Infinite Entertainment, Zero Cost: Get Your Free Books, Music, and Videos Today!

Galandhaanu Roadha

Description
Roadha aai behey liyunthah
Advertising
We recommend to visit

𝙿𝚈𝚃𝙷𝙾𝙽 𝙲𝙾𝙳𝙴𝚂
𝚃𝙴𝙻𝙴𝙶𝚁𝙰𝙼 𝙱𝙾𝚃𝚂 𝙸𝙽 𝙿𝚈𝚃𝙷𝙾𝙽

𝙱𝚈: @DEV_BEN 𐂂︎

Last updated 1 month, 3 weeks ago

Last updated 2 years, 1 month ago

𝐈𝐁𝐍 𝐁𝐄𝐍𝐆𝐇♪𝐙𝐈

𝐁𝐈𝐑𝐓𝐇𝐒 2••?
.
« آل͜ــ๋͜ـم͜ــ๋͜ـآل͜ــ๋͜ـڪ͜ــ๋͜ـه𖤍شَيـטּ 𝑆𝒉𝑒𝑛 ⋮🫀

Last updated 2 months, 1 week ago

1 month, 4 weeks ago

ހިއްވަރުކޮށްލާ...

އަބޫ ހުރައިރާ رضى الله عنه އަރިހުން، ދެޝެއިޚުން ރިވާކުރެއްވިއެވެ:

”ނަބިއްޔު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ:

«مَنْ قَامَ لَيْلَةَ الْقَدْرِ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ»

”އީމާންކަމާއި އެކު، ދަރުމައާއި ޘަވާބަށް އެދި، ލައިލަތުލް ޤަދްރި ވިލޭރޭ ރޭއަޅުކަން އަދާކޮށްފި ކޮންމެ މީހަކަށް، އެމީހެއްގެ އިސްވެދިޔަ އެންމެހައި ފާފަތަކެއް ފުއްސެވިއްޖެއެވެ.“

(އަލްބުޚާރީ އަދި މުސްލިމް)

~ ގަލަންދާނު

1 month, 4 weeks ago

🌘 ❞ އެހެންކަމުން އަހަރެންގެ އަޚާއެވެ. މިރެޔާއިމެދު ހުށިޔާރުވާށެވެ. އަދި ﷲ އަށްޓަކައި ނިޔަތް ޚާލިޞް ކުރާށެވެ. އަދި ﷲ އަށް ތިބާގެ ނަފްސުގައިވާ އެންމެ ހެޔޮކަން ދައްކާށެވެ. ފަހެ ބަލިކަށިވެއްޖެ ނޫނީ ކުޅަދާނަނުވެއްޖެ މީހާ ދަންނައެ، ބައެއް ސަލަފުން ⁽¹⁾ ވިދާޅުވެތެވެ: ”ޢިޝާ ނަމާދާއި ފަތިސް ނަމާދު ޖަމާޢަތުގައި ކޮށްފި މީހާ، ފަހެ އޭނާއަށްވާ ލައިލަތުލް ޤަދުރީގެ މިންވަރު ހޯދައިގަނެފިއެވެ.“

— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން

~ ގަލަންދާނު

------------
[1] އިތުރު މައުލޫމާތު، އިސްލާމް ސުވާލާއިޖަވާބު 366135

2 months ago

📚

ސުވާލު: ރަމަޟާން މަހުގެ ފަހު ދިހައިގާ ޞަދަގާތް ދިނުންތޯ ނޫނީ އެދުވަސްތަކުގެ ރޭތައް ނަމާދާއި ޛިކުރުގައި ހޭދަކުރުންތޯ މޮޅުއިތުރުވެގެންވަނީ؟

ޖަވާބު:

އެންމެހާ ޙަމްދެއް ވަނީ الله އެށެވެ.

ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަރިހުން ރަމަޟާން މަހުގެ ފަހުދިހަ އިހްޔާ ކުރުމުގެ މައްޗަށް ރިވާވެފައިވަނީ އޭގައި ނަމާދުކޮށް ޛިކުރު ކުރުމުގެ މައްޗަށެވެ.

ރޯދަމަހު ޞަދަޤާތް ކުރުން އެހެން މަސްތަކަށްވުރެ ހެޔޮވެގެންވެއެވެ. އެހެނަސް ފަހުދިހައިގާ "ޞަދަޤާތް ދިނުން" ވަކިން ޚާއްޞަކޮށް މޮޅުއިތުރުކަމަށް އަހަރެމެންނަށް އެއްވެސް އެއްޗެއް ސުންނަތުން އެނގޭކަށްނެތެވެ.

އެހެނަސް އިލްމުވެރިން ހެޔޮޢަމަލުތައް މާތް ވަޤުތު ތަކުގައި ކުރުން ހެޔޮވެގެންވާކަމަށް ވިދާޅުވެއެވެ. އަދި އެއްވެސް ޝައްކެތްނެތް ގޮތުގައި ރަމަޟާން މަހުގެ ފަހުދިހަޔަކީ އެހެން އެންމެހާ ރޭތަކަށްވުރެ މޮޅުއިތުރު ރޭތަކެކެވެ. އެހެނީ ލައިލަތުލް ޤަދުރި ވަނީ އެރޭތަކުގެ ތެރެއިން ރެއެއްގައިކަމެވެ. އެއީ އެއްހާސް މައްސަރަށްވުރެ މޮޅުއިތުރު ރެއެކެވެ.

ކޮންމެއަކަސް، މުސްލިމުންގެ މައްޗަށް ޝަރުޢުވެގެންވަނީ މުޅި ރޯދަމަހުގެ ތެރޭގައި ގިނަގިނަކޮށް ޞަދަޤާތް ދިނުމަށެވެ. "ނަބީ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވީ މީސްތަކުންގެ ތެރެއިން އެންމެ ދީލަތިވަންތަ ބޭފުޅާއަށެވެ. އަދި އެކަލޭގެފާނު އެންމެ ދީލަތިވެލެއްވީ ރަމަޟާން މަހުގައެވެ." މިއީ އަލް ބުޚާރީ 6 އަދި މުސްލިމް 2308 ގައި (އިބްނު ޢައްބާސް ގެ އަރިހުން) ރިވާވެފައިވާ ފަދައިންނެވެ.

އަދި الله މޮޅަށް ދެނެވޮޑިގެން ވެއެވެ.(1)

ނޯޓް:

الله އަށް ކުއްތަންވެވޭ ހެޔޮ ޢަމަލުތައް ގިނަކުރުން ރަމަޟާން މަހުގައިވެއެވެ. އަދި އޭގެ ފަހުދިހައިގެ ރޭތައް އެހެން އެންމެހާ ރެއަކަށްވުރެ މޮޅުއިތުރެވެ. ޞަދަޤާތާއި އެނޫން ޢަމަލުތަކުގައެވެ. އަދިއެހެނަސް ޞަދަޤާތަކީ ފަހު ދިހައިގައި ދިނުން ވަކި ޚާއްޞަ އަދި މޮޅުއިތުރު އެއްޗެއްކަމަށް ނޫނީ ވަކި މިވެނި އަދަދެއް ދިނުން މޮޅުއިތުރުކަމަށް ކަނޑައެޅުމަކީ ސުންނަތާއި ޚިލާފުކަމެކެވެ. މިހެން ކަނޑަ ނާޅައި އެފަދަ އެންމެހާ ހެޔޮޢަމަލެއް، ޞަދަޤާތް ދެވޭނެމީހާ ޞަދަޤާތް ދީ ހެދުމަކީ ކުއްތަންވުމުގެ ޢަމަލުތަކުގެ ތެރެއިން ހިމެނޭ ހެޔޮކަންކަމެވެ.

އަދި ނަބިއްޔާ ﷺ ލައިލަތުލް ޤަދުރި ވިލާރެޔަށް ބާރުއަޅުއްވާފައިވަނީ ރޭއަޅުކަމަށެވެ. ޙަދީޘް ކުރެއްވިއެވެ: { مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ } "އީމާންވެހުރެ، (ﷲގެ ޙަޟްރަތުން) ޘަވާބާއި ދަރުމައަށް އެދޭ ހާލު ލައިލަތުލް ޤަދުރި ވިލޭރޭ ޤިޔާމް (ރޭއަޅުކަން) ކޮށްފިމީހާ (ދަންނާށެވެ.) އޭނާގެ އިސްވެ ގޮސްފައިވާ ފާފަތައް ފޮހެވިގެންދާނެއެވެ."

އަދި މީގެ ތެރޭގައި ޤުރުއާން ތިލާވަތް ކުރުމާއި ދުޢާ އާއި ނަމާދު އެކުލެވެއެވެ. އެހެންކަމުން އެރޭގައި ޤިޔާމަށް ވުރެ މޮޅު އިތުރު އެހެން އެއްވެސް ޢަމަލެއް ނުވެއެވެ.

📌ފައިދާއެއް

ޢައިޝާ އަރިހުން އަލްބުޚާރީ އަދި މުސްލިމް ރިވާކުރެއްވިއެވެ: "ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ރަމަޟާން މަހުގެ ފަހު ދިހައިގާ (މިސްކިތު) އިއުތިކާފުގައި ހުންނެވިއެވެ. އެއީ ﷲ عَزَّ وَجَلَّ އެކަލޭގެފާނު މަރުގެންމެވުމާއިހަމައަށެވެ. އެކަލޭގެފާނުގެ އަނބިއަނބިކަބަލުން އެކަލޭގެފާނަށްފަހު އެފަދައިން އިއުތިކާފު ކުރެއްވުމުގައި ދެމިތިއްބެވިއެވެ."

އިމާމް އައްޝަފިޢީ ވިދާޅުވިއެވެ: "ނަބިއްޔާގެ މިސާލަށް ތަބައުވެ ރޯދަމަހުގެ ފަހުދިހައަށް އިއުތިކާފުވުމަށް އެދިއްޖެ ކޮންމެ މީހެއް، އެކާވީސްވަނަ ދުވަހުގެ ރޭ އިރުއޮއްސުމުގެ ކުރިން މިސްކިތަށް ވަންނަހުއްޓެވެ."

_____
(1)
އިސްލާމް ސުވާލާއި ޖަވާބު Islamqa ފަތުވާ ނަންބަރ. 37720

~ ގަލަންދާނު

2 months, 2 weeks ago
~ ގަލަންދާނު

~ ގަލަންދާނު

2 months, 3 weeks ago

#حديث_ضعيف

ރަމަޟާން މަހުގެ ފުރަތަމަ ބައިގައި ވަނީ ރަޙުމަތޭ މެދުގައިވަނީ ފާފަފުއްސެވުމޭ އަދި ފަހުބައިގައިވަނީ ނަރަކައިން މިންޖުކުރެއްވުމޭ — ނަންގަނެވުނު ޙަދީޘް ގެ ދަރަޖަ އަކީ ކޮބައިހެއްޔެވެ؟

އިބްނު ޖުދްޢާން އަރިހުން ސަޢީދު ބުނު މުޞައްޔަބު އަރިހުން ސަލްމާން އަލްފާރިސީ އަރިހުން ރިވާވެފައިވާ ޙަދީޘް (ރަޟާން މަހު) އޭގެ ފުރަތަމަ ބައިގައިވަނީ ރަޙުމަތޭ، މެދުގައިވަނީ ފާފުއްސެވުމޭ ފަހުބައިގައިވަނީ ނަރަކައިން މިންޖުކުރެއްވުމޭ، އަދި މިއީ ދިގު ޙަދީޘެކެވެ. އަދި މީގައި މިބަޔާންވެވުނު ކަންކަން ހިމެނެއެވެ. މި ޙަދީޘް ޞައްޙައެއް ނޫނެވެ. އަދި މިނޫން މަގަކުންވެސް މިރިވާޔަތް އައިސްފައިވެއެވެ. އެޔެއްވެސް ޞައްޙައެއް ނޫނެވެ. އަދި އަހަރެން ޛިކިރުކުރި މަގު: އިބްނު ޖުދުޢާން — ޢަލީ ބިން ޒައިދު ބުނު ޖުދްޢާން، ސަޢީދު ބުނު މުޞައްޔިބު އަރިހުން، ސަލްމާން އަރިހުން — މިއީ (މިދެ ސަނަދުންކުރެ) ވަރުގަދަ ސަނަދެވެ. އަދި އިބްނު ޖުދުޢާން ގެ ފަރާތުން އޭނާ އެކަނި ގެނެސްފައިވާ ރިވާޔަތް ބަލައިގަތުމެއް ނުވެއެވެ. އަދި (މީގެ އިތުރުން) ސަޢީދު ބުނު މުޞައްޔިބު ސަލްމާން އަރިހުން (ބައްދަލުވެ) އަޑުއެއްސެވިކަން ޘާބިތެއްނޫނެވެ. އަދި މިނަފީ ވަރުގަދަވާ އެއްޗެއް އައިސްފައިވެއެވެ. އެއީ ސަލްމާން ދިރި އުޅުއްވީ ޢިރާޤުގައި ކަމެވެ. އަދި އަވަހާރަވީވެސް އެތާގައެވެ. އަދި ސަޢީދު ދިރުއުޅުއްވީ މަދީނާގައެވެ. މިހެންކަމުން މިރިވާޔަތް ޞައްޙައެއް ނޫނެވެ. މިސަބަށްޓަކައި އަބޫ ޙާތިމް މިއީ މުންކަރު ރިވާޔަތެއް ކަމަށް ވިދާޅުވިއެވެ. އަދި އިބްނު ޚުޒައިމާ ރިވާ ކުރެއްވި އިރު މީގެ ޞައްޙަކަމާއިމެދު ޝައްކުކުރެއްވިއެވެ."

—އައްޝެއިޚް އަލްމުޙައްދިޘް ޢަބްދުﷲ އައްސަޢްދު(މަސްދަރު)

~ ގަލަންދާނު

2 months, 3 weeks ago
2 months, 3 weeks ago

ހަތަރުވަނަ ރައުޔު

އެއީ އެމީހެއް އެހުރި ތަނަކަށް އެޚަބަރާއިގެން އަތުވެއްޖެނަމަ، އެ ޘާބިޠު ޚަބަރުގެނައި ގައުމަށް އެޚަބަރު ފޯރި ތަނެއްގެ އެންމެން ތަބައުވުން ވާޖިބުކަމެވެ. މި ރައުޔު ފުރަތަމަ ރައުޔުއާއި އެއްގޮތެވެ. އަދި ޙަޤީޤަތުގައި މިއީ އޭގެ ބަޔެކެވެ. އެހެނަސް ޢިލްމުވެރިން މިއީ ވަކި މިނިވަން ރައުޔެއް ގޮތުގައި ގެންނަވައެވެ.

ޚުލާޞާ:

(އަޙްމަދު މޫސާ ޖިބްރީލް) ވިދާޅުވިއެވެ: "މިފަދަ އިޚްތިލާފުތަކަކީ ހަމަ އެކަނި (ބައިބައި ވުން ނުވާ) ދެބަސްވުންތަކެވެ. ދެކޮޅަށްވެސް ބަރެވެ. ފުރަތަމަ ދެ ރައުޔު އިދިކޮޅަށް ވާއިރު އޭގެ ކޮންމެ އެއްޗެއް ފަހަތުގައިވެސް ބޮޑެތި ޢިލްމީ ފަރުބަދަތައްވެއެވެ. އާދައިގެ ބޭކަލުންނެއް ނޫނެވެ. އަދި ބައެއް ޞަޙާބީންވެސް އެވެ. އެހެނަސް އަހަރެން ބޮޑަށް ބުރަވަނީ ފުރަތަމަ ރައުޔަށެވެ. އެއީ ޙާލަތުމައްޗަށް ފެތޭ އަދި ދަލީލު އޭގައި އެކުލެވޭ ރައުޔެކެވެ. (އެއީ ނައްޞުތަކުގެ ޢާންމު އަމުރެވެ.)"

ނޯޓް: އަދި މިއީ ތިން އިމާމުންގެ ވެސް ރައުޔެވެ. ޝާފިޢީން ފިޔަވައެވެ. (ތަފްޞީލް)

ފައިދާއެއް: ޝެއިޚުލް އިސްލާމް، މިލިޔުމުގައި ނިޞްބަތްވެވުނު ރައުޔު އާއި މަޖުމޫޢު އަލްފަތާވާ ގެ 25 ވަނަ ޖުޒުޢުގައި ދެބަސްވެ ލެއްވިއެވެ. އަދި ހަނދުގެ ޚަބަރު ފޯރުމާއި މެދު ވިދާޅުވިއެވެ:

އެހެންކަމުން ޚުލާޞާއަކީ: އެމީހަކަށް ހަނދު ފެނުނުކަމުގެ (ޚަބަރު) ފޯރައިފިމީހާ، އެއީ އެފެނުމުގެ ޙަބަރާއި އެކު ރޯދަ ހިފޭނޭ ވަޤުތެއް އޮވެމެ، ނުވަތަ ފިޠުރު ކުރުމުގެ، ނުވަތަ އުޟުޙިޔާ ކަތިލުމިގެ ވަޤުތު - އެހެންވެއްޖެނަމަ ވާޖިބުވެގެންވަނީ އެއްވެސް ޝައްކެއް ނެތް ގޮތުގެ މަތިން އޭގައި ހިފުމެވެ. އަދި (ޝަރުޢީ) ނައްޞު ތަކާއި ސަލަފުން އަރިހުން އައިސްފައިވާ އަޘަރުތައް ދަލީލުކޮށްދެނީ މިކަމިގެ މައްޗަށެވެ.

އަދި މިކަން (ވާޖިބުވުން ވަނީ)، ވަކި ދުރުމިނަކަށް ނޫނީ ވަކި (ހިސާބެއް ގާތުގައިވާ) ރަށް ތަކަކަށް ކަމަށް، ހަނިކޮށްލުން، މީގެ މައްޗަށް ވާ ބަހަކީ: މިއީ ބުއްދި އާއި ޝަރީޢަތާއިވެސް ޚިލާފުކަމެކެވެ.

އަދި ވަޤުތު ފާއިތު ވުމަށް ފަހުގައި މެނުވީ އޭނާ އަށް އެޚަބަރު ނައިސްފި މީހާ، (ޚާއްޞަކޮށް) އެކަންކަމެއް އަލުން ޤަޟާއު ނުކުރެވޭފަދަ ކަމެއް، މިސާލަކަށް ޢީދު ޢަމަލުތައް ނޫނީ އުޟުޙިޔާކަތިލުންތައް، ހަމަކަށަވަރުން މިކަމުގައި އޭނާގެ މައްޗަށް ގެއްލުން ނުވެއެވެ. މީގެ މައްޗަށް އިބްނު ޢަބްދުލް ބައްރު އިޖުމާޢު ނެރުއްވިއެވެ.

އަދި އެމުއްދަތުގެ ތެރޭ ޚަބަރު ފޯރައިފިނަމަ (މިސާލަކަށް ރޯދަޔަށް ހަނދު ފެނިއްޖެކަން ރޯދައިގެ ދުވަހު އެނގިއްޖެނަމަ) މީގެ ސަބަބުން އޭނާ އެކަން ޤަޟާޢު ކުރުމަށް އޮތް ވާޖިބަށް އަސަރެއް ކުރާނެހެއްޔެވެ؟ އަދި އޭގެ މައްޗަށް ބިނާކޮށް ފިޠިރު ކުރުން ވެސް ވަނީ އެހެން ހުކުމްތައް ފަދައެވެ. މިސާލަކަަސް ދަރަންޏެއް ދިނުމާއި އެއަދާކުރަންޖެހޭ ވަޤުތާއި ވަޤުތު ފާއިތުވުންކަހަލައެވެ. އަދި ޤަޟާއު ކުރުން، އަހަރެންނަށް ބޮޑަށް ފާޅުވަނީ އެކަން ވާޖިބެއް ނޫންކަމެވެ. އަދި ފިޠުރު ކުރުން، މީގެ މައްޗަށް ދެބަސްވުމެއް ވެއެވެ. (25 / 111)

3/3

(މިލިޔުމުގައި ގެނެވުނު އައްޝެއިޚް އަޙްމަދު މޫސާ ޖިބްރީލް حفظه الله ގެ ބަސްކޮޅުވަނީ، ޚުލާޞާކުރެވިއެވެ.)

~ ގަލަންދާރު

almoslim.net

مطالع هلال شهر رمضان و توحيد الصيام بين الشعوب الإسلامية | موقع المسلم

في كل سنة، ومع استهلال هلال شهر رمضان المبارك، تتجه الأسماع والأنظار من كل فرد من أفراد الأمة إلى وقت إعلان دخول شهر الصوم؛ كلٌ في بلده؛ ومع ذلك هم يترقبون مطلع الهلال في الدول المجاورة إليهم، ويأتي الحديث بين أوساطهم عن تلك الدول: هل وافقونا في الرؤية؟ لماذا…

2 months, 3 weeks ago

=
ހަތަރުވަނަ ދަލީލް، މިއީ މިދަލީލުތަކުގެ ތެރެއިން އެންމެ ވަރުގަދަ ދަލީލެވެ:

"ކުރައިބް ވިދާޅުވިއެވެ. ހާރިޘްގެ ދަރިކަނބަލުން އުއްމުލްފަޟްލް، ޝާމްގައި ހުންނެވި އެކަމަނާގެ ދަރިކަލުން މުއާވިޔަތުގެ އަރިހަށް އަހަރެން ފޮނުވިއެވެ. އަހަރެން އެފަދައިން ކަން ކޮށްދެއްވުމަށް ޝާމް ކަރަޔަށް ދިޔައީމެވެ. ރަމަޟާން މަސް ފެށުނު އިރުވެސް އަހަރެން ހުރީ ޝާމްގައެވެ. ރަމަޟާން މަހުގެ ޙިލާލް ހަނދު ފެނުނީ ޝާމްގައި ހުއްޓާ، ހުކުރު ދުވަހެއްގައެވެ. ދެން އަހަރެން މަދީނާއަށް އެނބުރި ދިޔައީ ރަމަޟާން މަހުގެ ފަހުކޮޅެވެ.

އަބްދުالله އިބްން އައްބާސް އަހަރެން ކުރެން، ރަމަޟާން މަހުގެ ހިލާލް ހަނދާ ބެހޭގޮތުން ސުވާލު ކުރެއްވިއެވެ. އަހަރެން ދެންނެވީމެވެ: އަހަރެމެންނަށް ޝާމްގައި ހަނދު ފެނުނީ ހުކުރު ދުވަހުގެ ރޭގައެވެ. އިބްން އައްބާސް އެއްސެވިއެވެ. ތިބާގެ ހަމަލޮލަށް ހަނދު ދުށީމުހެއްޔެވެ؟ ދެންނެވީމެވެ. އާދޭހެވެ. އެހެން ރައްޔިތުންނަށް ވެސް ހަނދު ފެނުނެވެ. އޭގެ އަނެއް ދުވަހު އަހަރެމެން އެންމެން ރޯދަ ހިފީމުއެވެ. މުއާވިޔަތު ވެސް ރޯދަ ހިއްޕެވިއެވެ.

އިބްން އައްބާސް ވިދާޅުވިއެވެ. އެކަމަކު އަހަރެމެންނަށް (މަދީނާއަށް) ހިލާލް ހަނދު ފެނުނީ ހޮނިހިރު ދުވަހުގެ ރޭއެވެ. އެހެންކަމުން އަހަރެމެން ޝައްވާލް މަހުގެ ހަނދު ފެނުމަށް ދާންދެން، ރަމަޟަން މަހުގެ 30 ރޯދަ ފުރިހަމަކުރާ ހުށީމެވެ. އަހަރެން ސުވާލު ކުރީމެވެ. މުއާވިޔަތަށް ޝާމްގައި ހަނދު ފެނިވަޑައިގަތުމުން އެއާ އެއްގޮތަށް ޢަމަލު ނުކުރެވޭނެތޯއެވެ.

އިބްން އައްބާސް ވިދާޅުވިއެވެ. ނޫނެކެވެ. އެހެނެއް ނުހެދޭނެއެވެ. މިއީ މާތް الله ގެ ރަސޫލާ އަހަރެމެންނަށް އަންގަވާފައިވާ ގޮތެވެ."

އެހެންކަމުން އިބްނު ޢައްބާސް ގެ އިޖުތިހާދަކީ، ޝާމްއަށް ވަކި ހަނދެއް ކަމެވެ. އަދި މަދީނާއަށް ވަކި އެއްޗެއްކަމެވެ.

މިއަށްވާ ރައްދު:

އިބްން އައްބާސް ފަހުން މިވިދާޅުވި ބަސްފުޅު: "މިއީ މާތް الله ގެ ރަސޫލާ އަހަރެމެންނަށް އަންގަވާފައިވާ ގޮތެވެ."

އައްޝައުކާނީ އަދި އެނޫން ބޭފުޅުން ވިދާޅުވަނީ - އަދި އަހަރެންނަށް (އަޙްމަދު މޫސާ ޖިބްރީލްއަށް) ވަރަށްވަރުގަދަކަމަށް ފެންނަނީ، އިބްނު ޢައްބާސް މިތާގައި އެ ނިޞްބަތް ކުރައްވަނީ، މިޙަދީޘް އަށްކަމެވެ:

‏ لاَ تَصُومُوا حَتَّى تَرَوُا الْهِلاَلَ وَلاَ تُفْطِرُوا حَتَّى تَرَوْهُ 
ހަނދު ތިޔަބައިމީހުންނަށް ފެނުމަށް ދާންދެން ރޯދަ ނުހިފާށެވެ. އަދި އެތިޔަބައި ހުންނަށް ފެނިއްޖައުމަށް ދާންދެން ރޯދަ ނުކަޑާށެވެ. (އެބަހީ: ރޯދަމަސް ނިންމައި ނުލާށެވެ.)

އަދި އެހެނަސް އެކަލޭގެފާނުގެ ބަސްފުޅުގެ މުރާދަކީ ކޮންމެ ޤައުމެއް ވަކި ހަނދަކަށް ބެލުމަށް އިތުރުއެކަލޭގެފާނު އަމުރު ކުރެއްވީއެކޭ ނޫނެވެ. އެހެންކަމުން މިއީ އެޙަދީޘް ގެ މައްޗަށް އިބްނު ޢައްބާސް ގެ އަމިއްލަ އިޖުތުހާދެކެވެ.

ތިންވަނަ ރައުޔަކީ

ޚަލީފާ އަމުރު ކުރައްވައިފިނަމަ އެގޮތަށް ތަބައުވުމެވެ. އަދި މިއީ ވަރަށް ގިނަ ކަންކަމުގައި ރަނގަޅު ރައުޔެކެވެ. އެހެނީ މުސްލިމުންގެ ޚަލީފާއަށް ކަންކަން ނިންމުމުގެ ބާރުތަކެއްވެއެވެ. އެއީ އެކަންކަމެއްގައި މުސްލިމުން އޭނާއަށް ކިޔަމަންތެރިކަން އަދާއުކުރަން ޖެހޭ ކަންކަމެވެ. އަދި މިމައްސަލާގައި ބާރުދޭ ޙަދީޘްއެއް ވެއެވެ:

الصوم يوم يصوم الناس والفطر يوم يفطر الناس
މީސްތަކުން ރޯދަ ހިފާ ދުވަހު ރޯދަ ހިފާށެވެ. އަދި އެވެރިން ފިޠުރު ކުރާ ދުވަހު ފިޠުރު ކުރާށެވެ.

(ނޯޓް: އަދި މީގެ ޝަރަހައިގައި ޢިލްމުވެރިން ތަފާތުމާނަ ގެންނަވައެވެ. އަދި މިއީ އުއްމަތާއި އެކުގައި ވުމަށްވާ އެންގެވުމެވެ. ބުނެވެއެވެ: މަސައްކަތްކޮށްފައި ދެން ހަނދު ނުފެނިގެން މީސްތަކުން 30 ހަމަ ކުރުމަށްފަހު، ފަހުން 29 ކަން އެނގުނަސް، އެ ރޯދަޔާއި ފިޠުރު ވަނީ ޤަބޫލުވެވިގެންނެވެ. ހަމައެފަދައިން މިއީ ޙައްޖުގައި ކަމެވެ. ދުވަސް މީހުންނަށް އޮޅުނަސް އެ އިޔާދަ ކުރުމެއް ނެތެވެ. ބުނެވެއެވެ: ވިލާގަނޑެއް އޮވެ ހަނދު ނުފެންނަނަމަ، ހަނދު އަސްލު ފެނިފައި ހުރެދާނެތީ، ދެން އަންނަ ޝައްކުގެ ރޯދަޔަށް ނުހުންނާށޭއެވެ. އެހެނަސް މީސްތަކުން ފަށާދުވަހު ފަށާށެވެ. ބުނެވެއެވެ: ފަލަކީ ޢިލްމު ދަނެ ހަނދު ފެންނާނެކަމަށް ނިންމާ މީހާ ރޯދަހިފުން އޭނާގެ އަމިއްލަ ނަފްސަށް ހުއްދައޭ ދެކޭ މީހުންނަށް ވާ ރައްދެކެވެ. އައްޝައިބާނީ ވިދާޅުވިއެވެ: މިއީ އަމިއްލަޔަށް ހަނދުފެނިއްޖެ މީހާ، އެހެނަސް މީސްތަކުންނާއި އެކު އޭނާ ރޯދަހިފައި ހައްޖުވުމެވެ. އަމިއްލަޔަށް ޔަޤީންވިގޮތާ ޙިލާފަށެވެ އަދި އަޠާޢުއާއި އަލްޙަސަން އަރިހުން މިބީދާއިން ރިވާތަކެއް ވާކަމަށެވެ. އެހެނަސް ޖުމްހޫރުން މިއާއި ދެކޮޅުވިއެވެ. އޭނާގެ މައްޗަށްވަނީ އަމިއްލަ ނަފްސަށް އެޙުކުމް ވާޖިބުކުޅައުމެވެ. އަނޫން ބޭފުޅުން ވިދާޅުވެތެވެ: އެއީ ނަބިއްޔާގެ ހިދާޔަތުގެ މަތީވުމެވެ. ބަޔަކު ފަލަކީ ހިސާބުން ހަދައި އެޔަށް މީސްތަކުން އެއްވިޔަސް، ނޫނީ އެނޫން ގޮތަކުންވެސް ބިދުއަވެރިކޮށް އެކަންކުރިޔަސް، މިޙަދީޘްގައި މިބުނާ މީސްތަކުނަކީ އެ ނަބިއްޔުގެ ސުންނަތުގެ މަތީ ރޯދައާއި ފިޠުރު ކުރާ މީހުންވެ. އެބަޔަކާއެކު ވާންޖެހޭ މީހުންނަކީއެއީއެވެ.)
 2/3

2 months, 3 weeks ago

📚 ޚުލާޞާ: ދުނިޔޭގެ އެއްވެސް ތަނަކަށް ހަނދު ފެނިއްޖެ ނަމަ، އޭގެ މައްޗަށް ޢަމަލު ކުރަން ޖޭގޮތާއިމެދު ޢިލްމުވެރިންގެ ދެބަސްވުން

އަލްޙައްޖާވީ "ޒާދުލް މުސްތަޤްނިޢު" ގެ އޯޑިއޯ ޝަރަހައެއްގައި، ޝެއިޚް އަޙްމަދު މޫސާ ޖިބްރީލް ވިދާޅުވިއެވެ:

"ލިޔުންތެރިޔާ ވިދާޅުވިއެވެ: "ރަށަކަށް ފެނިއްޖެނަމަ، އެންމެހާ މީސްތަކުންގެ މައްޗަށް ރޯދަ ފަރުޟުވެއްޖެއެވެ."

އެބަހީ: ޤައުމަކުން ހަނދު ފެނިގެން ރަމަޟާން އިޢުލާން ކޮށްފިނަމަ، މުޅި ދުނިޔެ އެއަށް ތަބަޢަވާން ޖެހޭނެއެވެ.

މިނުކުތާގައި ޚިލާފެއް ނެތް ޢިލްމިވެރިން ތެރޭ އެއްބަސްވެވޭ މިނަވަރަކީ: ޤައުމަކަށް ހަނދު ފެނި ޘާބިތުވެއްޖެނަމަ، އިޖުމާޢުގެ މަތިން މުޅި އެޤައުމުގެ ނޫނީ އެހިސާބުގަނޑު މީހުން ރޯދަހިފަން ޖެހޭނެއެވެ. ވަކިވަކި ފަރުދަކަށް އަމިއްލަ ނަފްސަށް އެ ފެންނާކަށް ނުޖެއެވެ. އެހެނީ ﷲ ވަޙީ ކުރައްވަނީ:

فَمَن شَهِدَ مِنكُمُ ٱلشَّهْرَ فَلْيَصُمْهُۖ
ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ!

"އެމަހަށް ހެކިވެއްޖެ" މީހާއެވެ. (އެއާއި ބައްދަލުވެއްޖެ މީހާއެވެ.) އަދި އަމިއްލަމީހާއަށް ހަނދު ފެނުން الله سُبحانه وتعالىލާޒިމެއް ނުކުރައްވައެވެ."

އިތުބާރުވެވިގެންވާ ގޮތެއްގައި އިތުބާރު ހުރި ބަޔަކު ހެކިވެއްޖެނަމަ، އެޤައުމެއްގައި އުޅޭ (އެންމެހާ) މީސްތަކުންގެ މައްޗަށް ރަމަޟާން މަހުގެ ރޯދަ ވާޖިބުވެގެންވާ ކަމުގެ މައްޗަށް ޢިލްމުވެރިންގެ އިޖުމާޢުވެއެވެ. އަދި އެތަނަކާއި ގާތްކޮށްވާ ސަރަހައްދުތަކާއި ގާތުގައިވާ ޤައުމުތައްވެސް ހިފަންޖެހޭނޭ ކަމާއި މެދުގައި އިޖުމާޢުއަކާއި ގާތަށް ބަސްވެއެވެ.

މިއީ ޚިލާފެއް ނެތް ކަންކަމެވެ. މިކަމުގައި ޚިލާފުވަނީ، އެހެން އެންމެހާ ޤައުމެއް، ހަނދު ޘާބިތުވި ޤައުމަށް އެކަމުގައި ތަބައުވާންޖެހޭނެތޯ އާއިމެދުގައެވެ.

މިކަމުގައި 4 ރައުޔެއް ވެއެވެ:

ފުރަތަމަ ރައުޔަކީ
(ޒާދް އަލް މުސްތަޤްނީގެ) މުއައްލަފު ދެކިލައްވާ ރައުޔެވެ. އެއްވެސް އިސްތިސްނާއެއް ނެތި މުޅި ދުނިޔޭގެ އެންމެހާ ޤައުމެއް އެއަށް ތަބައުވާން ޖެހޭ ކަމެވެ. އެވެރިންނާއި ހަމަޔަށް އެޚަބަރު ފޯރައިފި ނަމައެވެ.

މީގެ ދަލީލަކީ ޞަޙީޙް މުސްލިމްގައިވާ ޙަދީޘް އެވެ:

صُومُوا لِرُؤْيَتِهِ وَأَفْطِرُوا لِرُؤْيَتِهِ
އެ ފެނުމުން ރޯދަހިފާށެވެ. އަދި އެފެނުމުން ރޯދަކަނޑާށެވެ.

ވިދާޅުވަނީ މީގެ އަމުރު މިވަނީ (ހިފެހެއްޓުމެއްނެތި) ޢާންމުގޮތެއްގައި ކަމެވެ. މުޅި އުއްމަތަށެވެ. ވަކި ޙައްދެއް މިންވަރެއް އޭގައި އިތުރުއެކަލޭގެފާނު ކަނޑަނާޅުއްވާކަމެވެ.

ދެވަނަ ދަލީލަކީ
‏ لاَ تَصُومُوا حَتَّى تَرَوُا الْهِلاَلَ وَلاَ تُفْطِرُوا حَتَّى تَرَوْهُ 
ހަނދު ތިޔަބައިމީހުންނަށް ފެނުމަށް ދާންދެން ރޯދަ ނުހިފާށެވެ. އަދި އެތިޔަބައި ހުންނަށް ފެނިއްޖައުމަށް ދާންދެން ރޯދަ ނުކަޑާށެވެ. (އެބަހީ: ރޯދަމަސް ނިންމައި ނުލާށެވެ.)

މީގެވެސް އަމުރު ވަނީ ޢާންމުކޮށް ކަމެވެ.

ތިންވަނަ ދަލީލަކީ: އުއްމަތް އެކަތިގަނޑަކަށް ހެދުމެވެ. މިއީ އޭގެ ޒާތުގައި ލަނޑުދަނޑިއެއް ނޫނެވެ. ވަކިން ޚާއްޞަކޮށް ދަލީލާއި އިދިކޮޅުކަންތަކުގައެވެ. އެހެނަސް މިޒާތުގެ ކަންކަމުގައި ޢިލްމުވެރިން މިއަށް ބައްލަވައެވެ. ވަކިން ޚާއްޞަކޮށް މިވަކި މައްސަލައިގެ މައްޗަށް ހެކިކޮށްދޭ ދަލީލުތަކެއް ވުމުންނެވެ. މިއީ ފުރަތަމަ ރައުޔުއާއި ސީދާ އިދިކޮޅު ރައުޔެކެވެ.

މިއީ ޙަންބަލީ މަޛުހަބުގެ ރަސްމީ ރައުޔެވެ.

ދެވަނަ ރައުޔު
މިއީ ހަމަ ޙަންބަލީން ތެރޭ ރައުޔެކެވެ. އެއީ އިބްނު ތައިމިއްޔާގެ ރައުޔެވެ. އެއީ ކޮންމެ ޤައުމަކަށްވެސް ވަކި ހަނދެއް ޘާބިތުކުރުމެވެ. އެބަހީ ޝާމްގެ އަހުލުންނަށް ފެނިއްޖެ ނަމަ، އަންދަލުސްގެ މީހުންނަކަށް އެއަށް ތަބައުވުމެއް ނުވެއެވެ.

ފުރަތަމަ ދަލީލަކީ
فَمَن شَهِدَ مِنكُمُ ٱلشَّهْرَ فَلْيَصُمْهُۖ
ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ!

އެބަޔަކަށް ހަނދުފެނުން ކަމެވެ. އެހެންކަމުން އަހަރެމެންގެ ގައުމަށް ފެނި އަނެއްގައުމަކަށް ނުފެންނަކަމެވެ. މިފަދައިންނެވެ.

ދެވަނަ ދަލީލަކީ
صُومُوا لِرُؤْيَتِهِ وَأَفْطِرُوا لِرُؤْيَتِهِ
އެ ފެނުމުން ރޯދަހިފާށެވެ. އަދި އެފެނުމުން ރޯދަކަނޑާށެވެ.

އެބައިމީހުން ބުނަނީ އެހެންތާކަށް ހަނދު ޘާބިތުވެފައި އޮވެދާނޭކަމެވެ. އެހެނަސް އަހަރެމެންނަށް އަމުރު މިއަންނަނީ އަހަރެމެންނަށް ފެނުމުން ރޯދަހިފާށޭ އެވެ. އެހެންކަމުން ކޮންމެ ގައުމެއް މުސްތަޤިއްލުކޮށް މިބައިމީހުން ނެގިއެވެ.

ތިންވަނަ ދަލީލަކީ: އެއީ ޤިޔާޞުންނެވެ. ވިދާޅުވެއެވެ: ރޯދަ ފެށޭ ގަޑި އާއި ވީއްލާގަޑި އެކި ހިސާބުތަކަށް ތަފާތެވެ. ވީމާ އެވަޤުތުތަށް ތަފާތުކަމަށް އަހަރެމެން ދެކޭ ފަދައިން މަސްފެށުންވެސް ތަފާތުވެދާނޭކަމަށް ދެކުމެވެ.

1/3

2 months, 3 weeks ago

ކެއްސައިގެން ވިޔަސް، ނޭފަތުން (ވައިހޮޅިން) އަންގަތެރެއަށް ފައިބާ ވިޔަސް، އަރިދަފުސް ރޯގާ އާއި މެދު، ސައްހަ ރައުޔަކީ (ދިރުވިޔަސް) ރޯދަ ނުގެއްލޭނޭ ކަމެވެ. އެހެނީ އޭނާ ބޭރުން އެއްޗެއް ގެނެސް ނުގައްނަތީ އެވެ.

އަލް ޢުލްޥަން

We recommend to visit

𝙿𝚈𝚃𝙷𝙾𝙽 𝙲𝙾𝙳𝙴𝚂
𝚃𝙴𝙻𝙴𝙶𝚁𝙰𝙼 𝙱𝙾𝚃𝚂 𝙸𝙽 𝙿𝚈𝚃𝙷𝙾𝙽

𝙱𝚈: @DEV_BEN 𐂂︎

Last updated 1 month, 3 weeks ago

Last updated 2 years, 1 month ago

𝐈𝐁𝐍 𝐁𝐄𝐍𝐆𝐇♪𝐙𝐈

𝐁𝐈𝐑𝐓𝐇𝐒 2••?
.
« آل͜ــ๋͜ـم͜ــ๋͜ـآل͜ــ๋͜ـڪ͜ــ๋͜ـه𖤍شَيـטּ 𝑆𝒉𝑒𝑛 ⋮🫀

Last updated 2 months, 1 week ago