✨ Telegramda @wenzone_gr rasmiy kanali shu qolganlari fake ‼️
Reklama ? @wenzone_reklama ?
Last updated hace 3 años, 2 meses
😒 Tu dices BLANCO yo digo NEGRO 😌
Mentira 😂😂
Solo disfruta del contenido..😜🚀
https://t.me/arte_Amar
Last updated hace 1 año, 8 meses
ކުރީ އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް ބަދަލު ޢުމްރާގެ އަޅުކަން އިންތިޒާމުކޮށްދެން.
ޞައްޙަ ޙަދީޘްފުޅުގައި ވާ ފަދައިން، ރޯދަ މަހުގައި ކުރާ ޢުމްރާއެއް ޙައްޖަކާ އެއްފަދަ ވެގެންވެއެވެ.
ނިޔާވެފައިވާ މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި، އެކުވެރީންނަށް ކޮށްދެވޭނޭ ހެޔޮކަންކަމުގެ ތެރޭގައި އެބައިމީހުންނަށް ޓަކައި ބަދަލު ޢުމްރާއެއް ކޮށްދިނުން ހިމެނޭނެއެވެ.
އެންމެ ރަނގަޅު ގޮތަކީ، އަމިއްލައިން މައްކާއަށް އައިސް އެ ކަން ކުރުމެވެ.
އެހެން ނަމަވެސް އެންމެނަކީ އެ ކަން އެ ގޮތަށް ކުރެވޭނޭ ފެންވަރު ހުރި ބައެއް ނޫނެވެ. ވަގުތާއި ޚަރަދުބަރަދުގެ ގޮތުން ވެސް މެއެވެ.
އެހެންކަމުން، ކުޑަ ޚަރަދަކުން، މައްކާގައި ތިބި ޝަރްޢީ ޢިލްމު އުނގެނޭ ދަރިވަރުން މެދުވެރިކޮށް، ބަދަލު ޢުމްރާއެއް ކުރެވޭނޭ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
އިތުރު މަޢުމޫލާތު: 7443737 (ވައިބަރ/ވަޓްސްއަޕް)
ގޭތެރޭ ކަންކަމުގައި އަނބީންނަށް އެހީތެރިވުމަކީ ނަބިއްޔާ صلى الله عليه وسلم އުންމަތަށް ދައްކުވައިދެއްވައިފައިވާ ރިވެތި ނަމޫނާއެކެވެ.
Ramadan Mubarak ❤️
އިންސާނާ މަތިވެރި ވަނީ ޖާހާއި މަންސަބުގެ ގޮތުންނެއް ނޫނެވެ. މާތް ﷲގެ ޙަޟްރަތުގައި އިންސާނާ މަތިވެރި ވަނީ ތަޤްވާވެރިކަމުގެ ގޮތުންނެވެ. ތަޤްވާވެރި އަޅަކަށް ވެވޭތޯ މަސައްކަތްކުރާށެވެ. ފައިދާއެއް އޮތީ އެކަމުގައެވެ.
ވަފާތެރި ރީތި މަޑުމޮޅި ކިޔަމަންތެރި އަނތްބަކު ލިބުމީ ނިޢުމަތެކެވެ. އެފަދަ އަނތްބަކު ލިބިއްޖެ ނަމަ އޭނާ ހިތުގައި ނުޖައްސާށެވެ. އޭނާގެ ލޮލުން ކަރުނަ އަންނާނޭ ކަމެއް ނުކުރާށެވެ. އޭނާ އެކަނިވެރިކޮށް ނުލާށެވެ. އޭނާ ބާކީކޮށް ނުލާށެވެ. އޭނާއަށް ހިތްހަމަޖެހުމާއި އުފާދޭށެވެ. އޭނައާ އެކު ރަނގަޅު އުފާވެރި ދިރިއުޅުމެއް އުޅޭށެވެ.
ހަމަ އެ ގޮތަށް ހެޔޮލަފާ އޯގާތެރި މުރުއްވަތްތެރި ފިރިޔަކު ލިބުމީ ވެސް ނިޢުތެކެވެ. އެފަދަ ފިރިޔަކު ލިބިއްޖެ ނަމަ އޭނާއަށް ކިޔަމަންތެރިވާށެވެ. އޭނާއަށް ވުރެ މައްޗަށް އެހެން މީހަކު ނުނަގާށެވެ. އޭނާއަށް ޓަކައި އޭނާގެ ގެއަކީ އަރާމާއި އުފަލުގެ މަންޒިލަކަށް ހަދާށެވެ. އޭނާއާ އެކު އުފާވެރި ބާއްޖަވެރި ދަރިފަސްކޮޅެއް ބިނާކުރާށެވެ.
ޙަދީޘްފުޅެއްގައިވެއެވެ. އަޅާ އޭނާގެ އަޚާއަށް އެހީތެރިވުމުގައި ވާހާ ހިނދަކު، މާތްﷲ ވޮޑިގެންވާ ހުށީ އެ އަޅެއްގެ އެހީތެރިކަމުގައެވެ.
ނިޔަތް ވަނީ ހިތުގައެވެ. އެހެން މީހުންނާ ދިމާލަށް ދެއްކުންތެރިއެކޭ ނުވަތަ ތިޔައީ ދެއްކުންތެރިކަމޭ ނުބުނާށެވެ. އެ މީހަކު އެ ކަން ކުރާ ނިޔަތް އޭނާ ނުބުނާހާ ހިނދަކު ތިބާއަށް ނޭނގޭނެތީއެވެ. ޞަދަޤާތް ވެސް ދައްކައިގެން ކުރާން ޖެހޭ ފަހަރުފަހަރު އާދެއެވެ. އެއީ އިތުރު މީހުންނަށް ނަމޫނާއަކަށެވެ. އެއަކަށް ދެއްކުންތެރިކަމޭ ނުބުނެވޭނެއެވެ. އަދި މީހަކު މައްކާގައި ހުރެގެން ނަގާ ފޮޓޯއެއް މީސްމީޑިއާއަށް ލުމަކީ އޭނާއަކީ ދެއްކުންތެރިއެއްގެ ލަގަބު ދޭން ޖެހޭ ކަމެއް ނޫނެވެ. އޭނާގެ ނިޔަތެއް ތިބާއަކަށް ނޭނގޭތީއެވެ. އިތުރު މީހުން ޢުމްރާ ދަތުރަށް ހިތްޖެއްސުމަށް އޭނާ ލި ފޮޓޯއަކަށް ވެސް އެ ފޮޓޯ ވެދާނެއެވެ. މީހުންގެ ނިޔަތް ނޭނގި އެބައިމީހުންގެ ނިޔަތާ މެދު އަމިއްލައިން ގޮތް ނިންމުމަށް އަވަސްވެ ނުގަންނާށެވެ. އެއީ ވެސް ފާފައަކަށް ނޫނީ ނުވާނެއެވެ.
ޙަޔާތުގައި ހިތްދަތިކަމާއި މާޔޫސްވެރިކަމާ ކުރިމަތިވާނެއެވެ. އެހެނަސް ހިތްވަރާއި ހިންމަތާ އެކު ކުރިޔަށް ދާށެވެ.
✨ Telegramda @wenzone_gr rasmiy kanali shu qolganlari fake ‼️
Reklama ? @wenzone_reklama ?
Last updated hace 3 años, 2 meses
😒 Tu dices BLANCO yo digo NEGRO 😌
Mentira 😂😂
Solo disfruta del contenido..😜🚀
https://t.me/arte_Amar
Last updated hace 1 año, 8 meses