Infinite Entertainment, Zero Cost: Get Your Free Books, Music, and Videos Today!

Hadith

Description
Advertising
We recommend to visit

𝙿𝚈𝚃𝙷𝙾𝙽 𝙲𝙾𝙳𝙴𝚂
𝚃𝙴𝙻𝙴𝙶𝚁𝙰𝙼 𝙱𝙾𝚃𝚂 𝙸𝙽 𝙿𝚈𝚃𝙷𝙾𝙽

𝙱𝚈: @DEV_BEN 𐂂︎

Last updated 1 month ago

Last updated 2 years, 1 month ago

𝐈𝐁𝐍 𝐁𝐄𝐍𝐆𝐇♪𝐙𝐈

𝐁𝐈𝐑𝐓𝐇𝐒 2••?
.
« آل͜ــ๋͜ـم͜ــ๋͜ـآل͜ــ๋͜ـڪ͜ــ๋͜ـه𖤍شَيـטּ 𝑆𝒉𝑒𝑛 ⋮🫀

Last updated 1 month, 3 weeks ago

2 years, 1 month ago

كتاب الجِهاد
ޖިހާދުގެ ފޮތް.

407 ــ عن عبد اللَّه بن أبي أوفَى رضي الله عنه، أَنَّ رَسُولَ اللَّهِ صلى الله عليه وسلم ــ فِي بَعْضِ أَيَّامِهِ الَّتِي لَقِيَ فِيهَا الْعَدُوَّ ــ انْتَظَرَ، حَتَّى إذَا مَالَتِ الشَّمْسُ قَامَ فِيهِمْ، فَقَالَ: (يا أَيُّهَا النَّاسُ، لا تَتَمَنَّوْا لِقَاءَ الْعَدُوِّ، وَاسْأَلُوا اللَّهَ الْعَافِيَةَ، فَإِذَا لَقِيتُمُوهُمْ فَاصْبِرُوا، وَاعْلَمُوا أَنَّ الْجَنَّةَ تَحْتَ ظِلالِ السُّيُوفِ»، ثُمَّ قَالَ النَّبِيُّ صلى الله عليه وسلم: (اللَّهُمَّ مُنْزِلَ الْكِتَابِ، وَمُجْرِيَ السَّحَابِ، وَهَازِمَ الأَحْزَابِ، اهْزِمْهُمْ، وَانْصُرْنَا عَلَيْهِمْ)

މާނައީ: "ޢަބްދުﷲ ބިން އަބީ އައުފާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم – ޢަދުއްވުންނާއި ބައްދަލު ކުރައްވާ ބައެއް ދުވަސްދުވަހު – އެކަލޭގެފާނު އިރު އޮބާލަންދެން އިންތިޒާރުކުރައްވައެވެ. އަދި އެޔަށްފަހު އެބައިމީހުންގެ މެދުގައި އެކަލޭގެފާނު ތެދުވެ ވަޑައިގެން ޙަދީޘްކުރެއްވިއެވެ. "އޭ އެންމެހާ މީސްތަކުންނޭވެ. ތިޔަބައިމީހުން ޢަދުއްވުންނާއި ބައްދަލުކުރުމަށް އުއްމީދުނުކުރާށެވެ. އަދި ﷲގެ ޙަޟްރަތުން ޢާފިޔަތު ދެއްވުމަށް އެދޭށެވެ. އަދި އެބައިމީހުންނާއި ބައްދަލުވެއްޖެނަމަ ތިޔަބައިމީހުން ކެތްތެރިވާށެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުން ދަންނާށެވެ. އަދި ސުވަރުގެ ވަނީގެ ކަނޑީގެ ހިޔަލުގެ ދަށުގައެވެ."

އެޔަށްފަހު ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ފޮތް ބާވާލެއްވި އަދި ވިލާ ހިންގަވާ، ބައިގަނޑުތައް ބަލިކުރައްވާ، އޭ ﷲއެވެ. އެބައިމީހުން ބަލިކުރައްވާށިއެވެ. އަދި އެބައިމީހުންގެ މައްޗަށް ތިމަންބޭކަލުންނަށް ނަޞްރުދެއްވާށިއެވެ."

(މަޞްދަރު: އަލްބުޚާރީ: 2933، 2965، 3024، 3025، 4115، 6392، 7489 އަދި މުސްލިމް 1742)
(މިޗެނަލްގެ 192 ވަނަ ޙަދީޘް)
Subscribe @sahhahadith

2 years, 1 month ago

ފަންސަވީސް ވަނަ ޙަދީޘް.

عَنْ جَابِرِ بْنِ سَمُرَةَ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ: ‏ "‏ لَنْ يَبْرَحَ هَذَا الدِّينُ قَائِمًا يُقَاتِلُ عَلَيْهِ عِصَابَةٌ مِنَ الْمُسْلِمِينَ حَتَّى تَقُومَ السَّاعَةُ" رواه مسلم.

މާނައީ: ޖާބިރު ބިން ސަމްރާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "މިދީން ޤާއިމުވެ ހުރުން ނުހުއްޓޭނެއެވެ. މުސްލިމުންގެ ތެރެއިން ބަޔަކު (އެދީން ހިމާޔަތްކުރުމުގެ) މައްޗަށް ޖިހާދުކުރުން މަތީގައި ޤިޔާމަތްޖެހެންދެން ދެމިތިބޭނެއެވެ."

(رواه مسلم (1922) في الصحيح)
(މިޗެނަލްގެ 601 ވަނަ ޙަދީޘް)
Subscribe @sahhahadith

2 years, 2 months ago

20- حَدَّثَنَا عَلِيُّ بْنُ الْجَعْدِ قَالَ: أَخْبَرَنَا شُعْبَةُ، عَنْ حَبِيبِ بْنِ أَبِي ثَابِتٍ قَالَ: سَمِعْتُ أَبَا الْعَبَّاسِ الْأَعْمَى، عَنْ عَبْدِ اللَّهِ بْنِ عَمْرٍو قَالَ: جَاءَ رَجُلٌ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ يُرِيدُ الْجِهَادَ، فَقَالَ: «أَحَيٌّ وَالِدَاكَ؟» فَقَالَ: نَعَمْ، فَقَالَ: «فَفِيهِمَا فَجَاهِدْ».
މާނައީ: ޢަބްދުﷲ ބިން ޢަމްރު (ރަޟިޔﷲ ޢަންހުމާ)ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: މީހަކު ރަސޫލުﷲ صلى الله عليه وسلم ގެ އަރިހަށް ޖިހާދަށް ދިޔުމަށް ބޭނުންވެގެން އައެވެ. ޙަދީޘްކުރެއްވިއެވެ. "ތިބާގެމައިންބަފައިން ދިރި އެބަތިބި ހެއްޔެވެ؟" ދެންނެވިއެވެ. އާނއެކެވެ. ޙަދިޘްކުރެއްވިއެވެ: "އެދެމީހުންނާ މެދު ޖިހާދުކުރާށެވެ.(އެބަހީ ހެޔޮކޮށް ހިތައި އަޅާލާށެވެ.)"

(ޝެއިޚު ޢަލްބާނީ: ޞައްޙަ ޙަދީޘެކެވެ)
(މިޗެނަލްގެ 682 ވަނަ ޙަދީޘް)
Subscribe @sahhahadith

2 years, 2 months ago

19- حَدَّثَنَا مُحَمَّدُ بْنُ كَثِيرٍ قَالَ: حَدَّثَنَا سُفْيَانُ، عَنْ عَطَاءِ بْنِ السَّائِبِ، عَنْ أَبِيهِ، عَنْ عَبْدِ اللَّهِ بْنِ عَمْرٍو قَالَ: جَاءَ رَجُلٌ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: جِئْتُ أُبَايِعُكَ عَلَى الْهِجْرَةِ، وَتَرَكْتُ أَبَوَيَّ يَبْكِيَانِ؟ قَالَ: «ارْجِعْ إِلَيْهِمَا فَأَضْحِكْهُمَا كَمَا أَبْكَيْتَهُمَا».
މާނައީ: ޢަބްދުﷲ ބިން ޢަމްރު (ރަޟިޔަﷲ ޢަންހު)ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މީހަކު ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ހިޖުރަކުރުމުގެ މައްޗަށް ބައިއަތު ހިއްޕެވުމަށް އައެވެ. އަދި (އައީ) އޭނާގެ މައިންބަފައިން ރޮނިކޮށް އެދެމީހުން ދޫކޮށްލައިފައެވެ. ޙަދީޘްކުރެއްވިއެވެ: "އެދެމީހުންގެ ކައިރިއަށް އެނބުރިދާށެވެ. އަދި އެދެމީހުން ރޮއްވި ފަދައިން އެދެމީހުން ހެއްވާ(އުފާކޮށް)ދޭށެވެ."

(ޝެއިޚު އަލްބާނީ: ޞަޙީޙް ޙަދީޘެކެވެ)
(މިޗެނަލްގެ 681 ވަނަ ޙަދީޘް)
Subscribe @sahhahadith

2 years, 2 months ago

بَابُ يَبَرُّ وَالِدَيْهِ مَا لَمْ يَكُنْ مَعْصِيَةً.
އެމީހެއްގެ މައިންބަފައިންނަށް ހެޔޮކޮށް ހިތައި ފާފައަކަށް ނުވާ ކަންތައްތަކުގައި ކިޔަމަންގަތުމުގެ ބާބު.

18- حَدَّثَنَا مُحَمَّدُ بْنُ عَبْدِ الْعَزِيزِ قَالَ: حَدَّثَنَا عَبْدُ الْمَلِكِ بْنُ الْخَطَّابِ بْنِ عُبَيْدِ اللَّهِ بْنِ أَبِي بَكْرَةَ الْبَصْرِيُّ - لَقِيتُهُ بِالرَّمْلَةِ - قَالَ: حَدَّثَنِي رَاشِدٌ أَبُو مُحَمَّدٍ، عَنْ شَهْرِ بْنِ حَوْشَبٍ، عَنْ أُمِّ الدَّرْدَاءِ، عَنْ أَبِي الدَّرْدَاءِ قَالَ: أَوْصَانِي رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بِتِسْعٍ: لَا تُشْرِكْ بِاللَّهِ شَيْئًا؛ وَإِنْ قُطِّعْتَ أَوْ حُرِّقْتَ، وَلَا تَتْرُكَنَّ الصَّلَاةَ الْمَكْتُوبَةَ مُتَعَمِّدًا، وَمَنْ تَرَكَهَا مُتَعَمِّدًا بَرِئَتْ مِنْهُ الذِّمَّةُ، وَلَا تَشْرَبَنَّ الْخَمْرَ، فَإِنَّهَا مِفْتَاحُ كُلِّ شَرٍّ، وَأَطِعْ وَالِدَيْكَ، وَإِنْ أَمَرَاكَ أَنْ تَخْرُجَ مِنْ دُنْيَاكَ فَاخْرُجْ لَهُمَا، وَلَا تُنَازِعَنَّ وُلَاةَ الْأَمْرِ وَإِنْ رَأَيْتَ أَنَّكَ أَنْتَ، وَلَا تَفْرُرْ مِنَ الزَّحْفِ، وَإِنْ هَلَكْتَ وَفَرَّ أَصْحَابُكَ، وَأَنْفِقْ مِنْ طَوْلِكَ عَلَى أَهْلِكَ، وَلَا تَرْفَعْ عَصَاكَ عَنْ أَهْلِكَ، وَأَخِفْهُمْ فِي اللَّهِ عَزَّ وَجَلَّ "
މާނައީ: އަބުއްދަރްދާ (ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ. ނުވަކަމަކަށް ތިމަންކަލޭގެފާނަށް ނަބިއްޔާ صلى الله عليه وسلم ވަޞިއްޔަތްކުރެއްވިއެވެ: "(އެއީ)ﷲއަށް ޝަރީކުނުކުރާށެވެ. އެއީ ތިބާ ކޮށާލިޔަސް އަދި އަންދާލެވުނު ކަމުގައިވިޔަސް މެއެވެ. އަދި ޤަޞްދުގައި ފަރުޟު ނަމާދެއް ނާޅާށެވެ. އަދި ޤަޞްދުގައި ނަމާދު އަޅައިފިމީހެއްގެ ކިބައިން ޒިންމާ(އިސްލާމްކަން) ބަރީޢަވެގެންވެއެވެ. އަދި ރާ ނުބޯށެވެ. އެއީ ހުރިހާ ނުބައިކަމެއްގެ ތަޅުދަނޑިއެވެ. އަދި މައިންބަފައިން ކިޔަމަންތެރިކަން އަދާކުރާށެވެ. ދުނިޔެއިން ތިބާ ނުކުންނަށް އެދެމީހުން އަމުރުކުރިޔަސް އެދެމީހުންނަށްޓަކައި ދުނިޔެއިން ނުކުންނާށެވެ. އަދި ވެރިންނަށް ދެކޮޅު ނަހަދާށެވެ. އެއީ ތިބާ ރަނގަޅު ކަމަށް ދެކުނުކަމުގައި ވިޔަސްމެއެވެ. އަދި ހަނގުރާމައިގައި ކުރިމަތިލާހިނދު (ޖިހާދުގެ މައިދާނުގައި) ފުރަގަސްދީ ނުފިލާށެވެ. އެއީ ތިބާހަލާކުވެ އަދި ތިބާގެ އެކުވެރިން ފިލިކަމުގައިވިޔަސް މެއެވެ. އަދި ތިބާއަށް ލިބޭ އެއްޗަކުން ތބާގެ އަންހެނުންނަށް ޙަރަދުކުރާށެވެ. އަދި އަންހެނުންނަށް އަނިޔާނުކުރާށެވެ. އަދި ﷲ ޢައްޒަ ވަޖައްލައަށް ބިރުވެތިވާ ބައެއްކަމުގައި އެމީހުން ހަދާށެވެ."

(ޝެއިޚު ޢަލްބާނީ: ޙަސަން ޙަދީޘެކެވެ)
(މިޗެނަލްގެ 680 ވަނަ ޙަދީޘް)
Subscribe @sahhahadith

2 years, 2 months ago

بَابُ لَعَنَ اللَّهُ مَنْ لَعَنَ وَالِدَيْهِ
އެމީހެއްގެ މައިންބަފައިންނަށް ލަޢުނަތްދިން މީހާގެ މައްޗަށް ﷲ ލަޢުނަތް ލައްވާނެކަމުގެ ބާބު.

17 - حَدَّثَنَا عَمْرُو بْنُ مَرْزُوقٍ قَالَ: أَخْبَرَنَا شُعْبَةُ، عَنِ الْقَاسِمِ بْنِ أَبِي بَزَّةَ، عَنْ أَبِي الطُّفَيْلِ قَالَ: سُئِلَ عَلِيٌّ: هَلْ خَصَّكُمُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِشَيْءٍ لَمْ يَخُصَّ بِهِ النَّاسَ كَافَّةً؟ قَالَ: مَا خَصَّنَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بِشَيْءٍ لَمْ يَخُصَّ بِهِ النَّاسَ، إِلَّا مَا فِي قِرَابِ سَيْفِي، ثُمَّ أَخْرَجَ صَحِيفَةً، فَإِذَا فِيهَا مَكْتُوبٌ: «لَعَنَ اللَّهُ مَنْ ذَبَحَ لِغَيْرِ اللَّهِ، لَعَنَ اللَّهُ مَنْ سَرَقَ مَنَارَ الْأَرْضِ، لَعَنَ اللَّهُ مَنْ لَعَنَ وَالِدَيْهِ، لَعَنَ اللَّهُ مَنْ آوَى مُحْدِثًا».
މާނައީ: އަބޫ ތުފައިލުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ޢަލީ (ރަޟިޔަﷲ ޢަންހު)ގެ ކިބައިން ސުވާލުކުރެވުނެވެ. އެންމެހާ މީސްތަކުންނަށް ޚާއްޞަނުކުރައްވާ ކަމެއް ކަލޭގެފާނަށް ނަބިއްޔާ صلى الله عليه وسلم ޚާއްޞަކުރެއްވި ހެއްޔެވެ؟ ޢަލީ (ރަޟިޔަﷲ ޢަންހު) ދެންނެވިއެވެ: މީސްތަކުންނަށް ޚާއްޞަ ނުކުރައްވާކަމެއް ތިމަންމެންނަކަށް ރަސޫލުﷲ صلى الله عليه وسلم ޚާއްޞަނުކުރައްވައެވެ. ތިމަންކަލޭގެފާނުގެ ކަނޑީގެ އުރައިގެ ތެރޭގައި މިވާއެއްޗެއް މެނުވީއެވެ. އެޔަށްފަހު އެކަލޭގެފާނު ފަތްފުށެއް ނެރުއްވިއެވެ. އޭގައި ލިޔުއްވިގެންވެއެވެ: "ﷲ ނޫން ފަރާތަކަށް ކަތިލާމީހާކަށް ﷲ ލަޢުނަތްލެއްވިއެވެ. އަދި ބިންމަތީގައި ފާހަގައަށް ޖަހާފައި ހުންނަ އެއްޗެހި ވަގަށް ނަގާމީހާއަށް ﷲ ލަޢުނަތްލެއްވިއެވެ. އަދި އެމީހެއްގެ މައިންބަފައިންނަށް ލަޢުނަތްދޭ މީހާއަށް ﷲ ލަޢުނަތް ލެއްވިއެވެ. އަދި ބިދުޢަވެރިޔަކަށް (ރައްކާތެރިކަންދީ) ބޯހިޔާވަހިކަންދޭ މީހަކަށް ﷲ ލަޢުނަތް ލެއްވިއެވެ."

(ޝެއިޚު ޢަލްބާނީ: ޞައްޙަ ޙަދީޘެކެވެ)
(މިޗެނަލްގެ 679 ވަނަ ޙަދީޘް)
Subscribe @sahhahadith

2 years, 2 months ago

16- حَدَّثَنَا مُحَمَّدُ بْنُ سَلَّامٍ قَالَ: أَخْبَرَنَا جَرِيرٌ، عَنْ عَبْدِ الْمَلِكِ بْنِ عُمَيْرٍ، عَنْ وَرَّادٍ، كَاتِبِ الْمُغِيرَةِ بْنِ شُعْبَةَ، قَالَ: كَتَبَ مُعَاوِيَةُ إِلَى الْمُغِيرَةِ: اكْتُبْ إِلَيَّ بِمَا سَمِعْتَ مِنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ. قَالَ وَرَّادٌ: فَأَمْلَى عَلَيَّ وَكَتَبْتُ بِيَدَيَّ: إِنِّي سَمِعْتُهُ يَنْهَى عَنْ كَثْرَةِ السُّؤَالِ، وَإِضَاعَةِ الْمَالِ، وَعَنْ قِيلَ وَقَالَ.
މާނައީ: މުޣީރާ ބިން ޝުޢުބާގެ ކާތިބު ވައްރާދު ރިވާކުރެއްވިއެވެ. މުޣީރާ(ރަޟިޔަﷲ ޢަންހު)ގެ އަރިހަށް މުޢާވިޔާ (ރަޟިޔަﷲ ޢަންހު) ލިޔުއްވިއެވެ: "ތިބާއަށް ރަސޫލުﷲ صلى الله عليه وسلم ގެ ކިބައިން އިވުނު ކަންތައްތައް ތިމަންކަލޭގެފާނަށް ލިޔުއްވާށެވެ." ވައްރާދު ދެންނެވިއެވެ: "(މުޣީރާ) ތިމަންކަލޭގެފާނަށް އިމްލާކޮށްދެއްވުމުން ތިމަންކަލޭގެފާނުއަތުން ލިޔުއްވީމެވެ: ހަމަކަށަވަރުން ތިމަންނާ އަޑުއެހީމެވެ. އެކަލޭގެފާނު ގިނަގިނައިން ސުވާލުކުރުމާއި އަދި މުދާ ނަގައިލުމާއި(އިސްރާފުކުރުމާއި) އަދި ބުނިބުނި (ފެތުރުން) މަނާކުރެއްވިއެވެ."

(ޝެއިޚު އަލްބާނީ: ޞައްޙަ ޙަދީޘެކެވެ)
(މިޗެނަލްގެ 678 ވަނަ ޙަދީޘް)
Subscribe @sahhahadith

2 years, 3 months ago

بَابُ عُقُوقِ الْوَالِدَيْنِ
މައިންބަފައިންނަށް ނުބައިކޮށް ހިތުމުގެ ބާބު.

15- حَدَّثَنَا مُسَدَّدٌ قَالَ: حَدَّثَنَا بِشْرُ بْنُ الْفَضْلِ قَالَ: حَدَّثَنَا الْجُرَيْرِيُّ، عَنْ عَبْدِ الرَّحْمَنِ بْنِ أَبِي بَكْرَةَ، عَنْ أَبِيهِ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَلَا أُنَبِّئُكُمْ بِأَكْبَرِ الْكَبَائِرِ؟» ثَلَاثًا، قَالُوا: بَلَى يَا رَسُولَ اللَّهِ، قَالَ: «الْإِشْرَاكُ بِاللَّهِ، وَعُقُوقُ الْوَالِدَيْنِ - وَجَلَسَ وَكَانَ مُتَّكِئًا - أَلَا وَقَوْلُ الزُّورِ» ، مَا زَالَ يُكَرِّرُهَا حَتَّى قُلْتُ: لَيْتَهُ سَكَتَ.

މާނައީ: އަބޫ ބަކްރާ(ރަޟިޔަﷲ ޢަންހު)ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުންނަށް އެންމެ ބޮޑެތި ފާފަތައް ޚަބަރު ދެއްވަން ހެއްޔެވެ؟" ތިންފަހަރު ޙަދިޘްކުރެއްވިއެވެ. ދެން ޞަޙާބީ ބޭކަލުން ދެންނެވިއެވެ. އާދޭހެވެ. އޭ ރަސޫލުﷲއެވެ. އެކަލޭގެފާނު ޙަދިޘްކުރެއްވިއެވެ: "ﷲއަށް ޝިރުކުކުރުމެވެ. އަދި މައިންބަފައިންނަށް ނުބައިކޮށް ހިތުމެވެ. – އަދި އެކަލޭގެފާނު ލެނިގެން އިށީނދެވަޑައިގަތެވެ- އަދި ދޮގު ހެކި ދިނުން ނޫން ކޮންކަމެއް ހެއްޔެވެ؟" އަދި އެކަލޭގެފާނު ތަކުރާރު ކުރައްވަމުންދިޔައެވެ. އެއީ އެކަލޭގެފާނު ހުއްޓާނެ ނަމައޭ ބުނާ މިންވަރަށެވެ.

(ޝެއިޚު ޢަލްބާނީ: ޞައްޙަ ޙަދިޘެކެވެ)
(މިޗެނަލްގެ 677 ވަނަ ޙަދީޘް)
Subscribe @sahhahadith

2 years, 3 months ago

14- وَحَدَّثَنَا عَبْدُ الرَّحْمَنِ بْنُ شَيْبَةَ قَالَ: أَخْبَرَنِي ابْنُ أَبِي الْفُدَيْكِ قَالَ: حَدَّثَنِي مُوسَى، عَنْ أَبِي حَازِمٍ، أَنَّ أَبَا مُرَّةَ، مَوْلَى أُمِّ هَانِئِ ابْنَةِ أَبِي طَالِبٍ أَخْبَرَهُ، أَنَّهُ رَكِبَ مَعَ أَبِي هُرَيْرَةَ إِلَى أَرْضِهِ بِالْعَقِيقِ فَإِذَا دَخَلَ أَرْضَهُ صَاحَ بِأَعْلَى صَوْتِهِ: عَلَيْكِ السَّلَامُ وَرَحْمَةُ اللَّهِ وَبَرَكَاتُهُ يَا أُمَّتَاهُ، تَقُولُ: وَعَلَيْكَ السَّلَامُ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، يَقُولُ: رَحِمَكِ اللَّهُ رَبَّيْتِنِي صَغِيرًا، فَتَقُولُ: يَا بُنَيَّ، وَأَنْتَ فَجَزَاكَ اللَّهُ خَيْرًا وَرَضِيَ عَنْكَ كَمَا بَرَرْتَنِي كَبِيرًا قَالَ مُوسَى: كَانَ اسْمُ أَبِي هُرَيْرَةَ: عَبْدَ اللَّهِ بْنَ عَمْرٍو.

މާނައީ: އަބޫ މުއްރާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހުއާއި) އެކު އެކަލޭގެފާނުގެ (ގެކޮޅުހުންނަ) ބިންކަމަށްވާ ޢަޤީޤަށް އެކަލޭގެފާނާއި އެކު ސަވާރުވެގެން ވަޑައިގަތެވެ. އެކަލޭގެފާނުގެ ބިމަށް ވަދެވަޑައިގަތުމަށްފަހު ހަރުއަޑު ގޮވާލިއެވެ. ޢަލައިކައްސަލާމް ވަރަޙުމަތުﷲ ވަ ބަރަކާތުހްއެވެ. އޭ ލޯބިވާ މަންމާއެވެ. އަދި އެކަމަނާ ދެންނެވިއެވެ. ވަޢަލައިކައްސަލާމް ވަރަޙުމަތުﷲ ވަ ބަރަކާތުހްއެވެ. އެކަލޭގެފާނު ދެންނެވިއެވެ: ތިމަންކަލޭގެފާނު ކުޑަކުއްޖެއްގެ ގޮތުގައިވަނިކޮށް ބަލާބޮޑުކޮށް ތަރުބިއްޔަތު ކުރިކަމަށްޓަކައި މަންމައަށް ހެޔޮ ރަޙުމަތް ލައްވާށިއެވެ. އަދި އެކަމަނާ ދެންނެވިއެވެ: އޭ ލޯބިވާ ދަރިފުޅާއެވެ. އަދި ތިބާއަށް ﷲ ހެޔޮޖަޒާ ދެއްވާށިއެވެ. އަދި ތިބާގެ މައްޗަށް ﷲ ރުއްސުން ލައްވާށިއެވެ. އެއީ ތިމަންކަމަނާ މުސްކުޅިވުމުން ހެޔޮކޮށް ހިތިފަދައިންނެވެ.
އަދި މޫސާ ދެންނެވިއެވެ: އަބޫ ހުރައިރާގެ ނަންފުޅަކީ ޢަބްދުﷲ ބިން ޢަމްރުއެވެ.

(ޝެއިޚު ޢަލްބާނީ: ޙަސަން ޙަދީޘެކެވެ)
(މިޗެނަލްގެ 676ވަނަ ޙަދީޘް)
Subscribe @sahhahadith

2 years, 3 months ago

13 - وَحَدَّثَنَا أَبُو نُعَيْمٍ قَالَ: حَدَّثَنَا سُفْيَانُ، عَنْ عَطَاءِ بْنِ السَّائِبِ، عَنْ أَبِيهِ، عَنْ عَبْدِ اللَّهِ بْنِ عَمْرٍو قَالَ: جَاءَ رَجُلٌ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ يُبَايِعُهُ عَلَى الْهِجْرَةِ، وَتَرَكَ أَبَوَيْهِ يَبْكِيَانِ، فَقَالَ: «ارْجِعْ إِلَيْهِمَا، وَأَضْحِكْهُمَا كَمَا أَبْكَيْتَهُمَا».
މާނައީ: ޢަބްދުﷲ ބިން ޢަމްރު(ރަޟިޔަﷲ ޢަންހު)ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މީހަކު ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ހިޖުރަކުރުމުގެ މައްޗަށް ބައިއަތު ހިއްޕެވުމަށް އައެވެ. އަދި (އައީ) އޭނާގެ މައިންބަފައިން ރޮނިކޮށް އެދެމީހުން ދޫކޮށްލައިފައެވެ. ޙަދީޘްކުރެއްވިއެވެ: "އެދެމީހުންގެ ކައިރިއަށް އެނބުރިދާށެވެ. އަދި އެދެމީހުން ރޮއްވި ފަދައިން އެދެމީހުން ހެއްވާ(އުފާކޮށް)ދޭށެވެ."

(ޝެއިޚު އަލްބާނީ: ޞަޙީޙް ޙަދީޘެކެވެ)
(މިޗެނަލްގެ 675 ވަނަ ޙަދީޘް)
Subscribe @sahhahadith

We recommend to visit

𝙿𝚈𝚃𝙷𝙾𝙽 𝙲𝙾𝙳𝙴𝚂
𝚃𝙴𝙻𝙴𝙶𝚁𝙰𝙼 𝙱𝙾𝚃𝚂 𝙸𝙽 𝙿𝚈𝚃𝙷𝙾𝙽

𝙱𝚈: @DEV_BEN 𐂂︎

Last updated 1 month ago

Last updated 2 years, 1 month ago

𝐈𝐁𝐍 𝐁𝐄𝐍𝐆𝐇♪𝐙𝐈

𝐁𝐈𝐑𝐓𝐇𝐒 2••?
.
« آل͜ــ๋͜ـم͜ــ๋͜ـآل͜ــ๋͜ـڪ͜ــ๋͜ـه𖤍شَيـטּ 𝑆𝒉𝑒𝑛 ⋮🫀

Last updated 1 month, 3 weeks ago