެވެ. ނުބަޔަށް ނުބައެވެ. ❝
~ އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބްނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)
— ގަލަންދާނު
ހޮނިހިރު ދުވަހު ސުންނަތް ރޯދަ ހިފުމާއި މެދު
ސުވާލު: މި ޙަދީޘް ގެ ޞައްޙަ މިންވަރަކީ ކޮބައިތޯއެވެ؟ ﴿ لاَ تَصُومُوا يَوْمَ السَّبْتِ إِلاَّ فِيمَا افْتُرِضَ عَلَيْكُمْ ﴾ ”ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ވެއްޖެ ރޯދައެއް މެނުވީ، ހޮނިހިރު ދުވަހު ރޯދަ ނުހިފާށެވެ.“
ޖަވާބު: މި ޙަދީޘަކީ އޭގެ ސަނަދާއި އޭގެ މަތަނު (ބުނެވޭ އެތި) ވެސް އިންކާރުވެވިގެންވާ ޙަދީޘެކެވެ. އެއާއި މެދު އިމާމް މާލިކު ވިދާޅުވިއެވެ: ”މިއީ ދޮގެކެވެ.“ އެކަލޭގެފަނުގެ އަރިހުން މިވާހަކަ ޛިކުރު ކުރެއްވީ އަބޫ ދާވޫދު އެކަލޭގެފާނުންގެ ”ސުނަން“ ގައެވެ. އަދި އަލްއަޥްޒާޢީ ވިދާޅުވި އެވެ: ”މި ފެތުރޭތަން ފެނުމާއި ހަމައަށް ތިމަންކަލޭގެފާނު މި ފޮރުވައިގެން ހުރީމެވެ.“ އެބަހީ، ހޮނިހިރު ދުވަހުގެ ރޯދައާއި މެދު މިވާ އިބްނު ބަސްރުގެ މި ޙަދީޘެވެ. ފަހެ ހަމަކަށަވަރުން، ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: ﴿ لَا يَصُومَنَّ أَحَدُكُمْ يَوْمَ اَلْجُمُعَةِ, إِلَّا أَنْ يَصُومَ يَوْمًا قَبْلَهُ, أَوْ يَوْمًا بَعْدَهُ ﴾ ”އޭގެ ކުރިން އެއްދުވަހު ނޫނީ ފަހުން އެއްދުވަހު ރޯދަ ހިފާ ގޮތުގައި މެނުވީ، ހުކުރު ދުވަހު ތިޔަބައިމީހުން ކުރެ އެކެއްވެސް ރޯދަ ނުހިފާހުށި ކަމެވެ.“ (މިއީ އިއްތިފާޤުވެފައިވާ (އެބަހީ: އަލްބުޚާރީ އާއި މިސްލިމް) ޙަދީޘެއް، އަބޫ ހުރައިރާ އަރިހުން) މިއީ ހޮނިހިރު ދުވަހު ރޯދަ ހިފުމިގެ މައްޗަށް އޮތް ދަލީލެކެވެ. އަދި މިކަމުގައިވާ ޙަދީޘްތައް ގިނަގުނައެވެ — والله أعلم.
—ޝައިޚް ސުލައިމާން ބުނު ނާޞިރު، އަލްޢުލްވާން (މަސްދަރު)
~ ގަލަންދާރު
__________________
ނޯޓް: ޝައިޚް ޢަބްދު ﷲ އައްސަޢްދު ވިދާޅުވިއެވެ: ”މިޙަދީޘް އާއި މެދު ޙާފިޡުން ތެރޭ ޚިލާފުވެއެވެ. އެ ޞައްޙަ ކަމަށް ބައެއް ބޭކަލުން ވިދާޅުވިއެވެ. އަދި ޟަޢީފުކަމަށް އަނެބައި ބޭކަލުން ވެއެވެ. އެއީ އިމާމް މާލިކުފަދައިންވެ... އަދި މީގެ އިސްނާދުގައި މާކަށް މައްސަލައެއް ނުވެއެވެ.“ އެއަށް ފަހު މިޙަދީޘް ގެ ޙުކުމް މަންސޫޚު ވެފައިވާ ކަމަށް ވިދާޅުވިވެ. އެއީ ދެޞަޙީޙްގައިވާ އަބޫ ހުރައިރާ ގެ ޙަދިޘް ގެ މައްޗަށް ބައްލަވައެވެ. އަދި މިއީ މިޙަދީޘް އާއި މެދު އިމާމް އަބޫ ދާވޫދުގެ ވެސް ނިންމެވުމެވެ. (މަސްދަރު)
③
ދަރިވަރަކަށް އެމީހެއްގެ ގާތުން އުނގެނޭނެ ފަރާތެއް ނުވިޔަސް، ޢަޤީދާ އުނގެނުން ވަނީ އެމީހެއްގެ ދީނަށް އިތުބާރުހުރި މީހެއް ފުށުން އެކަންޏެވެ. އަދި އެނޫން ޢިލްމުތައް، މަންހަޖު ގައި ޚިލާފުވާ ނޫނީ ކޮންމެވެސް ބިދުޢައެއް ހުރި މީހެއް ފުށުން، އެބިދުޢަވެރިޔާގެ ބިދުޢައާއި ސީދާ ގުޅުމެއް ނުވާ ޢިލްމުތައް: މިޘާލަކަށް، ފިޤުހު ނުވަތަ ފަރުޟުތަކުގެ ޢިލްމު، ނުވަތަ ޢަރަބި ބަހުގެ ޢިލްމު ، ނުވަތަ އުޞޫލް ފިޤުހު، ނުވަތަ ޤަވާޢިދުލް ފިޤުހު އަދި މިނޫންވެސް މިޒާތުގެ ޢިލްމު ނެގެވޭނެއެވެ. އެހެނަސް މިއީ އޭނާ އަކީ އެބިދުޢަޔަށް ދައުވަތުދޭ މީހެއް ކަމުގައި ނުވާހާ ހިނދަކުއެވެ. (އެބަހީ، އެހެން ޢިލްމެއް ޙާޞިލުކުރަން ދާއިރުވެސް އޭނާގެ ފުށުގައިވާ ބިދުޢަ ފަތުރަން ނޫޅުމެވެ.)
އަދި ފަށައިގަންނަ ދަރިވަރަކަށް މިލުއި މިދެވެނީ، އެނޫން ފަރާތެއް (ޢިލްމު ހޯދަން) ނުލިބިއްޖެ ހިނދެއްގައި އެކަންޏެވެ. (އަދި މިބުނެވުނު ޝަރުޠުތަކުގެ މަތީންނެވެ.) އެހެނަސް އެހެން ފަރާތެއް ހުރެއްޖެ ނަމަ، މިލުއީގައި އޭނާ ހިފުމުގެ ބޭނުމެއް ނެތެވެ. އެގޮތުން އެނޫން އަދި ސަލާމަތްތެރި ޢަޤީދާގައިވާ ފަރާތެއް ފުށުން އޭނާ ޢިލްމު ލިބިގަނެ ފޮތްތަކުން ބަލައިހޯދައި މަންފާ ޙާޞިލް ކުރާނީއެވެ.
މިއާއި އެކުވެސް، މިޒަމާނުގެ ބިދުޢަވެރިންގެ ޙާލަތް މާޒީ އާއި ތަފާތެވެ. ކުރީގައި، އެކަމެއްގެ ޙާލަތުގައި މެނުވީ ބިދުޢަވެރިޔާ އޭނާގެ ބިދުޢަ ބަޔާން ނުކުރެއެވެ. އެހެނަސް މިހާރު އެހެންނަކުންނެއް ނޫނެވެ. އަދިކިއެއްތަ، އޭގެ ޙާލަތުގައި އާއި އެނޫން ޙާލަތުގައިވެސް އެބަޔާންކޮށް ހަދައެވެ. އެހެނީ އޭނާ ބޭނުންވަނީ އޭނާގެ އެ ބިދުޢަތައް އޭނާގެ އެޢަޤީދާ އަދި އޭގައިވާއެއްޗެއް ފާޅުކޮށް ދެއްކުމެވެ. އެއީ ފިޤުހީ ކަންކަމުގެ ތެރޭގައި އާއި މުޞްޠަލިޙުތަކާއި އެނޫން ކަންތަކުގައެވެ. ވަކިބަޔަކަށް ނިސްބަތްވެދާނެތީ ނުވަތަ ތުހުމަތު ކުރެވިދާނެތީ ނުވަތަ މިފަދަ އެއްވެސް ކަމަކަށް ފަރުވާލެއް ނެތިއެވެ...
އަދި އިންސާނާ ނިސްބަތްވަނީ އޭނާގެ މުދައްރިސަށެވެ. (މިއީ ބިދުޢަވެރިންނާއި މަންހަޖުން ބޭރު ފަރާތްތަކުގެ ގާތަށް އެއްވެސް ޢިލްމެއް ހޯދަން ދިއުމުން ނިކުންނަ އެއްގޯހެވެ.) އަދި މިކަމުގެ ސަބަބުން ބިދުޢަވެރިންގެ ޖަމާވުންތަކާއި އެއްވުންތައް ބައިބޯކަން އިތުރުކޮށްދެއެވެ. އަދި މިފަދަ ޙާލަތުގައި ހުންނައިރު ތިބާއާއިމެދު މީސްތަކުންނަށް އެނގޭނީ ކޯޗެއްހެއްޔެވެ؟ އަދި ތިބާގެ މަޤުޞަދާއިމެދު މީސްތަކުންނަށް ވަކި އެނގޭނީ ކޯޗެއްހެއްޔެވެ؟ އަދި ވަކިން ޚާއްޞަކޮށް —އަހަރެން ތަކުރާރުކޮށް ބުނަމެވެ— މިއީ މި ބިދުޢަވެރިޔާ ނޫން މީހެއް ތިބާ އަށް އަތުޖެހޭން އޮތް ޙާލަތުގައެވެ. ❝
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން
( اللقاء المفتوح الثاني والعشرون)
~ ގަލަންދާނު
②
އަދި ދެ ޞަޙީޙު ގައި ވެއޭ، ނަބިއްޔު ﷺ ޢައިޝަތުގެފާނަށް ޙަދީޘް ކުރެއްވިޔޭ: (އޭ ޢާއިޝާ އެވެ. އޭގައި (އެބަހީ ޤުރުއާނުގައިވާ) މުތަޝާބިހު ތަކެތީގައި ހިފައިގެން އުޅޭ މީހުން ކަމަނާއަށް ފެނިއްޖެނަމަ ދަންނައެ، ޙިމާޔަތްތެރިވެ ހުންނާށެވެ.) ވީމާ ނަބިއްޔު ﷺ އެކަމަނާ ހުށިޔާރު ކުރެއްވީ ޤަޥްލުތަކުން މުތަޝާބިހު ތަކެއްޗަށް ތަބަޢަވާ މީހުންނާއި މެދުގައެވެ. (ޙަދީޘް ކުރެއްވީ) ”އެހެނީ އެވެރިންނީ ﷲ އެންގެވި މީހުންނެވެ.“ އެބަހީ: ﷲ جل وعلا މިހެން ވަޙީ ކުރެއްވި މީހުންނޭ: ﴿فأما الذين في قلوبهم زيغ فيتبعون ما تشابه منه ابتغاء الفتنة وابتغاء تأويله وما يعلم تأويله إلا الله والراسخون في العلم﴾ (. ފަހެ ތިމާމެންގެ ހިތްތަކުގައި حقّ އާއި ދުރަށް ލެނބުންވާމީހުން ތިމާއެދޭގޮތަކަށް وحي އާއި ކުޅެން އެދޭމީހުން ދަންނައެވެ! ފަހެ އެމީހުން تَبَعَ ވަނީ އެ قرآن ގައިވާ مُتشابه އާޔަތްތަކަށެވެ. އޮޅުވާލާ ވާވައްދާލަން އެދިގެންނެވެ. އަދި ނުބައި فَاسِدُ تَأْوِيْلُ ކޮށް تفسير ކުރަންވެގެންނެވެ. އަދި އޭގެ تفسير އާއި مراد ހަމައެކަނި ﷲ އަށްމެނުވީ އެނގިގެން ނުވެއެވެ. އަދި علم ގައި އަޑިޔަށް ފައިބައިފައިވާ ސާބިތު ބޮޑެތި عَالِمُ ންވެސް ވިދާޅުވާނީ...) މިއާޔަތުގެ ނިޔަލާށް.
އަދި ފަށައިގަންނަ ދަރިވަރަށްވަނީ، އެމީހެއްގެ ޒުހުދުވެރިކަމާއި، ދީނާއި، ވަރަޢަވެރިކަމާއި، ޢިލްމުވެރިކަމަށް، އެނގިފާޅުވެފައިވާ ޢިލްމިވެރިޔެއް އަތުޖެހޭހިނދު، އޭނާ ފުށުން ދަރިވަރުވެ އޭނާގެ އުނގަންނައިދިނުމުގައި އާރުލައި ހިފަހެއްޓުމެވެ. އަދި އެނޫން މީހަކަށް އެޙާލަތުގައި އޭނާއަކަށް ބޭނުމެއް ނުވާނެއެވެ. އަދި ﷲ جل وعلا އާއި ތިމާއާއި ދެމެދުގައި (ޢިލްމު ހޯދުމުގެ ސަނަދުގައި) މިޢިލްމުވެރިޔާ ބަހައްޓާނީއެވެ. އެގޮތުން ތިމާގެ ރާސްތާ ސީދާވެ، ސުލޫކާއި ތަބަޢަވުން ސަލާމަތްތެރި ވުމާއި ހަމަޔަށް އޭނާކުރެން ފައިދާލިބިގަނެ އުނގެނޭނީއެވެ. އަދި ބައެއް ޢިލްމުތަކުގައި މާހިރެއް ކަމުގައި ބިދުޢަވެރި ޢިލްމުވެރި ވިޔަސް، މިޙާލަތު އެދަރިވަތަށް އޭނާގެ ބޭނުމެއް ނުވެއެވެ. މިއީ އޭނާއަށް ބޭނުންވާ އެންމެހާ ޢިލްމުތަކުގައި އެރަނގަޅު ޢިލްމުވެރިޔާ ފުށުން (ޢާންމުގޮތެއްގައި) ލާބަ ފޯރާހާ ހިނދަކުއެވެ.
އަދި ދަރިވަރަކީ ކާކުން އަންގައިދެނީ އޭނާގެ ޝެއިޚުގެ ނަމުންނެވެ. އަދި ބިދުޢަވެރިންގެ ގޭގެ ދޮރުދޮށުން ގިނަގިނައިން ފެންނަ ދަރިވަރަށް، ސަލާފުންގެ އިމާމުން އޭނާ އާއިމެދު ބިރުގަންނަވައެވެ. އެހެނީ އެވެރިންގެ ބިދުޢައާއި މަގުފުރެދުމުން ސަލާމަތް ނުވެދާނެތީއެވެ. އަދި އިހުގެ ޢިލްމުވެރިން އެވެރިންނަށް ދަރިވަރު ދެނެގަންނަނީ އެދަރިވަރުގެ ޝެއިޚެއްގެ ނަމުންނެވެ. އަދިކިއެއްތަ؟ މިޒަމާނުގައިވެސް ދަރިވަރަކީ ކޮންކޮން މަދަރުސާއަކުންކަން ދަސްވެނިންމާފައިވާ މީހެއް ކަލޭމެންނަށް ދެނެގަނެވިދާނެއެވެ. އެއީ އޭނާ ސުވާލުކުރާ ގޮތުގެ ވައްޓަފާޅިއަަށް ބެއްޔަސް ނޫނީ ބަސްތައް ބޭނުން ކުރާ ގޮތުގެ ވައްޓަފާޅިއަަށް ބެއްޔަސް ނޫނީ އޭނާގެ މަސައްކަތުގެ ވައްޓަފާޅިއަަށް ބެއްޔަސް ނޫނީ އުޅުމަށް ނޫނީ ސުލޫކުގެ ވައްޓަފާޅިއަަށް ބެއްޔަސް އެވެ. އެހެނީ ކޮންމެ ގޮތެއްވިޔަސް އުނގަންނައިދޭ ފަރާތުގެ އަޘަރުފޯރާތީއެވެ.
=
••
❞ ﷲ جلا وعلا އެއިލާހުގެ ނަބިއްޔުންނަށް ވަޙީ ކުރެއްވިއެވެ: {ހަމަކަށަވަރުން ތިމަން އިލާހުގެ ރަސޫލުންނަށް ނަޞްރު ދެއްވާހުށީމެވެ.}¹ ނަބިއްޔުންގެ ތެރެއިން ބޮޑު ޢަދަދެއްގެ ބޭކަލުން ޤަތުލުކޮށްލެވުނުކަން އަހަރެމެންނަށް އެނގެއެވެ. އެއީ އިތުރުއެކަލޭގެފާނުންގެ މައްޗަށް ޞަލަވާތާއި ސަލާމް ލެއްވުނު ކަލޭގެފާނު ޙަދީޘް ކުރެއްވެވި ފަދައިންނެވެ: ”އަދި އެކަލޭގެފާނާއި އެކުގައި އެކަކުވެސް ނުވާ ނަބިއްޔެކެވެ." ބަނީ އިސްރާއީލުގެ މީހުން ނަބިއްޔުން ޤަތުލު ކުރާކަމުގެ މައްޗަށް ޤުރްއާނާއި ސުންނަތުން ދަލީލުތައް ގިނަގުނަވެގެންވެއެވެ. ”
{އަދި ހައްޤަކާ ނުލާ، ނަބިއްޔުން ޤަތުލު ކޮށްއުޅުނުކަމަށް ޓަކައެވެ.}² {ހައްޤަކާ ނުލާ ނަބީބޭކަލުން ޤަތުލުކުރާ ބަޔަކު ކަމުގައިވީތީއެވެ.}³ އަދި އެމީހުން ނަބިއްޔުން ޤަތުލުކުރިކަމަށް އަނގުވައިދޭ އެހެން ދަލީލުތައް ވެސްމެއެވެ. (އެބޭފުޅުން ޤަތުލުކުރެވުނު ކަމުގައިވިއަސް) ﷲ جلا وعلا އެއަށް ނަން ދެއްވީ ނަޞްރު ކަމަށެވެ. {ހަމަކަށަވަރުން ތިމަން އިލާހުގެ ރަސޫލުންނަށް ނަޞްރު ދެއްވާހުށީމެވެ.}! ❝
އައްޝައިޚް އަލްމިޙައްދިޘް ސުލައިމާނު ބުން ނާޞިރުލް ޢަލްވާން فك الله أسره (ބަސްކޮޅު)
••┈┈┈┈┈┈┈┈┈┈┈••
¹ سورة الغافر ٥١
٢ سورة آل إمران ١١٢
٣ سورة البقرة ٦١
@Tazkirat_Nufoos
Telegram
درر الشيخ العلوان
•• الله جلا وعلا قال في أنبيائه: ﴿إنا لننصر رسلنا﴾ ونحن نعرف أنه قُتل عدد كبير من الأنبياء، كما قال صلى الله عليه وسلم: (والنبي وليس معه أحد)، الأدلة على ذلك كثيرة في القرآن والسنة أن بني إسرائيل كانوا يقتلون الأنبياء، ﴿ويقتلون الأنبياء بغير حق﴾، ﴿ويقتلون…
••
❞ ޙަދީޘް: (އިސްލާމްދީން ފެށިގެން އައީ ބީރަށްޓެހި ކޮށެވެ. އަދި އަލުން އެ ބީރަށްޓެހި ކަމަށް އެނބުރި ޢިޔާދަވާ ހުއްޓެވެ.) އޭގެ މާނައަކީ އިންސާނާއަށް ކުރިމަތިވާ ކަންތަކަށް އަމާން ދިނުމެއް ނޫނެވެ. އޭނާ ބުނެއެވެ: "މިއަދު އިސްލާމްދީން ބީރަށްޓެއްސެވެ." އެއަށްފަހު އޭނާ އިށީނދެއެވެ. ނޫނެކެވެ. ފަހެ، މުސްތަޤުބަލު ވަނީ އިސްލާމްދީނަށެވެ. އަދި މުސްތަޤުބަލު ވަނީ އިސްލާމްދީނަށް ކަމަށް ނަބިއްޔާ ﷺ ކިބައިން ވާރިދުވެގެން އައިސްފައިވާ ދަލީލުތައް މުތަވާތިރެވެ. އަދި ހެޔޮ މަގުގައިވާ ޚިލާފަތް، ޢިޔާދަވާ ހުއްޓެވެ. އަދި މި އުންމަތުން ޙާޟިރުވާ މީހާ (އެކަން ޤާއިމު ކުރާ މީހާ) އޭގެ ކުރީގެ ގޮތްތަކުގައި ހިފަހައްޓާނެވެ. ❝
އައްޝައިޚް އަލްމިޙައްދިޘް ސުލައިމާނު ބުން ނާޞިރުލް ޢަލްވާން فك الله أسره (ބަަސްކޮޅު)
••┈┈┈┈┈┈┈┈┈┈┈••
@Tazkirat_Nufoos
Telegram
درر الشيخ العلوان
•• حديث: (بدأ الإسلامُ غريبًا وسيعود غريبًا..) ليس معناه أنَّ الإنسان يستسلم للواقع يقول: الإسلام اليوم غريب ثم يجلس، لا، فالمستقبل للإسلام، والأدِلَّة مُتواترة عن النبيِّ ﷺ في أن المُستقبل للإسلام، وأنَّ الخلافة الراشدة ستعود، وأنَّ حاضر هذه الأُمَّة سيرتبِط…
<<Buy Ads>> https://telega.io/c/Love_shayari_hd_status
✨ Join Fast ?100k Dream ?
Last updated 11 months, 1 week ago
[ 🧿 ]
ɪɴ ᴛʜᴇ ɴᴀᴍᴇ ᴏғ ɢᴏᴅ !
ʙᴇᴛᴡᴇᴇɴ ᴡʜɪᴛᴇ ᴀɴᴅ ʙʟᴀᴄᴋ
Last updated 1 month ago