Abu ibrahim Al Maldhif

Description
ތިބާ އިސްލާމް ދީނުގެ ޞައްޙަ އަޤީދާ އުނގެނި ދަސްކުރަާށެވެ. އެއަށްފަހު އެއަށް ޢަމަލު ކުރާށެވެ.
We recommend to visit

@चेतावनी मैं किसी भी Company Plan, Trading company के फेवर में नहीं हूं । किसी भी कंपनी में इन्वेस्टमेंट करना आपका खुद का फैसला होगा । किसी भी प्रकार के वाद - विवाद या नुकसान के लिए हम या हमारा TELEGRAM CHANNEL जिम्मेदार नहीं है !
???Bet at your risk

Last updated 1 year, 1 month ago

My Hero Academia
┏─━─━─━━─━──━─◈━─━≫
├?Type - TV
├?️sᴇᴀsᴏɴ - 01 [ Complete ]
├?ᴇᴘɪsᴏᴅᴇs  - 13
├⭐sᴄᴏʀᴇ - 7.8 [My Anime List]
├㊙️ʟᴀɴɢᴜᴀɢᴇ - Hindi | Fan Dub
├?ɢᴇɴʀᴇs - Action, Adventure, Comedy, Drama, Fantasy, Supernatural
◈─━─━─━─━─━─━─━─━─━─━─━─◈

Last updated 1 year, 5 months ago

"ɴᴀᴅᴀ ᴀᴄᴏɴᴛᴇᴄᴇ ᴘᴏʀ ᴀᴄᴀꜱᴏ.
ᴄᴏᴍᴇᴄᴇ ᴀ ᴠᴇʀ ᴘʀᴏᴘᴏ́ꜱɪᴛᴏ ᴇᴍ ᴛᴜᴅᴏ
ᴏ ϙᴜᴇ ᴄʜᴇɢᴀ ɴᴀ ᴛᴜᴀ ᴠɪᴅᴀ."

Last updated 9 months, 1 week ago

2 Jahre, 3 Monate her

?ﷲ ގެ އިޛުނަފުޅު ލިބިއްޖެނަމަ ޝަފާޢަތްތެރިންގެ ޝަފާޢަތް އެމީހަކަށް ލިބޭނެއެވެ.

↙️ކުޑަ ޝިރުކު ބެހޭ ބައިތައް:

?ހިތުން ކުރެވޭ ކުޑަ ޝިރުކު

?ދުލުން ކުރެވޭ ކުޑަ ޝިރުކު

?ގުނަވަންތަކުން ކުރެވޭ ކުޑަ ޝިރުކު

https://t.me/AlMaldhif

2 Jahre, 3 Monate her

ހަމަކަށަވަރުން، ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށް ވަޙީ ކުރައްވާފައިވެއެވެ. ކަލޭގެފާނު ޝަރީކު ކުރައްވައިފިނަމަ، ކަލޭގެފާނުގެ ޣަމަލުތައް ބާޠިލް ވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.

އެއީ އެކަންކުރާ މީހާައަށް ސުވަރުގެ ޙަރާމްވެގެންދާ ފާފައެކެވެ.

?އަންކަބޫތް ސޫރަތުގެ 5:72 ބައްލަވާ ?

إِنَّهُۥ مَن يُشْرِكْ بِٱللَّهِ فَقَدْ حَرَّمَ ٱللَّهُ عَلَيْهِ ٱلْجَنَّةَ وَمَأْوَىٰهُ ٱلنَّارُۖ وَمَا لِلظَّٰلِمِينَ مِنْ أَنصَارٍ

..ހަމަކަށަވަރުން اللَّه އަށް ޝަރީކުކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه، އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ..

އެ ފާފަކޮށްފި މީހާ އުޑުން ވެއްޓިއްޖެ މީހެއް ފަދައެވެ.

?ޙައްޖު ސޫރަތުގެ 22:31 ބައްލަވާ?

..وَمَن يُشْرِكْ بِٱللَّهِ فَكَأَنَّمَا خَرَّ مِنَ ٱلسَّمَآءِ فَتَخْطَفُهُ ٱلطَّيْرُ أَوْ تَهْوِى بِهِ ٱلرِّيحُ فِى مَكَانٍ سَحِيقٍ

..އަދި اللَّه އަށް ޝަރީކު ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ އުޑުން ވެއްޓި، ދޫނިތައް އެމީހާ ޖަހައިގަނެގެން ގެންދާ ނުވަތަ ވައިގެ ބާރުން ދުރުތަނަކަށް ވެއްޓިގެންދާ މީހެއްފަދައެވެ.

?މި އާޔަތާއި މީގެ ކުރިން މި މަޢުޟޫގައި ގެނެސްދީފައިވާ ދަލީލުތަކަށް ވިސްނުމުން މިކަމުގެ ނުބައިކަމާއި ހައިބަތު ތިބާއަށް ވިސްނޭނެއެވެ. އަދި އެހެން ނުބައެއްގެ މައްޗަށް މިކަން އިސްކުރުމުގެ އެއްވެސް ޖާގައެއްވެސް ނެތެވެ.

އަދި މިކަމާއިމެދު ﷲ تَعَالَى ގެ އަމުރުފުޅު ވަރަށް ސާފެވެ
?ބަޤަރާ ސޫރަތުގެ 2:22 ބައްލަވާ ?

فَلَا تَجْعَلُوا۟ لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ

ފަހެ، (އެކަލާނގެ ޚާލިޤުވަންތަކަން) ތިޔަބައިމީހުން ދެނެތިބެ، اللَّه އަށް ޝަރީކުންތަކެއް ތިޔަބައިމީހުން ނުލާށެވެ!

ހަމަކަށަވަރުން ޤުރުއާނާއި ސުންނަތުން؛ ޝިރުކުގެ ބައެއް ޢަމަލުތަކުގެ ސަބަބުން މީހާ އިސްލާމްދީނުގެ މިއްލަތުން ބޭރުވާނެކަމާއި އަދި އަނެއްބައި ޝިރުކުގެ ޢަމަލުތަކުގެ ސަބަބުން މީހާ މިއްލަތުން ބޭރު ނުވާނެކަމަށް ދަލީލު ލިބެއެވެ. ވީމާ ޢިލްމުވެރިން މި ދެބައި ފަރަޤު ކުރައްވަައިފައިވެއެވެ. އެހެންކަމުން މީގެން ކޮންމެ ބައެއްގެ ކުޑަ ތަޢުރީފެއް ގެނެސްލާނަމެވެ.

1- الشرك الأكبر ބޮޑު ޝިރުކު

މިއީ މިއްލަތުން ބޭރުވާ ބޮޑު ޝިރުކެވެ. އަދި މީގެން ކަމަކައިގެން އަންނަ މީހާއަކީ ކާފަރެކެވެ. ނުވަތަ އިސްލާމްދީނުގެ އޮނިގަނޑުން ބޭރުވެފައިވާ މުރުތައްދެކެވެ.

2- الشرك الأصغر ކުޑަ ޝިރުކު

މިއީ މިއްލަތުން ބޭރުނުވާ ކުޑަ ޝިރުކެވެ. މީގެން ކަމަކައިގެން އަންނަ މީހަކީ ކާފަރެއްކަމުގައިވުން ލާޒިމެއް ނޫނެވެ. އަދި މި ޢަމަލުގެ ސަބަބުން މީހާގެ އިސްލާމްކަން ކެނޑިގެނެއް ނުދާނެއެވެ. އެހެނަސް ސަމާލުވާން ޖެހޭ ކަމަކީ، ކުޑަ ޝިރުކަކީ ބޮޑު ފާފައިގެ ތެރެއިން ހިމެނޭ ކަމަކަށް ވާހިނދު މިކަމަށް އަރައިގަންނަ މީހާ އެވަނީ ވަރަށް ނުރައްކާތެރި ފައްތަރެއްގައެވެ.

⚠️الشرك الأكبر ބޮޑު ޝިރުކު

↙️ސުވާލު: ބޮޑު ޝިރުކު ކުރީމާ ވާނީ ކިހިނެއް؟

?އިސްލާމްދީނުގެ މިއްލަތުން މީހާ ބޭރުވާނެ
?ހުރިހާ ހެޔޮ ޢަމަލެއް ބާޠިލުވާނެ
?ޤިޔާމަތްދުވަހުގެ އެންމެހާ ޝަފާޢަތަކުން މީހާ މަހުރޫމުވާނެ
?އެކަންކޮށް ތަޢުބާ ނުވެ މަރުވެއްޖެނަމަ ނަރަކައިގެ ޢަޛާބުގައި އަބަދަށް ދެމިހުންނަށް ޖެހޭނެ⁦‼️

?ބޮޑު ޝިރުކުގެ ވައްތަރުތައް?

?އުލޫހިއްޔަތުގެ ޝިރުކު

?ﷲ ފިޔަވާ އެހެން ފަރާތަކަށް އަޅުކަމުގެ އެއްވެސް ޢަމަލެއް ރައްދުކުރުން

?ރަބޫބިއްޔަތުގެ ޝިރުކު

?ﷲ ގެ ރައްބުވަންތަކަމުގައި އެހެން ފަރާތެއް ބައިވެރިކުރުން

?އަސްމާއި ވައްޞިފާތުގެ ޝިރުކު

?ﷲ ގެ އިސްމަފުޅުތަކާއި ސިފަފުޅުތަކުގެ އެހެން ފަރާތެއް ބައިވެރިކުރުން

↙️މިބައިތަކުގައި ފާޅުވެގެންވާ ޝިރުކާއި، ފޮރުވިފައިވާ ޝިރުކު އެކުލެވެއެވެ?

?ފާޅުވެގެންވާ: ބުދަށް، ޤަބުރަށް، މަރުވެފައިވާ މީހަކަށް އަޅުކަންކުރުން، ޠާޣޫތީ ނިޡާމަށް ޙުކުމް ހޯދަން ދިއުން
?ފޮރުވިފައިވާ: މުނާފިގުންގެ ޝިރުކު، ﷲ ފިޔަވާ އެހެން ފަރާތަކަށް ވަކީލުކުރުން

ދުނިޔެ މަތީގައި އަހަރެމެން ޙުކުމް ކަނޑައަޅާނީ ފާޅުވެގެންވާ ޝިރުކުގެ މައްޗަށެވެ. އަދި ފޮރުވިގެންވާ ކަންކަމުގެ ޙުކުމްފުޅު ވަނީ ﷲ އަށެވެ.

الشرك الأصغر ކުޑަ ޝިރުކު

މިއީ ޝަރުޢީ ނައްސުތަކުން ޝިރުކުގެ ނަމުން ވާރިދުވެގެންވާ ޢަމަލުތަކުގެ ތެރެއިން މިހާ މިއްލަތުން ބޭރުކޮށްނުލާ ފާފަތަކެވެ.

?މީގެން ކަމަކައިގެން އަންނަ މީހަކީ ކާފަރެއްކަމުގައިވުން ލާޒިމެއް ނޫނެވެ.

?ބޮޑު ޝިރުކަށް ވާޞިލުކޮށްދޭ ޒަރިއްޔާއެކެވެ.

?މިކަމުން އަސްލު އީމާން ނަފީވެގެން ނުދާނެއެވެ. އެހެނަސް ފުރިހަމަ އީމާންކަން ނަފީވެގެން ދާނެއެވެ.

?ތަޢުބާވުމުން މެނުވީ މި ފާފައެއް ނުފޮހެވޭނެއެވެ.

?ތަޢުބާގެ ކުރިން މަރުވެއްޖެނަމަ، އެމީހަކަށް ފާފަފުއްސެވުން ނުވަތަ އަޛާބުދެއްވުން ވަނީ ﷲ ގެ މަޝީއަތުގެ ދަށުގައެވެ.

?ނަރަކައިގައި އަބަދަށް މީހާ ދެމިއެއް ނޯންނާނެއެވެ.

2 Jahre, 3 Monate her

الشرك - ޝިރުކު

އިންސާނީ ފިޠުރަތާއި އޭނާގެ ތަބީޢަތުން އެނގިގެންވާ އެންމެ މައި އަސާސަކީ ތައުޙީދެވެ. އަދި ﷲއީ އަހަރެމެން ޚަލްޤުކުރައްވާ، ރިޒްޤުދެއްވާ ފަރާތްކަމަށް އަހަރެމެން އިޢުތިރާފުވާ ހާލުގައި، އެކަލާނގެއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމަށް މީސްތަކުންގެ ތެރެއިން ގިނަބަޔަކު ވަނީ އިހުމާލުވެފައެވެ.

ﷲ އެއްކައުވަންތަކުރުން އަދިތައުޙީދުގެ އިދިކޮޅު ސިފައަކީ - "الشرك ޝިރުކެވެ".

?ލަފްޒީ މާނަ?

އެއްޗަކާއި އެހެން އެއްޗެއް ބައިވެރިކުރުން، ނުވަތަ މަސްހުނިކުރުން، ނުވަތަ ގުޅުވައިލުމެވެ.

?ޝަރުޢީ މާނަ?

-އިލާހުވަންތަކަމުގައި: އެބަހީ، އެއްވެސް އަޅުކަމެއްގައި
-ރައްބުވަންތަކަމުގައި: އެބަހީ، ﷲ تعالى ކުރައްވާ އެއްވެސް ކަމެއްގައި

-އަސްމާއި ވައްޞިފާތު: އެބަހީ ﷲ تعالى ގެ އެއްވެސް އިސްމަފުޅެއްގައި ނުވަތަ ސިފަފުޅެއްގައި

?މީގެން އެއްވެސް ކަމެއްގައި އެހެން ފަރާތެއް ބައިވެރިކުރުމެވެ. އެބަހީ ތައުޙީދުގައި، ﷲ އާއިއެކު އެހެން ބައިވެރިއަކު ކަނޑައެޅުމެވެ.

އެހެންކަމުން ޝިރުކަކީ ތައުޙީދުގެ އިދިކޮޅެވެ.
އެއީ ކުފުރަކީ އީމާންކަމުގެ އިދިކޮޅަށްވީ ފަދައިންނެވެ.

ފާފައަކީ އެކި ދަރަޖަތަކަށް ބެހިގެންވާ ކަންކަމެވެ. އޭގެ ތެރެއިން އެންމެ ބޮޑުވެގެންވަނީ ކޮން ބާވަތެއް ހެއްޔެވެ

? عن عبد الله قال سألت رسول الله ﷺ أي الذنب أعظم عند الله قال أن تجعل لله ندا وهو خلقك

މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބުން މަސްޢޫދު رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެން، ނަބިއްޔާ ﷺ އާއި ސުވާލު ކުރީމެވެ. "ﷲގެ ޙަޟުރަތުގައި އެންމެ ބޮޑު ވެގެންވާ ފާފައަކީ ކޮބައިތޯއެވެ؟ އެކަލޭގެފަނުގެ ޙަދީޘްކުރެއްވިއެވެ. އެއީ ތިބާ ހެއްދެވީ ﷲ ކަމުގައިވާ ހާލުވެސް، ތިބާ އެކަލާނގެއަށް ބައިވެރިއަކުލުމެވެ.
(متفق عليه)

ދިވެހި މުޖުތަމަޢުގައި؛ މައިންމަބައިންގެ ޙައްޤުތަކާއި، ދަރިންގެ ޙައްޤުތަކާއި، ވެރިންގެ ޙައްޤުތަކާއި، ފަރުދީ ހައްޤުތަކަކީ އަހަރެމެން ދަންނަ އަހުލުވެރި ކަންކަމެވެ.

?ނަމަވެސް މި ހުރިހާކަމެއްގެ މައްޗަށް އިސްވެގެންވަނީ، އަޅާ ﷲއަށް އަދާކުރަންޖެހޭ ޙައްޤުތަކެވެ. ދަންނާށެވެ! ޙަދީޘުގައި ބަޔާންވެދިޔަ ފަދައިން ﷲގެ ޙައްޤެއް އެހެން ފަރާތަކަށް ރައްދުކޮށްފި މީހަކީ ހަކުރުބޯ، ޒިނޭކުރާ، ވައްކަންކުރާ މީހަކަށް ވުރެން ނުބައިކަމުގެ ގޮތުން މާ ބޮޑު މީހެކެވެ.

⚠️ޝިރުކުގެ ނުބައިކަމާއި ނުރައްކާތެރިކަން

ޝިރުކަކީ އެންމެ ބޮޑުވެގެންވާ ފާފައެވެ. (ދަލީލު)

އެއީ ހަކާކުކުރަނިވި 7 ފާފައިގެ ތެރެއިން ހިމެނޭ ފާފައެކެވެ.?

? وعن أبي هريرة رضي الله عنه عن النبي ﷺ قال‏:‏ ‏"‏اجتنبوا السبع الموبقات‏"‏ قالوا‏:‏ يا رسول الله وما هن‏؟‏ قال‏:‏ ‏"‏الشرك بالله، والسحر، وقتل النفس التي حرم الله إلا بالحق، وأكل الربا، وأكل مال اليتيم، والتولي يوم الزحف، وقذف المحصنات المؤمنات الغافلات‏
(‌‏متفق عليه‏)

އަބޫ ހުރައިރާ رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. "ހަލާކުކުރަނިވި 7 ކަމަކުން ތިޔަބައިމީހުން ދުރުވެ ރައްކާތެރިވާށެވެ." ޞަޙާބީން ދަންނަވައިފިއެވެ. އޭ ﷲގެ ރަސޫލާއެވެ. އެއީ ކޮން ހަތް ކަމެއްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. " އެއީ ﷲ އާއި ޝަރީކު ކުރުމާއި، ސިޙުރު ހެދުމަާއި، ﷲ ޙުރުމަތްތެރި ކުރެއްވި ނަފްސެއް، ޙައްޤަކާއި ނުކައި ޤަތުލުކުރުމާއި، ރިބާ ކެއުމާއި، ޔަތީމުންގެ މުދާ ކެއުމާއި، ކާފަރުންނާއި ހަނގުރާމަކުރެވޭ ދުވަހު ފުރަގަސްދީ ފިލުމާއި، މުއުމިނު ޢިއްފަތްތެރި އަންހެނުންނަށް ޤަޛްފު (ޒިނޭގެ ތުހުމަތު) ކުރުމެވެ."

⚠️ އެއީ މަރުވުމުގެ ކުރިން ތަޢުބާ ނުވެއްޖެނަމަ، ފޮހެވިގެން ނުދާނެ ފާފައެކެވެ.

?ނިސާ ސޫރަތުގެ 4:48 ބައްލަވާ ?

إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُۚ وَمَن يُشْرِكْ بِٱللَّهِ فَقَدِ ٱفْتَرَىٰٓ إِثْمًا عَظِيمًا

ހަމަކަށަވަރުން، اللَّه، އެކަލާނގެއަށް ޝަރީކު ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، اللَّه އަށް ޝަރީކުކުރާ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ.

އެއީ އެންމެ ބޮޑު ވެގެންވާ އަނިޔާއެވެ.

?ލުޤްމާން ސޫރަތުގެ 31:13 ބައްލަވާ?

وَإِذْ قَالَ لُقْمَٰنُ لِٱبْنِهِۦ وَهُوَ يَعِظُهُۥ يَٰبُنَىَّ لَا تُشْرِكْ بِٱللَّهِۖ إِنَّ ٱلشِّرْكَ لَظُلْمٌ عَظِيمٌ

އަދި ލުޤްމާންގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަޞޭޙަތް ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! اللَّه އަށް ތިބާ ޝަރީކު ނުކުރާށެވެ! ހަމަކަށަވަރުން، ޝަރީކު ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.

އެއީ ހެޔޮ ޢަމަލުތައް ބާޠިލްކޮށްލާ ފާފައެކެވެ.

?ޒުމަރު ސޫރަތުގެ 39:65 ބައްލަވާ ?

وَلَقَدْ أُوحِىَ إِلَيْكَ وَإِلَى ٱلَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلْخَٰسِرِينَ

2 Jahre, 3 Monate her

" ٱلصَّلاَةُ خَيْرٌ مِنَ ٱلنَّوم

ނިދުމަށް ވުރެން ނަމާދުގެ ހެޔޮކަން
ބޮޑެވެ. "

ފަތިސްނަމާދަށް އަނބިދަރިން ހޭލުއްވާށެވެ. ނަމާދު އަޅާފައި ނިދަން ނުބައިތިއްބާށެވެ.

#thawheedhafahu_namaadhey

2 Jahre, 3 Monate her

#thawheedhafahu_namaadhey

ގަދަފަދަ ނިދީގައި އަރާމު ތަންމަތި ތަކުގައި ތިބި ތިޔަ އަޚުންނާއި އުޚުތުންގެ މުސްލިމް އަޚުން އަދި އުޚުތުން ނަމާދަށް ގޮވާއި ނަގާށެވެ. ނަމާދު އަޅާފައި ނިދަން އޮތަ ނުދޭށެވެ.

2 Jahre, 3 Monate her

ލޮބުވެތި މުސްލިމު އަޚުންނޭ ! އަޅުގަނޑުމެންނީ ފަތިސް ނަމާދުގެ ބަންގި އިވުމާއެކު އިޖާބަދިނުމުގެ ގޮތުން އަމިއްލަ ގެއިން ނިކުމެ މާތްﷲ ގެ ގެކޮޅަށް ދާބަޔަކު ކަމުގައި ވާށެއެވެ.

ނަމާދު އަޅާމީހުން ނަމާދު އަޅަން ފެށުމުގެ އެންމެފުރަތަމަކަމަކީ ފަތިސްނަމާދަށް ފަރުވާކުޑަކުރުން ކަމަށް ޢިލްމްވެރިން ވިދާޅުވެފައިވެއެވެ.

#thawheedhafahu_namaadhey

2 Jahre, 4 Monate her
The Clock Tower signals the entry …

The Clock Tower signals the entry into the Month of New Islamic year Muharram 1445!

2 Jahre, 4 Monate her
Abu ibrahim Al Maldhif
2 Jahre, 4 Monate her
Abu ibrahim Al Maldhif
2 Jahre, 4 Monate her

#post7

https://t.me/AlMaldhif/3520

Telegram

Abu ibrahim Al Maldhif

***⛔️*** ޑިމޮކްރަސީގެ ހަޤީޤަތް ހާމަކުރުން ޑިމޮކްރަސީ އުފެއްދި މީހުންގެ ގާތުގައި ޑިމޮކްރަސީއަކީ ރައްޔިތުންނަށް ޙުކުމްކުރުމުގެ ނުވަތަ ސިޔާދަތުގެ އެންމެ މަތިވެރި ބާރު ދިނުމެވެ. އެހެންކަމުން ޑިމޮކްރަސީގައި ޙާކިމަކީ އަދި ޝަރުޢުކުރައްވާ ފަރާތަކީ ﷲ سُبْحَانَهُ وَتَعَالَى…

We recommend to visit

@चेतावनी मैं किसी भी Company Plan, Trading company के फेवर में नहीं हूं । किसी भी कंपनी में इन्वेस्टमेंट करना आपका खुद का फैसला होगा । किसी भी प्रकार के वाद - विवाद या नुकसान के लिए हम या हमारा TELEGRAM CHANNEL जिम्मेदार नहीं है !
???Bet at your risk

Last updated 1 year, 1 month ago

My Hero Academia
┏─━─━─━━─━──━─◈━─━≫
├?Type - TV
├?️sᴇᴀsᴏɴ - 01 [ Complete ]
├?ᴇᴘɪsᴏᴅᴇs  - 13
├⭐sᴄᴏʀᴇ - 7.8 [My Anime List]
├㊙️ʟᴀɴɢᴜᴀɢᴇ - Hindi | Fan Dub
├?ɢᴇɴʀᴇs - Action, Adventure, Comedy, Drama, Fantasy, Supernatural
◈─━─━─━─━─━─━─━─━─━─━─━─◈

Last updated 1 year, 5 months ago

"ɴᴀᴅᴀ ᴀᴄᴏɴᴛᴇᴄᴇ ᴘᴏʀ ᴀᴄᴀꜱᴏ.
ᴄᴏᴍᴇᴄᴇ ᴀ ᴠᴇʀ ᴘʀᴏᴘᴏ́ꜱɪᴛᴏ ᴇᴍ ᴛᴜᴅᴏ
ᴏ ϙᴜᴇ ᴄʜᴇɢᴀ ɴᴀ ᴛᴜᴀ ᴠɪᴅᴀ."

Last updated 9 months, 1 week ago