Al Qanaadeel އަލް ޤަނާދީލް

Description
ޢިލްމަށް ޢަމަލުނުކުރާ މީހާގެ ޢިލްމުގެ އެއްވެސް ފައިދާއެއް ނެތް
youtube.com/@alqanaadeel

?️ޝަހީދުންގެ ފުރާނަތައްވަނީ ސުވަރުގޭގައި ފެހިދޫނިތަކެއްގެ ތެރޭގައެވެ. އަދި އެޔަށް ﷲ ގެ ޢަރްޝުން އެލުވިފައިވާ ޤަނާދީލް (ބިއްލޫރީގެހާލި ނުވަތަ އަލިބައްތި)ތަކެއްވެއެވެ.
We recommend to visit

ɴᴏ.1 ᴄᴏᴜԹʟᴇꜱ ꜱᴛᴀᴛᴜꜱ ?
#Old_Couple
#Angry_Couple ?
#Cute_Couple ?
#Caring_Couple ?
#Newly_Married_Couple ❤️
#A_Love_So_Romantic ?
Channel Birthday 8th January ?
<<Buy Adds>>
https://telega.io/c/LOVE_VIBES_HINDI_STATUS
Contact ☎️ :- @ComRade015

Last updated 1 year, 6 months ago

ﮩ٨ـﮩﮩ٨ـ🩵ﮩ٨ـﮩﮩ٨ـ
😘 Hi Everyone 🦋😎
ᴛᴀʀɢᴇᴛ :- ᴀᴜᴅɪᴇɴᴄᴇ ʟᴏᴠᴇ ✨🩵

𝐋𝐨𝐯𝐞 | 𝐑𝐨𝐦𝐚𝐧𝐭𝐢𝐜 |𝐒𝐚𝐝 🎼🌏

ᴜɴɪQᴜᴇ ꜱᴛᴀᴛᴜꜱ 🍃

ʟʏʀɪᴄꜱᴀʟ ꜱᴛᴀᴛᴜꜱ ᴠɪᴅᴇᴏ 🌈💨

Cross contact -: @sharif_ladka143

| ꜰᴏʟʟᴏᴡ ꜰᴏʀ ᴍᴏʀᴇ 🦋🩵

Last updated 8 months ago

•॥ જય હરસિધ્ધિ માં ॥•

▪️ᴛᴀʀɢᴇᴛ 40K🎯

✨All 4K Quality Full Screen Status

✨ 😎👇👇

✨ @BHAVO225

✨ᴀʟʟ ᴛʏᴘᴇ sᴛᴀᴛᴜs ᴀᴠᴀɪʟᴀʙʟᴇ ʜᴇʀᴇ

✨ 4ᴋ ʜᴅ ǫᴜᴀʟɪᴛʏ sᴛᴀᴛᴜs

✨ https://t.me/BSEDITOFFICIAL_225

Last updated 7 months, 3 weeks ago

11 months, 2 weeks ago

މިއީ މައިންނާއި ޅަދަރީންނަށް ޚާއްސަކޮށް، ތަޥްޙީދު އުނގެނުމުގެ މުހިންމު ކަމުގެ މައްޗަށް އައްޝައިޚް އަޙްމަދު މޫސާ ޖިބްރީލް ދެއްވާފައިވާ ނަސޭޙަތުގެ ބަސްކޮޅެއްގެ ދިވެހި ތަރުޖަމާއެވެ.

الحمد لله الذي بنعمته تتم الصالحات
މި މަސައްކަތުގައި އެހީތެރިވެދެއްވި ފަރާތްތަކަށް ޝުކުރާއި ހެޔޮދުޢާ ދަންނަވަމެވެ.

11 months, 2 weeks ago

ފަހެ ތަޥްބަތުވުމާއި އިސްތިޣްފާރު ކުރުން އޭނާ ގިނަކުރާހުށިކަމެވެ.

?️ ޝައިޚު އަލް-އިސްލާމް އިބްނު ތައިމިއްޔަތު (728ހ.) ވިދާޅުވިއެވެ:

«އަދި އޭނާގެ ހިތް ނުތަނަވަސްވާކަން އޭނާއަށް ފެނިއްޖެނަމަ، އަދި އީމާންކަމުގެ ފޮނިމީރުކަމާއި، އަދި ހިދާޔަތުގެ ނޫރާނީ އަލިކަން އޭނާއަށް ޙާޞިލުނުވާކަން އޭނާއަށް ފެނިއްޖެނަމަ، ފަހެ ތަޥްބަތުވުމާއި އިސްތިޣްފާރު ކުރުން އޭނާ ގިނަކުރާހުށިކަމެވެ. އަދި އޭނާއަށް ކުޅަދާނަވީ ވަރަކުން ގަދައަޅައި މަސައްކަތް ކުރުމުގައި އިލްތިޒާމުވެ ހިފަހައްޓާށެވެ.

ފަހެ އެހެނީ ހަމަކަށަވަރުން ﷲ ތަޢާލާ ވަޙްޔު ކުރައްވަތެވެ: ﴿وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا...﴾

"އަދި ތިމަން އިލާހުގެ މަގުގައި ގަދައަޅައި ޖިހާދުކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން އެބައިމީހުންނަށް ތިމަން އިލާހުގެ މަގުތަކަށް ހިދާޔަތު ދައްކަވާ މަގު ދައްކަވާހުށީމެވެ..."

? [سُورَةُ العَنكَبُوتِ: ٦٩]

އަދި އެކަމުގެ މައްޗަށް، ފަރާއިޟްތައް ނުވަތަ ފަރްޟުތައް ޡާހިރުކޮށް ބޭރުފުށުންނާއި އަދި ބާޠިނުކޮށް އެތެރެފުށުން ޤާއިމުކޮށްގެންނެވެ. އަދި ﷲ ގެ ވާގިފުޅަށް އަދައިގެން ސީދާވެގެންވާ މަގުގައި ލާޒިމުވެ ހިފަހައްޓައިގެންނެވެ. އެކަލާނގެ މެނުވީ އެހެން ހުރިހައި އާރާއި އަދި ބާރަކުން ބަރީއަ ވެގެންނެވެ.»

? [مجموع الفتاوى لابن تيمية: ٣٩٠/١١]

#Thazkiyah

11 months, 3 weeks ago


● ތަޤުވާވެރި އަޚުންގެ ޙަޤީޤީ ފިތުނައަކީ، ޢައުރަ ނިވާނުކުރާ އަންހެނުންނެއް ނޫނެވެ.

“ދީނަށް ލޯބިކުރާ ފިރިހެނަކަށް އުނދަގޫކަން ބޮޑު ފިތުނައަކީ ނިވާނުކުރާ އަންހެނުންނެއް ނޫނެވެ. އެހެނަސް ޢައުރަ ނިވާކުރާ އަންހެނުންނެވެ.

އެހެނީ އެފަދަ ފިރިހެނުންގެ ހުވަފެނަކީ ޝަރުޢީ ޙިޖާބަށް ތަބަޢަވާ އަންހެނަކާ ކައިވެނި ކުރުމެވެ. އެއީ އޭނާގެ ޝައުގުވެރިކަން ކަމަށްވާތީ، އޭނާގެ ނަޒަރު ފަރުދާވެތިބޭ އަންހެނުންނަށް ދިމާކޮށް، ޙަރާމް ލޯބީގެ ބާވަތެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެއެވެ.

ވީމާ، ފިރިހެނުންނަށް އަހުރެންގެ މެސެޖަކީ:
ނިވާނުކުރާ އަންހެނުންނަށް ނުބަލަ ތިޔަބައިމީހުންގެ
ބެލުންތައް ތިރިކުރާ ފަދައިން، ނިވާކޮށްގެންތިބޭ އަންހެނުންނަށްވެސް ނުބަލާ ތިޔަބައިމީހުންގެ ބެލުންތައް ތިރިކުރާށެވެ! ދީންވެރި ފިރިހެނެއްގެ ނަފްސަކީ ޢައުރަ ނިވާނުކުރާ އޭނާއާ ތަފާތު އަންހެނުންނަށްވުރެ ބޮޑަށް، އޭނާ ފަދަ އަންހެނަކަށް ޝައުގުވެރިވާ ނަފްސެކެވެ. ވަރަށް ގިނަ ދީންވެރި ފިރިހެނުންނާއި އަންހެނުން މި ނާތަހުޒީބު ޙާލަތްތަކުގެ ތެރެއަށް ވެއްޓެނީ މިސަބަބާހުރެއެވެ. ދީނަށް ލޯބިކުރާ ފިރިހެނަކު އެދޭނީ އޭނާ ފަދަ އަންހެނެކެވެ.

އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ އެދުންތަކާމެދު ﷲ سبحانه وتعالى އަށް ބިރުވެތިވާށެވެ! އަދި (ޝަރުޢީ ޙިޖާބުން) ޙިޖާބުވެތިބޭ އަންހެނުންނަށް ނުބަލަ، ތިބާގެ ބެލުން ތިރިކުރާށެވެ. ބެލުން ތިރިކުރުމަކީ އަހަރެމެންނަށްވާ ހިމާޔަތެކެވެ. މުސްލިމުންގެ މެދުގައި ކައިވެނި މިންވަރު ކުރައްވާ، ފިތުނައިން ސަލާމަތްކޮށްދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.”

Kawthar

1 year, 2 months ago

ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ.

كَانَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ إِذَا رَأَى مَا يُحِبُّ قَالَ ‏"‏ الْحَمْدُ لِلَّهِ الَّذِي بِنِعْمَتِهِ تَتِمُّ الصَّالِحَاتُ ‏"‏ ‏.‏ وَإِذَا رَأَى مَا يَكْرَهُ قَالَ ‏"‏ الْحَمْدُ لِلَّهِ عَلَى كُلِّ حَالٍ ‏"‏

މާނައީ: "ރަސޫލުﷲ صلى الله عليه وسلم އެކަލޭގެފާނު ލޯބިކުރައްވާކަމެއް ފެނިއްޖެނަމަ ވިދާޅުވެއެވެ: (الْحَمْدُ لِلَّهِ الَّذِي بِنِعْمَتِهِ تَتِمُّ الصَّالِحَاتُ)
“އެއިލާހުގެ ނިޢުމަތާއި އެކު ހެޔޮކަންތައްތައް ފުރިހަމަކޮށްދެއްވަވާ ﷲ އަށް ޙަމްދުހުއްޓެވެ”

އަދި އެކަލޭގެފާނު ހިތްޕުޅު ހަމަނުޖެހޭ ކަމެއް ފެނިއްޖެނަމަ ވިދާޅުވެއެވެ. (الْحَمْدُ لِلَّهِ عَلَى كُلِّ حَالٍ)
“ކޮންމެހާލެއްގައިވެސް ﷲ އަށް ޙަމްދުހުއްޓެވެ.”"

رواه ابن ماجه: 3803 و حسن الإسناد: النووي.
(މިޗެނަލްގެ 86ވަނަ ޙަދީޘް)
Subscribe @sahhahadith

1 year, 2 months ago

● އަބޫ ޛައްރު ރިވާކުރެއްވިއެވެ: ﷲ ތަބާރަކަ ވަތަޢާލާގެ ޙަޟްރަތުން، ނަބިއްޔާ ﷺ ރިވާކުރެއްވި (ޤުދުސީ ޙަދީޘެއްގައި ވެއެވެ.) ﷲ ވަޙީ ކުރެއްވިއެވެ:

”އޭ ތިމަން އިލާހުގެ އަޅުންނޭވެ. ހަމަކަށަވަރުން ތިމަން އިލާހުގެ ނަފްސުފުޅުގެ މައްޗަށް އަނިޔާވެރިކަން ޙަރާމް ކުރެއްވީމެވެ. އަދި ތިޔަބައިމީހުންގެ މެދުގައި ވެސް އެއީ ޙަރާމް ކަމެއް ކަމުގައި ތިމަން އިލާހު ލެއްވީމެވެ. ވީމާ، ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް އަނިޔާވެރި ނުވާށެވެ.

އޭ ތިމަން އިލާހުގެ އަޅުންނޭވެ. ތިމަން އިލާހު ހިދާޔަތު ދައްކަވައިފި މީހަކު ފިޔަވައި ތިޔަބައިމީހުން އެންމެން ވެސް ވަނީ މަގުފުރެދިގެންނެވެ. ވީމާ، ތިމަން އިލާހުގެ ޙަޟްރަތުން ހިދާޔަތު ދެއްވުމަށް އެދި ދަންނަވާށެވެ. އޭރުން ތިމަން އިލާހު ތިޔަބައިމީހުންނަށް ހިދާޔަތް ދައްކަވާނަމެވެ.

އޭ ތިމަން އިލާހުގެ އަޅުންނޭވެ. ތިމަން އިލާހު ކާން ދެއްވައިފި މީހަކު ފިޔަވައި ތިޔަބައިމީހުން އެންމެން ވެސް ވަނީ ބަނޑުހައި ހޫނުކަންމަތީގައެވެ. ވީމާ، ތިމަން އިލާހުގެ ޙަޟްރަތުން ކާންދެއްވުމަށް އެދި ދަންނަވާށެވެ. އޭރުން ތިމަން އިލާހު ތިޔަބައިމީހުންނަށް ކާން ދެއްވާނަމެވެ.

އޭ ތިމަން އިލާހުގެ އަޅުންނޭވެ. ތިމަން އިލާހު ފޭރާން ދެއްވައިފި މީހަކު ފިޔަވައި ތިޔަބައިމީހުން އެންމެން ވަނީ އޮރިޔާން ހާލުގައެވެ. ވީމާ، ތިމަން އިލާހުގެ ޙަޟްރަތުން ފޭރާން ދެއްވުމަށް އެދި ދަންނަވާށެވެ. އޭރުން ތިމަން އިލާހު ތިޔަބައިމީހުންނަށް ފޭރާން ދެއްވާނަމެވެ.

އޭ ތިމަން އިލާހުގެ އަޅުންނޭވެ. ހަމަކަށަވަރުން ތިޔަބައިމީހުން ރެއާއި ދުވާލު ކުށްފާފަތަކަށް އަރައިގަންނަމުއެވެ. އަދި ތިމަން އިލާހު އެންމެހައި ކުށްފާފަތަކެއް ފުއްސަވައި ދެއްވަމެވެ. ވީމާ، ތިމަން އިލާހުގެ ޙަޟްރަތުން ފާފަ ފުއްސަވައި ދެއްވުމަށް އެދި ދަންނަވާށެވެ. އޭރުން ތިމަން އިލާހު ތިޔަބައިމީހުންނަށް ފާފަ ފުއްސަވައި ދެއްވާނަމެވެ.

އޭ ތިމަން އިލާހުގެ އަޅުންނޭވެ. ހަމަކަށަވަރުން ތިމަން އިލާހަށް ގެއްލުމެއް ދޭން ތިޔަބައިމީހުން އުޅުނުކަމުގައި ވިޔަސް، ތިމަން އިލާހަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ.

އަދި ތިމަން އިލާހަށް މަންފާއެއް ކޮށްދޭން ތިޔަބައިމީހުން އުޅުނުކަމުގައި ވިޔަސް، ތިމަން އިލާހަށް އެއްވެސް މަންފާއެއްކޮށެއް ނުދެވޭނެއެވެ.

އޭ ތިމަން އިލާހުގެ އަޅުންނޭވެ. ތިޔަބައިމީހުންގެ ފުރަތަމަ މީހާއާއި، ފަހު މީހާއާއި، އިންސީންނާއި، ޖިންނީންގެ އެންމެން، ތިޔަބައިމީހުންގެ ތެރެއިންވާ އެންމެ ތަގުވާވެރި ހިތެއްގެ ވެރިޔާ ފަދައިންވީ ނަމަވެސް، އެކަމުގެ ސަބަބުން ތިމަން އިލާހުގެ މިލްކުވެރިކަމަށް އެއްވެސް އެއްޗެއް އިތުރުވެގެނެއް ނުދާނެއެވެ.

އޭ ތިމަން އިލާހުގެ އަޅުންނޭވެ.ތިޔަބައިމީހުންގެ ފުރަތަމަ މީހާއާއި، ފަހު މީހާއާއި، އިންސީންނާއި، ޖިންނީންގެ އެންމެން، އެންމެ ފާޖިރު ހިތެއްގެ ވެރިޔާ ފަދައިން ވީނަމަ ވެސް، އެކަމުގެ ސަބަބުން ތިމަން އިލާހުގެ މިލްކުވެރިކަމުން އެއްވެސް އެއްޗެއް އުނިވެގެނެއް ނުދާނެއެވެ.

އޭ ތިމަން އިލާހުގެ އަޅުންނޭވެ. ތިޔަބައިމީހުންގެ ފުރަތަމަ މީހާއާއީ، ފަހު މީހާއާއި، އިންސީންނާއި، ޖިންނީންގެ އެންމެން، އެއް ތަނެއްގައި އެއްވެ ތިބެ، އެބައިމީހުން ތިމަން އިލާހުގެ ޙަޟްރަތުގައި އެދި ދެންނެވުމުން، އެއިން ކޮންމެ މީހަކަށް އެ މީހަކު އެދޭ ކަމެއް ދެއްވިކަމުގައި ވިޔަސް، އޭގެ ސަބަބުން ކަނޑަކަށް ތިނޯހެއް ލާފައި ނެގުމުން، އެ ކަނޑުން އުނިވާ ފަދައިން މެނުވީ ތިމަން އިލާހުގެ ޙަޟްރަތުގައިވާ އެއްވެސް އެއްޗަކުން އުނިވެގެން ނުދާނެއެވެ. (އެބަހީ: އެއްވެސް މިންވަރަކަށް މަދުވެގެނެއް ނުދާނެއެވެ.)

އޭ ތިމަން އިލާހުގެ އަޅުންނޭވެ. ތިމަން އިލާހު ތިޔަބައިމީހުންނަށް ޙިސާބުބައްލަވަނީ ހަމައެކަނި ތިޔަބައިމީހުންގެ ޢަމަލުތަކަށެވެ. ދެން އެއަށްފަހު، އެ ޢަމަލުތަކާ އެކަށޭނެ ޖަޒާ ތިޔަބައިމީހުންނަށް ދެއްވަމެވެ. ވީމާ ހެޔޮ ގޮތެއް ފެނިއްޖެ މީހާ، ފަހެ ﷲ އަށް ޙަމްދު ކުރާށެވެ. އަދި އެ ނޫން ގޮތެއް ފެނިއްޖެ މީހާ، ފަހެ އޭނާގެ އަމިއްލަ ނަފްސަށް މެނުވީ އެއްގޮތަކަށް ވެސް މަލާމާތް ނުކުރާށެވެ. (އެބަހީ: ކުށްވެރިކޮށް ނުހަދާށެވެ.)“

ސަޢީދު ވިދާޅުވީ އަބޫ އިދްރީސް އަލްޚަޥުލާނީ މި ޙަދީޘް ރިވާކުރެއްވިހިނދު، އެކަލޭގެފާނުގެ ކަކޫ މައްޗަށް ތިރިވެލެއްވި ކަމަށެވެ.

صحيح مسلم 2577

1 year, 2 months ago
1 year, 2 months ago

↓ ● މަޙްރަމް ނޫން އަންހެނުންގެ (ހިލޭ އަންހެނުންގެ) މޫނާއި އިސްތަށިގަނޑަށް ބެލުމަކީ ޙަރާމް ކަމެކެވެ. އަދި މިއީ އަންނަނިވި އާޔަތުގެ ދަށަށް ވަންނަ ކަމެކެވެ. قُل لِّلۡمُؤۡمِنِينَ يَغُضُّواْ مِنۡ أَبۡصَٰرِهِمۡ… މާނައީ: “(އޭ رسول ﷲ އެވެ.) مؤمن ފިރިހެނުން (ﷲ حرام…

1 year, 2 months ago


● މަޙްރަމް ނޫން އަންހެނުންގެ (ހިލޭ އަންހެނުންގެ) މޫނާއި އިސްތަށިގަނޑަށް ބެލުމަކީ ޙަރާމް ކަމެކެވެ. އަދި މިއީ އަންނަނިވި އާޔަތުގެ ދަށަށް ވަންނަ ކަމެކެވެ.

قُل لِّلۡمُؤۡمِنِينَ يَغُضُّواْ مِنۡ أَبۡصَٰرِهِمۡ…
މާނައީ: “(އޭ رسول ﷲ އެވެ.) مؤمن ފިރިހެނުން (ﷲ حرام ކުރެއްވި ކަންތަކަށް ނުބަލައި) އެމީހުން އެމީހުންގެ ލޯތައް ތިރިކޮށް މަރައިހަދާށެވެ. މިހެން ވިދާޅުވާށެވެ.”
{سورة النور 30}

ޞަޙީޙް ބުޚާރީގައި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.

فَزِنَى الْعَيْنَيْنِ النَّظَرُ
މާނައީ: “ފަހެ ލޮލުގެ ޒިނޭއަކީ ބެލުމެވެ. [ބެލުން ނަހީކުރެވިފައިވާ ކަންކަމަށް ބެލުމެވެ].”
[مسلم 2657b]

ލޮލުގެ ޒިނޭއަކީ ބެލުން ނަހީކުރެވިފައިވާ ކަންކަމަށް ބެލުމެވެ. ލޮލުގެ ޒީނޭއަކީ ފާފަވެރި ކަންކަމަށް ބެލުމެވެ. މިކަމުގެ މައްޗަށްވާ ދަލީލުތައް ވަރަށް ގިނައެވެ. ނިޤާބަކީ ވާޖިބެއް ނޫނޭ ބުނާ، ބަލިކަށިކަން ސާފުވެފައިވާ ނުރަނގަޅު ރައުޔު ތިބާ އިޚްތިޔާރުކުރިނަމަވެސް، ހިލޭ އަންހެނުންގެ މޫނަށް ބެލުމަކީ އުޒުރުދައްކައިން ހަމަޖައްސާލެވޭނެ ކަމެއް ނޫނެވެ.

لَا تُتْبِعِ النَّظْرَةَ النَّظْرَةَ فَإِنَّ لَكَ الأُولَى وَلَيْسَتْ لَكَ الآخِرَةُ
މާނައީ: “ތިބާ އެއް ބެލުމާ ވިދިގެން އަނެއް ބެލުން ނުބަލާށެވެ. ފަހެ، ތިބާއަށް ލިބިގެންވަނީ ފުރަތަމަ ބެލުމެވެ. އެހެން ބެލުންތައް ތިބާއަށް ލިބިގެން ނުވެއެވެ.” [“]

ޖަރީރު އިބްނު ޢަބްދިالله رضي الله عنه ކުއްލިއަކަށް ބެލޭ ބެލުމާއި ބެހޭގޮތުން ރަސޫލާ ﷺ ގެ އަރިހުން ސުވާލުކުރެއްވިއެވެ. ކުއްލިއަކަށް ބެލޭ ބެލުމުގެ ތެރޭގައި ހިލޭ އަންހެނުންގެ މޫނަށް ބެލުން ހިމެނެއެވެ. ޖަރީރު އިބްނު ޢަބްދިالله ވިދާޅުވިއެވެ: “ރަސޫލާ ﷺ ތިމަންކަލޭގެފާނަށް އަމުރުކުރެއްވީ ކުއްލި ނަޒަރަކުން އަނެއް ފަރާތަށް ބެލުމަށެވެ.”

سَأَلْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنْ نَظَرِ الْفُجَاءَةِ فَأَمَرَنِي أَنْ أَصْرِفَ بَصَرِي
މާނައީ: “ކުއްލިއަކަށް (ހިލޭ އަންހެނަކާ ދިމާލަށް) ބަލައިލެވުމުން ހަދަންވީ ގޮތާ ބެހޭގޮތުން، ރަސޫލު الله صلى الله عليه وسلم ގެ އަރިހުގައި ތިމަން ސުވާލު ދެންނެވީމެވެ. ފަހެ، އެކަލޭގެފާނު ތިމަންކަލޭގެފާނަށް އަމުރުކުރެއްވީ އަނެއް ފަރާތަށް ބެލުމަށެވެ.”
[مسلم 2159a]

ރަސޫލާ صلى الله عليه وسلم އެކަލޭގެފާނަށް ދެންނެވީ نَظَرِ الفُجَاءَة (ނަޡަރިލް ފުޖާއަ: ގަސްތެއްނެތި ބެލޭ ކުއްލި ބެލުމުން) އެނބުރި އެހެން ފަރާތަކަށް ކުރިމަތިލުމަށެވެ. އެއީ ކުއްލިއަކަށް އެޅޭ ނަޒަރެކެވެ. އެކަހަލަ ކަމަކީ ހުއްދަކަމެއް ނޫންކަން، އެއީ ޙަރާމްކަމެއްކަން އެނގުމުން، އެކަން ޕްރޮމޯޓެއް ނުކުރެވޭނެއެވެ. ދައުރު ނުކުރެވޭނެއެވެ. ޕަބްލިޝް ނުކުރެވޭނެއެވެ. އަދި ޕޯސްޓްވެސް ނުކުރެވޭނެއެވެ - އެއީ ޘާބިތުވެފައިވާ ޙަޤީޤަތެކެވެ!

• • •

މިސާލަކަށް، މުތަބައްރިޖާތުންގެ (ޢައުރަ ހާމަކުރާ އަންހެނުންގެ) ފޮޓޯތައް ސައިޓުތަކުގައި ހަމަ ޔަޤީނުންވެސް ހާމަކޮށްފެންނަން ހުންނަކަން އެނގިހުރެ އެސައިޓުތަކަށް ގަސްތުގައި ވަންނަ މީހާގެ ފުރަތަމަ ބެލުމުންވެސް އެކުރެވެނީ ފާފައެކެވެ. އެއީ އިސްތިސްނާވެފައިވާ، ކުއްލިއަކަށް ބެލޭ ނަޒަރުތަކުގެ ތެރޭގައި ހިމެނޭ ކަމެއްވެސް ނޫނެވެ. އެހެނީ އޭނާއަށް ފެންނަންއުޅޭ އެއްޗެއް (ވަނުމުގެ ކުރިންވެސް) އޭނާއަށް އެބައެނގެއެވެ. ދެން މި ޙަރާމް ފޯރުކޮށްދީ، އެންމެންނަށްވެސް ފެންނާނެގޮތަށް ހަމަޖައްސައިދޭ ކުށްވެރިޔާގެ ހާލަތު ތަސައްވުރުކޮށްލާށެވެ.

— ޝައިޚް އަޙްމަދު މޫސާ ޖިބްރީލް حفظه الله | (26) ރަމަޟާން 1445 ސުވާލާއި ޖަވާބު

Telegram

Ahmad Musā Jibrīl

Transcribed: Posting Pictures & Videos Online Without Hijāb | (26) Ramadān 1445 Q&A #RamadānQA Shaykh Ahmad Musa Jibril (حفظه الله تعالى)

We recommend to visit

ɴᴏ.1 ᴄᴏᴜԹʟᴇꜱ ꜱᴛᴀᴛᴜꜱ ?
#Old_Couple
#Angry_Couple ?
#Cute_Couple ?
#Caring_Couple ?
#Newly_Married_Couple ❤️
#A_Love_So_Romantic ?
Channel Birthday 8th January ?
<<Buy Adds>>
https://telega.io/c/LOVE_VIBES_HINDI_STATUS
Contact ☎️ :- @ComRade015

Last updated 1 year, 6 months ago

ﮩ٨ـﮩﮩ٨ـ🩵ﮩ٨ـﮩﮩ٨ـ
😘 Hi Everyone 🦋😎
ᴛᴀʀɢᴇᴛ :- ᴀᴜᴅɪᴇɴᴄᴇ ʟᴏᴠᴇ ✨🩵

𝐋𝐨𝐯𝐞 | 𝐑𝐨𝐦𝐚𝐧𝐭𝐢𝐜 |𝐒𝐚𝐝 🎼🌏

ᴜɴɪQᴜᴇ ꜱᴛᴀᴛᴜꜱ 🍃

ʟʏʀɪᴄꜱᴀʟ ꜱᴛᴀᴛᴜꜱ ᴠɪᴅᴇᴏ 🌈💨

Cross contact -: @sharif_ladka143

| ꜰᴏʟʟᴏᴡ ꜰᴏʀ ᴍᴏʀᴇ 🦋🩵

Last updated 8 months ago

•॥ જય હરસિધ્ધિ માં ॥•

▪️ᴛᴀʀɢᴇᴛ 40K🎯

✨All 4K Quality Full Screen Status

✨ 😎👇👇

✨ @BHAVO225

✨ᴀʟʟ ᴛʏᴘᴇ sᴛᴀᴛᴜs ᴀᴠᴀɪʟᴀʙʟᴇ ʜᴇʀᴇ

✨ 4ᴋ ʜᴅ ǫᴜᴀʟɪᴛʏ sᴛᴀᴛᴜs

✨ https://t.me/BSEDITOFFICIAL_225

Last updated 7 months, 3 weeks ago