ကြော်ငြာများထည့်သွင်းလိုပါက ဒီအကောင့်ကိုဆက်သွယ်ပေးပါ👇👇
@sithuaung2006
Last updated 1 day, 13 hours ago
ကြော်ငြာထည့်သွင်းလိုပါက
@sithuaung2006 တခြားအကောင့်လုံးဝမသုံးပါ
Last updated 1 month, 1 week ago
ကြော်ငြာများထည့်သွင်းလိုပါက ဒီအကောင့်ကိုဆက်သွယ်ပေးပါ??
@sithuaung2006
Last updated 2 months, 3 weeks ago
🥣 ޝަޢުބާން މަހު ރޯދަ ހިފުން
ރަމަޟާން މަހުގެ ކުރިއަށް އޮތް މަހުގައި ވިހާވެސް ގިނަ ދުވަސްތަކެއްގައި ތިބާ ރޯދަހިފުން:
💎 އެއީ ސުންނަތެއް
💎ރަމަޟާން މަހަށްވާ ނަވައްފިލް އެއް (އެއީ ނަމާދަށް ނަވައްފިލް ވާ ފަދައިން)
💎 ރަމަޟާން މަހަށް ވާ ތައްޔާރީއެއް
| އައްޝައިޚް އަލް-އިމާމު އަޙްމަދު މޫސާ ޖިބްރީލް (حفظه الله)
ނެގިފައިވަނީ
✦ @Tazkirat_Nufoos
އަހަރަމެން ޣާފިލުކަން މަތީގައި ވަނިކޮށް ދުވަސްތައް ހަލުވި ކަމާއެކު ވޭތުވެދެއެވެ. ފަހެ މިއީ ޝަޢުބާން މަހެވެ. މި މަހަކީ ހެޔޮކަމާއި މަތިވެރިކަން އެ މަހެއްގައި ވާ މަހެކެވެ. މި މަހުގައި ﷲ ގެ ހަޟުރަތަށް ޢަމަލުތައް އުފުލިގެން ދެއެވެ.
އެމަހުގައި ރޯދަ ހިފުމަކީ އެނޫން މަސްތަކުގައި ރޯދަ ހިފުމަށް ވުރެ މަތިވެރި ވެގެންވާ ކަމެކެވެ. ފަހެ ނަބިއްޔާ ﷺ އެމަހުގައި ރޯދަ ހިފުން އިތުރު ކުރެއްވިއެވެ. އެމަހުގައި ހިފާ ރޯދައެއް އެނޫން މަހެއްގައި ދެ ދުވަހު ރޯދަ ހިފުމާއި އެއްފަދައެވެ. އެއީ ޢިމްރާން ބުން ޙުސައިން رضي لله عنه ގެ ހަދީޘްއިން އެނގިގެންދާ ފަދައިންނެވެ. އެކަލޭގެފާނަށް ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ޝަޢުބާން މަހުގައި ރޯދައެއް ހިފީމު ހެއްޔެވެ؟ ވިދާޅުވިއެވެ. ”ނޫނެކެވެ.“ ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: « ފަހެ ތިބާ ރޯދައެއް ހިފާފައި ނުވާނަމަ، އޭގެ ބަދަލުގައި ދެ ދުވަހު ރޯދަ ހިފާށެވެ.»
އުސާމާ ބުން ޒައިދު رضي اللَّه عنه ނަބިއްޔާ ﷺ އަށް ސުވާލު ދެންނެވިއެވެ. ފަހެ (އުސާމާ) ވިދާޅުވިއެވެ: ”އޭ ﷲ ގެ ރަސޫލާ އެވެ! ކަލޭގެފާނު ޝަޢުބާން މަހުގައި ރޯދަ ހިއްޕަވާހާ ގިނައިން އެއްވެސް މަހެއްގައި ކަލޭގެފާނު ރޯދަ ހިއްޕަވާތަން ތިމަންކަލޭގެފާނު ދެކިވަޑައިނުގަންނަވަމެވެ.“ ފަހެ ނަބިއްޔާ ﷺ މިފަދައިން ޙަދީޘްކުރައްވަމުން ޖަވާބު ދެއްވިއެވެ: « އެމަހަކީ އެމަހަކާއި ދޭތެރޭގައި މީސްތަކުން ޣާފިލުވެފައިވާ މަހެކެވެ. އެ މަހަކީ އެއީ ރަޖަބާއި ރަމަޟާން މަހުގެ ދޭތެރޭގައި އަންނަ މަހެކެވެ. އަދި އެ މަހަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތަށް ޢަމަލުތައް އުފުލެވޭ މަހެވެ. ތިމަންކަލޭގެފާނު ލޯބިކުރައްވަނީ ތިމަންކަލޭގެފާނު ޢަމަލުތައް ތިމަންކަލޭގެފާނު ރޯދައަށް ހުންނަވަނިކޮށް އުފުއްލެވުމަށެވެ.»
އަދި ޝަޢުބާން މަހުގައި މަހުގެ ހުރިހާ ދުވަހު ރޯދަ ހިފުން ޝަރުޢުވެގެން ނުވެއެވެ. މުސްލިމު ރިވާކުރެއްވި އިބްނު ޢައްބާސް رضي الله عنهގެ ޙަދީޘްގައިވާ ފަދައިންނެވެ. (އިބްނު ޢައްބާސް) ވިދާޅުވިއެވެ: « ނަބިއްޔާ ﷺ ރަމަޟާން މަސް ފިޔަވާއެއްވެސް މަހެއްގައި މުޅިމަސް އެއްކޮށް ދުވަހަކުވެސް ރޯދަ ހިއްޕަވާފައި ނުވެއެވެ.»
އަދި ޝަޢުބާންމަހުގެ ރޯދަ އާއި ރަމަޟާންމަހުގެ ރޯދައާއި ދެމެދު ވަކި ކޮއްލަން ޖެހެއެވެ. (އެބަހީ ޝަޢުބާން މަހުގެ ފަހު ދުވަސް ނޫނީ ފަހު ދެދުވަހު ރޯދަ ހިފުން ދޫކޮށްލުމެވެ.)
އަދި ނަބިއްޔާ ﷺ އެކަމަކަށް އިރުޝާދު ދެއްވާފައިވާ ކަންކަމުގެ ތެރޭގައި ޝަޢުބާން މަސް ނިންމާ ރަމަޟާން މަހަށް ހަނދު ބެލުން ހިމެނިގެން ވެއެވެ.
އޭ ﷲ! އަޅަމެންނަަށް ޝަޢުބާން މަހުގައި ރޯދަ ހިފުމަށް ފަސޭހަ ކޮށްދެއްވާނދޭވެ. އަދި އަޅަމެން ރަމަޟާން މަހާއި ބައްދަލުކޮށް ދެއްވާންދޭވެ.
އިބްނު ޙަޖަރު އަލް ޢަސްޤަލާނީ رحمه الله ވިދާޅުވިއެވެ:
كان المسلمون إذا دخل شعبان أكبوا على المصاحف وأخرجوا الزكاة.
ޝަޢުބާން މަސް ވަންނަ ހިނދު މުސްލިމުން މުޞްޙަފްތަކުގެ މައްޗަށް މަޝްޢޫލުވެ އަދި ޒަކާތް ނެރޭ ހަދާ ކަމުގައި ވިއެވެ.
ފަތުޙުލް ބާރީ
#Shaiban #Quran
@Tazkirat_Nufoos
Keep your gatherings away from backbiting:
It’s narrated that Allāh revealed to Mūsā (عليه السلام) that the person who backbites will be among the last person to enter Jannah EVEN if they made tawbah; and the person who backbites without repenting will be the FIRST to enter Jahannam. [1]
Scholars differed when it comes to making tawbah, do you have to seek forgiveness or not from the person, but most scholars said you don’t have to seek forgiveness if they don’t know about it and some said you do. [2]
Backbiting is still a major sin regardless, so it’s not worth risking losing your hasanāt.
Even the simplest things which people are easily heedless of in every day life, fall under backbiting. For example, hearing someone’s name you don’t like and making a bad facial expression indicating you don’t like them is still backbiting, or even saying in a annoyed tone, ‘May Allāh guide him’.
____
[1] Refer to “Ihyā’ ‘Ulūm ad-Dīn” (5/504) – Published by Dār al-Minhāj.
Note: The Prophet (صلى الله عليه وسلم) said ‘Convey from Banī Isrā’īl, for it is not sinful to do so’ [Bukhārī (3460)].
However, only if the narration agrees with Islām, we can believe it. So what’s mentioned about backbiting, the meaning could be correct, wallāhu a’lam.
Also if this is correct, the reason the one who backbited is one of the last to enter Jannah is because those who he has oppressed through his backbiting will take away all his hasanāt.
[2] Refer to “Al-Fatāwā al-Kubrā”.
ޖަންނަތުގެ ސިފަކުރުން
”ހުރި އަޖައިބެއްގެ ބޮޑުކަމާއެވެ! ފަހެ އެހޯދުމަށް އެދޭ ފަރާތް ނިދީގައި އެވަނީ ކޮންފަދައަކުން ހެއްޔެވެ؟! އަދި އެއަށް އެދިގެން ހުށަހެޅި ފަރާތުން އޭގެ ރަން އަދާނުކޮށް އެވަނީ ކޮންފަދައަކުން ހެއްޔެވެ؟! އަދި އެތާނގެ ޚަބަރުތައް އަޑު އިވުމަށްފަހު، މިތާނގެ ދިރިއުޅުން ރުހިގެންވާ އެއްޗެއް ކަމުގައިވީ ކިހިނެއް ހެއްޔެވެ؟! އަދި އެތާނގެ ލޯބިވެރިޔާ އަށް އެތާނގައިވާ ބިކުރުވެރިންތައް ޙާސިލުކުރެވުމާނުލާ ހިތްހަމަޖެހުން ލިބުނީ ކިހިނެއް ހެއްޔެވެ؟! އަދި ޔަޤީންކަމާއެކު އީމާންވެގެން ތިބި މީހުންގެ ނަފްސުތައް އެތާނގެ މައްޗަށް ކެތްތެރިވެފައި އެވަނީ ކޮންފަދައަކުން ހެއްޔެވެ؟! އަދި މީސްތަކުންގެ ތެރެއިން ގިނަމީހުންގެ ހިތްތައް އެއިން އެއްކިބާ ވެގެންފައި އެވަނީ ކޮންފަދައަކުން ހެއްޔެވެ؟! އަދި ފުރަގަސްދީފައިވާ މީހުން އޭގެ ބަދަލު އަދާކުރާނީ ކޮންއެއްޗަކުން ހެއްޔެވެ؟!“
? އަދި އެތާނގެ ތަނަވަސްކަމާއި ބެހޭގޮތުން ތިބާ ސުވާލު ކޮށްފިނަމަ: ފަހެ، އެތާނގައި ދަރަޖައިގެ ގޮތުން އެންމެ ދަށުގައިވާ މީހާ، އޭނާއަށް މިލްކުވެފައިވާ ބިމުގައި، އަދި އޭނާގެ ދާންތަކާއި، ގަނޑުވަރު ތަކާއި ބަގީޗާތައް ބަލާލުމުގައި ދެހާސް އަހަރު ވަންދެން ދަތުރުކުރާނެތެވެ.
? އަދި އެތާނގެ ފޭލިގެތަކާއި ގުއްބު ތަކާއި ބެހޭގޮތުން ތިބާ ސުވާލު ކޮށްފިނަމަ: ފަހެ، އެ ފޭލިގެތަކުގެ ތެރެއިން، އެތެރެ ހުސް މުތަކުންވާ އެންމެ ފޭލިގެއެއްގެ ދިގުމިނުގައި، ފަސްދޮޅަސް މޭލު ހުންނާނެއެވެ.
? އަދި އެތާނގެ މަތީ ފަޑީގެ ކޮޓަރިތަކާއި ޓަވަރުތަކާއި ބެހޭގޮތުން ތިބާ ސުވާލު ކޮށްފިނަމަ: ފަހެ، އެއީ އޭގެ މަތީގައި ވެސް ކޮޓަރިތަކެއް ބިނާކުރައްވާފައިވާ ކޮޓަރިތަކެކެވެ. އަދި އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނާނެތެވެ.
? އަދި އެތާނގެ އުސްމިން ތަކާއި ބެހޭގޮތުން ތިބާ ސުވާލު ކޮށްފިނަމަ: ފަހެ، ލޮލުގެ ފެނުމަށް ކިރިޔަ ކިރިޔާ ފޯރާ ޙާލު، އުދަރެހުގައި އަރަމުން އެދާ ނުވަތަ އޮއްސެމުން އެދާ ތަރިތަކަށް ބަލާށެވެ.
? އަދި އެތާނގެ އަހުލުވެރިންގެ ފޭރާމާއި ބެހޭގޮތުން ތިބާ ސުވާލު ކޮށްފިނަމަ: ފަހެ، އެ ފޭރާންތައް ވަނީ ފަށުއިންނާއި ރަނުންނެވެ.
? އަދި އެތާނގައިވާ އެނދުތަކާއި ބެހޭގޮތުން ތިބާ ސުވާލު ކޮށްފިނަމަ: ފަހެ، އޭގެ ބަތާނަ ވަނީ، އެންމެ މޮޅުވެގެންވާ ފަލަ ފަށުވިންނެވެ.
? އަދި އެތާނގައިވާ ދާންތަކާއި ބެހޭގޮތުން ތިބާ ސުވާލު ކޮށްފިނަމަ: ފަހެ، އެއީ ރަނުގެ ގޮށްތަކަކުން ޒީނަތްތެރި ކުރެވިފައިވާ، އަދި އޭގައި އެއްވެސް ލޯވަޅެއް ނުވަތަ ނަރުދައްޗެއް ނުވާ ދާންތަކެކެވެ.
? އަދި އެތާނގެ އަހުލުވެރިންގެ މޫނުތަކާއި އެއުރެންގެ ރީތިކަމާއި ބެހޭގޮތުން ތިބާ ސުވާލު ކޮށްފިނަމަ: ފަހެ، އެއުރެން ވަނީ ހަނދު ފަދައިންނެވެ.
? އަދި އެއުރެންގެ ޢުމުރާއި ބެހޭގޮތުން ތިބާ ސުވާލު ކޮށްފިނަމަ: ފަހެ، އެއުރެން ވާހުށީ ތިރީސް ތިން އަހަރު ފުރިފައިވާ ޙާލު، އިންސީންގެ ބަފައިކަލުން، އާދަމް عَلَيْهِ السَّلَامْ ގެ ސިފަފުޅުގައެވެ.
? އަދި އެތާނގައި އެއުރެން އަހާނޭ އަޑުތަކާއި ބެހޭގޮތުން ތިބާ ސުވާލު ކޮށްފިނަމަ: ފަހެ، އެއީ ޙޫރުންގެ ތެރެއިންވާ އެއުރެންގެ އަނބީން ކިޔާ ލަވަތަކުގެ އަޑުތަކެވެ. އަދި އެއަށްވުރެ މަތިވެރިވެގެންވާ، މަލާއިކަތުންނާއި ނަބިއްޔުންގެ އަޑުތަކެވެ. އަދި އެއަށްވުރެ ވެސް މަތިވެރިވެގެންވާ، ޢާލަމްތަކުގެ ވެރި ރައްބު މުޚާތަބު ކުރައްވާ އަޑުފުޅެވެ.
? އަދި އެއުރެންގެ ގަހަނާތަކާއި ޚާއްޞަ ޞިފަތަކާއި ބެހޭގޮތުން ތިބާ ސުވާލު ކޮށްފިނަމަ: ފަހެ، އެއީ ރަނުންނާއި މުތްތަކަކުންވާ އުޅާތަކާއި އެއުރެންގެ ބޯތަކުގާއި އަޅުވާފައިވާ ތާޖުތަކެވެ.
? އަދި އެއުރެންގެ ޚިދުމަތްތެރިންނާއި ބެހޭގޮތުން ތިބާ ސުވާލު ކޮށްފިނަމަ: ފަހެ، އެއީ ޒުވާންކަންމަތީ ދެމިތިބޭ ޒުވާން ފިރިހެން ކުދިންތަކެކެވެ. އެކުދިން، ރައްކާތެރިވެގެންވާ މުތީތަކެއްފަދައެވެ.
? އަދި އެއުރެން ކައިވެނި ބައްލަވާ ގަންނަ މީހުންނާއި އެއުރެންގެ އަނބިންނާއި ބެހޭގޮތުން ތިބާ ސުވާލު ކޮށްފިނަމަ: ފަހެ، އެއުރެންނީ އެއުރެންގެ ކަށިތަކުގައި ޒުވާންކަމުގެ ތާޒާކަން ދައުރުވެ ވެ ހުންނަ އެއް ފުރާވަރުގެ ޒުވާން އަންހެން ކުދިންތަކެކެވެ.
(ޙާދިޔުލް-އަރްވާޙް އިލާ ބިލާދިލް-އަފްރާޙް / އިބްނުލް ޤައްޔިމް رحمه الله)
ނެގިފައިވަނީ: އައް-ނަބާ އިންފޯގްރެފިކް
⚪ ތިބާއަށް ނޭނގޭ ކަމެއްގައި، އެންމެ މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ އޭ، އެފަދައިން ތިބާ ބުނުން ވަނީވެސް ޢިލްމުގެ ތެރެއިންނެވެ.
?️ އިމާމް މަސްރޫޤު ބްނު އަލް-އަޖްދަޢު (62ހ.) އަރިހުން ވެއެވެ. އެބޭފުޅާ ވިދާޅުވިއެވެ:
«ކިންދަތުގައި މީހަކު ވާހަކަ ދައްކަމުން ފަހެ އޭނާ ބުންޏެވެ: ޤިޔާމަތު ދުވަހުން ދުންގަނޑެއް އަންނަ ހުއްޓެވެ. ފަހެ އެ އައިސް މުނާފިޤުންގެ އިވުންތަކާއި އަދި އެއުރެންގެ ފެނުންތައް ނަގައިގެން ދާނެތެވެ. މުއުމިނު މީހާއަށް، އަރިދަފުސް ރޯގާއެއް ގޮތުގައި އެ އައިސް ޖެހިގެން ދާނެތެވެ. ފަހެ އެޙިސާބުން އަހަރެމެން މޭބޮޑުވެ ބިރުގަނެއްޖެއެވެ.
ފަހެ ދެން އިބްނު މަސްޢޫދު (32ހ.) އަރިހަށް އަހުރެން ދިޔައީމެވެ. އޭރު އެބޭފުޅާ ލެނގިލައްވައިގެން އޮންނެވިއެވެ. ފަހެ (މިޚަބަރާ ހުރެ) އެބޭފުޅާ ރުޅިދުރުވިއެވެ. ފަހެ ދެން އެބޭފުޅާ އިށީންނެވިއެވެ. ފަހެ ދެން އެބޭފުޅާ ވިދާޅުވިއެވެ: "އެނގޭ މީހާ، ފަހެ (އެނގޭ އެއްޗެއް) އޭނާ ބުނާ ހުށިކަމެވެ. އަދި ނޭނގޭ މީހާ، ފަހެ އޭނާ މިހެން ބުނާށެވެ: އެންމެ މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ އެވެ.
ފަހެ ހަމަކަށަވަރުން ތިބާއަށް ނޭނގޭ ކަންކަމުގައި: އެންމެ މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ އޭ، ތިބާ ބުނުންވަނީ ޢިލްމުގެ ތެރެއިންނެވެ."»
? [صحيح البخاري: ٤٧٧٤]
✒️ އެހެން ރިވާޔަތެއްގައި ވެއެވެ:
«އަހުރެން [މަސްރޫޤު]، ޢަބްދު ﷲ [އިބްނު މަސްޢޫދު] ގެ އަރިހަށް ވަނީމެވެ. ފަހެ އެބޭފުޅާ ވިދާޅުވިއެވެ: "ހަމަކަށަވަރުން ތިބާއަށް ޢިލްމު ނެތިވެ ނޭނގޭ ކަމަކާ މެދުގައި، އެކަމާ ބެހޭގޮތުން: އެންމެ މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ އޭ، ތިބާ ބުނުންވަނީ ޢިލްމުގެ ތެރެއިންނެވެ.»
? [صحيح البخاري: ٤٨٢٢]
For Allāh's Sake ☝️*?***
'Abdullah ibn Mas'ūd رضي الله عنه said:
"It is indeed from imān that you love your brother; not due to being acquainted with him, or being related, nor because of any monetary gain you received from him. You don't love him except for the sake of Allāh Almighty."
الزهد لسعيد (٥٨٤٣)
Ibn Taymiyyah Rahimahullāh said:
“These true (sincere) hearts with their righteous duas are an army that cannot be defeated (with) soldiers that do not grow weary (weak). They are The Victorious Group until The Day or Resurrection, (just) as the Messenger of Allah ﷺ informed us.”
[Majmoo’ al-Fataawa (28/644)]
Hasan al-Basri Rahimahullāh said:
“If you see a man competing with you with regard to this world then compete with him concerning the Hereafter.”
[The Evil of Craving for Wealth and Status / pg. 46]
ကြော်ငြာများထည့်သွင်းလိုပါက ဒီအကောင့်ကိုဆက်သွယ်ပေးပါ👇👇
@sithuaung2006
Last updated 1 day, 13 hours ago
ကြော်ငြာထည့်သွင်းလိုပါက
@sithuaung2006 တခြားအကောင့်လုံးဝမသုံးပါ
Last updated 1 month, 1 week ago
ကြော်ငြာများထည့်သွင်းလိုပါက ဒီအကောင့်ကိုဆက်သွယ်ပေးပါ??
@sithuaung2006
Last updated 2 months, 3 weeks ago