Dive into the Ultimate Free Library: Your One-Stop Hub for Entertainment!

Galandhaanu ގަލަންދާނު

Description
ޢިލްމު އަދި އެއަށް ލޯބިކުރާ ދަރިވަރުންނަށް

Notes by, ibn Fahmī Dīdī عفا الله عنه
Friends & family
We recommend to visit

Сᴨᴇциᴀᴧьнᴏ дᴧя ᴛᴇбя🍦

Менеджер по рекламе @ChanelMaster

Мы нᴇ ᴏᴛʙᴇчᴀᴇʍ ɜᴀ ᴨᴩᴀʙдиʙᴏᴄᴛь ᴩᴇᴋᴧᴀʍ нᴀ нᴀɯᴇʍ ᴋᴀнᴀᴧᴇ)

By 🔰 https://t.me/+U5g4pzESdwXtqvep 🔰

ғᴀɴ ᴍᴀᴅᴇ ᴄʜᴀɴɴᴇʟ ғᴏʀ ᴀʟʟ ᴀʀᴛɪsᴛs ᴛᴏᴘ ᴛʀᴀᴄᴋs

𝐁𝐮𝐲 𝐀𝐝𝐬: @Selfpaid_Pat / @NairobianDrip

5 days, 14 hours ago

Edit : in the transcript above, the first ayah was jumbled with the second, We have edited it. Pease remove any shares.

6 days, 14 hours ago

🔴Warning Regarding Loosely Dismissing The Father As A Wali

❝...In some marriages that have issues, I've asked the sisters, who's your wali so we can talk to him? Many said, my husband brought him the night or the day of the nikah. I don't know who he is. I don't know who his name is. I never spoke to him before. Was that a wali? Or was that a third witness he brought to the nikah?

Loosely dismissing the father as a wali without the proper procedure is dangerous and it causes great fasad. And loosely choosing anyone as a wali is just as bad. A wali must be active in the process of seeking and pursuing the interest of the one Allah subhanahu wa ta'ala entrusted him with. He's not some imposter who takes the information of the sisters so he can be the wali. And if they suit his desires, they become his wives. They become the wali's wives. If not, he'll pass them on to someone else.

Without a proper wali supervising and investigating and doing his duties, don't be surprised if the man who filled you with emotions turns out to be an abuser or a fasiq or a murji or someone who's blasting music, in smoking pot while issuing fatwas on social media.

Without a proper wali, the shaitan may make his move. And there may be haram interactions. May Allah subhanahu wa ta'ala save all our sisters from that. Then what happens after that? Now suddenly they seek a righteous sheikh to get them out of their situation. When emotion and love settle a bit. And the reality of marriage life surfaces when things go pear-shaped. Now suddenly they find a righteous sheikh to solve the situation. Now suddenly sheikh, where's my khula? And the blame may be shifted on the sheikh for not giving him the khula on the spot.

Brothers and sisters involved in these matters are equal in their guilt. This is an issue among Muslims in general, but our dear brothers and sisters upholding the pure manhaj of tawheed are held on a higher standard. And I'm not talking about any particular situation. It's not tens, it's actually hundreds of cases. There's similar patterns in them.

I asked many brothers about the way they married certain sisters. Would you allow your sister or your daughter to get married this way? And of course the answer is no. I asked some brothers, would you allow your sister to marry someone through an unknown wali? That Khatib brought on the night of the Nikah? I asked some brothers, would you let your sister or your daughter get married to someone who she finds out after marriage he can't spend on her and he can't spend more than a day every other month or so with her and he barely calls her.

This is not a game. Everything about marriage must be honored. Be truthful in matters about marriage because you will be questioned about them. Marriage is a mighty great covenant that must be honored.

وَأَخَذۡنَ مِنكُم مِّيثَٰقًا غَلِيظًا
(...and she has taken from you a firm commitment?) ⁽¹⁾

They have taken from you, a firm, mighty, strong covenant. The only other covenant referred to in such strong terms is the covenant between Ulu Al-Azm ⁽²⁾ and Allah Subhanahu Wa Ta'ala.

وَإِذۡ أَخَذۡنَا مِنَ ٱلنَّبِيِّـۧنَ مِيثَٰقَهُمۡ وَمِنكَ وَمِن نُّوحٍ وَإِبۡرَٰهِيمَ وَمُوسَىٰ وَعِيسَى ٱبۡنِ مَرۡيَمَۖ وَأَخَذۡنَا مِنۡهُم مِّيثَٰقًا غَلِيظًا
{And (remember) when We took from the Prophets their covenant, and from you (O Muhammad ﷺ), and from Nuh (Noah), Ibrahim (Abraham), Musa (Moses), and ‘isa (Jesus) son of Maryam (Mary). We took from them a strong covenant} ❞

— Shaykh Aḥmad Mūsā Jibrīl (For full lecture, see)

---------------
[1] verse: And how could you take it back after having enjoyed each other intimately and she has taken from you a firm commitment?[[ i.e., the promise to live with her in kindness or divorce her with dignity.]]
[2] There are many Prophets and Messengers of Allah. About twenty-five of them are mentioned in the Qur'an; out of these twenty-five, only five are of strong will, namely, Muhammad, Nuh (Noah), Ibrahim (Abraham), Musa (Moses) and 'Isa (Jesus), son of Maryam (Mary).

6 days, 20 hours ago
1 week, 4 days ago

💬 «ބިދުޢީ އިންތިޚާބުތަކަށް، ޖިބޫތީ ސުވާލުތަކުން ޝަރުޢީ ޖަވާބުތަކެއް »

(މައިކްރޮސޮފްޓް ވޯޑް docx)

— ޝެއިޚް ޙައްސާން ޙުސައިނުއް ޞޫމާލީ

~ ގަލަންދާނު

1 week, 4 days ago

📄«ބިދުޢީ އިންތިޚާބުތަކަށް، ޖިބޫތީ ސުވާލުތަކުން ޝަރުޢީ ޖަވާބުތަކެއް »

— ޝެއިޚް ޙައްސާން ޙުސައިނުއް ޞޫމާލީ

~ ގަލަންދާނު

1 week, 5 days ago

❞ ނަބިއްޔު ﷺ ޙަދީޘްކުރެއްވިއެވެ.
«لاَ تَقُومُ السَّاعَةُ حَتَّى يُقْبَضَ الْعِلْمُ، وَتَكْثُرَ الزَّلاَزِلُ، وَيَتَقَارَبَ الزَّمَانُ، وَتَظْهَرَ الْفِتَنُ، وَيَكْثُرَ الْهَرْجُ ـ وَهْوَ الْقَتْلُ الْقَتْلُ ـ حَتَّى يَكْثُرَ فِيكُمُ الْمَالُ فَيَفِيضُ»
”ޢިލްމު ނެންގެވި، ބިންހެލުންތައް ގިނަގުނަވެ، ވަޤުތު އަވަސްވެ، ފިތުނަ ފާޅުވެ، ހަރަޖް އިތުރުވެ — އަދި އެއީ ޤަތުލާއި ލޭއޮހުރުމޭ — އަދި ކަލޭމެންގެ ތެރޭ މުދައު ގިނަވެ އުތުރިއެރުމާއި ހަމަޔަށް، ޤިޔާމަތް ވުން ނުވެއެވެ.“ ⁽¹⁾

”يتقارب الزمان“ ވަޤުތުއަވަސް ވުމޭ (ލަފްޒީ ގޮތުން: ޒަމާން ކައިރިވުމޭ) އޮތް ޤަޥްލާއިމެދު ދަންނައެ،

އޭގެ މާނައިގައި ގިނަ ޤަޥްލުތަކެއް ވެއެވެ. އޭގެ ތެރޭގައި: ބުނެވެއެވެ: ބަރަކާތް ގެއްލިދެޔޭ އެވެ. އެހެންކަމުން ރެޔާއި ދުވާލު އަވަސް އަވަހަށް ފާއިތުވެއެވެ. އަދި ހަފްތާތަކާއި މަސްތަކާއި އަހަރުތައްވެސް މެއެވެ.

ވީމާ ހެޔޮހޯދުމަށް (ތާއަބަދު) ހުޝިޔާރުވެ ތިބޭށެވެ. ❝

— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު

-------------------
[1] އަބޫ ހުރައިރާ ގެ އަރިހުން، އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙު 1036 ގައި.

2 weeks, 4 days ago


ދަރިވަރަކަށް އެމީހެއްގެ ގާތުން އުނގެނޭނެ ފަރާތެއް ނުވިޔަސް، ޢަޤީދާ އުނގެނުން ވަނީ އެމީހެއްގެ ދީނަށް އިތުބާރުހުރި މީހެއް ފުށުން އެކަންޏެވެ. އަދި އެނޫން ޢިލްމުތައް، މަންހަޖު ގައި ޚިލާފުވާ ނޫނީ ކޮންމެވެސް ބިދުޢައެއް ހުރި މީހެއް ފުށުން، އެބިދުޢަވެރިޔާގެ ބިދުޢައާއި ސީދާ ގުޅުމެއް ނުވާ ޢިލްމުތައް: މިޘާލަކަށް، ފިޤުހު ނުވަތަ ފަރުޟުތަކުގެ ޢިލްމު، ނުވަތަ ޢަރަބި ބަހުގެ ޢިލްމު ، ނުވަތަ އުޞޫލް ފިޤުހު، ނުވަތަ ޤަވާޢިދުލް ފިޤުހު އަދި މިނޫންވެސް މިޒާތުގެ ޢިލްމު ނެގެވޭނެއެވެ. އެހެނަސް މިއީ އޭނާ އަކީ އެބިދުޢަޔަށް ދައުވަތުދޭ މީހެއް ކަމުގައި ނުވާހާ ހިނދަކުއެވެ. (އެބަހީ، އެހެން ޢިލްމެއް ޙާޞިލުކުރަން ދާއިރުވެސް އޭނާގެ ފުށުގައިވާ ބިދުޢަ ފަތުރަން ނޫޅުމެވެ.)

އަދި ފަށައިގަންނަ ދަރިވަރަކަށް މިލުއި މިދެވެނީ، އެނޫން ފަރާތެއް (ޢިލްމު ހޯދަން) ނުލިބިއްޖެ ހިނދެއްގައި އެކަންޏެވެ. (އަދި މިބުނެވުނު ޝަރުޠުތަކުގެ މަތީންނެވެ.) އެހެނަސް އެހެން ފަރާތެއް ހުރެއްޖެ ނަމަ، މިލުއީގައި އޭނާ ހިފުމުގެ ބޭނުމެއް ނެތެވެ. އެގޮތުން އެނޫން އަދި ސަލާމަތްތެރި ޢަޤީދާގައިވާ ފަރާތެއް ފުށުން އޭނާ ޢިލްމު ލިބިގަނެ ފޮތްތަކުން ބަލައިހޯދައި މަންފާ ޙާޞިލް ކުރާނީއެވެ.

މިއާއި އެކުވެސް، މިޒަމާނުގެ ބިދުޢަވެރިންގެ ޙާލަތް މާޒީ އާއި ތަފާތެވެ. ކުރީގައި، އެކަމެއްގެ ޙާލަތުގައި މެނުވީ ބިދުޢަވެރިޔާ އޭނާގެ ބިދުޢަ ބަޔާން ނުކުރެއެވެ. އެހެނަސް މިހާރު އެހެންނަކުންނެއް ނޫނެވެ. އަދިކިއެއްތަ، އޭގެ ޙާލަތުގައި އާއި އެނޫން ޙާލަތުގައިވެސް އެބަޔާންކޮށް ހަދައެވެ. އެހެނީ އޭނާ ބޭނުންވަނީ އޭނާގެ އެ ބިދުޢަތައް އޭނާގެ އެޢަޤީދާ އަދި އޭގައިވާއެއްޗެއް ފާޅުކޮށް ދެއްކުމެވެ. އެއީ ފިޤުހީ ކަންކަމުގެ ތެރޭގައި އާއި މުޞްޠަލަޙު (އެކިޢިލްމުތަކުގައި ބޭނުންކުރެވޭ ބަސްކޮށާރައިގެ ޢިލްމު) އާއި އެނޫން ކަންތަކުގައެވެ. ވަކިބަޔަކަށް ނިސްބަތްވެދާނެތީ ނުވަތަ ތުހުމަތު ކުރެވިދާނެތީ ނުވަތަ މިފަދަ އެއްވެސް ކަމަކަށް ފަރުވާލެއް ނެތިއެވެ...

އަދި އިންސާނާ ނިސްބަތްވަނީ އޭނާގެ މުދައްރިސަށެވެ. (މިއީ ބިދުޢަވެރިންނާއި މަންހަޖުން ބޭރު ފަރާތްތަކުގެ ގާތަށް އެއްވެސް ޢިލްމެއް ހޯދަން ދިއުމުން ނިކުންނަ އެއްގޯހެވެ.) އަދި މިކަމުގެ ސަބަބުން ބިދުޢަވެރިންގެ ޖަމާވުންތަކާއި އެއްވުންތައް ބައިބޯކަން އިތުރުކޮށްދެއެވެ. އަދި މިފަދަ ޙާލަތުގައި ހުންނައިރު ތިބާއާއިމެދު މީސްތަކުންނަށް އެނގޭނީ ކޯޗެއްހެއްޔެވެ؟ އަދި ތިބާގެ މަޤުޞަދާއިމެދު މީސްތަކުންނަށް ވަކި އެނގޭނީ ކޯޗެއްހެއްޔެވެ؟ އަދި ވަކިން ޚާއްޞަކޮށް —އަހަރެން ތަކުރާރުކޮށް ބުނަމެވެ— މިއީ މި ބިދުޢަވެރިޔާ ނޫން މީހެއް ތިބާ އަށް އަތުޖެހޭން އޮތް ޙާލަތުގައެވެ. ❝

— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން
( اللقاء المفتوح الثاني والعشرون)

~ ގަލަންދާނު

2 weeks, 4 days ago


އަދި ދެ ޞަޙީޙު ގައި ވެއޭ، ނަބިއްޔު ﷺ ޢައިޝަތުގެފާނަށް ޙަދީޘް ކުރެއްވިޔޭ: (އޭ ޢާއިޝާ އެވެ. އޭގައި (އެބަހީ ޤުރުއާނުގައިވާ) މުތަޝާބިހު ތަކެތީގައި ހިފައިގެން އުޅޭ މީހުން ކަމަނާއަށް ފެނިއްޖެނަމަ ދަންނައެ، ޙިމާޔަތްތެރިވެ ހުންނާށެވެ.) ވީމާ ނަބިއްޔު ﷺ އެކަމަނާ ހުށިޔާރު ކުރެއްވީ ޤަޥްލުތަކުން މުތަޝާބިހު ތަކެއްޗަށް ތަބަޢަވާ މީހުންނާއި މެދުގައެވެ. (ޙަދީޘް ކުރެއްވީ) ”އެހެނީ އެވެރިންނީ ﷲ އެންގެވި މީހުންނެވެ.“ އެބަހީ: ﷲ جل وعلا މިހެން ވަޙީ ކުރެއްވި މީހުންނޭ: ﴿فأما الذين في قلوبهم زيغ فيتبعون ما تشابه منه ابتغاء الفتنة وابتغاء تأويله وما يعلم تأويله إلا الله والراسخون في العلم﴾ (. ފަހެ ތިމާމެންގެ ހިތްތަކުގައި حقّ އާއި ދުރަށް ލެނބުންވާމީހުން ތިމާއެދޭގޮތަކަށް وحي އާއި ކުޅެން އެދޭމީހުން ދަންނައެވެ! ފަހެ އެމީހުން تَبَعَ ވަނީ އެ قرآن ގައިވާ مُتشابه އާޔަތްތަކަށެވެ. އޮޅުވާލާ ވާވައްދާލަން އެދިގެންނެވެ. އަދި ނުބައި فَاسِدُ تَأْوِيْلُ ކޮށް تفسير ކުރަންވެގެންނެވެ. އަދި އޭގެ تفسير އާއި مراد ހަމައެކަނި ﷲ އަށްމެނުވީ އެނގިގެން ނުވެއެވެ. އަދި علم ގައި އަޑިޔަށް ފައިބައިފައިވާ ސާބިތު ބޮޑެތި عَالِمُ ންވެސް ވިދާޅުވާނީ...) މިއާޔަތުގެ ނިޔަލާށް.

އަދި ފަށައިގަންނަ ދަރިވަރަށްވަނީ، އެމީހެއްގެ ޒުހުދުވެރިކަމާއި، ދީނާއި، ވަރަޢަވެރިކަމާއި، ޢިލްމުވެރިކަމަށް، އެނގިފާޅުވެފައިވާ ޢިލްމިވެރިޔެއް އަތުޖެހޭހިނދު، އޭނާ ފުށުން ދަރިވަރުވެ އޭނާގެ އުނގަންނައިދިނުމުގައި އާރުލައި ހިފަހެއްޓުމެވެ. އަދި އެނޫން މީހަކަށް އެޙާލަތުގައި އޭނާއަކަށް ބޭނުމެއް ނުވާނެއެވެ. އަދި ﷲ جل وعلا އާއި ތިމާއާއި ދެމެދުގައި (ޢިލްމު ހޯދުމުގެ ސަނަދުގައި) މިޢިލްމުވެރިޔާ ބަހައްޓާނީއެވެ. އެގޮތުން ތިމާގެ ރާސްތާ ސީދާވެ، ސުލޫކާއި ތަބަޢަވުން ސަލާމަތްތެރި ވުމާއި ހަމަޔަށް އޭނާކުރެން ފައިދާލިބިގަނެ އުނގެނޭނީއެވެ. އަދި ބައެއް ޢިލްމުތަކުގައި މާހިރެއް ކަމުގައި ބިދުޢަވެރި ޢިލްމުވެރި ވިޔަސް، މިޙާލަތު އެދަރިވަތަށް އޭނާގެ ބޭނުމެއް ނުވެއެވެ. މިއީ އޭނާއަށް ބޭނުންވާ އެންމެހާ ޢިލްމުތަކުގައި އެރަނގަޅު ޢިލްމުވެރިޔާ ފުށުން (ޢާންމުގޮތެއްގައި) ލާބަ ފޯރާހާ ހިނދަކުއެވެ.

އަދި ދަރިވަރަކީ ކާކުން އަންގައިދެނީ އޭނާގެ ޝެއިޚުގެ ނަމުންނެވެ. އަދި ބިދުޢަވެރިންގެ ގޭގެ ދޮރުދޮށުން ގިނަގިނައިން ފެންނަ ދަރިވަރަށް، ސަލާފުންގެ އިމާމުން އޭނާ އާއިމެދު ބިރުގަންނަވައެވެ. އެހެނީ އެވެރިންގެ ބިދުޢައާއި މަގުފުރެދުމުން ސަލާމަތް ނުވެދާނެތީއެވެ. އަދި އިހުގެ ޢިލްމުވެރިން އެވެރިންނަށް ދަރިވަރު ދެނެގަންނަނީ އެދަރިވަރުގެ ޝެއިޚެއްގެ ނަމުންނެވެ. އަދިކިއެއްތަ؟ މިޒަމާނުގައިވެސް ދަރިވަރަކީ ކޮންކޮން މަދަރުސާއަކުންކަން ދަސްވެނިންމާފައިވާ މީހެއް ކަލޭމެންނަށް ދެނެގަނެވިދާނެއެވެ. އެއީ އޭނާ ސުވާލުކުރާ ގޮތުގެ ވައްޓަފާޅިއަަށް ބެއްޔަސް ނޫނީ ބަސްތައް ބޭނުން ކުރާ ގޮތުގެ ވައްޓަފާޅިއަަށް ބެއްޔަސް ނޫނީ އޭނާގެ މަސައްކަތުގެ ވައްޓަފާޅިއަަށް ބެއްޔަސް ނޫނީ އުޅުމަށް ނޫނީ ސުލޫކުގެ ވައްޓަފާޅިއަަށް ބެއްޔަސް އެވެ. އެހެނީ ކޮންމެ ގޮތެއްވިޔަސް އުނގަންނައިދޭ ފަރާތުގެ އަޘަރުފޯރާތީއެވެ.

=

2 weeks, 4 days ago

ޢަޤީދާގެ ބައެއް ކަންކަމުގައި ނޫނީ މަންހަޖުގައި ދެބަސްވުންވާ ފަރާތް ތަކުގެ ފުށުން ޢިލްމު ހޯދުމުގެ ރަނގަޅު މަގަކީ ކޮބައިތޯއެވެ؟


❞ މިކަމުގައި ތަފްޞީލެއް އެބަވެއެވެ. އެހެނީ މިކަންތައް އެކުލެވިފައިވަނީ: އެނޫން މީހެއް އެބަހުރިތޯ ނުވަތަ ނެތްތޯ އާއި އެވެ. އަދި އެނޫން މީހެއް ނެތްނަމަ، މިހޯދާ ޢިލްމަކީ އޭނާގެ ބިދުޢަތާއި މަގުފުރެދުމާއި މަގުއޮޅުމާއި ގުޅުންހުރި ޢިލްމެއްތޯ ނުވަތަ ނޫންތޯ؟

އަލްއިމާމް މުސްލިމް ގެ ޞަޙީޙް ގެ މުޤައްދިމާގައި ވާފަދައިން، މުޙައްމަދު ބްނު ސީރީން ވިދާޅުވިއެވެ: ”ހަމަކަށަވަރުން މިޢިލްމަކީ ދީނެކެވެ. ފަހެ، ތިބާގެ ދީން ތިޔަ ނަގަނީ ކާކުގެ ފުށުންތޯ ބަލާށެވެ.“ އަދި އަޘަރެއް ނުކުރާކަމުގައި ދަރިވަރު ކިތަންމެ ދަޢުވާކުރިޔަސް، މުދައްރިސުގެ ފުށުން ދަރިވަރަށް ކުރުވާ އަޘަރަކީ ދެމިއޮންނަ އެއްޗެއް ކަމުންނެވެ.

މިގޮތުން، ސަލަފުންގެ އިމާމުން ހަވާނަފްސުގެ މީސްތަކުން ފުށުން (އެބަހީ: ބިދުަޢައިގެ އަހުލުން ފުށުން) ޢިލްމު ހޯދުމާއިމެދު އިންޒާރުކުރައްވައި ހެއްދެވިއެވެ. އެއީ އެވެރިންގެ ބިދުޢަޔާއި ގެއްލުމުން މިންވަރެއް އެކަމުގެ ތެރެއިން ހޭކިޔަ ނުދިނުމަށްޓަކައެވެ. އަދި އެވެރިންނާއި އެއްވެ މަޖިލީސް ކުރުމުންވެސް މަނައުކުރައްވައި ހެއްދެވިއެވެ. އަދިކިއެއްތަ؟ އޭގެ ތެރެއިން ބައެއް ބޭކަލުން އެވެރިން ފުށުން އެއްވެސް އެއްޗެއް، އިސްތިޘްނާއެއް ނެތި، އަޑުއެހުން މަނައުކުރެއްވިއެވެ.

އަދި ބިދުޢަވެރިންވެ ތެރެއިން މީހަކު، ބައެއް ސަލަފުންގެ އިމާމުންގެ ގާތަށް ބުނެހެދިއެވެ: ”ޤުރުއާނުން އާޔަތެއް ތިބާއަށް ތިމަން ކިޔަވާލަދެން ހެއްޔެވެ؟“ އެހެންކަމުން އެބޭކަލުން ޖަވާބުދެއްވައެވެ: ”އެންމެ އާޔަތެއްވިޔަސް ބޭނުމެއް ނޫނެވެ.“ އެއީ ހިތުގެ ތެރެއަށް (އޭނާ ފަތުރާ) ޝުބުހެއް ވަދެދާނޭކަމަށް ބިރުގަންނަވައިގެނެވެ.

އަދި އެނގިބަޔާން ވެގެންވާ ފަދައިން، މިކަންތަކީ، (އެބަހީ؛ ޝުބުހުވަދެ ވާނުވާއޮޅުމަކީ) އެއް ފަރުދަކާއި އަނެއް ފަރުދަކަށް ތަފާތުހުންނަ ކަންކަމެވެ. މިގޮތުން ޢިލްމުގައި ބިންވަޅުނެގިފައިވާ ޢިލްމުވެރިން އެފަދަ މީހުންގެ (ހާސަރުތައް) އަޑުއައްސަވައި، އެވެރިންގެ ޝުބުހުތަކަށް ރައްދުދެއްވުން، ޢާންމު މީހަކާއި ތަފާތުވެގެން ވެއެވެ. މިގޮތުން އަހަރެމެންގެ މިވާހަކަ އަމާޒުވަނީ ޢާންމު ފަރުދުންނާއި، މުދައްރިސެއްގެ ގާތުން އުނގެނޭން ބޭނުންވާ އެހެނަސް އަޘަރުފޯރާފާނޭ ކަމުގެ ބިރުއޮތް ދަރިވަރާކާއި މެދުގައެވެ.

އަދި އެއްދަރިވަރާއި އަނެއް ދަރިވަރުވެސް މީގައި ތަފާތު ކުރަން ޖެހެއެވެ. އެހެނީ ބައެއް ޢިލްމުގެ ދަރިވަރުންނީ، ފަރަޤުކުޅައުމާއި، ވިސްނުންތޫނު ކަމާއި, ދަނެގަނެވުން އެބަޔެއްގެ ފުށުގައި ހުންނަ ކުދިންނެވެ. ވީމާ އޭނާއަށް ކުޅަދާނަ ވަރަކުން ޢިލްމު ހޯދައެވެ. އޭނާއަށް މިކަމުގައި ދެވޭ ލުއި އަކީ، އެމީހެއް މައްޗަށް އަވަސްކަމާއި އެކު ބިދުޢަ އަރައިގަންނަ، ޝުބުހު ދައުރުވެގަންނަ ޣާފިލު ދަރިވަރަކަށް ދެވޭނެ ލުޔެއް ނޫނެވެ. އަދި ނައްޞުތައް މަތިވެރި ނުކުރާ ވަރަށް ޝަޚުޞުތައް މަތިވެރިކުރެވެއެވެ. ވީމާ މިފަދަ ދަރިވަރުންނަށް އިސްތިޘްނާއެއް ނެތި މިކަން (ބިދުޢަވެރި އަދި މަންހަޖުން ބޭރު މީހުން ފުށުން ޢިލްމު ހޯދުމަށް އުޅުމުން) އަހަރެމެން މަނައު ކުރަމެވެ.

މުސްލިމަކަށް އޭނާގެ ދީން ނުރައްކަލަށް ލުމެއް ނުވެއެވެ. އެހެނީ މިހުރީ (މިޘާލަކަށް) އިބްނު ޢަޤީލް އަލްޙަންބަލީއެވެ. އެއީ (އޭރުގެ) މީސްތަކުންގެ ދެބަސްވުމަކާއި ނުލައި ދުނިޔޭގައި ހުރި އެންމެ ވިސްނުން ތޫނު ހިތްއަލި އެއް މީހާއެވެ. އޭނާ މުޢްތަޒިލީން ގާތުން ކިޔެވުމުގެ ކަންތަކުގައި އަމާންވެގަތެވެ. ނަތީޖާއަކަށްވީ އެވެރިންގެ މަޅިތަކުގައި ލައިގަތުމެވެ. އަދި އެއިން ނެއްޓެން އުޅެ އެކަމެއް ނުވިއެވެ. އަދި ޙަޔާތުގެ ފަހުކޮޅުގައި ތަޥްބާވިއެވެ. އެހެނަސް މުޢުތަޒިލީ މަޛުހަބުން ބަދަލުވީ އަޝްޢަރީ މަޛްހަބަށެވެ. އަދި ބިދުޢައަކުން ބިދުޢައަކަށް ދާން ޖެހުމުގެ ސަބަބަކީ ހަވާނަފުސާއި ބިދުޢައިގެ މީސްތަކުން ގާތުން ކިޔެވުމުގެ ކަންތަކުގައި ދޫދިނީތީއެވެ.

3 weeks, 5 days ago

♻️ ❞ ﷲ އީ {ތިން އިލާހުން ތެރެއިން އިލާހެއް} ކަމަށް ބުނާ މީހުންގެ ވާހަކަ، އެއިލާހު ޛިކުރު ކުރައްވަމުން ވަޙީކުރެއްވިއެވެ:

{أَفَلَا يَتُوبُونَ إِلَى ٱللَّهِ}
”ފަހެ، އެއުރެން ﷲ އަށް ތަޥްބާވެ އެކަލާނގެ ޙަޟުރަތަށް ރުޖޫޢަ ނުވާނެ ބާވައެވެ؟“

އެގޮތުން {ﷲ އީ ތިން އިލާހުން ތެރެއިން އިލާހެކޭ} ބުނާޙާލުގައިވެސް، އެއުރެންނަށް،

ތަޥްބާ ވުމުގެ ފުރުސަތު ހުޅުއްވައިދެއްވިއެވެ. ❝ 💙

— ޝެއިޚް ސުލައިމާން އަލްޢަލްވާން
~ ގަލަންދާނު

We recommend to visit

Сᴨᴇциᴀᴧьнᴏ дᴧя ᴛᴇбя🍦

Менеджер по рекламе @ChanelMaster

Мы нᴇ ᴏᴛʙᴇчᴀᴇʍ ɜᴀ ᴨᴩᴀʙдиʙᴏᴄᴛь ᴩᴇᴋᴧᴀʍ нᴀ нᴀɯᴇʍ ᴋᴀнᴀᴧᴇ)

By 🔰 https://t.me/+U5g4pzESdwXtqvep 🔰

ғᴀɴ ᴍᴀᴅᴇ ᴄʜᴀɴɴᴇʟ ғᴏʀ ᴀʟʟ ᴀʀᴛɪsᴛs ᴛᴏᴘ ᴛʀᴀᴄᴋs

𝐁𝐮𝐲 𝐀𝐝𝐬: @Selfpaid_Pat / @NairobianDrip