ޢިލްމީ މޭވާ

Description
ޢިލްމުވެރިންނާއި ފޮތްތަކުން - ޝިރުހާން ޢަލީ
We recommend to visit

ɴᴏ.1 ᴄᴏᴜԹʟᴇꜱ ꜱᴛᴀᴛᴜꜱ ?
#Old_Couple
#Angry_Couple ?
#Cute_Couple ?
#Caring_Couple ?
#Newly_Married_Couple ❤️
#A_Love_So_Romantic ?
Channel Birthday 8th January ?
<<Buy Adds>>
https://telega.io/c/LOVE_VIBES_HINDI_STATUS
Contact ☎️ :- @ComRade015

Last updated 1 year, 8 months ago

ﮩ٨ـﮩﮩ٨ـ🩵ﮩ٨ـﮩﮩ٨ـ
😘 Hi Everyone 🦋😎
ᴛᴀʀɢᴇᴛ :- ᴀᴜᴅɪᴇɴᴄᴇ ʟᴏᴠᴇ ✨🩵

𝐋𝐨𝐯𝐞 | 𝐑𝐨𝐦𝐚𝐧𝐭𝐢𝐜 |𝐒𝐚𝐝 🎼🌏

ᴜɴɪQᴜᴇ ꜱᴛᴀᴛᴜꜱ 🍃

ʟʏʀɪᴄꜱᴀʟ ꜱᴛᴀᴛᴜꜱ ᴠɪᴅᴇᴏ 🌈💨

Cross contact -: @sharif_ladka143

| ꜰᴏʟʟᴏᴡ ꜰᴏʀ ᴍᴏʀᴇ 🦋🩵

Last updated 9 months, 3 weeks ago

•॥ જય હરસિધ્ધિ માં ॥•

▪️ᴛᴀʀɢᴇᴛ 40K🎯

✨All 4K Quality Full Screen Status

✨ 😎👇👇

✨ @BHAVO225

✨ᴀʟʟ ᴛʏᴘᴇ sᴛᴀᴛᴜs ᴀᴠᴀɪʟᴀʙʟᴇ ʜᴇʀᴇ

✨ 4ᴋ ʜᴅ ǫᴜᴀʟɪᴛʏ sᴛᴀᴛᴜs

✨ https://t.me/BSEDITOFFICIAL_225

Last updated 9 months, 1 week ago

1 year, 1 month ago

ކޮންމެ ދުވަހަކު މީހެއް މަރުވެގެން އުޅޭކަމުގެ ޚަބަރު އަޅުގަނޑުމެންނަށް ލިބެއެވެ.
އެކަމަކު އެކަމުން އަޅުގަނޑުމެން ޢިބުރަތް ހާސިލު ނުކުރެވެއެވެ.
އަޅުގަނޑުމެން ދިރިއުޅެމުން ދަނީ ތާއަބަދަށް ދުނިޔޭގައި ދިރި ތިބޭނެ ބައެއް ފަދައިންނެވެ.
ނުވަތަ މަރު ލިޔެވިފައި ވަނީ އަޅުގަނޑުމެން ނޫން އެހެން މީހުންގެ މައްޗަށް ހެން ހީވާ ކަހަލައެވެ.

ދުނިޔޭގެ ޙަޔާތަކީ ކުޑަކުޑަ ވަގުތުކޮޅެކެވެ. ދުނިޔޭގައި އުފާވެރި މީހަކީ ފާފަތަކާއި، އަމިއްލަ ނަފްސުގެ އެދުންތަކާ ދުރުވެ އޭނާގެ އިލާހުގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާ މިހާާއެވެ.

ތިބާ މަރުވާ ދުވަހު ވާނެ ގޮތް އެނގޭ ހެއްޔެވެ؟

އެއީ ވަރަށް އާދައިގެ ދުވަހެކެވެ. މީސްތަކުންވާނީ އެމީހުންގެ ވަޒީފާތަކުގައެވެ. މަގުތައް އޮންނަނީ ދުއްވާ އެއްޗެހިން ފުރިފައެވެ. ކެފޭތަކާއި ރެސްޓޯރެންޓުތައް ހުންނާނީ ހުޅުވިފައެވެ.
ހިތާމަވެރިކަން ވާނީ އެންމެ ގެއެއްގައެވެ. އެމީހުން ތިބާ ހިނަވާ ޖަނާަޒާ ކުރިޔަށް ގެންދާނެއެވެ. ރަނގަޅު ރަޙްމަތްތެރިއަކު ހުރި ނަމަ ކަށު ނަމާދުގައި ބައިވެރިވެދާނެއެވެ. ދުނިޔޭގައި ތިބާގެ ޞަފްޙާ އެދުވަހު ލަައްޕާލެވޭނެއެވެ. ދެން އޭގެފަހުން އެންމެން އެމީހުންގެ ދިރިއުޅުމައިގެން ކުރިއަށް ދާނެއެވެ.

ތިބާ އޮންނާނީ ކަށްވަޅުގައެވެ. އެތާނގައި ސުވާލުކުރެވޭނެއެވެ.
ދުނިޔޭގައި ޢަމަލު ކުރަންވީ މި ވަގުތުކޮޅަށެވެ. ތައްޔާރު ވާންވީ އެ ސުވާލުތަކަަށް ޖަވާބު ދޭށެވެ!

1 year, 1 month ago

"އާރާގެ ދުޢާ" ފޮތް ވެސް ހެޔޮ އަގެއްގައި ލިބެން ހުންނާނެ އިން ޝާ ﷲ

1 year, 1 month ago

އަޅުގަނޑުމެން ނެތް ދުނިޔެއެއްގައި ދަރިން ދުޢާ ކޮށްދޭނެކަން ޔަޤީން ކުރާނީ ކިހިނެއް؟

އަޅުގަނޑުމެން ދުނިޔެ ދޫކޮށް ދާ ފަހުން، އަޅުގަނޑުމެންގެ ދަރިން އަޅުގަނޑުމެންގެ މަތީން ހަނދާންނެތި ދުޢާ ކޮށްދޭން ހަނދާންނެތިދާނެތީ ކަންބޮޑުވެއެވެ.

އެކަމަކު އެކަމާ މާ ބޮޑަށް ހާސްނުވެ މިގޮތަށް ކަންތައް ކޮށްލާށެވެ.

މިހާރުން ސުރެ ދަރީން ގާތު ދުޢާ ކޮށްދޭން އެދޭށެވެ.
މަންމަ ބަލިވެއްޖެނަމަ މަންމައަށް އަވަސް ޝިފާއެއް ދެއްވާތޯ ދުޢާ ކޮށްދޭން ދަރިފުޅު ގާތު ބުނާށެވެ.
މަސައްކަތަށް ދާނަމަ މަސައްކަތުގައި ބަރަކާތް ލައްވާ އާމްދަނީ އިތުރު ކޮށްދެއްވާތޯ ދުޢާ ކޮށްދޭން ބުނާށެވެ.
ބައްޕަމަހަށް ދާނަމަ ގިނައިން މަސްބޭވޭތޯ ދުޢާކޮށްދޭން އެދޭށެވެ.

އެއަށްފަހު ދުޢާ ކުރިތޯ ޔަޤީން ކުރަން ދަރިފުޅު ގާތު އަހާށެވެ!
ދުޢާ ކޮށްދިން ނަމަ އެކަން ފާހަގަކޮށް ހަދިޔާ ދޭށެވެ!

ދުނިޔެ މަތީގައި މައިންބަފައިންނަށްޓަކައި ދުޢާ ކުރަން އާދަވެފައިވާ ކުއްޖަކު، އެމީހުން ދުނިޔެ ދޫކޮށް ދިޔުމުން ދުޢާ ނުކޮށް ހުންނާނެ ހެއްޔެވެ؟!
#تربية

1 year, 1 month ago

އެއްދުވަހަކު ބިޝްރު އިބްނުލް ޙާރިޘާއާ ސުވާލު ކުރެވުނެވެ.

"ކަލޭގެފާނު ނަން މީސްތަކުންގެ މެދުގައި އެހާ މަޝްހޫރު ވީ ކިހިނެއް ހެއްޔެވެ؟ ކަލޭގެފާނުގެ ނަން ނަބީބޭކަލެއްގެ ނަންފުޅެއް ފަދައެވެ."

އެކަލޭގެފާނު ކިޔާދެއްވިއެވެ.

"މިއީ މާތް ﷲގެ ރަޙުމަތެވެ. ތިމަންކަލޭގެފާނަކީ ކުރީގައި ވަރަށް ގިނައިން ތަންތަނަށް ގޮސް އުޅުނު މީހެކެވެ. އެއްދުވަހަކު އެގޮތަށް ނިކުމެ އުޅެނިކޮށް މަގުމަތީގައި އޮތް ގަނޑުކޮޅެއް ފެނުނެވެ. އެ ގަނޑުކޮޅު ނަގާ ބަލާލިއިރު އޭގައި ލިޔެވިފައިވާނި بسم الله الرحمن الرحيم އެވެ. ދެން އެ ގަނޑުކޮޅުގައިވާ ހިރަފުސްތައް ފުހެލުމަށްފަހު ޖީބަށް ލީމެއެވެ. އެދުވަހު ތިމަންކަލޭގެފާނުގެ އަތުގައި އޮތީ އެންމެ ދެ ދިރުހަމެވެ. ދެން އެ ދިރުހަމު ހިފައިގެން އަތަރު ވިއްކާ ފިހާރައަކަށް ގޮސް ވަރަށް މީރުވަސް ދުވާ އަތަރެއް ގަތީމެވެ. އެއަށްފަހު އެ އެ ގަނޑުކޮޅުގައި އެ އަތަރު ހޭކީމެވެ.
އެރޭ ނިދާފައި އޮއްވާ ހުވަފެނެއް ފެނުނެވެ. އެ ހުވަފެނުގައި މީހަކު ބުނާ އަޑު އިވުނެވެ. "އޭ ބިޝްރު އިބުނުލްޙާރިޘެވެ! ތިމަން އިލާހުގެ އިސްމުފުޅު ބިންމަތިން ނަގާ އޭތީގައި ހުވަދުލުމުގެ ސަބަބުން ތިބާގެ ނަން ދުނިޔެއާއި އާޚިރަތުގައި ރީތި ކޮށްދެއްވާނަމެވެ."
އެރެއަށްފަހު ކަންތައްތައް އެގޮތަށް ވެގެން ދިޔައީއެވެ."

މާތް ﷲ އީ الجميل އެވެ. الطَيِّبُ އެވެ. އެކަލާނގެ ރީތި ތަކެއްޗަށް ލޯބިކުރައްވައެވެ. އެހެންކަމުން އަޅުގަނޑުމެންގެ ހަށިގަނޑާއި ފޭރާމާއި އުޅޭތަނާއި ވާހަކަ ދެއްކުމާއި ހުރިހާ ކަމެއް ވެސް ރީތި ކޮށް ބަހައްޓަން ވާނެއެވެ.

#عن_ربنا #قصة

1 year, 1 month ago

ބިދުޢަކައިގެން މީހަކު އައިސްފިނަމަ އޭނާއާ މި ސުވާލުތައް ކުރާށެވެ!

ތިޔަ ގޮވާލާ ކަމަކީ އަޅުކަމެއް ހެއްޔެވެ؟ ނުވަތަ ފާފައެއް ހެއްޔެވެ؟

ފާފައެކޭ ބުނަން އޭނާއަކަށް ނުކެރޭނެއެވެ. އެއީ އޭރުން އޭނާ ވަނީ ފާފައަކަށް ގޮވާލާ މީހަކަށެވެ. އެހެންވެ އޭނާ ބުނާނީ އެއީ އަޅުކަމެކެވެ.

ދެން މި ސުވާލު ކުރާށެވެ!

ތިޔަ ގޮވާލާ އަޅުަކަން، ނަބިއްޔާ ﷺ އަށް އެނގެވަޑައިގެންނެވި ހެއްޔެވެ؟ ނޫނީ އެކަލޭގެފާނަށް އެކަން އެނގިވަޑައިނުގަންނަވާ ހެއްޔެވެ؟

ނަބިއްޔާﷺ އެނގިވަޑައިނުގަންނަވައޭ އޭނާއަށް ބުނާކަށް ނުކެރޭނެއެވެ. އޭރުން އޭނާވާނީ އެކަލޭގެފާނަށް ނޭނގޭ ކަމަށް އެނގުނު ކަމަށެވެ.
އެހެންވެ އޭނާ ބުނާނީ އެކަލޭގެފާނަށް އެނގެވަޑައިގެންނެވިއެވެ.

ދެން މި ސުވާލު ކުރާށެވެ!

އެހެންވިއްޔާ އެކަލޭގެފާނު ތިޔަ ބުނާ އަޅުކަން ކުރުމަށް މީސްތަކުންނަށް އަމުރު ކުރައްވާ އެންގެވި ހެއްޔެވެ؟ އެންގެވިނަމަ އެކަން ސާބިތު ކޮށްދޭށެވެ!

މިހާ ހިސާބުން އޭނާގެ ބަސް ހުއްޓޭނެވެ.

1 year, 1 month ago

ހުކުރުދުވަހުގެ ޚާއްޞަ ވަގުތުކޮޅު
قال الرسول ﷺ "إنَّ في الجُمُعَةِ لَساعَةً، لا يُوافِقُها مُسْلِمٌ، يَسْأَلُ اللَّهَ فيها خَيْرًا، إلَّا أعْطاهُ إيَّاهُ"

"ހަމަކަށަވަރުން ހުކުރު ދުވަހުގައި ވަގުތުކޮޅެއް ވެއެވެ.
މާތް ﷲ، މުސްލިމަކަށް އޭނަ އެ އެދުނު ކަންތައް ދެއްވާ ގޮތަށް މެނުވީ، އެ ވަގުތުކޮޅާ ދިމާނުވެ އެވެ."
ހުކުރު ދުވަހުގައި ދުޢާ އިޖާބަ ކުރެވޭ ވަގުތު ކޮޅެއް ވާކަން އަޅުގަނޑުމެންނަށް އެނގެއެވެ. އެކަމާ ގުޅޭ ބައިވަރު ޕޯސްޓުތައް ވެސް ފެނެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް މިވަގުތު ކޮޅާމެދު އެހާ ބޮޑު ސަމާލުކަމެއް ނުދެވެއެވެ.

އަޅުގަނޑުމެންގެ ޝައިޚް ޢަބްދުއްރަޙްމާން އަލްޢަޤްލް ދަންނަ އެހެން ޝައިޚެއްގެ ވާހަކަ ކިޔާދެއްވިއެވެ.

"ކޮންމެ ހުކުރު ދުވަހެއްގެ އަޞްރު ނަމާދުފަހުން އެ ޝެއިޚް، ފޯނު ނިއްވާލާ، މިސްކިތުގައި ދުޢާ ކުރުމަށް މަޑު ކުރެވެ. މިގޮތަށް އެ ޝެއިޚް ކަންތައް ކުރާތާ އެތައް އަހަރެއް ވެއްޖެއެވެ."

އަޅުގަނޑުމެންނަށް މުޅި ހަވީރު އެއްކޮށް ދުޢާ ކުރަން ހުސް ނުކުރެވުނު ކަމުގައި ވިޔަސް، ފަސް މިނެޓު އަޅުގަނޑުމެން ބޭނުންވާ ކަންތައްތަކަށް ދުޢާ ކޮށްލަން ހުސްކޮށްލާށެވެ. ނޫނީ ފަސް މިނެޓު ވެސް ނުދެވެންޔާ، އުޅޭ އުޅުމުގައި ދުޢާ ކޮށްކޮށްލާ ހުރެވިދާނެވެ. ދުޢާ ކުރުމަށް މިސްކިތަށް ދިޔުމަކީ ނުވަތަ މުޞައްލާ މައްޗަށް އެރުމަކީ ކޮންމެހެން ޝަރުތެއް ނޫނެވެ. މިކަހަލަ ވަގުތުކޮޅު ތަކުގެ ބޭނުން އަޅުގަނޑުމެން ހިފަން ވާނެއެވެ .

#حديث_نبوي

1 year, 4 months ago

މިދަނޑިވަޅުގައި އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުމެވެ.
ޤުރްއާން ކުލާސްތައް ހިންގަވާ ބޭފުޅުންނާއި، ޤުރްއާން ކިޔަވައިދެއްވާ ޓީޗަރުންނާއި، މީސްތަކުންނަށް ދީން އުނގަންނައި ދިނުމަށް މަސައްކަތްކުރައްވާ ޝައިޚުން އެ އަދާ ކުރައްވަނީ އެންމެ މާތް ވަޒީފާއެވެ. އެ ކުދިންގެ ޙަޔާތުގައި ޤުރްއާން ކިޔަވާ ކޮންމެ ފަހަރަކު އެ ކުދިންނަށް ޤުރުއާން ދަސްކޮށްދެއްވި ޓީޗަރުންނަށް އެކަމުގެ ޘަވާބު ލިބޭނެއެވެ. ދީނީ ނަސޭހަތެއް އަޑު އިވިގެން، އެ ނަސޭހަތަށް ޢަމަލު ކުރާ ކޮންމެ ފަހަރަކު އެ ނަސޭހަތް ދެއްވި ފަރާތަށް އެކަމުގެ ޘަވާބު ލިބޭނެއެވެ.

މީގެން މީހަކަށް ވެވެން ނެތް ނަމަ، ވީވަރަކުން އެމީހުނަށް ހެޔޮކޮށް ހިތާ، އިޙްތިރާމް ކޮށް ލޯބިކުރާށެވެ. ނޫނީ ފައިސާގެ ގޮތުން ނަމަވެސް އެހީވެ މި މާތް މަތިވެރި ޢަމަލުތަކުގައި ބައިވެރިވާށެވެ. ޤުރްއާން ކުލާސްތަައް ހިންގުމަށް އެހީވެވުނު ގޮތަކަށް އެހީވާށެވެ. ރަށަށް ޝައިޚަކު އައިސްފިނަމަ ދަރުސް އިންތިޒާމު ކުރުމާއި ޝައިޚަށް ޚިދުމަތް ދިނުމުގައި އުޅޭށެވެ! ފޭސްބުކާއި ވައިބަރ އަދި އެކި ތަންތަނުގައި ޢިލްމުވެރިންގެ ޢިލްމު ފަތުރާށެވެ! ޤުރްއާނާއި ހެޔޮބަސްތައް ނޫނީ ޝެއަރ ނުކުރާށެވެ!
ޙަޤީޤީ ވިޔަފާރިއަކީ މީއެވެ.

މިއީ މިއަދު އަޅުގަނޑުގެ ހިތަށް އެރި ބައެއް ވާހަކަތަކެވެ. ތިބޭފުޅުންނަށް ހިއްސާ ކޮށްލީއެވެ.

1 year, 4 months ago

މިކަހަލަ ވާހަކަތައް އަޑު އިވުމުން އަޅުގަނޑުމެން ޢިބުރަތް ލިބިގަންނަންވީއެވެ. އަމިއްލަ ނަފްސާ ސުވާލު ކުރަންވީއެވެ.
އަހަރެން މަރުވުމަށްފަހު ވެސް ސަވާބު ލިބިލިބި ހުންނާނެ ކަމެއް ކުރެވިފައި އެބަ އޮތް ހެއްޔެވެ؟ އިސްލާމް ދީނަށްޓަކައި އެއްވެސް ކަމެއް ކޮށްދެވުނު ހެއްޔެވެ؟ ކުއްޖަކަށް ޤުރްއާން ކިޔަވަން ދަސްކޮށް ދެވުނު ހެއްޔެވެ؟ ފައިދާ ހުރީ ޢިލްމެއް، ނުވަތަ ދުޢާ ކުރާނެ ޞާލިޙު ދަރިއެއް ނުވަތަ ދެމިގެންވާ ޞަދަޤާތެއް ކުރެވިފައިވާ އެބައޮތް ހެއްޔެވެ؟ އަހަރެން މަރުވުމަށްފަހު ގައި ވެސް މީސްތަކުން އަހަރެންނަށް ހެޔޮ ދުޢާ ކޮށްދޭނެ ހެއްޔެވެ؟ ނޫނީ އެމީހުން އަހަރެންގެ މަތިން ހަނދާން ނެތޭނީ ހެއްޔެވެ؟ ނޫނީ އަހަރެންނަށް ކުރެވިފައި ހުރީ އަހަރެން މަރުވުމަށްފަހު ފަހު ވެސް ފާފަ ލިބޭނެ ކަންތައްތައް ހެއްޔެވެ؟

މިއީ ކޮންމެހެން ވެސް ޖަވާބު އެނގެން ޖެހޭ ސުވާލު ތަކެކެވެ.
ވަގުތު ފާއިތު ވުމުގެ ކުރިން މަސައްކަތް ފަށަމާ ހިނގާށެވެ!

1 year, 4 months ago

ކުރީގެ ޞާލިޙު ބޭކަލުންގެ އާދަތަކުގެ ތެރެއިން

އެބޭކަލުން މަޝްޣޫލުވީ އެބޭކަލުންގެ އަމިއްލަ ނަފްސުތަކުގެ ޢައިބުތަކައިގެންނެވެ. އަމިއްލަ ނަފްސުގެ ޢައިބުތައް ހޯދަން މަސައްކަތް ކުރެއެވެ. އަދި އެބޭކަލުންގެ ޢައިބުތަކާއި ހެދޭ ގޯސްތައް ހޯދުމަށްޓަކައި، އެބޭކަލުންގެ ޝައިޚުންނާއި ގާތްމީހުންނާއި އެބޭކަލުންނަށް ހެޔޮ އެދޭ މީހުން ގާތު ސުވާލުކޮށް އުޅުއްވައެވެ.

އެބޭކަލުން ދެކޭ ގޮތުގައި އެހެން މީހުންގެ ޢައިބުތަކުގެ ވާހަކަތައް ދެއްކުމުން ސަލާމަތްވެވޭނެ މަގަކީ މިއީ ކަމަށް ވާތީއެވެ.

އެބޭކަލުން ދެކޭ ގޮތުގައި އެހެން މީހުންގެ ޢައިބުތަކައިގެން މަޝްޣޫލު ވުމަކީ ދީންވެރިކަން އުނި މީހުންގެ ސިފައެކެވެ.

މީހަކަށް ކުރެވޭ ފާފައަކުން އޭނާ ކުޑައިމީސްކޮށް ބަދު ބަހެއް ނުބުނުމަށް އެބޭކަލުން ވަރަށް ބޮޑަށް ފަރުވާތެރިވެއެވެ. އެއީ ފަހަރެއްގައި ހަމަ އެ ފާފައިން އެބޭކަލުން އިމްތިހާނު ކުރެވިދާނެ ތީއެވެ.
ފާފައެއް ކުރާ މީހެއް އެބޭކަލުންނަށް ފެނިއްޖެނަމަ، އެމީހާއަށް ނަޞޭޙަތްތެރިވެ އެމީހުންގެ ކިބައިން ޢިބުރަތް ލިބިގަނެވެ.

✍️ الشيخ أحمد الجوهري

1 year, 6 months ago

އެއްފަހަރަކު ޖުވައިރިޔާ رضي الله عنها ފަތިސްނަމާދަށްފަހު އެ ކަމަނާގެ މުޞައްލާ މަތީގައި ޒިކުރު ކުރަން އިންނެވިއެވެ.
ނަބިއްޔާ ﷺ، ޟުޙާ ވަގުތު ވުމުން، ވަޑައިގެންނެވި އިރު ވެސް އެ ކަމަނާ އިންނެވީ ހަމަ އެ ހާލުގައި ޒިކުރު ކުރައްވަންނެއެެވެ.
ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

ތިމަންކަލޭގެފާނު ކަމަނާގެ އަރިހުން ނިކުންނެމުވަަށްފަހު، ހަތަރު ކަލިމައެއް ތިން ފަހަރު ވިދާޅުވީމެވެ. އެ 4 ކަލިމަ ކިރާ ލެވިއްޖެނަމަ، ކަމަނާ މިއަދު ފަތިހުން ސުރެ ކުރެއްވި ހުރިހާ ޒިކުރަކަށް ވުރެ ބަރު ވީހެވެ.
سُبْحَانَ اللهِ وَبِحَمْدِهِ، عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ.

[صحيح مسلم]
#حديث_نبوي

We recommend to visit

ɴᴏ.1 ᴄᴏᴜԹʟᴇꜱ ꜱᴛᴀᴛᴜꜱ ?
#Old_Couple
#Angry_Couple ?
#Cute_Couple ?
#Caring_Couple ?
#Newly_Married_Couple ❤️
#A_Love_So_Romantic ?
Channel Birthday 8th January ?
<<Buy Adds>>
https://telega.io/c/LOVE_VIBES_HINDI_STATUS
Contact ☎️ :- @ComRade015

Last updated 1 year, 8 months ago

ﮩ٨ـﮩﮩ٨ـ🩵ﮩ٨ـﮩﮩ٨ـ
😘 Hi Everyone 🦋😎
ᴛᴀʀɢᴇᴛ :- ᴀᴜᴅɪᴇɴᴄᴇ ʟᴏᴠᴇ ✨🩵

𝐋𝐨𝐯𝐞 | 𝐑𝐨𝐦𝐚𝐧𝐭𝐢𝐜 |𝐒𝐚𝐝 🎼🌏

ᴜɴɪQᴜᴇ ꜱᴛᴀᴛᴜꜱ 🍃

ʟʏʀɪᴄꜱᴀʟ ꜱᴛᴀᴛᴜꜱ ᴠɪᴅᴇᴏ 🌈💨

Cross contact -: @sharif_ladka143

| ꜰᴏʟʟᴏᴡ ꜰᴏʀ ᴍᴏʀᴇ 🦋🩵

Last updated 9 months, 3 weeks ago

•॥ જય હરસિધ્ધિ માં ॥•

▪️ᴛᴀʀɢᴇᴛ 40K🎯

✨All 4K Quality Full Screen Status

✨ 😎👇👇

✨ @BHAVO225

✨ᴀʟʟ ᴛʏᴘᴇ sᴛᴀᴛᴜs ᴀᴠᴀɪʟᴀʙʟᴇ ʜᴇʀᴇ

✨ 4ᴋ ʜᴅ ǫᴜᴀʟɪᴛʏ sᴛᴀᴛᴜs

✨ https://t.me/BSEDITOFFICIAL_225

Last updated 9 months, 1 week ago