Unlock a World of Free Content: Books, Music, Videos & More Await!

Ah-Dua Media

Description
Advertising
We recommend to visit

@Sifatlii_Reklama_uz

Last updated 1 day, 14 hours ago

MAQSAT 20K 👆

Boss @OLD_AKK_N1



REKLAMA: @SHUHA_REK

UC KANAL https://t.me/SHUHA_UC_SERVIS

Last updated 2 months ago

Rus tilini o‘rganing.

Admin : @Odinokiy_ru

Reklama: @Rg_Agentlik

Last updated 1 month, 4 weeks ago

1 month, 1 week ago

{ یَوۡمَ تُقَلَّبُ وُجُوهُهُمۡ فِی ٱلنَّارِ یَقُولُونَ یَـٰلَیۡتَنَاۤ أَطَعۡنَا ٱللَّهَ وَأَطَعۡنَا ٱلرَّسُولَا۠ (66) وَقَالُوا۟ رَبَّنَاۤ إِنَّاۤ أَطَعۡنَا سَادَتَنَا وَكُبَرَاۤءَنَا فَأَضَلُّونَا ٱلسَّبِیلَا۠ (67) رَبَّنَاۤ ءَاتِهِمۡ ضِعۡفَیۡنِ مِنَ ٱلۡعَذَابِ وَٱلۡعَنۡهُمۡ لَعۡنࣰا كَبِیرࣰا (68) }

އެއުރެންގެ މޫނުތައް، ނަރަކައިގައި ފުރޮޅަފުރޮޅައިތިބޭ ދުވަހެވެ. އެއުރެން ބުނާނެތެވެ. ތިމަންމެން اللَّه އަށް ކިޔަމަންވެ، އަދި (އެކަލާނގެ) رسول އާއަށް ކިޔަމަންވީނަމަ ކިހާރަނގަޅު ހެއްޔެވެ!

އަދި އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެންގެ ސާހިބުންނަށާއި، އަޅަމެންގެ ބޮޑުންނަށް، އަޅަމެން ކިޔަމަންވީމުއެވެ. ފަހެ، އެއުރެން އަޅަމެން މަގުފުރެއްދީއެވެ.

އަޅަމެންގެ ވެރިރަސްކަލާކޮ! عذاب ގެ ތެރެއިން ދެގުނަ، އެއުރެންނަށް ދެއްވާނދޭވެ! އަދި ބޮޑުވެގެންވާ لعنة ލެއްވުމަކުން، އެއުރެންނަށް لعنة ލައްވާނދޭވެ!

[ސޫރަތުލް އަޙްޒާބު 66 ، 67 ، 68]

އޭ ﷲ ގެ އަޅާއެވެ. ފިތުނައިގެ ޒަމާނުގައި ޙައްޤުދެއްކެވުން އެދި ﷲ އަށް ދުޢާކުރުން ގިނަކުރާށެވެ. މާތް ނަބިއްޔާ ރޭގަނޑުގެ ދަމުނަމާދު ފެށުމުގެ ގޮތުން ކިޔުއްވާ ދުޢާއެއްކަމުގައި އުއްމުލް މުއުމިނީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާ ކިޔައިދެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ. : އެކަލޭގެފާނު ރޭގަނޑުގައި ތެދުވެއްޖެނަމަ ނަމާދުފައްޓަވަނީ މިފަދައިންނެވެ. :
اللَّهُمَّ رَبَّ جِبْرَائِيلَ، وَمِيكَائِيلَ، وإسْرَافِيلَ، فَاطِرَ السَّمَوَاتِ وَالأرْضِ، عَالِمَ الغَيْبِ وَالشَّهَادَةِ، أَنْتَ تَحْكُمُ بيْنَ عِبَادِكَ فِيما كَانُوا فيه يَخْتَلِفُونَ، اهْدِنِي لِما اخْتُلِفَ فيه مِنَ الحَقِّ بإذْنِكَ؛ إنَّكَ تَهْدِي مَن تَشَاءُ إلى صِرَاطٍ مُسْتَقِيمٍ.

(( ހައްދަވާ ބޮޑުކުރެއްވި އިލާހެވެ. ޖިބްރީލުގެފާނާއި ، އަދި އިސްރާފީލުގެ ފާނާއި އަދި މީކާއީލުގެފާނުގެ ވެރި އިލާހެވެ. އުޑުތަކާއިބިން ހެއްދެވި އިލާހެވެ. ފާޅުވެގެންވާ ކަންތައްތަކާއި ، ޣައިބުގައިވާ ކަންތައް ދެނެވޮޑިގެންވާ އިލާހެވެ. ތިޔައިލާހީ ، ތިޔައިލާހުގެ އަޅުތަކުން އެކަމެއްގައި ދެބަސްވެ ޚިލާފުވީ ކަންތަކުގައި ޙުކުމްކުރައްވާ އިލާހެވެ. އެބައިމީހުން އެކަމުގައި ޚިލާފުވީ ކަމުގައި ، ތިޔައިލާހުގެ އިޒުނަފުޅާއެކު މިއަޅާއަށް ޙައްޤަށް މަގުދައްކަވާށިއެވެ. ހަމަކަށަވަރުން ތިޔައިލާހު އެދިވޮޑިގެންނެވި އަޅަކަށް ސީދާވެގެންވާ މަގަށް މަގުދައްކަވައެވެ. ))
[ޞަޙީޙުމުސްލިމް]

والله أعلم .

https://t.me/AlManarMv

1 month, 1 week ago

އިބްނު ތައިމިއްޔާ ރަޙިމަހުﷲ ގެންނަވާފައިވެއެވެ.
ޢަދިއްޔުބިން ޙާތިމް ނަބިއްޔާ ގެ އަރިހަށް ވަޑައިގެންނެވިއެވެ. އޭރު އޭނާއަކީ ނަޞާރާއެކެވެ. ފަހެ ނަބިއްޔާ މިއާޔަތް ކިޔަވާވިދާޅުވާތީ އަޑުއިވުނެވެ.
{ ٱتَّخَذُوۤا۟ أَحۡبَارَهُمۡ وَرُهۡبَـٰنَهُمۡ أَرۡبَابࣰا مِّن دُونِ ٱللَّهِ وَٱلۡمَسِیحَ ٱبۡنَ مَرۡیَمَ وَمَاۤ أُمِرُوۤا۟ إِلَّا لِیَعۡبُدُوۤا۟ إِلَـٰهࣰا وَ ٰ⁠حِدࣰاۖ لَّاۤ إِلَـٰهَ إِلَّا هُوَۚ سُبۡحَـٰنَهُۥ عَمَّا یُشۡرِكُونَ }
[ސޫރަތުއްތައުބާ 31]
އޭނާ ބުންޏެވެ. ތިމަންބުނީމެވެ. : ހަމަކަށަވަރުން ތިމަންމެން އެމީހުނަށް އަޅުކަމެއް ނުކުރަމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. : (( އެބައިމީހުން ، ﷲ ޙަލާލުކުރެއްވި ކަންތައް ، ޙަރާމްކުރީމާ ، ފަހެ ތިޔަބައިމީހުން އެކަން ޙަރާމްކަމުގައި ނުދެކެންހެއްޔެވެ؟ އަދި ޙަރާމްކަންތައް ޙަލާލުކަމުގައި ހެދީމާ ތިޔަބައިމީހުން އެކަން ޙަލާލުކަމުގައި ނުދެކެމު ހެއްޔެވެ؟ )) އޭނާ ބުންޏެވެ. ތިމަންބުނީމެވެ. : ނޫނެކެވެ. އެގޮތަށް ދެކެމެވެ. ޙަދީޘްކުރެއްވިއެވެ. : (( ފަހެ އެއީ އެބައިމީހުނަށް އަޅުކަންކުރުމެވެ.))
[ޙަޤީޤަތުލް އިސްލާމި ވަލްއީމާން ، ޙަސަން ދަރަޖައިގެ ޙަދީޘެއް ]

އޭ ލޮބުވެތި މުސްލިމެވެ. ފަހެ ތިބާއަކީ އެފަދަ މެމްބަރުންނަށް ނުވަތަ އެފަދަ ވެރިއަކަށް އަޅުކަން ކުރާމީހަކުކަމުގައި ވުމަށްއެދެން ހެއްޔެވެ؟ ރަނގަޅަށްވިސްނާލާށެވެ. މިއަދު މިރާއްޖޭގައި އެބުނާ ޕާލަމެންޓް ކަންތައް ކުރަނީ ކިހިނެއްތޯ؟ އަދި އެބައިމީހުން ދައްކާ ވާހަކަތަކަކީ ކޮބައިތޯ މިހާރުވެސް އެހުރީ ފެންނާށެވެ. އެހެންކަމުން އެފަދަބަޔަކު ތަނަކަށް އެއްވެ އެއީ މަޖިލިސްކަމަށް ކިޔަސް އެތާނގައި އިސްލާމްދީނުގެ އަސާސްތަކަށް ނުވަތަ ޤުރުއާނުގެ އާޔަތްތަކުގައިވާ ޙުކުމްތަކާމެދު ފެންނަ ނުފެންނަގޮތް ކިޔައި ، ގޮތްކަނޑައަޅާނީ ކިހިނެއް ހެއްޔެވެ؟ އަދި އެކަމަށް މުސްލިމަކު އެފަދަ މީހަކު ހޮވުމަށް ވޯޓުދޭނީ ކޮންހަމަޔަކުން ހެއްޔެވެ؟

{ وَمَا كَانَ لِمُؤۡمِنࣲ وَلَا مُؤۡمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥۤ أَمۡرًا أَن یَكُونَ لَهُمُ ٱلۡخِیَرَةُ مِنۡ أَمۡرِهِمۡۗ وَمَن یَعۡصِ ٱللَّهَ وَرَسُولَهُۥ فَقَدۡ ضَلَّ ضَلَـٰلࣰا مُّبِینࣰا }
އަދި اللَّه އާއި، އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފިހިނދު، މުއުމިނު ފިރިހެނަކަށްވެސް، އަދި މުއުމިނު އަންހެނަަކަށްވެސް، އެއުރެންގެ އެކަމުގައި އެބައިމީހުނަަށް އިޚްތިޔާރު ލިބިގެންނުވެއެވެ. އަދި اللَّه އަށާއި، އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ.

[ސޫރަތުލް އަޙްޒާބުގެ 36]

ފަހެ މިއާޔަތުގައި މިބަޔާންވަނީ ، ޕާލަމަންޓުގައި ، ނުވަތަ އެހެންވެސްތަނެއްގައި އިސްލާމްދީނާޚިލާފަށް ނުވަތަ ދީނުގައި ޙުކުމް ބަޔާންވެގެންވާ ކަމެއްގައި ގޮތްކިޔުމުގެ ހުއްދައެއް (އިޚްތިޔާރެއް ) ނެތްކަމެވެ. އަދި އެގޮތަށްކުރާމީހާގެ މަގުފުރެދުންވަނީ ފާޅުވެ ބަޔާންވެގެންކަމެވެ. އެބަހީ އެކަން ވަންހަނާވެ ސިއްރުވެފައި ނުވާނެއެވެ. ފަހެ ﷲ ތަޢާލާގެ ޝަރީޢަތާއި ޚިލާފު ނިޒާމަކުން ، ޙައްލެއް ނުލިބޭނެއެވެ. އަދި ޙައްޤެއްވެސް ނުފެންނާނެއެވެ.

އިމާމް އިބްނު ޙިއްބާނު އަބީ ސަޢީދާ ، އަބުހުރައިރާ ރަޟިޔަﷲ ޢަންހުމާ ، މިދެބޭކަލުންގެ ކިބައިން ގެންނަވާ ރިވާކުރައްވާފައިވެއެވެ. އެދެބޭކަލުން ވިދާޅުވިއެވެ. ރަސޫލާ ޙަދީޘްކުރެއްވިއެވެ. :
(( ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ވެރިންތަކެއް އަންނަހުއްޓެވެ. އެބައިމީހުން މީސްތަކުންކުރެ އެންމެ ނުބައިމީހުން އެބައިމީހުނާ ގާތްކުރާނެއެވެ. އަދި ނަމާދު އޭގެވަގުތުން ފަސްކުރާނެއެވެ. ފަހެ ތިޔަބައިމީހުންކުރެ އެކަންތައް ( އެޒަމާން) ދެކެފިމީހާ ، ފަހެ އޭނާއީ ޢައްރީފެއް ކަމުގައި ( ރައްޔިތުން ތަމްޘީލުކުރާމީހެއްކަމުގައި ) ނުވާށެވެ. އަދި ޝުރުޠިއްޔެއްކަމުގައި ( ފުލުހެއްކަމުގައި ) ނުވާށެވެ. އަދި އެބައިމީހުނަށް ޒަކާތް އެއްކޮށްދޭ މީހެއްކަމުގައި ނުވާށެވެ. އަދި އެބައިމީހުނަށް ޚަޒާނާ ބަލަހައްޓަދޭ މީހެއްކަމުގައި ނުވާށެވެ. ))
[ޞަޙީޙު އިބްނު ޙިއްބާން ، އިމާމް އަލްބާނީ "އައްޞަޙީޙާ" ގައި ޞައްޙަކުރައްވާފައި ]
ނޯޓް : ނަމަވެސް ބައެއް މުޙައްދިޘުން މިޙަދީޘްގެ ޗެއިންއާމެދު ޚިލާފުވެ ، ޟަޢީފު ދަރަޖައިގައިވެސް ކެޓަގަރީކުރައްވައެވެ. އިމާމު ހައިޘަމީ ވިދާޅުވާ ގޮތުގައި ސަނަދުގެ އެންމެބޭކަލެއްފިޔަވައި އެންމެންނަކީ ޞައްޙަކެޓަގަރީގެ ބޭކަލުންނެވެ. އަދި ޞައްޙަކަމަށް ދެކިނުލައްވާ ބޭކަލަކީވެސް ޘިޤާއެއްކަމުގައި ބަޔާންކުރައްވާފައި ވެއެވެ.

އެހެންކަމުން މިފަދަ ޒަމާނެއްގައި ، އެފަދަ ވެރިންތަކެއްގެ ބަސްއަހައި ، އަދި އެބައިމީހުންގެ ދުނިޔަވީ ލާބައާއި މަންފާއަށްޓަކައި އަހަރެމެންގެ އާޚިރަތް ކުޑައަގަކަށް ވިއްކާލާނީ ކިހިނެއްތޯއެވެ. އޭރަށް އެފަދަމީހުން ޤިޔާމަތްދުވަހު ، މިފަދައިން ބުނާބަޔަކަށް ވެދާނެކަމުގެ ބިރު ހީނުވޭތޯއެވެ؟

1 month, 1 week ago

މަޖިލީހުގައި ޢާންމުކޮށް މެމްބަރުން ކަންކޮށް އުޅޭގޮތަށް ބަލާއިރު ، އެބައިމީހުނީ އެބައިމީހުންގެ ޕާޓީގެ ލަނޑުދަނޑިތައް ޙާސިލްކުރަން މަސައްކާތްކުރާބައެކެވެ. ދީނީގޮތުން ކަންކުރަން އޮންނަގޮތަށްވުރެ ބޮޑަށް ބަލަނީ ޕާޓީ ބޭނުންވަނީ ކޮންގޮތެއްތޯއެވެ. ބައެއްފަހަރަށް ޕާޓީ މެދުވެރިކޮށް ސަރުކާރުގެ ތެރެއިން މަންފާތަކެއް ޙާސިލްވުން ، ނުވަތަ މިނިވަން މެމްބަރުންގެ ގޮތުގައި ހުރެގެން ވޯޓުވިއްކުން ، ބޮޑު އަގުގައި ޕާޓީތަކަށް ބަދަލުވުން އަދި ބައެއްފަހަރަށް އިސްލާމްދީނުގެ ޢަދުުއްވުންކަމަށްވާ ، ބޭރުގެ ބައެއްފަރާތްތަކުން ބޮޑެތި ޢަދަދުން ފައިސާނަގައި ، އެބައިމީހުންގެ ވިޔަފާރި ނުވަތަ ސިޔާސަތުގެ މަޞްލަޙަތު ލިބިދޭނެފަދަ ގޮތަކަށް ޤާނޫނު ހަދައެވެ. އަދި ބައެއްފަހަރަށް މަޖިލީހުގައި ބިލެއްގެ ގޮތުގައި ބަހުސްކޮށް ފެންނަ ނުފެންކަމަށް ވާހަކަދައްކަނީ ، މިސާލަކަށް ، ރިބާ (ބޭންކް އިންޓަރެސްޓް) ނުވަތަ ޓޫރިޒަމްގެ ނަމުގައި މިޔުޒިކް ކުޅޭނެތަންތަން ، ރާވިއްކާނެ ތަންތަން ، ހަށިވިއްކާނެތަންތަން ، އަދި މިކަންކަމަށް ހުއްދަ ދޭނީ މީހުން ދިރިއުޅޭ ސަރަޙައްދުގައިތޯ ނުވަތަ ވަކި ޚާއްސަ ސަރަޙައްދެއްގައިތޯ ؟ ބަހުސްކުރެއެވެ. ދަންނާށެވެ! އެއީ ކޮންބައެއްކަން މާތްނަބިއްޔާ ވަނީ އަހަރެމެންނަށް ބަޔާންކޮށްދެއްވާފައެވެ.

އިމާމްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ، ހިޝާމްބިން ޢައްމާރުގެ ކިބައިން ރިވާކުރައްވާ ގެންނަވާފައިވެއެވެ. އެ ޙަދީޘްގައިވެއެވެ. އަބޫ ޢާމިރު ނުވަތަ އަބޫ މާލިކް އަލްއަޝްޢަރީ ކިޔައިދެއްވިއެވެ. ﷲ ގަންދީ ބުނަމެވެ. އެބޭކަލަކު ތިމަންނާއަކަށް ދޮގެއް ނުހަދައެވެ. ނަބިއްޔާ ގެ ކިބައިން އަޑުއެއްސެވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. :

(( ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުއްމަތުންކުރެ ބަޔަކު އަންހެނާގެ ފަރުޖާއި ( ޒިނޭ ) އަދި ޙަރީރު ( ސިލްކުންވާ ހެދުމެއް ، ފިރިހެނުންނަށް ޙަރާމް ) އަދި ރަލާއި ، މަޢާޒިފު ( ލަވަޔާއި މިޔުޒިކު ) ޙަލާލުކުރާނެއެވެ.  އަދި ހަމަކަށަވަރުން ބަޔަކުމީހުން ފަރުބަދައެއްގެ ގާތަށް މަޑުކުރާނެއެވެ. އެބައިމީހުންގެ ބަކަރިތައް ހުއިހައްޕާމީހާ ބަކަރިތަކާއިގެން ހުއިހައްޕަންދާނެތެވެ. އެހިނދު އެބައިމީހުންގެ ގާތަށް ކަމެއްބޭނުންވެގެން ސަލާންޖެހުމަށް މީހަކު( ފަޤީރަކު ) އަންނާނެއެވެ. އެބައިމީހުން އޭނާއަށް ރައްދުގައި ބުނެއެވެ. މާދަމާ އަހަރެމެންގެ ގާތަށް އަންނާށެވެ. ( އެއީ އެބައިމީހުން އޭނާއަށް އެއްޗެއްނުދީ ފޮނުވާލުމުގެ ބޭނުމުގައެވެ. ) ފަހެ އެބައިމީހުން އެތާނގައި ރޭގަނޑު ހޭދަކުރެއެވެ. އަދި ﷲ ތަޢާލާ އެބައިމީހުންގެ މައްޗަށް އެފަރުބަދަ ވައްޓާލައްވައެވެ. އަދި ބާކީތިބިމީހުން ، ޤިޔާމަތާއި ޖެހެންދެން ރާމާމަކުނާއި އޫރަށް ބަދަލުކުރައްވާ މަސްޚުކުރައްވައެވެ. ))
[ސަޙީޙުލްބުޚާރީ]

ވީއިރު ޙަރާމްކަންކަން ޙަލާލުކޮށް ، ޙަލާލު ކަންކަން ޙަރާމުކުރާ ވަޟަޢީ ޤާނޫނުތަކެއް ހަދާ މެމްބަރުންތަކެއް ހޮވުމުގައި ތިބާ ބައިވެރިވާނީ ކިހިނެއްހެއްޔެވެ؟

ފަހެ އެމެމްބަރުން ، މަޖިލީހުގައި އެމީހުންގެ ހަވާނަފްސަށް ފެންނަކަމެއް ޙަލާލުކޮށް ، އަދި ހަވާނަފްސަށް މަނާކުރަން ، އަދަބުކަނޑައަޅަން ފެންނަކަމެއް އެގޮތަށް ކުރުމުން އެކަން ޤާނޫނަކަށްވެގެން ދެއެވެ. ދެން އެއަށްފަހު އެ ޤާނޫނެއް ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަމީހަކަށް ފޮނުވުމުން އޭނާ އެ ޤާނޫނު ތަސްދީޤު ( އެއީ ރަނގަޅު ގާނޫނެއްކަމުގައި ކަނޑައެޅުން) ކުރެއެވެ. އެހިސާބުން އެ ޤާނޫނެއް ގެޒެޓްކުރެވި އޭގައި ކަނޑައަޅާ މުއްދަތަކުން އެއަށް ޢަމަލުކުރަން ފަށައެވެ. ފަހެ އެހިސާބުން ރައްޔިތުންގެ މައްޗަށް އެކަން ލާޒިމު ( ޙުކުމެއްގެ ގޮތުގައި ވާޖިބު ) ކުރެއެވެ. އަދި ދީނުގައި ޙުކުމްތަކާއި ޚިލާފުވުމުން އަދަބު ކަނޑައެޅި ޢުޤޫބާތް ލިބޭހެން އެޤާނޫނާ ޚިލާފުވާމީހުނާމެދު ޢުޤޫބާތް ދެވެއެވެ. މިއަށް އިސްލާމްދީނުގައި ކިޔަނީ ތަޝްރީޢުކުރުމެވެ. ފަހެ އެބައިމީހުން އެ ކަނޑައެޅި ޙުކުމްތައް ޝަރީޢަތާއި ޚިލާފުވިނަމަވެސް އެއަށް ރުހި ޤަބޫލުވެއްޖެމީހާ ، ފަހެ އޭނާ އެމެމްބަރުންނަށް ނުވަތަ އެފަދަ ވެރިންނަށް އަޅުކަންކުރަނީއެވެ. ދަލީލަކީ ކޮބައިތޯއެވެ.

{ ٱتَّخَذُوۤا۟ أَحۡبَارَهُمۡ وَرُهۡبَـٰنَهُمۡ أَرۡبَابࣰا مِّن دُونِ ٱللَّهِ... }
އެބައިމީހުން ، އެމީހުންގެ ޢިލްމުވެރިންނާއި، ރާހިބުން ﷲ ފިޔަވައި ރައްބުންތަކެއްގެ ގޮތުގައި ނެގިއެވެ.
[ސޫރަތުއްތައުބާ 31]

3 months, 2 weeks ago
4 months ago
4 months ago
4 months, 3 weeks ago
5 months ago
5 months ago
5 months ago
• •

• •

ޔާ ﷲ! ޣައްޒާގެ އަހުލުވެރިންނަށް މަދަދުވެވޮޑިގަންނަވާ ފާނދޭވެ!

އެތަނުގެ މުޖާހިދުންނަށް ނަޞްރުވެރިވާނޭ ބަޔަކު މަދުވީހިނދު އެބައިމީހުންނަށް ނަޞްރުދެއްވާނދޭވެ! އަދި އެބައިމީހުންގެ ބާރުގަދަކުރައްވާ، އެބައިމީހުންގެ ފައިތިލަތަކުގައްޔާއި، ބުނާބަހުގައި ޘާބިތުކޮށްދެއްވާނދޭވެ! އަދި އެބައިމީހުން ޙިޞާރުކޮށްގެން އުޅޭ މުޖުރިމުންނާއި އެބައިމީހުންނަށް އެހީތެރިވާ މީހުންގެ ސިއްރުތައް ފާޅުކުރައްވާ، އެބައިމީހުންގެ ރޭވުންތައް ނެތިފަނާކުރައްވާނދޭވެ!

- އައްޝައިޚް ޢަބްދުލްއަޒީޒް އައް-ޠަރީފީ فك الله أسره -

• • •
https://t.me/duamediamv

We recommend to visit

@Sifatlii_Reklama_uz

Last updated 1 day, 14 hours ago

MAQSAT 20K 👆

Boss @OLD_AKK_N1



REKLAMA: @SHUHA_REK

UC KANAL https://t.me/SHUHA_UC_SERVIS

Last updated 2 months ago

Rus tilini o‘rganing.

Admin : @Odinokiy_ru

Reklama: @Rg_Agentlik

Last updated 1 month, 4 weeks ago