Infinite Entertainment, Zero Cost: Get Your Free Books, Music, and Videos Today!

ޢިލްމީ މޭވާ

Description
ޢިލްމުވެރިންނާއި ފޮތްތަކުން - ޝިރުހާން ޢަލީ
Advertising
We recommend to visit

ɴᴏ.1 ᴄᴏᴜԹʟᴇꜱ ꜱᴛᴀᴛᴜꜱ 👫
#Old_Couple
#Angry_Couple 😠
#Cute_Couple 😍
#Caring_Couple 🤕
#Newly_Married_Couple ❤️
#A_Love_So_Romantic 💞
Channel Birthday 8th January 🎉
<<Buy Adds>>
https://telega.io/c/LOVE_VIBES_HINDI_STATUS
Contact ☎️ :- @ComRade015

Last updated 2 months, 1 week ago

॥ બય શિવરાય ॥ 🚩
.
ᴊᴏɪɴ ꜰᴀꜱᴛ ❤️🥀

Tᴀʀɢᴇᴛ - 100K ⚡️🎯
👉🏻cʀoss/ᴘᴀɪᴅ ᴘʀᴏᴍᴏᴛɪᴏɴ - @its_me_max
[ Famous नाय ओ 🔥 Favorite व्हायचंय ❤️
https://telega.io/c/Caption_Marathi_Status

Last updated 3 days, 16 hours ago

ﮩ٨ـﮩﮩ٨ـ🩵ﮩ٨ـﮩﮩ٨ـ
😘 Hi Everyone 🦋😎
ᴛᴀʀɢᴇᴛ :- ᴀᴜᴅɪᴇɴᴄᴇ ʟᴏᴠᴇ ✨🩵

𝐋𝐨𝐯𝐞 | 𝐑𝐨𝐦𝐚𝐧𝐭𝐢𝐜 |𝐒𝐚𝐝 🎼🌏

ᴜɴɪQᴜᴇ ꜱᴛᴀᴛᴜꜱ 🍃

ʟʏʀɪᴄꜱᴀʟ ꜱᴛᴀᴛᴜꜱ ᴠɪᴅᴇᴏ 🌈💨

Cross contact -: @oyee_Mr

| ꜰᴏʟʟᴏᴡ ꜰᴏʀ ᴍᴏʀᴇ 🦋🩵

Last updated 1 week ago

3 weeks, 3 days ago

އެއްފަހަރަކު ޖުވައިރިޔާ رضي الله عنها ފަތިސްނަމާދަށްފަހު އެ ކަމަނާގެ މުޞައްލާ މަތީގައި ޒިކުރު ކުރަން އިންނެވިއެވެ.
ނަބިއްޔާ ﷺ، ޟުޙާ ވަގުތު ވުމުން، ވަޑައިގެންނެވި އިރު ވެސް އެ ކަމަނާ އިންނެވީ ހަމަ އެ ހާލުގައި ޒިކުރު ކުރައްވަންނެއެެވެ.
ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

ތިމަންކަލޭގެފާނު ކަމަނާގެ އަރިހުން ނިކުންނެމުވަަށްފަހު، ހަތަރު ކަލިމައެއް ތިން ފަހަރު ވިދާޅުވީމެވެ. އެ 4 ކަލިމަ ކިރާ ލެވިއްޖެނަމަ، ކަމަނާ މިއަދު ފަތިހުން ސުރެ ކުރެއްވި ހުރިހާ ޒިކުރަކަށް ވުރެ ބަރު ވީހެވެ.
سُبْحَانَ اللهِ وَبِحَمْدِهِ، عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ.

[صحيح مسلم]
#حديث_نبوي

1 month ago

އަހްލުއްސުއްނާވަލްޖަމާޢަތުގެ އަޤީދާއަކީ މީހަކު އިސްލާމްކަން ގެއްލޭ ކަމަކަށް، ކުފުރުގެ ބަހެއް ނުވަތަ ޢަމަލަކަށް އަރައިގަންނައިރަށް ވަގުތުން އޭނާ ކާފަރު ނުކުރުމެވެ. އޭނާގެ މައްޗަށް ޙުއްޖަތް ޤާއިމު ކުރުމަށްފަހުގައީ މެނުވީ ކުފުރުގެ ބަހެއް ބުނި މީހެއް ވެސް އަދި ކުފުރުގެ ޢަމަލެއް ކުރި މީހެއް ވެސް ކާފަރު ނުކުރާނެއެވެ.

ޝައިޚުލް އިސްލާމް އިބްނުތައިމިއްޔާ رحمه الله ވިދާޅުވެފައިވެއެވެ.
މީހަކަށް (ކުފުރުގެ) ކުށެއް ކުރެވުނު ކަމުގައި ވިޔަސް، އޭނާގެ މައްޗަށް ޙުއްޖަތް ޤާއިމު ކޮށް އެކަން އޭނާއަށް ބަޔާން ކޮށްދިނުމަށް ދާންދެން އެއްވެސް މީހަކަށް އެހެން މީހެއް ކާފާރެއް ނުކުރެވޭނެއެވެ. ޔަޤީންކަމާއެކު ސާބިތުވެފައިވާ މީހެއްގެ އިސްލާމްކަން ޝައްކެއްގެ ސަބަބުން ނެތިގެން ނުދާނެއެވެ. އަދި ކިއެއްތަ! އޭނާގެ އިސްލާމްކަން ނެތިގެން ދާނީ ހުއްޖަތް ޤާއިމުކޮށް ޝުބުހަތައް ނައްތާލުމުންނެވެ.

ދެން ސުވާލަކީ ކުފުރުވެފައިވާ މީހެއްގެ މައްޗަށް ހުއްޖަތް ޤާއިމުކުރާނީ ކާކުތޯ؟

ޖަވާބު: އެކަން ކުރާނީ ކީރިތި ޤުރުއާނުންނާއި ސުންނަތުން ދަލީލުތައް އެނގޭ ޢިލްމުގެ އަހުލުވެރިންނެވެ. ޙުއްޖަތް ޤާއިމު ކުރުމުގެ ޤާބިލިއްޔަތުކަން ލިބިފައިވާ ބަޔަކީ އެއީއެވެ. އެކަމަކު އެއްވެސް ޢިލްމެއް ނެތް ވަކިވަކި އާއްމު ފަރުދުންނަކީ ޙުއްޖަތް ޤާއިމު ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ބައެއް ނޫނެވެ.
---------------------------------------------------------------------
ނޯޓު: ހުއްޖަތް ޤާއިމުކުރުމަކީ ކުރެވުނު ކަމަކީ ކާފިރުވާނެ ކަމެއްކަން އޭނާއަށް ވިސްނޭނެ ގޮތަަކަށް، އަދި ދެން އިތުރަށް އުޒުރު ނުދެއްކޭނެ މިންވަރަށް ދަލީލުތަކާއެކު ބަޔާން ކޮށްދިނުމެވެ.

ބައްލަވާ: [نثر الورود شرح حائية ابن أبي داود] لعبد الرحمن العقل

1 month, 1 week ago

މިރޭ މިއީ ރަމަޟާން މަހުގެ އެންމެ ފަހު ރެއަށް ވެސް ވެދާނެއެވެ.ލައިލަތުން ޤަދްރިއަށް ވެސް ވެދާނެއެވެ.

އެހެންކަމުން މި މާތް ރަމަޟާން މަސް ތައުބާވުމާއެކު ނިންމާލާށެވެ. މި މަހުގައި ކުރެވުނު އަޅުކަންތައް ޤަބޫލު ކޮށްދެއްވާ ރަމަޟާން މަހަށް ފަހުގައި ހެޔޮ ކަންކަން ކުރުމުގައި ޘާބިތު ކޮށްދެއްވާތޯ ދުޢާ ކުރާށެވެ. މިރޭގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ.

د. طلال الحسان

2 months, 4 weeks ago

މި ފޮތުގައި ހިމެނެނީ ކީރިތި ޤުރްއާނާއި ސުންނަތުން ނެގިފައިވާ 50 ދުޢާގެ ދިވެހި ތަރުޖަމާއެވެ.

ދުޢާ އިޖާބަވުން ގާތް ވަގުތުތަކުގައި މި ފޮތް ހުޅުވާލާ ޚުޝޫޢަތްތެރިކަމާއެކު ދުޢާތައް ކޮށްލައްވާ!

2 months, 4 weeks ago
ޢިލްމީ މޭވާ
3 months, 2 weeks ago

މައިންބަފައިންގެ ބަސް އެހުމުގެ ނަތީޖާ

އަޅުގަނޑުމެންގެ ޝައިޚު ކިޔައިދެއްވިއެވެ.

އެއްފަހަރަކު ޒުވާނަކު އަހަރެން ގާތަށް އައިސް ސުވާލު ކުރިއެވެ. އޭނާ ސުވާލު ކުރީ އޭނާ ކިޔަވާނެ އެއްޗަކާ ބެހޭގޮތުންނެވެ. ޑޮކްޓަރީ ދާއިރާއިން ތޯ ނޫނީ ދީނީ ދާރިއާއިން ތޯއެވެ.

އަހަރެން އެހީމެވެ. "ތިކަމުގައި މައިންބަފައިންގެ ޚިޔާލަކީ ކޮބާ؟"

އޭނާ ބުނީ މައިންބަފައިން ބޭނުންވަނީ އޭނާ ޑޮކްޓަރީކަން ކިޔެވުމަށެވެ.

އަހަރެން ބުނީމެވެ. "އެހެންވެއްޖިއްޔާ، މައިންބަފައިންގެ ބަސް އެހުމުގެ ނިޔަތުގައި ޑޮކްޓަރީ ކަން ކިޔަވާށެވެ."

ދެން އެ ޒުވާނާ ޑޮކްޓަރީކަން ކިޔަވަން ފެށިއެވެ. އޭގެ ފަހުން އަހަރެއް ނުވެ، މަޝްހޫރު ޔުނިވަސިޓީ އަކުން އޮންލައިން ކޮށް ދީން ކިޔަވާދޭ ޕްރޮގްރާމެއް އިއުލާން ކުރިއެވެ. އަހަރެން ވަގުތުން އޭނާއަށް އެ އިއުލާން ފޮނުވީ މެއެވެ. އޭނާ އެ ކޯހުގައި ބައިވެރިވެ އޮންލައިން ކޮށް ދީން ކިޔަވަން ފެށިއެވެ. އަހަރުތައް ފާއިތުވެ އޭނާ ޑޮކްޓަރީކަން ކިޔަވާ ނިންމާލިއެވެ. ހަމަ އެ ސެމިސްޓާގައި އޭނާގެ ދީން ކިޔަވާ ކޯސް ވެސް ނިމުނެވެ.

3 months, 3 weeks ago

ދީނީ އެކިއެކި މުބާރާތްތަކުގައި ބައިވެރިވާ ކުދިންނަށް

  1. މުބާރާތްތަކުގައި ބައިވެރިވުމުގެ ނިޔަތް ބަދަލު ކޮށްލާށެވެ. މާތް ﷲ އަށް ޓަކައި ކުރާކަމަކަށް ނިޔަތް ގަންނާށެވެ. އެކަލާނގެ ރުހިވޮޑިގަތުމާއި ސުވަރުގެ ހޯދުމުގެ ނިޔަތުގައި ބައިވެރިވާށެވެ.

  2. މުބާރާތަކީ ސަވާބު އިތުރު ކޮށްލުމަށް ލިބުނު ފުރުސަތެއް ގޮތަށް ބަލާށެވެ. މިސާލަކަށް އެއީ ޤުރްއާން މުބާރާތެއްނަމަ މުބާރާތަށް ފަރިތަކުރުމުގެ ގޮތުން ޤުރްއާނާއެކު ވަރަށް ގިނަ ވަގުތު ހޭދަ ކުރެވޭނެއެވެ. އަދި ވަރަށް ގިނައިން ޤުރްއާން ވެސް ކިޔެވޭނެއެވެ.

  3. ވަނަތައް ލިބޭ ކުދިންނާމެދު ހަސަދަވެރިވުމުގެ ބަދަލުގައި އެ ކުދިންނަށް ހެޔޮ ދުޢާ ކޮށްދޭށެވެ. އަޅުގަނޑުމެންނަށް އޮތީ މަސައްކަތް ކުރުމެވެ. ޖަޒާ ދެއްވާނީ މާތް ﷲ އެވެ.

މިގޮތަށް ކަންތައްކޮށްފިނަމަ، މުބާރާތް ނިންމާލާނީ ހިތްހަމަ ޖެހުމާއެކުގައެވެ. އެއީ އެ މުބާރާތުގައި އެއްވެސް ވަނައެއް ނުލިބުނު ކަމުގައި ވިޔަސް މެއެވެ.

މިއީ އެއްފަހަރަކު ދަރުހެއްގައި އަޅުގަނޑުމެންގެ ޝައިޚް ދެއްވި ނަސޭހަތެކެވެ.

3 months, 3 weeks ago

އަހަރުގައި ރެއެއް ވެއެވެ. އެރޭގައި ވަބާ އެއް (ބައްޔެއް) ފައިބައެވެ. އެކަމަކު އެއީ ކޮން ރެއެއް ކަމެއް ނޭނގެއެވެ. އެ ބަލި ފައިބާ ރޭގައި، މަތި ނުޖަހާ އެއްވެސް ތައްޓެއް ނުވަތަ ތެއްޔެއް ނުވަތަ އެނޭނުންވެސް އެހެން ކާބޯތަކެތި އަޅަން ބޭނުންކުރާ އެއްޗެއް ވާނަމަ، އެ ބަލި އެ އެއްޗެއް ތެރެއަށް ފައިބާނެއެވެ.

**ނަބިއްޔާ ޙަދީޘްކުރެއްވާފައިވެއެވެ.

"غطوا الإناءَ ، وأوكوا السّقاءَ، فإن في السنةِ ليلةٌ ينزلُ فيها وباءٌ ، لا يمرّ بإناءٍ ليسَ عليهِ غطاءٌ ، أو سقاءٌ ليسَ عليهِ وِكاءٌ إلا نزلَ فيهِ من ذلكَ الوباءِ" -ޞަޙީޙު މުސްލިމް-

މާނަ: "ކަންވާރުތަކުގެ (ތެލިތަށިތަކުގެ) މަތިޖަހާ ބަންދުކުރާށެވެ. އަދި ފެން ރައްކާ ކުރަން ބޭނުން ކުރާ އެއްޗެހި އައްސާ ބަންދު ކުރާށެވެ. ފަހެ، އަހަރުގައި ވަބާއެއް ފައިބާ ރެއެއް ވެއެވެ. އެ ވަބާއިން ފައިބާގޮތަށް މެނުވީ މަތި ބަންދު ނުކޮށް ހުންނަ އެއްވެސް ކަންވާރެއް ނުވަތަ ފެން އަޅާ އެއްޗެއް ކައިރިން ނުދާނެއެވެ."**

އެހެންކަމުން އަޅުގަނޑުމެންނަށް އޮތީ އަބަދުވެސް އެއްޗެހީގެ މަތި ޖަހާފައި ބެހެއްޓުމެވެ. އަދި މަތި ނުޖަހާ އެއްޗެއް ބޭނުން ކުރުމުގެ ކުރިން އޭތި ދޮވެލާފައި ނޫނީ ބޭނުން ނުކުރުމެވެ.

މާތް ﷲ އަޅުގަނޑުމެން އެންމެން އެންމެހާ ނުރައްކާތެރި ބަލިތަކުން ސަލާމަތް ކުރައްވާށި!
#حديث_نبوي

4 months ago

Varah Gina beyfulhunnah neyngey ekam varah reechchah Qur'an kiyavaa Qaareen ge listeh.

Adu ahaa levvumah link ah fiththavaa lavaa

1.AlQari Abdhul Hakeem AlJazaairee
https://youtu.be/XtQtJ0TXlLM?feature=shared

  1. AlQari Jabir Al Qaytan
    https://youtu.be/iyyMpWxUuss?feature=shared

  2. AlQari Haitham
    https://youtube.com/shorts/GLXe_Ox2AV0?feature=shared

  3. AlQari izzudhdheen
    https://youtu.be/FkMrpN9OoNI?feature=shared

  4. AlQari Sa'd Izweet
    https://youtu.be/svLo97kcyGs?feature=shared

  5. AlQari Muhammad Alghazali
    https://youtu.be/fsBxoGVZyOo?feature=shared

  6. AlQari Bandar
    https://youtu.be/CZ8EG03vbug?feature=shared

  7. AlQari Anas Bourak
    https://youtu.be/O0OLyNO2S7I?feature=shared

  8. AlQari Abdhulla Kamil
    https://youtube.com/shorts/jjUwhFqCta0?feature=shared

  9. AlQari Hamza
    https://youtu.be/N1NZVx6NhXY?feature=shared

YouTube

اجمل ما قرأ الشيخ في ولاية المدية ( عبد الحكيم الجزائري)

4 months, 1 week ago
**ފަތިސް ނަމާދަށް ތެދުވުމަށް އެހީއެއް**

ފަތިސް ނަމާދަށް ތެދުވުމަށް އެހީއެއް

އައްޝައިޚް އިބްނު ޢުޘައިމީން ވިދާޅުވިއެވެ.

ފަތިސް ނަމާދަށް ތެދުވާއިރުގައި ތެދުވަން ޖެހޭނީ ވަރަށް ބާރަށެވެ. އެއީ މަޑުމަޑުން ތެދުވެއްޖެނަމަ އަނެއްކާ އަލުން އޮށޯއްވެ ނިދޭނެތީއެވެ. ވަރަށް ގިނަ މީހުންނަށް ވާ ގޮތަކީ އެލާމްގެ އަޑު އިވުނު ކަމުގައި ވިޔަސް މަޑުމަޑުން ތެދުވަން އުޅޭތީ ދެބަ ދޭތެރޭގައި އޮވެވެނީއެވެ. ނޫނީ އޭނާ އެލާމް ނިއްވާލަނީއެވެ.
އެކަމަކު ބާރަށް ތެދުވެއްޖެނަމަ ނިދި ފިލައިގެން ދާނެއެވެ.
#تربية

We recommend to visit

ɴᴏ.1 ᴄᴏᴜԹʟᴇꜱ ꜱᴛᴀᴛᴜꜱ 👫
#Old_Couple
#Angry_Couple 😠
#Cute_Couple 😍
#Caring_Couple 🤕
#Newly_Married_Couple ❤️
#A_Love_So_Romantic 💞
Channel Birthday 8th January 🎉
<<Buy Adds>>
https://telega.io/c/LOVE_VIBES_HINDI_STATUS
Contact ☎️ :- @ComRade015

Last updated 2 months, 1 week ago

॥ બય શિવરાય ॥ 🚩
.
ᴊᴏɪɴ ꜰᴀꜱᴛ ❤️🥀

Tᴀʀɢᴇᴛ - 100K ⚡️🎯
👉🏻cʀoss/ᴘᴀɪᴅ ᴘʀᴏᴍᴏᴛɪᴏɴ - @its_me_max
[ Famous नाय ओ 🔥 Favorite व्हायचंय ❤️
https://telega.io/c/Caption_Marathi_Status

Last updated 3 days, 16 hours ago

ﮩ٨ـﮩﮩ٨ـ🩵ﮩ٨ـﮩﮩ٨ـ
😘 Hi Everyone 🦋😎
ᴛᴀʀɢᴇᴛ :- ᴀᴜᴅɪᴇɴᴄᴇ ʟᴏᴠᴇ ✨🩵

𝐋𝐨𝐯𝐞 | 𝐑𝐨𝐦𝐚𝐧𝐭𝐢𝐜 |𝐒𝐚𝐝 🎼🌏

ᴜɴɪQᴜᴇ ꜱᴛᴀᴛᴜꜱ 🍃

ʟʏʀɪᴄꜱᴀʟ ꜱᴛᴀᴛᴜꜱ ᴠɪᴅᴇᴏ 🌈💨

Cross contact -: @oyee_Mr

| ꜰᴏʟʟᴏᴡ ꜰᴏʀ ᴍᴏʀᴇ 🦋🩵

Last updated 1 week ago